ގއ. ވިލިނގިލި ވަލުތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މި ތަކެތި ހޯދާފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި، އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 347 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުސްނާ

    ފުލުންގެ ތެރޭވެސް މަސްތުވާތަކެތި ވިކާމީހުން އުޅޭ! ކިހިނެއް ފުލުހުންނާ އިތުބާރު ކުރާނީ، ގައުމުގަ އޮތް އެއްމެ ނާގާބިލް މުވައްސަސާ އަކީ ޕޮލިސް

    12