ރާއްޖެ އެތެރެކުރަމުން އަންނަ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށް، ބިޑިން ޑިއުޓީ ނަގަން ފެށުމަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމެވެ.

ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނަގަނީ 200 ޕަސެންޓެވެ. އަދި ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި މިހާރު 25 ޕަސަންޓު ނަގަމުންދެއެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތަކުން ކޮންމެ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަނީ ދެ ރުފިޔާއެވެ. ނަމަވެސް ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑުކުރުން ވިސާމް ހުށަހެޅުއްވި ބިލުގައި ވަނީ ހިމަނައިފައެވެ.

އަދި ސިނގިރޭޓެކޭ އެއްގޮތަށް ބިޑިން ވެސް 25 ޕަސަންޓުގެ ޑިއުޓީ އެއް ނެގުމަށް ނިންމައި، ކޮންމެ ބިޑިއަކުން ތިން ރުފިޔާ ނެގުމަށް އިސްލާހު ވަނީ ހުށަހަޅައިފައެވެ. ސިނގިރޭޓާއި ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާހުން 200 ޕަސެންޓު ޑިއުޓީ ނަގަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ އެންމެ ފަހުން ބޮޑުކުރީ 2017 ގައެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސަތޭކަ އެކާވީސް

    ވަރަށް އުފާވެރި ޚަބަރެއް. މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނާއި ތަންތަނުގެ ޖޫރިމަނާ ބޮޑުކޮށް މަގުމަތީގައި އެކަން ނުކުރެވޭގޮތް ހެދުމަށް ގޮވާލަން..

    59
    15
  2. ާައަހުމަދު

    ޑިއުޓީ އެއްނޫ ބޮޑު ކުރަންވީ އެތެރެ ކުރުން މަނާ ކޮއްބަލަ. ނުކެރޭނެ އެކަން ކުރާކަށް. މީ ދުނިޔޭގެ ގައުމުތަގެ ސަރުކާރު ތަކުން ފައިސާ ހޯދަން ކުރާ ކަމެއް ވިއްޔަ.

    42
    5
  3. އައްޑޫ ލެއި

    އުޅޭ އެއްޗެހިތަކެއްތަ. މުޚައްމަދު އަމީނު މަތިން ހަނދާންވަނީ

    27
    4
  4. ވިސްނުން

    ޤާނޫނުން ޑިއުޓީ އަށް ބާރުބޮޑުކުރުމަކުން މިކަމުގައި މޮޅެއް އޮތްކަމަކަށް ނުފެނޭ. ސިނގިރޭޓް ބޯ މީހާ ބޯނެ. ހަމައެކަނި ތަފާތުވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު ބޮޑުވުން. މިއަށްވުރެ ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލޮށް ރައްކާތެރި މާހައުލެއް ޤާއިމްކުރުމުން މުޖުތަމައު އާއި ފަރުދުންނަށް އޭގެ ފައިދާ ކުރާނެކަމަށް ދެކެން. އަދި ޑިއުޓީ ބޮޑުވެ އަގު ބޮޑުކޮށް ސިނގިރޭޓް އަގުބޮޑުވުމަކީ ކުދި ވައްކަން އިތުރުވެދާނެކަމެއް ކަމުގައި ވެސް ދެކެން.

    30
    2
  5. ފެކްޓް

    ކޮންހާ ޑިއުޓީއެއް ނަގައިގެން އާންމުން ފެލާކަށް! އާންމުންނަށް ނަސޭހަތްތެރިވެ ހިއްވަރުދީ އެކަނކަމުން ދުރުކުރަން އެއްވެސް މަސައްކަތެއްނޮކޮށް ނޮޮކޮށް އެކަންކަމުން ދިރިވާނެ މަގު ހޯދާނުދީ ހުސް ޤާނޫން ހަދަނީ! ކޮބާ އެބުނާ އިޚްލާސްތެރިކަން؟ ބޭނުންވަނީ ދައުލަތަށް ލާރިވެއްދުން. ހަމަ މިގޮތަށް ޑްރަގްގެ ކަންތަކާއި ބިދޭސީންގެ މައްސަލވެސް ރާއްޖޭގައި މިއޮތީ!
    އަދިވެސް ގިނަ މީހުންނަކަށް ނުވިސްނޭ މި ސިޔާސީ ބައިގަނޑުގެ ކެހިވެރިކަން. މިމީހުން ބުނިހާ ބުނިކަމެއް ކޮށްގެން ލިބޭ ވަގުތީ މަންފާއަކަށް އަޅުވެތިކަންމަތީ ޕާޓީ ޕާޓީ ވެގެން އުޅެނީ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

    30
    2
  6. ދިލަދުން

    އެބުނަނީ ސިިނގިރެޓު ނުބޯށޭ

    8
    8
  7. ބޯހަލާކު

    ތި ބޮޑު ކުރިޔަސް ބޯ ބަޔަކު ބޯނެ!

    27
    1
  8. އަލިފް

    ފާސްވެއް ޖިއްޔާ ރަނގަޅެވެ.

    6
    8
  9. ަްއަހުމަދު މުހަންމަދު

    ޑިއުޓީ ބޮޑުކުރުމައްވުރެ ޑެލިވަރީ ހުއްޓާލުން މާ ބުއްދިވެރި.

    12
    2
  10. Anonymous

    ގަމު ދާއިރާ މެންބަރަށް ވަރަށް ސަލާމް!!

  11. ޓްވިޓަރޭ

    ވަރަށް ސަލާމް ތި މެންބަރަށް

    3
    3
  12. ކަންބަލާ މީހާ

    އެޖެންޑާ 19 ތަފާތު ދޯ؟؟

    13
    2
  13. ާވެރިން

    ކީއްވެތަ މިއިން އެއްވެސް ބުރާންޗަކަށް އެތެރެކުރުން މަނާ ކުރާ ބިލެއްހުށަހަޅަން ނެކެރިގެން އެޅެނީ.