ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން އިތުރު 111 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއަދު ރަނގަޅުވި މީހުންގެ ތެރޭގައި މެއި މަހުގެ 28 ވަނަ ދުވަހު ފައްސިވި 14 އަހަރުގެ އަންހެން ކުއްޖަކާއި މެއި 27 ވަނަ ދުވަހު ފައްސިވި 06 އަހަރުގެ ކުއްޖަކާއި، ޖޫން 10 ވަނަ ދުވަހު ފައްސިވި 07 އަހަރުގެ ކުއްޖަކު ހިމެނެއެވެ.

މިއަދަކީ ރާއްޖެ އިން އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ބަލިން ރަނގަޅުވި ދުވަހެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުވިތޯ ބަލަން ޓެސްޓެއް ނުކުރެއެވެ.

ކޮވިޑް-19 ޖެހޭ މީހުން ޓެސްޓް ނުކޮށް ދޫކޮށްލަން ނިންމީ އެންމެ ފަހުގެ ދިރާސާތަކަށް ރިއާޔަތްކޮށް، ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ބަލި ޖެހޭތާ 10 ދުވަސް ފަހުން، ކޮވިޑް-19 ގައިންގަޔަށް ނާރާނެތީއެވެ. ކޮވިޑް-19 ޖެހި ބޮޑަށް ބަލިވާ މީހުންނާއި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ދޫކޮށްލާނީ 21 ދުވަސް ފަހުން، ބަލިން ރަނގަޅުވާތާ ތިން ދުވަސް ހަމަވުމުން ކަމަށް މިހާރު ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ބަލީގެ އަލާމާތެއް ނުފެންނަ މީހުން 14 ދުވަސް ހަމަ ވުމުން ދޫކޮށްލަން ވަނީ ނިންމާފައެވެ.

ކޮވިޑް-19 ޖެހޭ މީހުން ދޫކޮށްލާނެ ގޮތައް ގެނައި ބަދަލާއި ގުޅިގެން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އިން ރަނގަޅުވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިހާތަނަށް ރާއްޖެ އިން 1962 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން 1121 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހިފައި ތިބީ 825 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވިރާ

  އަލްހަމްދުލިއްލާހް

  6
  1
 2. ާާްައަލީ

  މިއަދު ފައްސިވީ. މިއަދު ރަގަޅު ވީ؟؟؟؟؟

  3
  1
  • ރަގަޅު

   ރަގަޅުވެގެނެއް ނޫން ބަލިޖެހުނުތާ10 ދުވަސްވީމަ ދޫކޮށްލަނީ ! މިހާރު ބަލިޖެހޭވަރު މަދުވީމަ ގިނަމީހުނަށް ބަލިޖެހޭނީ އޭރުންތާ ވަރަށްދެރަކަމެއް މިގައުމުގެ ޑޮކުޓަރުން އެންމެ ރަގަޅުގޮތް ނުވިސްނާކަން ބޭރުގެ ގިނަގައުމުތަކުންވެސް ބަލިކޮންތްރޯލް ނުވުމުގެ އަސްލަކީ އެގޮތަށް ބަލިރަގަޅުނުވަނީސް ބަލިމީހުން ދޫކުރުމުންކަމަށްވެސް ވުން އެކަށީގެންވާއިރު ރާއްޖެއިން ބަލިކޮންޓްރޯލް ކުރުމަށް ކުރިން ގެންދިޔަ އުސޫލުން ކަންތައްކުރަމުން ގެންދިޔަނަމަ ރާއްޖެއިން ބަލި ކޮންޓްރޯލްކުރެވުނީސް!ޚަރަދު ކުޑަކުރަން ހަދައިގެން ކުރަންޖެހޭ ޚަރަދު ވަނީބޮޑު!އެންމެ ފުރަތަމަ ރާއްޖެއަށް ބަލިފެތުރުނީވެސް ނުވިސްނާ ޚަރަދު ކުޑަކުރަން ޓެސްޓްނުކޮށް 14 ދުވަސް ވުމުން މީހުންދޫކޮށްލުމުން!ވީމާ މިހާރު މިކުރާކަންތަކުން ހީވަނީ ބަލިޖެހޭނެކަމަށް ނިންމި ޢަދަދު ހަމަނުވެދާނެތީ އެއަދަދު ހަމަކުރުމަށްޓަކައި އެންމެނަށް ހަލިޖައްސަން ބޭނުންވީހެން!ޑަބުލިޔު ޢެޗް އޯ އިން ބުނާކޮންމެ ވާހަކައަކަށް ތަބާވާކަށް ނުޖެހޭ ﷲ ވިސްނުމާއި ބުއްދި ދެއްވައިފަވަނީ އެންމެ ރަގަޅުގޮތް ވިސްނުމަށް!ޑަބުލިއު އެޗް އޯ އިން މާސްކު ނައަޅަންވެސް ކުރިންއެންގި ފަހުން އެމީހުން ނުބުނަނީސް އަމިއްލަ ވިސްނުންބޭނުން ކޮށްގެން އެންމެން މާސްކު އަޅައި ބަލި ރަގަޅުކުރި ގައުމެއްގެ ސަބަބުން ޑަބުލިޔު އެޗް އޯ އަށް ވެސް ވިސްނުނީ އެންމެ ރަގަޅުގޮތަކީ އެންމެންވެސް މާސްކު އެޅުންކަން ! ޑަބުލިޔު އެޗް އޯ އިން އެ އެއްޗެއް ހުސްވާން ކާރިވީމަ އެކަމެއް ކުރަން ނުޖެހޭކަމަށް ބުނާނެ އެއަކީ ކަންކުރަންވީ ރަގަޅުގޮތްކަމަށް ބެލުން ގޯހަކީ☺️