ހދ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް މުހައްމަދު މައުސޫމާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދެ މަސް ދުވަހަށް އޭނާ ސަސްޕެންޑްކޮށްފިއެވެ.

އޭނާ ސަސަޕެންޑްކޮށްފައިވާ ކަން އެންގުމަށް ޖުޑިޝިއަލް ސާވިސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ.

އޭނާ ސަސްޕެންޑް ކުރަން ނިންމާފައި ވަނީ، ފާޅުގައި ރިޝްވަތު ނަގާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކާއި ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިިގެ މައްސަލައަކާއި ގުޅިގެންނެވެ. އަދި އެ ނޫން އިތުރު މައްސަލަތަކެއްވެސް އޭނާއާ ގުޅޭގޮތުން ބަލަމުންދާ ކަމަށް ޖޭއެސްސީންް ވިދާޅުވިއެވެ.

ޖޭއެސްސީން ވިދާޅުވީ، މައުސޫމް އާ ގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަމުންދާއިރު، އެ ތަހުގީގަށް މިހާތަނަށް ގޮސްފައިވާ ހިސާބަށް ރިއާޔަތްކޮށް، ތަހުގީގު ކޮމެޓީން މައްސަލަ ތަހުގީގް ފުރިހަމަކޮށް، އެ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން މައުސޫމް 60 ދުވަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑު ކުރުމަށް އަންގާ ކަމަށެވެ.

މީގެ ކުރިންވެސް ޖޭއެސްސީން ވަނީ ބައެއް މެޖިސްޓްރޭޓުންނާއި ގުޅޭ މައްސަލަތައް ބަލައި، ބައެއް މެޖިސްޓްރޭޓުން ވަޒީފާއިން ވަކިކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިރުހާލުފޮޅި

    މިރަށު މެޖިސްޓްރޭޓް ކޯޓުގަ ހުންނަވާ މެޖިސްޓްރޭޓަށް އިސްމެޖިސްޓްރޭޓުކަން ނުލިބޭހާހިނދަކު އެބޭފުޅާގެ މައްޗައް ލާ އިސްމެޖިސްޓްރޭޓުންނަށް އެކި އިލްޒާމުއަޅުވާ އަބުރު ކަތިލުމުގެ ސިލްސިލާ ދާނީ ކުރިއަށެވެ.

  2. މމ

    މިމީހުނަށް ހަމަ ނޭގެނީބާ؟ ނޫނީ ހަމަ އެނގިގެން ހަލާކުގެ މަގު އިޚްތިޔާރު ކުރަނީބާ؟