ރާއްޖެއަށް އެތެރެކޮށް ވިއްކާ ސޮފްޓު ޑްރިންކުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު ހުށަހަޅާފައިވާ އެ ބިލުގައި ބުނެފައިވާ ގޮތުގައި މިހާރު ރާއްޖެއަށް އެތެރެކޮށް ވިއްކާ ސޮފްޓު ޑްރިންކުން ލީޓަރަކަށް ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި ނަގައެވެ. ވިސާމު ވަނީ އެ އަދަދު ބޮޑު ކުރުމަށް ހުށަހަޅާފައެވެ. އެގޮތުން ރާއްޖެ އެތެރެކޮށް ވިއްކާ ސޮފްޓު ޑްރިންކުން ލީޓަރަކަށް 8 ރުފިޔާ ނެގުމަށް ވަނީ ހުށަހަޅާފައެވެ.

އެނާޖީ ޑްރިންކުން ނަގަމުން އަންނަ ޑިއުޓީއަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިހާރުވެސް އެނާޖީ ޑްރިންކުން ނަގަމުން އަންނަ 33.64 ލާރި އަންނަނީ ނަގަމުންނެވެ.

ބަނގުރާ އެކުލެވޭ އެހެނިހެން ބާވަތްތަކުން 25 ޕަސެންޓު ނެގުމަށް ހުށަހަޅާފައިވާއިރު ބިލުގައި ބުނެފައިވަނީ ލީޓަރަކަށް 50 ރުފިޔާ ނަގާނެ ކަމަށެވެ. ބަނގުރާ އެކުލެވޭ ނަން ސްޕާކްލިން ވައިން 25 ޕަސެންޓު ނެގުމަށް ހުށަހަޅާފައިވާއިރު ބިލުގައި ބުނެފައިވާ ގޮތުގައި ލީޓަރަކަށް 15 ރުފިޔާ ނަގާނެއެވެ.

މިހާތަނަށް ޑިއުޓީ ނަގަމުން ނުދާ ލުއި ކާނާގެ ބާވަތްތަކުން ވެސް ޑިއުޓި ނެގުމަށް ވަނި ހުށަހަޅާފައެވެ. އެގޮތުން ރާއްޖެ އެތެރެކޮށް ވިއްކާ ލުއިކާނާގެ ބާވަތްތަކުން ފަސް ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ހުށަހަޅާފައިވެއެވެ.

އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހުށަހަޅާފައި އޮތް އެންމެ ބޮޑު އެއް އިސްލާހަކީ ރާއްޖެ އެތެރެކުރަމުން އަންނަ ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށް، ބިޑިން ޑިއުޓީ ނަގަން ފެށުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލެއްގި ކޮމިޝަނަރ

    ޑިއުޓީ ނަގާފަ އަދި ޖީއެސްޓީވެސް ދައްކަންޖެހޭނެދޯ؟ ރައްޔަތުމީހާގެ ޖީބާއް ވަންނަލާރި ހާދަގިނަވާނެއޭދޯ؟ ނޫނޭވާ އެޖެންޑާ 19 މީ ސަޅިއެއްޗެއް.

  2. އައްޑޫ ލެއި

    މީ ދެން ކޮންފަދަ ބޮޑު ނުހޮރޮއްޕާނެއް.މި ކަމުން ދިވެހި ރައްޔިތުން އަވަހައް މިންޖް ކުރައްވާށި އާމީން

  3. އެމަންޖެ

    ހަމަ ނަސީދު.