ރިސޯޓުތައް އަލުން ހުޅުވާއިރު ދިވެހިންނަށް ވަޒީފާ ދޭން ގޮވާލި ޕެޓިޝަނަށް އާންމުންގެ ހިޔާލު ހޯދުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ޕެޓިޝަނަށް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންވާނަމަ މިމަހުގެ 23 ގެ މެންދުރު 14:00 ގެ ކުރިން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ލިޔުމުން ނުވަތަ އީމެއިލު ކުރުމަށް އެދޭ ކަމަށެވެ. އީމެއިލުން ނަމަ [email protected] އަށް ފޮނުވައި ދިނުމަށް ވަނީ އެދިފައެވެ.

އެ ޕެޓިޝަނަކީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ހުށަހެޅުއްވި ޕެޓިޝަނެކެވެ. އެ ޕެޓިޝަނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ވަކި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ނޫން ގޮތަކަށް ރިސޯޓުތައް ހުޅުވުމަށް ހުއްދަ ނުދިނުމަށް ވަނީ ގޮވާލައިފައެވެ.

އަލުން ރިސޯޓުތައް ހުޅުވާއިރު ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ މިންވަރަށް ވުރެ ދިވެހި މުވައްޒަފުން މަދުނުވުމާއި، އަދި މަދުވެގެން 45 އިންސައްތަ ދިވެހި މުވައްޒަފުން ނެތް ރިސޯޓުތައް އެ އަދަދަށް މުވައްޒަފުން ހޯދައިގެން ހުޅުވުމަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޢަތްބުރި

  ތިއީ ޚިޔާލު ހޯދަންޖެހޭ ކަމެއްތަ؟ ތިއީ އިންޕްލިމެންޓްކޮށް މަޖުބޫރުކުރަން ޖެހޭ ކަމެއް. “ސިންގަޕޫރު، ތައިލެންޑް، ލަންކާ އަދި އިންޑިޔާގޮތަށް!

  11
  • ޢަހޫ

   ތީކޮއްމެހެންވެސްކުރަންޖެހޭކަމެއް. ޢެކަމަކު އަހަރެމެން ޒުވާނުން ފުރަތަމަވެސް އެބަޖެހޭ އުނަގަނޑުގަ ފަޓްލޫނުހަރުވޭތޯ އާއި ނިދާހޭލެވޭތޯބަލަން. ޙަވީރު 4ގަޑިބައިގެ ފަހުން ކުރާމަސައްކަތެއްނޫ ރިސޯޓްތަކުގަހުންނާނީ. ޢަހަރެމެން އެބަޖެހޭ ހިއްވަރުކޮށް ރާއްޖެއަށްވަންނަ ބޭރުފައިސާ ގައުމުގަ ހިފެހެއްޓޭތޯބަލަން.

 2. Anonymous

  ރިސޯޓް ގެ މުޅި މުސާރަ ސީޓަ ބަލާލީމަ ފެންނާނެ 95% ފައިސާ ދާނީ މި ގައުމުން ބޭރަށް. ސަބަބަ ކީ. 60% އައް ވުރެ ގިނަ ސުޓާފުން ނަ ކީ ބޭރު މީހުން. އަދި ބޮޑެތި މުސާރަތިބީ ބޭރު މީހުން. ރާއްޖެ އައް މި ވަންނަނީ އެންމެ 5% ވީއިރު މިރިސޯޓް ތަކުން އަހަރެމެން ނައް ހަގީގީ ފައިދާއެއް ނުވޭ.
  އިސްލާހުގަ ރިސޯޓް މުސާރަ ސީޓުގެ 60% ވަންނަން ވަނީ ދިވެހި ރާއްޖެ އައް އޮތުން މުހިންމު. ސަބަބަކީ އޭރުން ރިސޯޓް އޯނާރ ދިވެހިން ނައް ގިނަ ފުރުސަތު ތަކެއް ދޭން . ގިނަ ވަޒީފާ އުފެދޭނެ

 3. ޖޖޖ

  ރިސޯޓް ގެ މުޅި މުސާރަ ސީޓަ ބަލާލީމަ ފެންނާނެ 95% ފައިސާ ދާނީ މި ގައުމުން ބޭރަށް. ސަބަބަ ކީ. 60% އައް ވުރެ ގިނަ ސުޓާފުން ނަ ކީ ބޭރު މީހުން. އަދި ބޮޑެތި މުސާރަތިބީ ބޭރު މީހުން. ރާއްޖެ އައް މި ވަންނަނީ އެންމެ 5% ވީއިރު މިރިސޯޓް ތަކުން އަހަރެމެން ނައް ހަގީގީ ފައިދާއެއް ނުވޭ.
  އިސްލާހުގަ ރިސޯޓް މުސާރަ ސީޓުގެ 60% ވަންނަން ވަނީ ދިވެހި ރާއްޖެ އައް އޮތުން މުހިންމު. ސަބަބަކީ އޭރުން ރިސޯޓްތަކުން ދިވެހިން ނައް ގިނަ ފުރުސަތު ތަކެއް އުފެދޭން . ގިނަ ވަޒީފާ އުފެދޭނެ

 4. ކަރަން

  ރާއްޖޭގެ ރިސޯޓްތަކުގައި ވަޒީފާދިނުމާއި އެހެނިހެން ކަންކަމުގައިވެސް އެންމެއިސްކަން ދޭންޖެހޭނީ ދިވެހިންނަށް އެހެނަސް މިޤައުމުގައި ތަފާތު އެއީ ރަނގަޅުގޮތެއްނޫން

 5. ރައްޔަތު އަހުމަދު

  ޕެޓިޝަނެއް ހަދަންވީނު.. ރީސޯޓުތަކުގެ ޝެއަރ ދިވެހީނަނަށް ވިއްކުމަށް އެދި

  ވަކި އާއިލާތަކަށް ރިސޯޓު ދެވިއްޖެ ނޫންތޯ އެކަށީގެންވާ މުއްދަތަކަށް.. ދެން ދިވެހީނަށް މީގެ މަންފާ ކޮންމެވެސް ހިސާބަކުން ލިބެން ނުވޭތޯ..؟

  އަހަރުމެންނަށް ހައްގުވަނީ ހަމަ އެކަނި ގުލާމުކުރުމާއި ވޯޓު ދިނުނަތޯ؟

  ކީއްވެ ހުރިހާ ރިސޯޓެއްގެ %40 ޕަބްލިކަށް ނުދޭންވީ.. ޝެއަރ ވިއްކައިގެން އަދި ސަރުކާރަށް %30 ހިންގާ ކުންފުންޏަށް %30 އޭރުން ކޮންމެވެސް މިންވަރެއް ރައްޔަތުން ނަށް ލިބޭނެ ދޯ..

 6. ގާސިމް

  ކުރީގަ އޮންނަނީ މަދުވެގެން %55 ދިވެ ހިންް ތިބޭގޮތަށް، މި ހާރު ތިޔަބުނަނީ %45 ދިވެ ހިން ތިިބެންްޖެ ހޭާ ވާ ހަކަ ކުރީއޮތްގޮތް މާރަގަޅު، ދެންބުނެ އޮޅުނިއްޔޭ