ސަރުކާރުން އިއުލާންކޮށްފައިވާ ފްލެޓްތަކަށް އެދުމަށް ފޯމްތައް ދޫކުރަން ފެށުމާއެކު ހައުސިންގ މިނިސްޓްރީގެ ވެބްސައިޓް ޑައުންވެއްޖެއެވެ.

އެ ފޯމް ދަރުބާރުގެއިންނާއި އޮންލައިން ކޮށްވެސް ލިބެން ހުންނާއެވެ. މައުލޫމާތު ލިބޭގޮތުގައި، ހައުސިންގ މިނިސްޓްރީގެ ވެބްސައިޓް ޑައުންވެފައި މި ވަނީ ފޯމްތައް ޑައުންލޯޑް ކުރުމަށް ގިނަ ބަޔަކު ވަނުމާއެކު ވެބްސައިޓަށް ބާރުބޮޑުވެގެންނެވެ.

މީގެ އިތުރުން ފޯމްތައް ނެގުމަށް ދަރުބަރުގޭގެ އެތެރެ އަދި މަގުމަތީގައިވެސް އެތައް ސަތޭކަ ބަޔަކު ވަނީ ކިއު ހަދާފައެވެ.

ފްލެޓްތަކަށް ފޯމް ދޫކުރަން މިއަދު ފަށާފައިވާއިުރު ފޯމް ދޫކުރުން ޖުލައި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި ފޯމް ބަލައިގަތުން ފަށާނީ ޖޫން މަހުގެ 03 ވަނަ ދުވަހު ފެށިގެންނެވެ. އަދި ފޯމް ބަލައިގަތުން ޖުލައި 31 އާއި ހަމައަށް ކުރިއަށްދާނެއެވެ.

ޖުމުލަ 17 ކެޓަގަރީ އަކުން ފްލެޓް ދޫކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެއްކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތަކެވެ. ކޮންމެ މީހަކަށްވެސް ފްލެޓަށް ކުރިމަތި ލެވޭނީ އެއް ކެޓަގަރީއަށް ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްލަ 7،000 ފުލެޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 1000 ފުލެޓް ސިވިލް ސާވިސް މުވައްޒަފުންނަށް ދޭން ވަނީ ކުރިން ނިންމައިފައެވެ.