ފުރަބަންދުގެ ތެރޭގައި ފަރުމަސް ބާނަން ދާން ރެޖިސްޓްރީކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޒުވާނުންނާއި ބައްދަލުކުރެއްވުމަށް އޮންލައިންކޮށް ކުރިއަށް ގެންދާ ބައްދަލުވުމެއްގައެވެ.

މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި މަހަށް ދާން ރަޖިސްޓްރީ ކޮށްފި ކަމަށާއި އެކަމަކު އަދިވާނެ ގޮތެއް އެނގިވަޑައިނުގަންނަވާކަމަށެވެ.

ކުދި ދޯނީގައި މަސްވެރިކަން ކުރުމަށާއި ފަރުމަހަށް ދާން ބޭނުންވެގެން ސިޓީ ކައުންސިލްގައި އެދޭ މީހުންގެ ނަންނޯޓުކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މާލޭގެ މޭޔަރު ޝިފާ މުހައްމަދު މީގެ ދެތިން ދުވަސް ކުރިން ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރޭތީ އިއުލާނުކުރި ލޮކްޑައުން އަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްްޕީއޭ) އިން ދީފައިވާ ލުއިތަކުގެ ތެރޭގައި އެ ފަދަ މަސްވެރިކަން ކުރަން ހުއްދަ ދިނުމެއް ނުހިމެނެ އެވެ. އެކަމަކު ނަން ނޯޓުކުރަން ފެށީ އެ ފަދަ ލުޔެއް ދޭ އިރަކުން ހުއްދަ ދޭނެ މީހުން ދެނެގަތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ހަފުތާއެއް ވެއްޖެ މި ފަދަ ޝަކުވާތައް ނޯޓުކުރަމުން އަންނަތާ. މީގެ ތެރޭގައި މިހާރު އެންމެ ގިނައީ ފަރުމަހުގެ މަސްވެރިކަމާއި ކުދި ދޯނީގައި މަހަށް ދާ މީހުން އެކަން ނުކުރެވޭތީ ކުރާ ޝަކުވާތައް،" ޝިފާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. Anonymous

  ނަމަ ނަމަ ކަނޑަށް ނުދާތި، ކަނޑު ކެކިއަ ރާފާނެ، އެހާވެސް ބި ރުބޮޑު މީހެއްތީ.

  47
 2. ސާމިޔާ

  ދެންދާންވީނުން

  34
 3. ހުދުހުދު

  ދާ ގޮތަށް ނާންނާތި

  48
 4. ބުޅާބޭ

  ކޫސަނި ބޭ ކަންނެތްބޭ ދޭ މަހަށް ގޮސް ފަރަށް އަރާ
  ރީނދޫ ފަރުމަސް އެކަނި ބާނަންވާނީ

  40
 5. ދިވެހިސޮރު

  މަގޭ ނަންވެސް ނޯޓް ކޮށްބަލަ

  18
 6. ރީން

  އެއީ މަޖާކުރަން ނޫނީ ސްޕޯރޓްސް ފިޝިންގ އަށް ހުޅުވާލި ހުޅުވާލުމެއްތޯ؟ އާމްދަނީ ހޯދުމަށް އެކަން ކޮށްއުޅޭ ފަރާތްތަކަށް ލުޔެއް ދިނުމަށް ރަޖިސްޓަރީ ކުރަން އެންގިކަން އެ އުސޫލުން އެނގެނީ.

  30
 7. ބުއްޅަ އެކްސް

  މަގޮވައިގެން ދާންވާނީ އޭރުން މަޖާވާނީ ހުސްމާވަހަރުވެސް ބޭނިދާނެ ފަހަރުގަ

  22
 8. ނާމާން

  ފަރުމަހަށްދާ ނިކަމެތިންނަށް މަލާމަތްކުރަނީތަ ކަލޯ އެކަނި ވިސްނޭނީ މަލާމަތްކުރަން ދަންނާނީ

  26
  1
 9. ސަމާލުވޭ

  ފަރުމައްޗަށް ފުރޭތަ ފުރޭތަ އަރާ ގަޑި ޖެހެނީ!

  26
 10. އިމްރާން

  މަނިކުފާނު ތީވަރަށްތަގަޅުކަމެއްކުރަން.. ސިޔާސީކަންތަކުގަ ޓުރަންޕުއުޅުންވާހެން ރައްޔިތުންރުޅިނާރުވާ ފަރުމަހައްއެއްކޮއްހުސްވަންވީ...

  28
 11. އެމަންޖެ

  ކަލޯ ރަޖިސޓުރީ ނުވަނީ ކޮންތާކު...ފަރުމައްޗައް ބޮލިހިލަންދާން ރަޖިސްޓުރީވިގޮތައް ބަހަބަރު .

 12. ވަހުތާނު އަހުމަދު

  ފަތަންއެނގޭބާ ؟؟؟

 13. ރެފްރީ

  ތިކުރެއްވުނީ ވަރަށްގޯސްކަމެއް !!

 14. ކޮތަރު

  މަސްތައް ވަރަށްރުޅިއަންނާނެ !

 15. ދަރަނި ދަންތުރަ

  ދާގޮތަށް ނާންނާތި އޭރުން މިގައުމަށް ހަމަޖެހުމެއް ލިބިދާނެ ކަލެޔާ ނުލާ ، އެކަމަކު ކަލޭ ފެނުނިއްޔާ ކަނޑުފުރޭތަ ތަށްވެސް ބިރުގަންނާނެ ޔަގީން ...

 16. ފައިރޫޒު

  މައްސަލައެއް ނެތް ރަނގަޅީވެސް އަދި ކަލެއާ ވައްތަރުވެސް ވަނީ އެކަން.

 17. ާަަަުުބިސް

  ތިބޭފޅާ ދެންދޭ ފަރުމަހަށް މިހާރުވެސް ވަސްދުވާވަރުން ކެތްނުވޭ ތިޔައީ ރީނދޫ އޮރިއެއް.

 18. Anonymous

  ފަރުމަހުގެ ބަރަކާތް ކެނޑުނީތި

  1
  1
 19. ރަބަރޭ

  މިސްކިތައް ނަމާދަށް ދާންބޭނުން ވެގެން ޝަކުވާކުރާ އަޑު ހަމަނުއިވެނީތޯ؟