ހައުސިންގ މިނިސްޓަރު އާތިފާ ޝަކޫރު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުން، މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވަން ނިންމަވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީ ފޮނުއްވައިފައެވެ. އާތިފާ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ ބަލި ހާލަތު ހުރި ގޮތުން ކަން އެނގިފައިވެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި އާތިފާއަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް ބޭފުޅުންގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ. އަދި މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލިހުގައި ނަގަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ދެއްވާފައިވެއެވެ.
ހާއްސަ ގޮތެއްގައި، އާތިފާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި އިމާރާތް ކުރަން ފެށި 7،000 ފްލެޓް އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އާތިފާ ވިދާޅުވެފައި ވަނިކޮށް، ފަހުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިނިސްޓަރަށް އެގޮތަށް ވިދާޅުވެވުނީ އޮޅިގެން ކަމަށް ހާމަކުރި މައްސަލައިގައެވެ.
ހަައުސިން މިނިސްޓަރު އާތިފާ މަގާމުން ވަކި ކުރުމަށް އެދި ސިޓީއެއް
މީގެއިތުރުން ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ 7000 ފްލެޓް ލިބޭނެ ކަމަށް 11000 މީހުނަށް ލިޔުން ދީފައިވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީން ދޮގު ހެދި ކަން ވެސް ދާދި ފަހުން ވަނީ ފަޅާ އަރައިފައެވެ.
ޖުލައި މަހު 7000 ފްލެޓް ހަވާލު ކުރެވޭނެ ކަމަށް ބުނެވުނީ އޮޅުމަކުން - މިނިސްޓްރީ
ހައުސިން މިނިސްޓްރީން ދާދި ފަހުން ކުރި ޓުވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގައި 7000 ފްލެޓް ހިމެނޭ ކަމަށް ބުނި ނަމަވެސް ހުރީ 6860 ފްލެޓް ކަމަށެވެ. އެ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން 11000 މީހަކަށް ދޫކޮށްފައިވާ ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
7000 ފްލެޓާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން އަނެއްކާވެސް ދޮގު ހަދައިފި
އެކަމަކު، ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫޢުގެ 7000 ފްލެޓަށް ދޫކުރީ 7000 ލިޔުމެވެ. އޭގެ އިތުރުން އަލަތު ކައިވެންޏަށް 1000 ލިޔުމެއް ހަވާލު ކުރިއެވެ. ޔާމީންގެ ވެރިކަން ނިމުނުއިރު އަލަތު ކައިވެނި ފްލެޓްގެ މަޝްރޫޢު ވަނީ ފަށާފައެވެ. ދެން ދޫކޮށްފައި ވަނީ 2500 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުމެވެ. އެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ ފާޑު ކިޔުން ވެސް ވަރަށް ބޮޑަށް އަމާޒުވިއެވެ.
ކެންސަރު ބަލީގައި މީގެކުރިން ފަރުވާ ހޯއްދެވި އާތިފާ އިސްތިއުފާ ދެއްވާފައި މިވަނީ ވުޒާރާއާ ހަވާލު ކުރާ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ނެތް ކަމަށް ވިދާޅުވެ، އޭނާ މަގާމުން ވަކިކޮށް ދިނުމަށް މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ރިޔާޒްގެ ސިޓީއެއް، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވަނިކޮށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމެވެ. ނަމަވެސް ވެރި ކަމަށް ދޮޅު އަހަރު ވެގެން ދިޔަ އިރުވެސް ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމަކީ ގިނަ ބަޔަކު މި ސަރުކާރާ މެދުގައި ސުވާލު އުފައްދާ އެއް ކަމެކެވެ.
އަދި އެމްޑީޕީ ފިކުރުގެ ވަޒީރަކު، އެ ވުޒާރާއާ ހަވާލު ނުކުރެއްވުމަކީ ބައެއް މީހުން އޭރުގައި ވެސް ސުވާލު އުފެއްދި ކަމެކެވެ. އަދި އާތިފާގެ ބަލި ހާލަތު ހުރި ގޮތުން އޭނާ އަށް މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ އަށް އަދާކުރެއްވިދާނެތޯ އޭރުގައި ވެސް ސުވާލު އުފެއްދިއެވެ.
މިއީ ރައީސް އިބްރާހިމްގެ ސަރުކާރުގެ ކެބިނެޓުގެ މިނިސްޓަރަކު އިސްތިއުފާ ދެއްވި ދެ ވަނަ ފަހަރެވެ. މީގެކުރިން އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑަ މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޝިދާތާ ޝަރީފް ވެސް އިސްތިއުފާ ދެއްވީ ވެސް އެމްޑީޕީގެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެ، ޝިދާތާ އަމިއްލަ އަށް އިސްތިއުފާ ދެއްވީ، މިނިސްޓަރު ކަމުން އޭނާ ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ކެބިނެޓް އެކުލަވާލެއްވި އިރު، އެމްއާރުއެމްގެ ސްލޮޓުގައި ހަތަރު ވަޒީރަކު ހަމަޖެއްސިއެވެ. އެއީ އާތިފާގެ އިތުރުން ހެރިޓޭޖް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ. މީގެތެރެއިން އެމްޑީޕީގެ މެމްބަރުންގެ އެންމެ ބޮޑު ފާޑު ކިޔުމެއް މިހާރު އަމާޒުވަނީ ޒަހާއަށެވެ.
ރަގަޅު ނަމޫނާއެއް؛ ހައުސިންގ ހިންގަން އިތުރު ޚަރަދު ކުރާނެކަމެއްނެތް، މިނިސްޓްރީ އުވާލާ ޕްލޭނިންގް މިނިސްޓްރީ ދަށަށް މެންޑޭޓް ބަދަލްކުރީމާ ރިކަރަންޓް ޚަރަދު ކުޑަކުރެވޭނެ... 2 މިނި ސްޓްރީން ކުރަނީ 1 ބާވަތެއްގެ މަސައްކަތް.....
ތެދެއް. އެކަމަކު ކުރީގރ މުނިސިޕަލްޓީގަ އުޅެފަތިބި ކަޑަ މުވައްޒަފުންތައްވެސް ކޮންމެވެސްތާކަށް ފައްތަން ޖެހޭނެ
އެމްޑީޕީ ގެ ވަރުގަދަ ފަހުލަވާނުންނަށް މަރުހަބާ. ޒިންމާ އަދާ ނުކުރެވެންޏާ ދެންތިބި ވަޒީރުންގެ ވެސް ސިއްޙީ ހާލަތު ތަންނުދޭ ދަރަޖައަށް އެމްޑީޕީ ގެ ފަހުލަވާނުންގެ މަސައްކަތް ގެންދަން ޖެހިދާނެ ކަމަށް ދަންނަވަން. ޒަހާ، އައިޝާ، މަހުލޫހު، މަލީހު، އަމީން ގެ ސިއްޙީ ހާލަތު ކިހިނެއްތޯ؟ 2023 އަށް އެމްޑީޕީ ތައްޔާރުވާންޖެހޭ އެބަ. !!
މަޖިލީހުން ހިންގާގޮތަށްހެދިއްޔާ ކިހިނެއްވާނެބާ ހަރަދު ވަރަށް ކުޑަވާނެ
އެމްޑީޕީ ގެ ކަންތަށް، ދޯދިއާ އެމްޑީޕީ ސަރުކާރުން ހުރިހާ ނުބައެއް ހަދާފަ އެހެން ޕާޓީ( މައުމޫން ރީފޯމް ޕާޓީގެ) ބޮލަށް ޖަހަނީ?
ސާބަހޭ އިންސާފެއް ނެތްބަޔަކާއެއްކޮށް މަސައްކަތްނުކުރެވޭނެ ޕާޓީކުދިންނަށް ކޮތަރުކޮށިތަށްބަހާލާ އެޖެންޑާ19 ފުރިހަމަވީ ދެންތިބީ ދިވެހިންނެއްނޫން ފިލެޓު ދޮންބެމިވީ ޔާމީންއަށް ފުލެޓް އެޅުނީޔާމީން އަށް ދޮންބެހުރީކުޅިބަލަން އެއްކުޅިކުޅެލީ
އޮޅިގެންތޯ ނޫނީ އަސްލަށްތޯ؟؟
ބޮޑުމަންޒަ ރު މިހި ރަ ފެންނަނީ.
ނުދީއެއްނުކެރޭނެ ހުންނާކަށް. ފްލެޓްތައް އެމްޑީޕީން ބޭނުންވާ ބަޔަކަށްދޭން ހަމައެކަނި އޮތީ އެމްޑީޕީގެ ފުލް ބާރު އެތަނަށް އޮވެގެން. މަކަރާ ހީލަތުގެ ޕިއޯ އެމްޑީޕީއެއް އެތާހުރެގެން. އޭގެ ފުރަތަމަ ސްޓެޕް ތިމީހާ ބޭރުކުރުން.
ރަނގަޅު ނިންމުމެއް! އަނެއްކާ އޮޅުމަކުން ނޫންބާ!
ނޫނީ ބޮޑްވަޒީރަށް ބިރުންނޫންބާ!
ވަރައް ހިތާމަވެރި ދުވަހެއް
ދެން ތިމަގާމަށް އެންމެ ރަނގަޅުވާނީ ހޯރަ އިއްބެ،، ސްމިތަށް ޓޫރޒަމް މިނިސްޓްރީގަ ވަޒީފާ އަދާ ކުރެވެންޏާ އިެއބެވެސް އޯކޭ ގާނެ!! ކޮންމެހެންވެސް ގެންނަންވާނީ ރީނދޫ ކޮލެޖުން ފާސްވެފަ ތިބޭ މީހަކު
ތިކަން އޮންނަނީ ހަމަ ތިގޮތަށް. މީގެ ކުރިން ފިޔާތޮްށި ކޮލެޖު
ޢޮޅިގެން ކަމަށް ވާނީ
(ދޭއް) ބަލަން ތިބެމާ ހަކުޅި ކުރިޔަށް ކުޅެލާފަ ގޮޑިދުއްވަން ދާމަންޒަރު
ބޮޑުވަރު
ނެތެއްނު އެއްވެސް ވައްޓަފާޅިއެއް؟
މިރާއްޖޭގަ އެބަތިބި ބޮޑުތަނުން ގާބިލް މީހުން..ކޮންޕާޓީތޯ ނުބަލާ ކަން ކުރެވޭނެ ވަރުގެ މީހަކު ބެހެއްޓުން ބުއްދިވެރި..
މައުމީނު ބުނެގެން ވަޒީރުކަން ދިން (1) ޒަހާ ވަހީދު : ދޮޅު އަހަރު ވަންދެން ކުރި ކަމެއް ނެތް. ލޭ ނާރު ގައި ލޯ ވަޅު އެޅީމާ ވެސް ރެސްޕޮންސިޕަލް ވާން ޖެހޭ އެއްވެސް ކަމެއް ނެތް. ފާޑެއްގެ ސިޓީ އެއް އައްނި އަށް ފޮނުވާލާ އިރަށް އޯކޭ.
ކަންބަޅީގެ ކެހެރިގަނޑު އަޅައިގެން އުޅޭ ހިޔަޅުގެ ނުބައިކަމުން ސަލާމަތްވީ.
އާތިފާއަކީ ކޮރަޕްޝަނުގަނުޖެހޭނެ ވަރަށްރަގަޅު ބޭފުޅެއް.ޔާމިނު ސަރުކާރުން އަޅާފަވަނީ ކޮތަރުކޮށި ފްލެޓްތަކެކޭކިޔައިގެން އެމްޑީޕީ ބައިގަނޑު އުދުޅި ބާނައިގަތުމުން، އާތިފާ ބޭނުންވީ އިންސާފުން ކަންކަން ކުރަން. އެހެންނަމަވެސް ވަރަށްބޮޑެތި މަޖުބޫރުތަކެއްކުރިމަތިވީމާ، ސަރުކާރުން ބޭނުންވާހާގޮތަކަށް ދީލާލަން އަމިއްލަޒަމީރު ޤަބޫލުނުކުރެވޭތީ އިސްތިއުފާދިނުމަކީ އެންމެރަގަޅުގޮތްކަމަށް އާތިފާއަމިއްލަފުޅަށް ނިންމެވީ.ސަބަބަކަށް އާލާސްކކަންފުޅޭވިދާޅުވީ މަސްލަޙަތައް
އާތިފާއަކީ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް. އަދި ދާއިރާއިން މަތީ ތަޢުލީމު ޙާޞިލު ކުރެއްވި ބޭފުޅެއް. ގާބިލު ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް.
ޢަލްހަމްދު ލިއްލާހި
މިނިސްޓަރުން ހަމަޖެއްސީވެސް ވަރައްވިސްނާފަ ރައްޔިތުންނައް ވީހުރިހާ ވައުދެއް ފުއްދަން ހަވާލުކުރީ އމޑޕ ނޫން މީހުނާ ބަޖެޓުވެސް ނުދީ އެއިރުން ބޯދަމާގަނެވޭނެކަމައް ހިލާއެހެނެއްނުވާނެ ފަތްކޮޅު ދިނީ ސޯލިހުނޫންތަ؟
އަޑުބަރޭ އާއި ސްމިތް ރަގަޅުވާނެ
އަނެއްކަވެސް ދޭނީ އމޑޕ ނޫންމީހަކައް ދޮޅުއަހަ ރުކޮއްފަ ބަވާފަ ބޭރުކުރީމާ ރައްޔިތުންނައް ކަމެއް ކޮއްނުދީވާ ނެނޫންތަ ރައްޔިތުންނަކީ ގުނބޯލުންނެއްނޫނޭ!!
ވައުދު ނުފުއްދި ބޮޑުތަނުން ފެއިލްވެފައިވާ ދުވެލި ސުމެއްގެ ސަރުކާރެއް
ހަކުޅިކުރިޔައްކުޅެގެން ކުރީފަހަރު ގޮނޑިދުއްވަންދިއަޔަސް މިފަހަރަކު އެހެން ގޮނޑިދުއްވަން ދިޔަކަ ނުދޭނަން މިފަހަރުޖެހޭނީ ރާގޮނޑިދުއްވަން ހުންނަން
ސުވާލަކީ ބަސްނުވިކޭ އޮޑިން ކޯލިޝަންގެ ވެރިން ފައިބާކަށް ނުވޭތޯ؟
ތިދަނީ ކުރިއަށް ބޭނުންވާ ގޮތަށް ބޭނުންވާ މީހުން ލައިގެން ނޫނީ ސަރުކާރު ނުހިންގޭނެ އޭރުން މަޖުލިސް ރައިސް ބޭނުންވާ ކުޅިގަނޑު ރަނގަޅަށް ކުޅެވޭނީ
ހައުސިންގް މިނިސްޓަރު ކަމުން އާތިފާ އިސްތިއުފާ ދިން ނަމަވެސް މާލެ ސަރަހައްދުން ގޯތި ދޭން ޖެހޭ އެންމެ ރައްޔިތަކަށް ވެސް އަދި ގޯއްޗެއް ލިބުނީ އެއް ނޫނޭ ރައީސް އޮފީހުން މިކަމަށް ޓަކައި އެކުލަވާލި ޕޮލިސީ އެއް ވެސް ނެތޭ ރައްޔިތުންނަށް ފެންނާން ތަމެން ކްރޮސްރޯޑަށް ގޮސް މިލިއަނުން ޑޮލަރު ޚަރަދު ކޮށްގެން ރައްޔިތުންނަށް އޮޅުވާލަންވެގެން ކުރި ކަންކަމުން ނިކުތް ނަތީޖާ އެއް ނެތޭ މާލެ ސަރަހައްދުން ގޯތިދޭން ޖެހޭ ވައުދު ނުފުއްދާ އޮތީ އެއީ ރައްޔިތުންނަށް ކޮން ނިކަމެތި ކަމެއް ދޭން ވެެގެންތޭ ތަމެން ރައްޔިތުން ބިކަހާލުން ނެރެން ވެފައިވާ މާލެ ސަރަހައްދުން ގޯތި ދޭން ޖެހޭ ވައުދު ނުފުއްދާ އޮތީ ރައްޔިތުން ތަމެންނަށް ނުވަތަ ތަމެންގެ ވެރިކަމަށް ކޮން ގެއްލުމެއް ދީގެންތޭ ރައްޔިތުން ތަމެންގެ ވެރިކަމަށް ކޮން ގެއްލުމެއް ދީގެންތޭ ކޮން ގެއްލުމެއް ދީގެންތޭ ކޮން ގެއްލުމެއް ދީގެންތޭ ކޮން ގެއްލުމެއް ދީގެންތޭ ކޮން ގެއްލުމެއް ދީގެންތޭ...
ކޮބާ މަމެންނަށް ދޭން ބުނި ފްލެޓު?
ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވައިފި ނަމަ އެހާ ތަނުން އާތިފާ ނަގަން ޖެހޭ ގާނޫނީ ޒިންމާ އެއް ނޯންނާނެއޭ މާލެ ސަރަހައްދުން ގޯތި ދޭން ވެގެން އެމްޑީޕީ ވެފައިވާ ވައުދު ފުއްދުމަށް ޓަކައި ނޯންނާނެއޭ މިކަން ދެން ކުރަން ޖެހޭނީ ދެން އަންނަ ހައުސިންގް މިނިސްޓަރެކޭ ކޮން އިތުބާރެއްތޭ އޮތީ ދެން އަންނަ ހައުސިންގް މިނިސްޓަރަށް ވެސް އެޗްޑީސީގެ މައްޗަށް އަމުރު ކުރެވޭނެ ކަމަށް ރައީސް އޮފީސް އޮތްވާ ތަމެން މިވައުދު ނުފުއްދާ ދެއަރު ދުވަސް ކުރީ ކިއެއްވެތޭ
ޢާތިފާއަކީ މިސަރުކާރުގެ ވަޒީރުންގެ ތެރެއިން ވަރަށް ތައުލީމީޤާބިލް ބޭފުޅެއް. ހައުސިންގމިނިސްޓްރީގެމަތީމަޤާމްތަކެއްގައިހުނަރުވެރިކަމާއެކުމަސައްކަތްކުރައްވާފައިވޭ.ވަކި ޕާރޓީއަކުންއެކަމަނާ މަސްުއޫލިއްޔަތު އަދާނުކުރައްވާކަމަށްވިދާޅުވާއިރުހިޔާފްލެޓްގެމަސައްކަތްކުރައްވަނީރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާކޮމިޓީއަކުންކަންއެންމެންނަށްވެސްއެގޭނެ. ތިޔަވުޒާރާހިންގުމަށްއާތިފާއަށްވުރެއެކަށީގެންވާބޭފުޅަކުލިބޭނެކަމަކަށްނުފެނޭ.
މިހާރުވެސް މާލަސް ވެއްޖެ.އެއްވެސްކަމެއްވާ މީހެއްނުން.
މީތޯ އެބުނާ މޮޅު ޑިމޮކްރަސީ ރައްޔތުން އަޅުވެތި ރައްޔިތުންގެ ރުފިޔާ ޙަރަދުކޮއްގެން ހިއްކާބިން ވެރިން ހިތުހުރިބަޔަކައް ވިއްކާ ދީ މިހަދަނީ ރައްޔިތުމީހާ ބޮޑު އަގުގައި ކުއްޔައް ވޯޓް ހޯދަންވީމަ އައިސް މިބުނަނީ ތިމަންނަ މެންނނަން އެނގެޔޭ 100 އަކަފޫޓެއްގައި 3،4 ކުދިންގޮވައިގެން އުޅޭކަން ހޮވާ ދެއްވާށޭ ތިކަން ރަގަޅު ވާނޭ މީގަ އެންމެ ހެއްވާކަމަކީ ނަސްލީ އިމްތިޔާޒެއްގެދަށުން ބިން ގަންނަން މިޖެހެނީ މިމާލޭގެ ޒުވާނާ އެކަމަކު ރައްރަށުގެ ޒުވާނާޔައް ހިލޭ ގޯތި ދެވޭ މީ ކޮންކަހަލަ ނާތަހުޒީބް ނަސްލީ އިމްތިޔާޒެއްތޯ ރައްޔިތުން ވޯޓްދެއްވާއިރު މިކަމާ ފިކުރުކޮއް ނޫނެކޭ ބުނަން ދަސްކުރާނީ ކޮން ދުވަހަކުންތޯ މާމަ ދަރިން ކާފަދަރިން މިދަނީ އަހަރެމެން ވޯޓްދީގެން ހޮވި ބަޔަކު އަޅުވެތި ކުރަމުން މިކަމާ ފިކުރު ކުރަންވީ ބާރު މިފެށެނީ ރައްޔިތުންގެ ކިބައިން ވިއްޔާ އެބާރު ރައްޔިތުން ދޫކޮއްލައިގެން މިތިބީ ކީއްވެގެންތޯ ބޮޑުއަގުގަ ކުއްޔައް ބޮޑުއަގުގަ ގަންނާކައް ހަމަ އެކަނި މިމާލޭގެ ރައްޔިތުންނައް ޖެއްސީ އެދިގުރާސްތާ މޮޅު 30 މިކަން ރައްޔިތުންނައް ބަދަލް ކުރެވޭނެ
ކޮންމެ މީހަކު އަޔަސް މާލޭ މީހުންނަށް ގޯތި ދެވޭނީ ހަމައެކަނި ޕްލޭނިންގނމިނިސްޓްރީ