ކ. ދިއްފުށީ ގެއެއްގައި ހައްދާފައި ހުރި ކެނެބިސް ގަހެއް ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މި ގަސް ފެނިފައި ވަނީ، ދިއްފުށީ ކައުންސިލުން މިއަދު ކުރި ރިޕޯޓްކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި ގަސް ފެނިފައިވަނީ މިއަދު 16:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެގެ ބަލައި ފާސްކުރަމުގެ ތެރޭގައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ތަހުޤީޢަށް ބޭނުންވާ ސާމްޕަލް ނަގައި ތަހުލީލު ކުރުމަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ބައެއް މީހުން މަސްތުވާ ބާވަތެއް ކަމަށްވާ ކެނެބިސް ގަސް ގެންގުޅޭ މިފަދަ މައްސަލަތައް ފެންމަތިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ތޯމަސް

  ތިޔަ ގަސް ކެނޑުމުން ތިމާވެށީގެ އައްޕަ ނުރުހުން ވެދާނެ

  17
  1
 2. ޑަމް

  މާތްކަލާކޯ ! ތިގަހާ ނުބެހެއްޗޭ! ތިމާވެށީގެ މުނިކާފަ ރުޅިއަންނާނެ ! ކުރިންވެސް އޮތީ ކަނޑުއަޑީގަ މީޓިންބާއްވާފަ !ތިގަހަށް ގޮތެއް ހަދާފިއްޔާ ޖައްވުގަ މުޒާހަރަ ކުރަންވެސް ފަށާފާނެ ! މިއޮތީވާ ޤައުމެއް ވެބްކެމް ގުރޫޕް އެތިބީ ބަލަން އެމްޑީޕީ އަށް އެއްޗެކޭ ބުނުމުގެ ކުރިން ދުނިޔެވަށާ 100 ބުރު ޖަހާފަނޫނީ ބުނެގެން ނުވާނެ !

  16
  1