ފަލަސްތީނުގެ ބިންތަކުގެ ބޮޑު ބައެއް އިސްރާއީލުން އަނެއްކާވެސް ހިފުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ދިވެހިރާއްޖެއިން އެކަން ކުށްވެރިކޮށްފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު މިއަދު ބައިވެރިވެވަޑައިގެން ޝާހިދު ވިދާޅުވީ އިސްރާއީލުން ހުޅަނގުގެ އައްސޭރީގެ އިތުރު ބިންތަކަކަށް ވެރިވުމަކީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް އިސްރާއީލުން ސިލްސިލާކޮށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ އަމިއްލަ ބިންކަމުގައި ކަނޑައެޅުމަކީ ދިވެހިރާއްޖެއިން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ އަދި އެކަމާ ދެކޮޅު ހަދާ ކަމެއް ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެއިން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، އިސްރާއީލުގެ އެ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތި ވެގެންދާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު އިސްރާއީލުގެ އެ އަމަލަކީ ބައިނަލްއަޤްވާމީ ހަމަތަކާ ގާނޫންތަކާ ޚިލާފް ކަމެއްކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެފައި އޮންނަ އޮތުން ހުއްޓުވުމާއި، ކުރިއަށް އޮތްތަނުގައި އިތުރު ބިންތަކަށް ވެރިވުން ހުއްޓުވުމަށްޓަކައި އދ އިން ފާސްކޮށްފައިވާ ޤަރާރުތައް ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ޤަބޫލުކުރަނީ 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމަށް ހެދުންކަން ފާހަގަކުރައްވައި، ރާއްޖެއިން ދެކޭ ގޮތް މިނިސްޓަރު ޝާހިދު ވަނީ ތަކުރާރު ކުރައްވާފައެވެ.

އަދި އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުމަކީ އިސްރާއީލާއި ފަލަސްތީނުގެ ވަކި ދެ ދައުލަތެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އެޅޭ އިތުރު ހުރަހެއް ކަމަށާއި، އެކަން ހާސިލްކުރެވޭނީ އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ފަލަސްތީނުގެ ރައްޔިތުން އިންސާފާއި ސުލްހަ އަދި މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމަށް ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހާށަވިޔަނި

  ކުށްވެރިކުރާނެ. އިސްރާއީލާ ދެކޮޅަށް ވޯޓެއް ނުދޭނެ. ވޯޓްދޭން އޮންނަދުވަހު ބަލިވެގެން ނުދާނެ، އޮޅިގެން ދެވުނު ނަމަވެސް ވޯޓް ނަގާ ގަޑީގައިދާނީި ފާޚާނާއަށް. ވޯޓްގައި ބައިވެރިނުވާނެ. މީމީގެ ކުރިން ކަންތައްކޮށްފައި ހުރިގޮތްވެސްމެ. ޑޮލަރުކޮޅެއް ޝާހިދުއަށް ދެނިކޮށް އެކަން ހަމަޖެހޭނެ.

  11
  1
  • މަޒް

   ކަލެއަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ..

   1
   2
 2. ބުއްޅަބޭ

  ބޭެުފުށުން ދައްކާވާހަކަ، އަޑިއަޑިން އިޒްރާއިލްގެ އެޖެންޓް

  10
 3. ލާމު

  އަނގަ ބަހުން ކުއްވެރި ކޮށްފަ ވޯޓް ދޭން ވީމަ ފިލަނީ އެވެ.

  11
 4. ޔާގޫބު

  ތީބޮޑު ދެފުއްކެރިއެއް