ފުރަބަންދަށް ލުއި ދިން ފަހުން ކޮވިޑް-19 މުޖުތަމައު ތެރޭ ފެތުރުނުތޯ ބެލުމަށްޓަކައި ސުންކު (ސާމްޕަލް) ނަގަން ނިންމައިފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް-19ގައި ފުރަބަންދަށް ލުއިދިނުމުގެ ހަރަކާތްތައް ފެށިގެން ދިޔަފަހުން، މިދުވަސްކޮޅު މުޖުތަމައު ތެރޭގައި ބަލި ފެތުރޭތޯ ބެލުމަށްޓަކައި ސުންކު ނެގުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފަށާނެ ކަަމަށެވެ.

"މުޖުތަމައު ތެރޭގައި ބަލި އުޅޭތޯ ބެލުމަށްޓަކައި އަޅުގަނޑުމެން މި ބަލަނީ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ބެލެވޭ ފަސް ގްރޫޕެއްގެ ތެރޭގެ މީހުން މި ނެގެނީ". ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެ ގްރޫޕްތަކުގެ ތެރޭގައި ހިމެނެނީ

  • ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން
  • ޑިޓެންޝަން ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން
  • 65 އަހަރުން މަތީގެ މީހުން
  • ތޮށްޖެހިފައިވާ ކަހަލަ ތަންތަނުގައި ދިރިއުޅޭ މީހުން
  • އުމުރުން 20 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުގެ މީހުން

ޑރ؛ އަފްޒަލް ވިދާޅުވީ، ބައްޔަށް ހުށަހެޅިގެންދާ ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ޒުވާން އުމުރު ފުރައިިގެ މީހުން ކަމަށެވެ.

"މި ހުރިހާ ބާވަތެއްގެ މީހުންގެ ވަކިވަކި ކްލަސްޓާތަކެއް ހޯދުމަށްފަހު އޭގެ ތެރެއިން ނެގޭ ކްލަސްޓާއަކުން ވަކިން ތަރުތީބެއް ނެތި (ރެންޑޮމް)ކޮށް ނެގޭ މީހުންގެ ސުންކު ނަގާނީ،".ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވަނީ އެކަމުގައި އެއްބާރުލުން ދިނުމަށް އެދިފައެވެ.

"އެހެންވީމަ ޓެސްޓުތައް ނެންގުވުމަށް ތިބޭފުޅުންނަށް ހަމައަށް ދިއުމުން ތިބޭފުޅުން އެކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދިނުން ވަރަށް މުހިންމު، އަޅުގަނޑުމެން މި ސުންކު ނެގުމަށްފަހު ޕިސީއާރް ޓެސްޓިންގ އަޅުގަނޑުމެން ހަދާނީ، ހެދުމަށްފަހު އޭގެ ތެރެއިންވެސް ފައްސިވާ ސުންކެއް ވެއްޖެއްޔާ، އެހެންވެސް ވޭދަނަތައް ކުރިއަށްގެންދާ ފަދައިން އެބައި ކުރިއަށްގެންދާނަން. އަދި ކޮންޓެކްޓް ތްރޭސިންގ ކުރިއަށްގެންދާނަން". ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ފުރަބަންދަށް ދެމުންގެންދާ ލުއިތައް ފޭސްއަކަށްފަހު ފޭސްއަކަށް ދެވޭނީ މިގޮތަށް ކުރެވޭ ޓެސްޓުތަކުން ލިބޭ ނަތީޖާއަށް ބެލުމަށް ފަހުގައި ކަަމަށެވެ.

އަދި ކޮންމެ 14 ދުވަހަކުން މިކަންތައް ކުރިއަށްދާނެ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިއަދު

    ތިސާމްޕަލްތައް ނެގުން އެއްމެރަގަޅީ ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ރަށްރަށުން ކަޑައެޅޭ ބައެއް

  2. ވަރުވާ

    މ. ޝާ ރިޢުވަ ރުދީގައިހު ރި، މ. މޫންޑް ރޮޕްސް 3 ބައިންކު ރެ، އެއްބައިވެސް ނުބަލާ. އެތަންތަން އެތެ ރޭގެ ޙާލަތު އެނގޭ އެކަކުވެސްނެތް. ހީވަނީ އެއީ ވަނުންމަނާ ތަނެއްހެން. އެތަންތަނަކީ، ބަނގްލަދޭޝްގެ ޤަޥަޢިދާއި ޚިލާފަށް އުޅޭ ބައެއްގެ ހާލިތަކެއް. މީހެއްގެ ރިޕޯ ރޓަކަށް އެއް ރޭ އެތަނަށް ވަޑައިގެންނެވި ބޭފުޅުންވެސް، " ވިސާކާޑު ކޮބައިތޯ؟" ސުވާލު ކު ރެއްވި. ޖަވާބަކީ ބޮސް އަތުގައި. ބޮސްގެ ނަންބުނުމުން ސުވާލު ހުއްޓުނީ. ދެން އެބޭފުޅުން ބޮސްގެ ފޯނު ނަމްބަ ރ ނަންގަވައިގެން ވަޑައިގެންފި. އެ 3 ބައިގައި އުޅޭމީހުންނަށް، ލޮކް ޑައުނެއްވެސް ނުވޭ. ޤާނޫނަށްވު ރެވެސް މާމަތީގައި އުޅެނީ. މިއީ ޢަޖައިބުގެ ތެ ރެއިންވާ ބޮޑު ޢަޖައިބެއް.

  3. އެމަންޖެ

    ދައްކާ މޮޔަވާހަކަ މިއުޅުނީ ލުއީ ނުދޭއިރުވެސް ބަލިޖެހޭ ވަރު މަދުނުވެގެން ، ދެންލުއީ ދިނީމަ މަދުތަވާނީ. ކަލޭމެނައް ދޮގުހަދާ އޮޅުވާލެވިދާނެ ހުރިހާ ކަމެއްވެސް.