ރާއްޖެއަށް އެތެރެ ކުރާ ކާރާއި ޖީޕް އަދި ވޭން ފަދަ ތަކެތިން ނަގަމުން އަންނަ ޑިއުޓީ ކުޑަ ކުރުމަށް އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ މިހާރު ރާއްޖެ އަށް އެތެރެ ކުރަމުން އަންނަ ކާރާއި ޖީޕް އަދި ވޭން ފަދަ ތަކެތިން ނަގަމުން އަންނަ 200 ޕަސެންޓުގެ ޑިއުޓީ 100 ޕަސެންޓު ކުޑަ ކުރުމަށް ހުށަހަޅާ ކަމަށެވެ.

މީގެއިތުރުން ޕަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގަމު ދަތުރު ފަތުރުކުރާ އުޅަނދުތަކުގެ ތެރެއިން ބޭނުން ކޮށްފައި ހުންނަ ކާރާއި ޖީޕް އަދި ވޭން ފަދަ ތަކެތިން 300 ޕަސެންޓު ޑިއުޓީއެއް ނެގުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މިހާރުވެސް އޮޓޯ ސައިކަލަށް ނަގަމުން 100 ޕަސެންޓު ޑިއުޓީ އެ އޮތް ގޮތަށް ބޭއްވުމަށް ބިލުގައި ހިމަނާފައިވާއިރު ހައިބްރައިޑު އުޅަނދު ފަހަރުން 100 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ހަދާފައިވާ އިންޖީނުލީ ދުއްވާ އެއްޗެހިނުން ނަގަމުން އަންނަ ފަސް ޕަސެންޓުގެ ޑިއުޓީ ކަނޑާލުމަށް ވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައިވެއެވެ.

މީގެއިތުރުން ބައިސްކަލާއި އޭގެ ބައިބައިން ނަގަމުން އަންނަ 10 ޕަސެންޓު ކަނޑާލާއި ވީލްބަރޯ އިން ނަގަމުން އަންނަ 25 ޕަސެންޓު ކަނޑާލުމަށްވެސް ވިސާމް ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޛޖޛjd

    މިހަރު ނަގަމުން އަންނަ %200 ރުފިޔަ އިން ބަލަނަމަ ކިހަވަރެއްތޮ ޑިޔުޓި ކުޑަކޮއްފިޔަމުން ވަރަށް ފައިދަ ވަނެ ގިނަބަޔަކައް

  2. ތިރިބެ

    ޢާވެހިކަލު ނަގާ ޑިއުޓީ ކުޑ ކޮއްބަލަ އޭރުން ތިބުނާ ތިމާވެށި ހިމާޔަތް ކުރެވޭވީ، މިހާއޮތީ އެކޮޅުކޮޅުން

  3. ތިރިބެ

    ޢާވެހިކަލު ނަގާ ޑިއުޓީ ކުޑ ކޮއްބަލަ އޭރުން ތިބުނާ ތިމާވެށި ހިމާޔަތް ކުރެވޭވީ، މިހާއޮތީ އެކޮޅުކޮޅުން، މިހާރުއެބަރަގަޅުވޭ