ކޮވިޑް-19 މާލެ އިން ފެނުމުން އިއުލާން ކޮށްފައިވާ ފުރަބަންދަށް ދޭނެ ލުއިތައް މިރޭ އިއުލާން ކުރާނެ ކަމަށް ސަރުުކާރުން ވިދާޅުވެފައި ވީނަމަވެސް، އެނިންމުން ބަދަލުކޮށް ފުރަބަންދަށް ދޭނެ ލުއިތައް އިއުލާން ކުރުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު ހާމަކުރުމަށް ކޮންމެ ރެއަކު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ފުރަބަންދަށް ދޭނެ ލުއިތައް އިއުލާން ކުރަން ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުން މިހާރު ވަނީ ކެންސަލް ކޮށްފައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއޯސީ) ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިރޭގެ ނޫސްވެރިންގެ ބައްދަލުވުން ފަސްކުރީ ފުރަބަންދަށް ދޭނެ ލުއިތަކާއި ގުޅޭ ބައެއް ކަންކަން އަދިވެސް ފައިނަލް ކުރަމުން ގެންދާތީ ކަމަށެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސިވުމުން މާލެ ސަރަހައްދު ފުރަބަންދު ކުރި ކުރުމަށް 45 ދުވަސްވީ ފަހުން ސަރުކާރުން ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއް ދިނުމަށް ނިންމައިފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ލުއިތައް ދީފައިވަނީ މިދިޔަ މަހުގެ 30 އިން ފެށިގެން 2 ހަފްތާގެ މުއްދަތަކަށެވެ.

ފުރަތަމަ ދެ ހަފުތާގައި ދިން ލުއިތަކުގެ ތެރޭގައި، ގޭބިސީތަކުން ބޭރަށް ދެވޭ މީހުންގެ އަދަދާއި ބޭރުގައި އުޅެވޭ ވަގުތު އިތުރުކުރުމާއި އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއްގައި ބޭރަށް ދާން ހުއްދަ ދިނުން ހިމެނެ އެވެ. މީގެ އިތުރުން ބައެއް ވިޔަފާރިތަކަށް ވެސް ވަނީ ހުއްދަ ދީފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1942 އަށް އަރާފައެވެ. އޭގެ ތެރެއިން 1010 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 8 މީހަކު ވަނީ ބަލި ޖެހިގެން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޅަތީފް

    ތިވާނީ މަޖިލީ ހުން ހުއްދަ އަދި ނުލިބެނީ ކަމައް

    23
  2. 662

    އޮޅުނީދޯ?

    16
  3. ނަޖީ

    ހަމަޔަގީން އޮޅުނީ އޮޅިގެން މާދަމާރޭ މިރެޔައް ހެދުނީ އެހެން ވެދާނެ ޮޅިގެން ބަންދުދުވަސްތަ ނުކަޑާ ފުރަތަމަ ދުވަސްގުނަންފެށުނީ

    19
  4. ދާއޫދް އިބްރާހިމް

    ތިކަން ކުރަން ތިބި މީހުންގެ ގާބިލްކަން ތި ފެންނަނީ. ޓްރޫ ޕީކް ފެނުނީ ކަމައް ވެސް ވެދާނެ. ރައްޔިތުން ރުޅި ނައިއްޔާ ދެރަ..

    16
  5. މިނިސްޓަރު

    މިދެން ވެއްޖެ ބަލާވެރިކަމަކަށް. މި މީހުން ކިޔާ އެއްވެސް އެއްޗެއް ދިމައެއް ނުވޭ. އަމިއްލަ މަސައްކަތުން ދިރިއުން އާރާސްތުކުރަން މަސައްކަތް ކުރާ އެތައް ބަޔެއްގެ ފަންޑަމަންޓަލް ރައިޓްސް އެވަނީ ނިގުޅައިގަނެފަ. އިގްތިސާދު ފުނޑާލައިފި. އެތައް ހާސް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލިއްޖެ. ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކާއި ކުޅެފި.

    17
  6. ދޮންބެ

    ތި ވާނީ އޮޅުނީ ކަމަށް. ހެހެ

    18
    1
  7. ރަބަރޭ

    ތިލަސްކުރީ މަޖިލީހުން ހުއްދަހޯދާއި ގެންނޫނީ ތިކަންނުކުރެވޭ ގޮތައް ހަދަންވެގެން

    19
  8. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    ޖަޒީރާ ރާއްޖޭގެ ބަލާވެރިކަމުގެ ބޮޑުކަމުން ނިކަމެތި ރައްޔިތުމީހާ އަށް ހުރިހާ ދެރައެއް.. އެޖެންޑާ 19 ހުސް ދޮގު.. ރައްޔިތުންނަށް ކަމެށް ނުކޮށްދޭއިރު މުސީބާތް ނޫން އެއްޗެއް ނުޖައްސާ..

  9. ޖުޖު

    އޮޅިގެން އިއުލާން ކުރެވުނީ