ރައްޔިތުންގެ މަޖިލީހަށް ހުރިހާ ބާރެއް ޖަމާކުރުމަކީ ގޯހެއް ކަމަށް ސަރުކާރު ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވެފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލާއި ގުޅިގެން، މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތައް ޤާނޫނު އިސްލާހް ކުރުމަށް ހުށަހަޅައިފައިވާ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ހުރހާ ބާރެއް މަޖިލީހުގެތެރެއަށް ވެއްދުމަކީ ހުދުމުހުތާރުކަމެއް ކަމަށާއި، މިހާރު ރައްޔިތުންގެ މަޖިޅީހުން އަމަލު ކުރަމުން ދަނީ ރައްޔތުން ދީފައިވާ އިތުބާރުގެ މައްޗަށް ނޫން ކަމަށެވެ.

"މަޖިލީސްއަށް ހުރިހާ ބާރެއް ޖަމާ ކުރުމަކީ، ގާނޫނު އަސާސީ ބުނާ ތިން ބާރު ވަކިވުންތޯ؟ މީތޯ ރައްޔިތުން އިތުބާރު ކުރި ގޮތަކީ؟" މިހެން ވިދާޅުވެ ސައުދު ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ފުރުހަމަ ޑިމޮކްރަޓިކް ސިސްޓަމެއްގެ ދަށުން ގައުމު ހިންގާނެ ދުވަހަކާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ކަމުގައިވާ ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއެވެ. މި އިސްލާހު ފާސްވެއްޖެ ކަމުގައިވާ ނަމަ ސިއްހީ ކުއްލި ނުރައްކާ އިއުލާން ކުރެވޭނީ، މަޖިލީހުގެ އަގުލަބިއްޔަތުން އެކަން ފާސްވެއްޖެ ހިނދެއްގައެވެ. އެކަމުގެ މައިގަނޑު ބާރު މަޖިލީހަށް ލިބިގެންދާނެއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާތާ 48 ގަޑިއިރު ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދަން ވާނެ ކަމަށެވެ.

އެ ބިލު ހުށަހެޅުއްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާންކުރުމުގައި މިހާރަށްވުރެން ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަށް އިންތިޒާމްކުރުމަށާއި އަދި މިހާރަށް ވުރެން ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވޭ ގޮތް ހެދުމަށް ކަމަށް ބިލް ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ހިނދު މަޖިލީހުގެ ޖަލްސާ ބާއްވާނެ ގޮތްތައް އިތުރަށް މިހާރަށް ވުރެން ބޮޑަށް ސާފުކުރުން ވެސް މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ އިސްލާހުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ އާންމު ސިއްހަތުގެ ނުރައްކަލެއް ދިމާވެއްޖެ ނަމަ ހޭދަ ކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ވަގުތެއްގައި އެފަދަ ނުރައްކަލެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެން ކުރަންޖެހޭ ހޭދަ އިތުރުވާނަމަ، ފައިސާ ބޭނުންވާ މިންވަރެއް، ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބޯހަލާކު

    ގާސިމް ރާކަނިމަސް މިތިބަކެވެނީ...ކަލޭމެންނައްކޯޗެއްކެވެނީ ލާރިތޯ..
    ކޮބާ ކިތައްފަހަރު ކަށިޖަހައިފިތަ..ހަހަހަހަ

    69
  2. ދަރަނި ދަންތުރަ

    ކެނެރީގެ ނަސީދާ އެމް ޑީ ޕީ ދެމި ހުރިހާ ގުއިރޯނެއްގައި ގާސިމާއި ޖޭ ޕީ ވަނީ ޖެހިފައި ދުވަހަކުވެސް ދެން ވަސްނުފިލާނެ

    18
  3. ބުޅާ

    ގާސިމޫ ބޭނުން ގޮތެއްނު ސްޓަ ރފުނަށް ތިހަދަނީ؟؟ ކޮބާ މާ ރޗް މަހު މުސާ ރަ ރަމަޟާންމަހު އިނާޔަތްވެސް ނުދޭ.. ގާނޫނު އަސާސ ހެދިދާނެ އެކަމަކު އެއަށް އަމަލު ނުކު ރެވޭ. ގާސިމްއަކަށް، މިހާ ރުވެސް ކިތައްމަސައްކަތްތޯ ހުއްދަނުހޯދާ ރިސޯޓްތަކުގަ ތިޔަކުރަނީ. މުއައްޒަފުންނަށް ދޭންޖެހޭ ހަލާލު ފައިސާކޮޅު ދީބަލަ ޕާޓީ ނުހިންގާ

    15
    2
  4. ތިރިބެ

    ކުއްލިނުރައްކާ(ކާފިޔުނުބަތަ144) އިޔުލާނު ހުރާތާ 24 ގަޑިއިރު ތެރޭ މަޖިލީހައްހުށައަޅައްޖެހޭ ގޮތައް ގާނޫނުގަ އޮތީ އެއީސީދާ ރައިސްގެބާރެއް. ސިއްހީ ކުއްލިނުރައްކަލަކީ ހެލުތު މިނިސްތަރު ނުވަތަ އެޗްޕީއޭގެ ވެރިޔާ އިއުލާނުކުރާކަމެއް ވީމަ ރަގަޅު ލަފައެއް ހޯދުން އެއީ ބާރަކައް އެރުމެއްނޫ ކަންނޭގެ

    5
    2
  5. މީހާ

    ކިހާދެރަކަމެއް.

  6. ބީރުމީހާ

    ސައުވެސް ބޭނުްވިގޮތްމީ ދެން އަނގަުތަޅާ

  7. ޖ

    ނަސީދު ެއެއުޅެނީ ހުރިހާބާރެއް އަތްދަށުގަލާން

    11
  8. Anonymous

    އަހަރެން ޖޭޕީ އަށް ފުރައިދިން ފޯމް މަދެއްނުވާނެ އިނގޭ އަނގަ މަޑުންލައިގެން ތިބޭ އަހަންނަކީ ބޮޑުވަޒީރު.!?

    14
  9. ތުއްމެޓާ

    އެއީ އޭނައަށް އޮޅުން ބޮޅުމަކުން ބުނެވުނު ބަހަކަށް ވާނީ!

    10
  10. އެނބުރޭ

    މީދެފަހަރު ދެއަތައް ބޯއެނބުރޭ ބުރުމާއެއް އެހެންވީމަވާގޮތް

    11
  11. ކާސިންޖީ

    ގާސިމް ބުނީ ނަބިއްޔާގެ ބަސްފުޅު "މުއުމިނެއްގެ ގަޔަށް އެއްހަރަކުން ދެފަހަރު ކަށިނުޖެހޭނެ" އެވެދާނެ ގާސިމް އެއީ މުއުމިނެއް ނޫންކަމަށް.

    10
  12. ބެއްޔާ

    ހެހެ. މައުމޫނަވީމަ ޑިކްޓޭޓަރު. ތިމާވީމަ ޑިމޮކްރަސީ

    12
  13. މާމީ

    ނުކިއަވާ ތިބޭ މީހުން މަޖިލިހައް ރައްޔިތުން ނައް ފައިސާ ދީގެން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިހޮވީމަ ވާނެ އެތި މިވަނީ.

    14
  14. ޝޮކްތެރަޕީ

    ކަލޭމެންގެ ސަބަބުން މިހެންމިވަނީ

  15. Anonymous

    ލޮކްޑައުންގަ ބާއްވައިގެން ބޭނުންވާ ހުރިހާ ގާނޫނެއް ފާސް ކޮށްލާ! އެއް ގަނޑެއް ވެސް ނުގަނެވޭނެ! ހަމަ ތިބެންޖެހޭނީ!

  16. ބޯޖަލީލު

    ކެނެރީގޭ ނަސީދު ޖޭ ޕީ އަށް ފުރައިދޭނީ ފޯމެއްވެސްނޫން ހަޔާތްކުޑަ ވެގެން ކޮންމެފަދަ ވާހަކައެއްވެސް އެސޮރު ދައްކަފާނެ ނަސީދު ޖޭ ޕީ ގެ ލީޑަރަށް ދިނީ 4 އަނބިން ...

  17. ާައަހުމަދު

    ހުރިހާ ބާރެއް ހެލްތް މިނިސްޓަރަށް ދިނީމަ ގައުމު އިނދަޖެހޭ ތަނެއް ނުފެނޭތޯ. އެންމެ ބޮޑަށް ގެއްލުން ވީވެސް ތިތާގަ އުޅުނު މުވަށްޒަފުންނަށް.

    3
    1
  18. އެޖެންޑާ 19

    ދުވަސްކޮޅަކުން ގާސީ ހުކުމް ކުރުމުގެކުރިން މަޖިލީހުގެ ރުހުން ހޯދަންޖެހޭވަރުވީމަ ކޯޓުތައްވެސް މިނިވަންވިކަމަށްވާނީ. ހިޑަން އެޖެންޑާ-19

  19. އެމަންޖެ

    ނަސީދަކީ މިދިވެހި ގައުމުގެ ޑިކްޓޭޓަރ.

  20. ރައްޔިތުން

    މަޖިލީހުން ސަރުކާރު ހިންގީމާ ހުންނާނީ ރަނގަޅަށް ހުރިހާ މިނިސްޓަރުން ވަކިކޮށްފަ. އޭރުން ޚަރަދު ކުޑަވާނެ. މަޖިލީހުގެ ކޮންމެ މެންބަރަކަށް މިނިސްޓްރީ އެއް ހަދާފަ ހަވާލުކުރަން ފެންނަނީ، އެމީހުންނަށް ދޭނީ، މެމްބަރު ކަމުގެ މުސާރައާ އިނާޔަތު އެކަނި

    4
    1