ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ޗައިނާއިން ރާއްޖެއަށް ދޭ އެހީގެ ތިންވަނަ ޝިޕްމަންޓުގެ ސާމާނު ރާއްޖެ ގެނެސްފިއެވެ. މި އެހީއަކީ ދެ ޤައުމު ގުޅިގެން ރާއްޖެއަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ސާމާނުގެ ލިސްޓަށް ބިނާކޮށް ގެންނަ ތަކެއްޗެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލިޖޮންގް ވަނީ ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި ތަކެތީގެ ތަފްސީލް މިރޭ ދެއްވާފައެވެ. ސަފީރު ވިދާޅުވީ ޗައިނާއިން ދިން އެހީގެ ސާމާނުގެ ތެރޭގައި ހިމެނެނީ، ފަސްހާސް މެޑިކަލް ޕްރޮޓެކްޓިވް ފޭސް މާސްކާއި، ފަންސާސް ހާސް ސާޖިކަލް މާސްކާއި ފަސް ހާސް ޑިސްޕޯސަބަލް ކަވަރޯލް އަދި ފަސް ހާސް މެޑިކަލް ގޮގުލް ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް ދިން އެހީއާ ގުޅިގެން ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ، ޗައިނާއަކީ ރާއްޖެ ހާލުގައި ޖެހޭ ކޮންމެ ވަގުތެއްގައިމެ އިސްވެ އެހީވާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު އެވަގުތައް އެންމެ ބޭނުންވި ސިއްޙީ ސާމާނު, ވަގުތުން ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފައިވާކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހީގެ ތަކެތި ހަދިޔާ ކުރުމުގެ އިތުރުން ކޮވިޑް-19 ފެތުރެން ފެށި ފަހުން ޗައިނާގެ އެހީގައި ވަނީ ބިދޭސީން ތިބޭނެ އިމާރާތްތަކެއްގެ މަސައްކަތް ވެސް ހުޅުމާލޭގައި ކޮށްފައެވެ.

ޗައިނާ ސަރުކާރުގެ އިތުރުން ޗައިނާގެ އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާނެ ސާމާނު ރާއްޖެ އަށް ހަދިޔާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިހުސާސް

    ޝުކުރިއްޔާ ،ޗައިނާ.

  2. Anonymous

    ޝުކުރިއްޔާ އިންޑިއާ. ނަޝީދު

    8
    2
  3. ޖަޒީރާ

    ފެނޭތަ
    ނަޝީދޫ
    ކޮބާކަލޯ
    އިބްޑިއާ

  4. ޢަސްލަމް

    ކޮބާ އެކުވެރި އިންޑިއާ ދޯސްތީ
    ޙާލުގައި ޖެހުމުން ވީކަމެއް ނެތް ނަޝީދުއަށް ވަރަށް ސަލާމް

  5. ސަޓޯ

    ޗައިނާ ކަޑަ ދޯ އަންނީ ؟؟

  6. ކާފަބޭ2020

    މިހުރިހާއެހީއެއްޗައިނާއިންދެމުންދާއިރު ބޮޑުބޭބެގެޚަބަރެއްވެސް ނުވާތީ ވަރަށްދެރަވޭ ޝުކުރުއަދާކޮށްލާނެ ތަރުކާރީކޮޅެއްނަމަވެސް ފޮނުވާދެއްވާ! ވަރަށްބޭނުންޝުކުރު އަދާކުރެވޭނެގޮތެއްވުން!

  7. މާމީ

    ކިތައްމެ ވަރަކަށް ޗައިނާ ދެކެ ނަޝީދު ރުޅިއަޔަސް ޗައިނާ ވަރެއް ނެއް ޝުކުރިއްޔާ ޗައިނާ ތަފާތަކީ އިންޑިއާ އިން އެއްޗެހި ދެނީ ގަންނަން ޗައިނާ އިން ދެނީ ހިލޭ... ކުޑަ މޯދީ ި.އަށް ފެނޭ ތޯ؟؟؟؟؟؟

  8. މުނާ

    އަބަދުވެސް މޯދީ އެއްޗެހިދެނީ މިވެސް މޯދީ ދިން އެހީ ހޫން