އަލުން ސްކޫލްތައް ހުޅުވާލާއިރު، ކޮންމެ ދުވަހަކު ކޮންމެ ދަރިވަރަކަށް ވެސް ދެމާސްކް ބޭނުން ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި ގައިޑްލައިންގައި ބުނެފިއެވެ.

ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި އުމުރުން ދެ އަހަރުން ދަށުގެ ކުދިންނާއި ނޭވާލުމުގެ މައްސަލަތައް ހުންނަ ކުދިން އަދި ވަރުދެރަ ނުވަތަ އެހެން މީހެއްގެ އެހީތެރިކަމާއެކު މާސްކު ނައްޓާނުލެވޭ ކުދިން ފިޔަވައި އެހެން ކޮންމެ ކުއްޖަކު ވެސް ސްކޫލަށް ދާން ޖެހޭނީ މާސްކް އަޅައިގެންނެވެ. އަދި އިތުރު މާސްކެއް ކޮންމެ ކުއްޖަކު ވެސް ސްކޫލަށް ގެންދަން ޖެހޭނެ ކަމަށް ގައިޑްލައިންގައި ބުނެފިއެވެ.

ދަރިވަރުންނަށް ދުވާލަކު ދެމާސްކް ބޭނުންވި ނަމަވެސް މާސްކް ސްކޫލުން ނުވަތަ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ގައިޑްލައިންގައި ބުނެފައެއް ނުވެއެވެ.

ގައިޑްލައިނުގައި ބުނެފައިވާ ގޮތުގައި ދަރިވަރުން ސްކޫލަށް އައުމުގެ 15 މިނެޓް ކުރިން މުވައްޒަފުން ސްކޫލަށް ހާޒިރުވާންޖެހެއެވެ. އަދި ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކުރިން ހުން ބަލަންޖެހޭނެއެވެ. ބަލީގެ އަލާމާތަކާއެކު ޓެމްޕަރޭޗާ 37 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މަތިނަމަ އެ ދަރިވަރަކު އައިސޮލޭޓްކޮށް، ސިއްހީ އިދާރާތަކުގެ ލަފަޔަކަށް އެދެންޖެހެއެވެ.

ސްކޫލްތައް އަލުން ހުޅުވާނެ ތާރީޚެއް އަދި ސަރުކާރުން އިއުލާނެއް ނުކުރެއެވެ. ނަމަވެސް މިއަދު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތައް ހުޅުވަން ތައްޔާރު ވުމަށް ހުރިހާ ސްކޫލަކަށް ވެސް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހިތާމަ

    އަނެއްކާ އަނެއްވިޔަފާރި ފަށަނީނޫންބާ؟ މިރާއްޖޭގަ ކޮންކަމެއްތޯ ފެއްޓީ ރައްތިތުންނަށް ފަސޭހަވާ ގޮތަށް.

    55
    6
  2. މިއަދު

    ދަރިވަރުންނަށް ބޭނުންވާ މާސްކު ގެނައުމަށް މެގަ ޕްރަޖެކުޓެއް ޢަލީވަހީދަށް އރއްވުންކީއްތޯ 3 ރ އަށް ލިބޭމާސްކު 30 އަށް ބިލުކުރެވޭނެ އޯކޭ ވާނެ

    32
    3
  3. ?

    މާސްކް އަޅައިގެން ސުކޫލަށް ފޮނުވާނަމޭ ތަޢުލީމު ނުދީ އަހަރުމެންގެ ދަރިން ނުބައިތިއްބާނަމޭ ބުނާ މީހުންނަށް ބުނެލަން އޮތީ ކަމެއްވާނީ ބުނެފަކާ ނޫނޭ. އަދި ނުފެނޭ ވޭދަނަތައް ތިބުނާހާ މަދުވާ ތަނެއް. އެއްދުހު ސްކޫލަށް ދާތަނުން ކުރިއަށް އޮތް 24 ވަރަކަށް ދުވަހު ސުކޫލަށް ނުދެވޭ ގޮތްވެސް ވެދާނެ. ހާއްސަކޮށް މާލޭ ސުކޫލްތަކަށް ދާ ކުދިންނަށް ނުރައްކާ ބޮޑު. މާލޭގަ އެއްގޭގަ އެކި ފްލޯތަކުގަ އުޅޭ ލައްކަ މީހުން. ސޫކޫލަށް ދާއިރު މާސްކް އަޅައިގެން ދިޔަޔަސް ދެން އައިސް އަތްލަން ޖެހެނީ 20 30 މީހުން އަތްލާ ދޮރުގަ ނޫނި ލިފްޓުގަ. ނޫނިއްޔާ އެތައްބަޔަކާ ދިމާވާން ޖެހެނީ ގައިދުރުކުރެވޭނެ ގޮތެއް ނޯންނަ ލިފްޓްގޮޅިން. ދަރިވަރު ސުކޫލަށް ހިނގަންޖެހެނީ ތޮއްޖެހިފަ އޮންނަ މަގުމަތީ. އުޅެންޖެހެނީ އެތައް ތަނަކަށްދާ އެތައްބަޔަކު އުޅޭ ކުޑަ ތަންކޮޅެއްގަ. ސުވާލަކީ މިހުރިހާ ކަމެއް މިހެން އޮތްއިރު މިހާލަތުގަ ސޫކޫލްތައް ހުޅުވުން ރައްކާތެރިހޭ. މަށަށްވެސް އިނގޭ ކިޔަވާދޭން ޖެހޭނެކަން. ހާލަތުގެ ގޮތުން އޮންލައިން ކްލާސްތައްވެސް އޯކޭ. އެހެން ވީމާ އެއްދުހު ސުކޫލަށް ގޮސް ކުރިއަށް އޮތް ދުވަސްތަކުގަ ސުކޫލަށް ނުދެވޭގޮތްވުންބާ ރަނގަޅީ؟؟؟
    ވަރަށް ވާހަކަ??

    18
    1
  4. މާމިގިލީ މީހާ

    އަހަރުންގެ ކުޑަކުޑަ ކުދިންނައް ބަލި ޖައްސާން ވެގެން. ސަރުކާރުން ސުކޫލުތައް ތިޔަ ހުޅުވަނީ. ބަލި ރާއްޖެއިން ނުފިލަނިސް ސުކޫލު ހުޅުވާކަށް ނުވާނެ. ދެން ފެތުރޭލެއް މާގިނަވާނެ.

    71
    5
  5. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ފަހާ މީހުންނަށް ސަރުކާރުން ކޮންޓްރެކްޓް ދީގެން ރައްޔިތުން ނަށް ކުޑަ އަގެއްގައި ލިބޭގޮތަށް ސަބްސިޑައިސް ކޮށް، ފަސޭހަ ކަމާއި އެކު ކުރެވިދާނެ ކަމެއްކަމަށް ޤަބޫލު ކުރެވެއެވެ !

    2
    1
  6. އެމަންޖެ

    ކަލޭމެންތިބޭ 2 މާސްކު 3 މާސްކު ކިޔަން މަގޭދަރިޔެއް ނުގެންދާނަން ސުކޫލަކައް މިވެރިކަމަކުދެން.

  7. އަލްޖިބްރާ

    އެޑިއުކޭޝަން މިނިސްޓަރު މާސްކް އަޅައިގެން ސްކޫލަށް ދޭބަލަ ! އަހަރުމެންގެ ދަރިން އަދި ސްކޫލަކަށް ނުފޮނުވާނަން !

  8. ޓޭސްޓް

    މާލެ ސަރަހައްދުގެ ހުރިޙާ ދަރިވަރުންވެ މެޑިކަލްޓަސްޓް ނޫނި ކޮވިޑް ޓެސްޓް ހުދުން ވަރަށް މުހިންމު..

  9. ަިއިދުރީސް

    ބަލިޖެހޭ ވަރު އަދިވެސް ކޮންޓުރޯލު ނުކުރެވޭ ްްެްްްްެްްްެްްްްެްްެްްްްެްްްެްްްްެްްެްްްްެްްްެްްްްެްްެްްއެ ކަމަމަ ކު އަދިވެސް އެ ބަލަނީ އިސް ކޫލުތައް ހުޅުވޭތޯ.އަހަރެމެންގެ ކުޑަ ފުރާނަތައް ނުރައް ކާގެ ތެރެއަށް ވައްދަން.

  10. ޖާނު

    ކޮންތާކުން ތިވަރަށް މާސްކު ހޯދާނީ 3ކުދިން4ކުދިން ތިބޭ ބޭފުޅުން ކިހިނެއް ހަދާނީ ކޮންމެ މީހަކީ އެވަރަށް ލިބޭމީހުންނެއްނޫން. މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން.

    10
  11. ބެއްޔާ

    ހުރިހާ ސްލޫކުންވެސް އަމަލުކުރަންޖެހޭނީ ތިގޮތަށްތޯ. ބަލިފެތުރުނު ރަށްތަކުގަ ތިކަންކުރުން ރަނގަޅު. އެކިގައުމުތަކުން ހިލޭ ދީފައިވާ މާސްކްތައް ގަންނަށްތޯ ޖެހެނީ. ހިލޭދިނީ ވެރިންނަކަށްނޫން ރައްޔިތުންނަށް ވީމާ ރައްިޔތުންނަށް ހިލޭ ދޭންޖެހޭނީ.

  12. ހުސައިން

    މާސްކެއް -/2ރ ގެމަގުން ވިއްކަންޖެހޭ ގޮތައް އަގު ކޮންޓްރޯލް ކުރަން ޖެހޭ.

    6
    1
  13. އެޑްމުންޑޯ

    މިއަދުވެސް 26 މީހުން ޕޮޒިޓިވްއެވީ، ކޮންސްކޫލެއް ހުޅުވާކަށް ، ތިންހަތަރުމަސް ކިޔަވުން މެދުކަނޑާލާގެންވެސް މިމަރުބަލިން ކުއްޖެއްގެ ފުރާނަ ރައްކާތެރިކުރުން މާމުހިއްމު ، މަންމަގެ އުގުންފެށިގެން ކައްވަޅަށްދާދެންވެސް ކިޔެވޭނެ މިހަރުބަސް ދޭހަކޮއްދެނީ ކިޔަވުން މެދުކެޑުމަކީ ގެއްލުމެއްނޫންކަން ، އަލުން ފެށީމާ ގުޅުވާލެވޭނެކަން

  14. ރަދީފް ހުސެން

    އެ ކިތަންތަނުން ރާއްޖެއައް ހަދިޔާ ކުރި އެއްޗެހި ތައް ކޮބާހޭ. އިންޑިޔާއިންދިން 480ޓަނުގެ މުދަލާ އެމިޜޭޓްސްއިން ދިން 50ޓަނުގެ ކަދުރާ ގެއްލުންގޮތައް މާސް ކް ތަކ ކާއެއްޗެހި ވެސްގެއްލުނީބާ؟

    3
    1
  15. ދަވާލި19

    ސްކޫލުން ނުވަތަ ސަރުކާރުން މާސްކު ފޯރުކޮށްނު ދެވޭނަމަ ސްކޫތައް ނުހުޅުވާ މާސްކު އަޅައިގެން ދަރިވަރުން ސްކޫލައް ދާންޖެހޭފަދަ ހާލަތެއްގަ ގައުމުގެ ހާލަތު ވާނަމަ ސްކޫލްތައް ހުޅުވުމުގެ ބޭނުމަކީކޮބާ މާސްކުގެ އަގު ރަނައްވުރެ ބޮޑު ތީކޮންބަޔަކައް މަންފާ ހޯދަދޭން ކުރާކަމެއް