ރާއްޖެ އެތެރެކުރަމުން އަންނަ މެޓައާއި ޗުއިންގަމުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑު ކުރަން އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމެވެ.
ހަކުރުގެ ބާވަތްތަކުގެ ތެރެއިން މެޓާ އިން މިހާރު ވެސް ފަސް ޕަސަންޓުގެ ޑިއުޓީއެއް ނަގައެވެ. އަލަށް ހުށަހަޅަފައިވާ އިސްލާހުގައިވާ ގޮތުން މެޓާ އާއި ޗުއިންގަމާއި މިފަދަ ހަކުރު ކޮންފެކްޝަނަރީގެ ގޮތުގައި ބޭނުން ކުރާ ބާވަތްތަކުން 15 ޕަސަންޓު ޑިއުޓީ ނެގުމަށް ވަނީ ހުށަހަޅައިފައެވެ.
މީގެއިތުރުން ކޮކޯ އެކުލެވޭ މެޓަ އާއި އެފަދަ ހަކުރު ކޮންފެކްޝަރީގެ ގޮތުގައި ބޭނުން ކުރާ ބާވަތްތަކުން ވެސް 15 ޕަސަންޓުގެ ޑިއުޓީއެއް ނެގުމަށް ވިސާމްގެ އިސްލާހުގައި ހުށަހަޅުއްވާފައިވެއެވެ.
އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ލިޔެކިޔުންތަކުގައި ބޭނުން ކުރާ ތެރަހުން ނަގާ 10 ޕަސަންޓު ކަނޑާލަން އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ. އަދި ބައިސްކަލުގެ އެތެރެ ހަމާއި ބޭރު ހަމުން ނަގަމުން އަންނަ 15 ޕަސަންޓު ޑިއުޓީ ނުނަގަން ވަނީ އިސްލާހު ހުށަހަޅައިފައެވެ.
އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހުށަހަޅާފައި އޮތް އެންމެ ބޮޑު އެއް އިސްލާހަކީ ރާއްޖެ އެތެރެކުރަމުން އަންނަ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށް، ބިޑިން ޑިއުޓީ ނަގަން ފެށުމެވެ.
ޅަ ދަރިންނަށް މެޓައެއް ގަންނަންވީމަވެސް މި ޖެހެނީ މި ބަލާވެރިކަމާ ކުރިމަތިލާން!
މެޓައާއި ޗުއިންގަމް ފަދަ އެހާ ގިނައިން ދިނުނަ ރަނގަޅެއް ނޫން.. އަދި އައިސްކުރީމުވެސް އޭގަ އެހުންނަ ރިފައިނގ ޝުގަރގެ ސަބަބުން ކުދިން ހައިޕަރވާކަމަށް ފަހުގެ ދިރާސާއިން ދައްކަނީ.. އަދި އެއީ ދަތްތައް ހަލާކުވުމިގެ އިތުރަށް ބަރުދަން އިތުރުކޮށް ތޫނުފިލިކަމަށް ހުރަސްއަޅާކަމެއް.. އެހެންވީމަ އެ މަދުކުރުން ބުއްދިވެރިގޮތަކީ އަގު ބޮޑުވީމަ ކޮންމެވެސް ވަރަކަށް މަދުވާނެތާ..
ތިބޭފުޅުންގެނައި އިޤްތިޞާދަކީ ރައްޔިތުމީހާ ފަލާލައިގެން ސަރުކާރު ހިންގާ އިގްތިޞާދެއްދޯ - ހުރިހާ ލާރިޔަކީ ސްޓޭޓްގެ ލާރި ދޯ
ފިނޭންސް މިނިސްޓަރާ ހެލްތް މިނިސްޓަރާ ދެމީހުން ވެގެން ގައުމުގަ ހުރި ފައިސާ ކޮޅު ހުސް ކޮއްލާފަ ރައްޔަތުން ފެލަން ފެށީދޯ.
ކޮބައިތޯ ކޯކު ފަދަ ފިޒީ ޑުރިންކު ތަކާއި އެނާޖީ ޑުރިންންކު ތައް އަދި ޖޫސް ޕެކެޓްތައް. ޢޭގައި މާ ހަކުރު ގިނަވާނެ ދޯ.
ޓެކްސް ނަގަންވީ މަޖްލިސް މެންބަރުންގެ މުސާރައިން..
ޢެންމެ ގިނައިން މިގައުމުގަާ ބޭނުން ކުރަނީ ތެރަސް ތޯ
ޢޭގެ ޑިއުޓީ ތިޔަކަނޑާ ލަނީ....ޕަކަ ޕަކާސް
ޙެ ހެ... ދެން މާދަން ބުނޭ .. އޮޅުނީއޭ
ކިހާ ބޮޑުކަމެއް މީ، ހިންހަމަޖެހިގެން މެޓާ ގަނޑެއް ކާލެވޭކަށްވެސް ނެތް.
މުޚައްމަދު އަމީން މަތިން ހަނދާންވަނީ. ވޯޓަކާ ޖެހޭއިރު ހޭއަރުވާލާނަން
ފެނުންވެސް ނަގަންވީނު 1000% ޑިއުޓީ؟ ނަގާފަ އެއިން ފްލެޓް އަޅާ.. ކަލޭމެންނަށް ތުރާކުރުން ނޫންކަމެއް ނުކުރެވޭ އަދި
ލޯބިން މެޓަޔެއް ވެސް ދެން އަގުބޮޑު ކަމުން ދިއްކޮއްނުލެވޭ ނެ ތާ ކުއްޖަކަށް.
އަންހެންވެ ރީންގެ ޕެޑުންނާއި މުންޑު އަދި ފޮށާ އިސްޓާކީނުންވެސް ބޮޑު ޓެކުސް ނަގާށެވެ.
ހަހަހަހަ...ކެކެކެ.. މިއީ މިސަ ރުކާ ރުގެ ބުއްދި..ކެކެކެކ...