ކޮވިޑް-19 ގެ ސަބަބުން އާމްދަނީއަށް އަސަރުކޯށްފައިވާ މީހުންނަށް އިނާޔަތް ދިނުމަށް ވޯލްޑް ބޭންކުން ރާއްޖެ އަށް 197 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފިއެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެއިން ހިންގާ "ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮގްރާމަށް" އެހީވުމަށް އެ ބޭންކުގެ ޑިިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

ރާއްޖެއަށް އެހީވުމުގެ މަގްސަދަކީ، ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމާއި، ރާއްޖެއިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކުރުން ކަމަށް ބަޔާނުގައިވެއެވެ.

އެ ބޭންކުން ވިދާޅުވީ ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިާ 12.8 މިލިއަން ޑޮލަރުން ކޮވިޑް-19 ގެ ސަބަބުން ވަޒީފާއާއި އާމްދަނީއަށް އަސަރުކޮށްފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އަށް އަސަރުކޮށްފައިވާ މީހުންނާއި ވަޒީފާ ގެއްލިފައިވާ މީހުންނަށް މަހު 5000 ރުފިޔާގެ އެލަވަންސެއް މިހާރުވެސް ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް މިއުސޫލުގެ ދަށުން އެލަވަންސް ލިބޭނީ މާޗް މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ވަޒީފާގައި ހުރިނަމައެވެ.

މި އެހީ ވަޒީފާ ގެއްލޭ މީހުންނަށް ހާއްސަ އިންޝިއުރަންސް ޕެކޭޖްތަކެއް ހުޅުވާލުމަށްވެސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ހަރަދުތައް ފޫބެއްދުމަށް ލުޔެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތާކިހާ

    ތިޔަ ލޯނުން ނިކަމެތި ރައްޔިތަކަށް ވާނެކަމެއްނެތް. މަޅާލާނީ.

  2. އަހްމަދު

    ކޮވިޑްގެ ސަބަބުން އާމްދަނީއަށް އަސަރު ނުކުރާ އެއްވެސް މީހަކު މިރާއްޖޭގައި އެބަހުރިބާ؟ ދޭސީއަކަސް ބިދޭސީއަކަސް.

  3. ކިއުން ތެރިއެއް

    މި ލާރިތަަަަކަށް ހަދާނީ ކިހިނެއްބާ!

  4. ރަބަރޭ

    މިހާރު މިއޮތް ސަރުކާރު އޮއްވާ ދޭ ކޮންމެ އެހީ އަކީ “ފޫނެއް ފަޔަށް ފެންފުރުން” ފަދަކަމެއް

  5. ޙަލީލް99

    ނުދޭނެ އެއވެސްރައްޔިތަކަށް މިސަރުކާރުކާރުގެވެރިން ތިލާރިކޮޅުވެސް ދިރުވާލާނެ މިހާރުވެސް އެތިބީ އަނގަހުޅުވައިގެން

  6. އަހްމަދު

    ތިބާވަތުއެހީތެރިކަމެއް ހާލުގަޖެހުނުމީހުންނައްދެންޏާ ފުރަތަމަ އެމްޑީޑީގެ 65 މެމްބަރުންނައްދީ ދެން އަލީވަހީދާ ފައްޔާޒައް

  7. Anonymous

    މިހެން ނުތިބެވޭނެ ގޭގަ ބަޑަަަްއްޖެހެނީ

  8. އެމަންޖެ

    ތިޔަގެން ނަސީދުގެ ބަނޑުފުރޭނީ އެއްފަހަރު.