އަނެއްކާވެސް މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ ހއ.ބާރަށުގައެވެ.
އާއިލާގެ ފަރާތުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ދަރިފުޅު ނިޔާވިއިރު މާބަނޑު މީހާގެ ބަނޑަށް ހަމަސް ފުރިފައިވާ ކަމަށެވެ. ހުރިހާ ރަށެއް ފުރަބަންދު ކޮށްފައި އޮތުމުން ބާރަށުން ފުރައިގެން ދިއްދުއަށް ނުދެވި، މާބަނޑު މީހާ ޑޮކްޓަރަށް ދައްކަން ޖެހޭ ދުވަހަށް ޑޮކްޓަރަށް ނުދެއްކި ދުވަސްތަކެއް ވުމަށްފަހު، ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދެވޭ ގޮތްވީ އިއްޔެގެ ވަގުތެއްގައެވެ.
"ދިއްދު އަށް ދިއުމުން ޑޮކްޓަރު ބަލާފައި މިބުނީ ކުޅުދުއްފުއްޓަށް ދާށޭ ދަރިފުޅުގެ ވިންދެއް ނެތޭ. ކުޅުދުއްފުއްޓަށް ދިއުމުން މިބުނަނީ ދަރިފުޅުގެ ވިންދެއް ނެތޭ، ނިޔާވެފައި އޮތް ކަމަށޭ ބެލެވެނީ. އެޑްމިޓް ކުރަންށޭ ޖެހެނީ. ނަމަވެސް ދެން ފަހުން ބުނެފި ދިއްދުއަށް ދާން. އެހިސާބުން ދެމަފިރިން އައީ ފުރަތަމަ ބާރަށަށް." އާއިލާ އިން މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނީ ރަށުގައި ހުއްޓާ މިއަދު މާބަނޑު މީހާގެ ބަނޑުގައި ރިއްސާތީ ބާރަށު ހެލްތު ސެންޓަރަށް ދެއްކި ކަމަށާއި، ހެލްތު ސެންޓަރުން ބަލާފައި ބުނީ ދިއްދުއަށް ދާން ކަމަށެވެ. މިއަދު ދިއްދުއަށް ދިއުމުން އަނެއްކާ ދިއްދުއިން މާބަނޑު މީހާ ވަނީ ކުޅުދުއްފުއްޓަށް ފޮނުވާފައެވެ.
"މިހުރިހާ ދަތުރެއް ކުރަން މިޖެހެނީ ވެސް އަމިއްލައަށް. އެއްވެސް ދަތުރަކަށް އާސަންދަ ވެސް ހަމައެއް ނުޖެހޭ." މައުލޫމާތު ދިން މީހާ ބުންޏެވެ.
ކޮވިޑް-19 އާއި ގުޅިގެން ރަށްތައް ފުރަބަންދުކޮށް، ރަށުން ފުރައިގެން ދިއުމުގައި ދަތިތައް ކުރިމަތި ކުރުމުން މާބަނޑު މީހުންގެ ބަނޑަށް ދަރިފުޅު މަރުވުމާއި، އުފަންވާތަނުން ދަރިފުޅު ނިޔާވާ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައި ވެއެވެ.
މީގެ ކުރިން ތޮއްޑޫގައި ވެސް މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެފައި ވެއެވެ. ނަރުދޫ އަންހެނެއްގެ ބަނޑަށް ވެސް ދަރިފުޅު ނިޔާވި ހާދިސާއެއް ކުރިން ހިނގާފައި ވެއެވެ. އަދި ކުޑަހުވަދޫ ހޮސްޕިޓަލްގައި ދުވަސް ނުފުރައި ވިހޭ އެއްމާބަނޑު ދެކުއްޖަކު ނިޔާވި ހާދިސާއެއް ވެސް މި ފުރަބަންދުގެ ތެރޭގައި ފެންމަތިވިއެވެ.
ރަށްރަށުގެ ސިއްހީ ނިޒާމު އޮތްގޮތް ވަޒަންކޮށްލާދެން. ހުރިހާ ސަރުކާރަކުންވެސް ސިއްހީ ދާއިރާ ދެކެ ވީ ލޯބި މިފެންނަނި.
ހަރަދު ސަތޭކަމިލިޔަނަށް އަރާނެ 2 ދުވަހެއްގެ ތެރޭ. ދައުލަތު މާލިއްޔަތު ރައްޔިތަކަށް މަންފާއެއް ނުކުރާނެގޮތަށް ބޭކާރުގޮތު ޚަރަދުކޮށް ހުސްކޮށްލައިފި. 200 އައިސީޔޫ ބެޑުގެ ކޮވިޑް ސެންޓަރަށްލާވަރަށް ބަލިމީހުނެއްނެތް. 200 ވެންޓިލޭޓަރަށް މީހަކުލެވޭނީ ހޮސްޕިޓަލްގެ ވެންޓިލޭޓަރުތައް ފުލްވެގެންދޯ. ވެންޓިލޭޓަރުތައްވެސް ބަހާލައިގެން ރީޖަންލް ހޮސްޕިޓަލްތަކުގައި ބެހެއްޓިނަމަ ފަހުންވެސް ދިވެހިރައްޔިތަކަށް ފައިދާވެފަ ޚަރަދުވެސް ކުޑަވީސް.
ތިޔޭ ރާއްޖޭގަ މައްސަލަ އަކީ، މާ ބޮޑަށް އިނގެނީ ކަލޭމެނަށް. ވަގުން އެތިބީ ފަޅާއަރާގެން ޖަލުގައި..މި މީހުންވެސް ވައްކަން ސާބިތުކޮއްބަލަ..ލާނެ ގޮޅިއަށް...ދެން ކެޔޮޅުން ނުކުމެ ބަޖެޓް މެނޭޖްމަންޓް ކިޔަވާދޭންވީމަ ވަރަށް ޖޯކު، ފަޅުވެރިން ޑީކޯ ނުވާނެ ގޮތެއްހަދައިގެން ހިމޭނުން އިނދޭ..މި ކަލެޔާ ބެހޭކަމެއްނޫން
ކޮބާ ހޭ މާ މޮޅު ޑރ ޝީނާ. އެމީހުން ޖެހޭނެ ހުރިހާ ހަރަދެއްގެ ޒިންމާ ނަގަން. ރައްޔިތުންގެ ފައިސާ ކަލޭ އަމިއްލަ އެއްޗެއް ނޫން އެއީ ޝީނާ
ހެހެހެ ރައްޔިތުންގެ ފައިސާ އޯ؟ 6% ޖީއެސްޓީ ދައްކަން ފޫކާތާ ރައްޔިތުން..
މީގަ ނެތެއްނު މައްސަލައެެއް.. ޖަޒީރާ ރާއްޖޭގައި ޑޮކްޓަރުންނާއި ހޮސްޕިޓަލް މީ ބޭކާކު ތަންތަން... ދަނޑިފަނުން ގެއެޅީމަ އޯކޭވާނެ
ވަގުތު މީހުންނަށް މާބޮޑަށް އެނގެނީ. ބާރަށުން ހަމަ އަބަދުވެސް ފަސޭހކަމާއެކު ފުރުސަތު ލިބޭ ދިއްދުއަށް ދާން. ޢެމީހުން ފަރުވާ ކުޑަކަމުން ނުދިޔައީ. އެކަމަކު ބާރަށު ސިއްހީ މަރުކަޒު ހިންްގަންހަވާލު ކޮށްފަ ހުރި މީހާ އާސަންދަ ނުދޭނެ މީހަކު މަރުވިޔަސް. މިއަަހަރު އެކަކު މަރު ވެއްޖެ ހާލު ދެރަވެގެންގޮސް އާސަންދަ ނުދީ ހިފަހައްޓައިގެން
އާސަންދައަކީވެސް ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަަހަން ޖެހޭގޮތަށް އޮތް އެއްޗެއް.އާސަންދަވެސް ލިބެނީ ވަކިބަޔަކަށް ރަށްރަށުގަ.މަގޭ ބައްޕަ ނޭވާހިއްލުމުގެ މައްސަލައެއް ދިމާވެގެން ރަށުން ފަރުވާ ނުލިބިގެން އަތޮޅު ހޮސްޕިޓަަލަށް ދިޔައީ އަމިއްލަ ހަރަދުގަ.އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދީމަ ރަނގަޅުވެލާފަ އަނެއްކާ ރަށަށް އައިތަނުން ހަމައެހެން ވާންފެށީ.ރަށު މަރުކަޒުގަ މާލެއަށް ދާން ސީއެމްބިއު އޯކޭ ކޮށްދޭން އެދުނީމަ ނުކޮށްދިން.ސީރިއަސްއެއނޫނޯ ކިޔާފަ.އެކަމަކު ރަށުންވެސް އަތޮޅު ހޮސްޕިޓަލުންވެސް ދޭނެ ފަރުވާއެއް ނެތް އިތުރަކަށް.އެކަމަކު ރަށު މަރުކަޒު މެނޭޖަރު ގާތް މީހެއްގެ އަތް ބިނދުނީމަ އިމަޖެންސީގަ މާލެ ގެނެސްދިން.
އެއުޅޭ ބާރަށު ހަތަރެސްކަން އަނގަ ގާތު ބުނޭ ހަ ފަހަރަށް މިކަމާ ވިސްނާށޭ. މަރަނީ މަރަނީ. ބަނޑަށްވެސް މަރަނީ. ކޮނޑުމައްޗަށްވެސް މަރަނީ. އެނދުމަތި ކޮށްފަ ފަރުވާ ނުދީ ބާއްވާފަވެސް މަރަނީ. މިވަރު ބޮޑު.
ސުބުޙާނަﷲ
ޞުބުޙާނަﷲ، މިކަހަލަ ރައްޔިތުންނަށް އިހާނެތިކޮށް ހިތާ ޖައްބާރު، އީމާންތެރިކަން ކުޑަ ވެރިންތަކެއް މަ ދުވަހަކުވެސް ނުދެކެން. ރައީސް ޔާމީނު ވެރިކަމުގަ ހުރިނަމަ ރައްޔިތުންނަށް މިފަދަ ތަކުލީފުތަޢް ނުޖެއްސާނެ، އެމަނިކުފާނުގެ ވެރިކަމުގަވެސް މިފަދަކަންކަން ގެންދިޔައީ ވަރަށް ހަރުދަނާ އުސޫލެއްގެ ދަށުން، މިވާހަކަ ދެއްކީމަ ވަރަށް ތުރުތުރު އަޅާނެ މީހުން ތިބޭނެކަންވެސް އިނގޭ، އެކަމަކުވެސް މިއީ ހަގީގަތަކީ.
ޔާމިން ވެރިކަމުގަ މަޖިލިސް މެޖޯރިޓީ ލިބިގެން 5 ވެރިކަން ކޮއްފަ ފޭބި އިރު ކީވެ ރަށް ރަށު ސިއްހީ ނިޒާމު ރަނގަޅު ނުކޮން ދެވުނީ.އަމިއްލަ ރަށު ގަ ސުކޭނު ކުރެވޭ ވަރު ކޮއްލަ ދިނަމަ މިހެން ނުވާނެ ދޯ..އަޖީމެޗު ހެދުނީމަ ނިމުނީ.ޔާމިނެ އަންނި އެ އިބޫ އެއް ކިޔާނެ ކަމެއް ނެތް މާލެ ތަރައްގީ ކުރެވުނީމަ ނިމުނީ.ކޮންމެ މީހަކު ހުއްޓަސް ރާއްޖެ ތެރޭ މިހާ ހާލު އުޅެނީ..
ޔާމީނު ހުރިނަމަ މިހާލަތުގަ ރާއްޖޭގެ ހުރިހާ ރަށެއް އޮތީހީ ބޯ ވާފަށަކުން ގުޅާފަ. ޚޮންމެ ގެއަކަށް ހެލިކޮޕްޓަރެއްދީފަ އަދި ކޮންމެ ރަށެއްގަ ހޮސްޕިޓަލެއް ހަދާދީފަ. ހިތާމަވެރި ހާދިސާ އެބަހިނގާ. ޢަދި އެފަދަ ކޮންމެވަގުތަކު ވެރިޔާއަށް ބަދުދުއާ ކުރުމުގެ ބަދަލުގަ އެކަމެއް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ލިޔެލާށެވެ. ޙިތާމައީ ޔާމިނު ހުއްޓަސް އިބޫ ހުއްޓސް އަދި ކަންކަން ހައްލުނުކުރެވޭނެކަމެވެ.
ފުރަބަންދުގަ އި ޒިންމާވާނޭ ހަމަ އެ އްވެސް މު އަ އްސަ ސާ އެއ އްނެތް ... މާލޭގަ އިވެސް މީހުން ހަނާވަނީ ... ޖެންޑާ ..ހަމަ ނަމެ އް
ލަދެއް ވެސް ނުގަނެޔޭ ރައްޔިތުންގެ ފައިސާއިން މުސާރަނަގައިގެން ދަރިންނާ އަނބިން މެލޭޝިޔާގަ ބައިތިއްބައިގެން ތިބޭއިރު..ރައްޔިތުން ތަހައްމަލް މިކުރާ ވޭން އަނިޔާވެރި ވެރިން ކަރުތެރެ ރަހަލާވަރަށް ފެންނާނެ.އިންޝާ ﷲ
ހެލްތުގެ ކުއްލި ނުރައްކަލުގައި ވާނީ އެހެން. ހެލްތު އިންނަންވާނީ ޖީބުގައި. ބޭރަކަށް ނުދެވޭނެ. ހެލްތަށް ވަރަށް ބަލާނެ. ކޮވިޑްގެ ސިފައިގައި ހެލްތު އަޔަސް މިހާލަތުގައި ބްލޮކް ކޮށްލާނެ.
6 މަހުގަ ވިހޭނެތަ؟ ދުވަސް ނުފުރާ ވިހައިގެން ދަރިފުޅު ހެޔޮހާލުގައެއް ނޯންނާނެ.
ދުވަސް ނުފުރާ ވިހެއީމަ ބައިގެން ދޯ ދާނީ؟ 6 މަހުގެ ވިހޭނެތަ އެއްވެސް ކުއްޖަކަށް. ކޮންމެ ކަމެއްގަ ސަރުކާރު ބްލޭމް ކުރަން ނޫޅޭ.
6 މަހު ގަވެސް އެބަހުރި ވިހައިފަ.
މިލޮކްޑައުން ވީއެންމެ އަވަހަކަށް އުވާލާ ހެޔޮނުވާނެ
އެޗްޕީއޭ އިން މިކަމުގެ ޒިންމާ ނަގަންޖެހޭނެ.. އެމީހުންގެ މައްޗައް ދައުވާ އުފުލާ.. ބަޔަކު ޖަލައް ދާންޖެހޭނެ މި މައްސަލާގައި.. މިކަންކަން ދޫކުރާ ވަރަކައް ނޖ ހާދިސާތައް ވާނީ އިތުރު.. ބަޔަކު މީހުންނައް އެބަޖެހޭ ހަރުކަށި އަދަބުދޭން.. ފިލާތިބެވިގެނެއް ނުވާނެ.
ކީއްކުރާނީ ކޮވިޑް އައިސްފަ މި އޮތީ. ރަށްރަށުގެ ފަޅުތެރޭގައި އަނގަމަތި އޮޑި ދޯނި ފަހަރުގައި ރައްޔޮތުން ނިންދަވައިފި. ދެއަކުރު ދޭތެރެއިން މާނަނަގައިގެން ކަންކަން ކުރީމަ ވާނީއެހެން. ދަތުރުކުރުން ބަންދުކުރި ކަނޑުމަތީގައި ތިބި މީހުން ކަނޑުމަތީގައި، ޖައްވުގައި ތިބި މީހުން ޖައްވުގައި. ހުރިހާ ފައިސާއެއް މާލެއަށް ހޭދަކުރީ. ރަށްރަށުގައި އެގޮތަށް އިޒުރުވެރިން ބައިތިއްބާނެ ތަނެއް ހަމަޖެއްސިނަމަ އެހާ ރައްޔިތުން ނިކަމެތި ނުވާނެ. މަނާ ވުމުން ހުރިހާ ކަމެއް މަނާ. މާބަނޑު މީހުން ޑޮކްޓަރަށް ދެއްކުން މަނާ
މިކަމުގައި ކުށްވެރިވާނީ މިސަރުކާރެއް ނޫން... މިކަމުގައި މިރާއްޖެ ދުއް ކޮންމެ ސަރުކާރެއް ޒިންމާވާން ޖޭހޭނެ... ޙުރިހާ ހިދުމަތެއް ގެންގޮސް މާލެއަށް އަޅާލީމާ ވާންވީ ހައެތި މިވަނީ... ޜައްޔިތު މީހާ ހުންނަވީ އަސާސީ ހިދުމަތެއް ހޯދަންޏާ އެއްރަށުން އަނެއް ރަށަށް ދަތުރު ކޮށްކޮށް.... ރީޖަން ވައިސް ކޮށް ނުވަތަ ޕްރޮވިންސް ވައިސް ކޮށް، ނުވަތަ އެޓޯލް ވައިސްކޮށް ނަމަވެސް އެބަޖެހޭ ރާއްޖެ ތަރައްގީ ކުރަން ފަށަން... ރާއްޖެ ޑީމޮކްރަޓިކް ވަނީ ހަމައެކަނި ވޯޓްލާންވީމަ.. އެހެނިހެން ކަންކަމުގަ އޮންނަނީ މޮޅު މީހައަށް މޮޅުގޮތް ދެރަ މީހާއަށް ދެރަ ގޮތް... ގައުމަށް އިޚްލާސްތެރި ގައުމުދެކެ ލޯބިވާފަރުދުން ތަކެއް ބިނާ ކުރެވިގެން ނޫނީ ރައްޖެ ދުވަހަކުވެސް ކުރިއެއްނާރާނެ ދެނެއެއް... މިހާރު ގައުމީ ޖޯޝެއް ފޯރިއެއް ނެތް... މިހާރު އޮތީ ސިޔާސީ ލޯބި، އަމިއްލަ ފައިދާ، ސިޔާސީ ވާދާ، ސިޔާސީ ފޯރި... ސަލާން
ކަލޭމެންނ ކުއްވެރިއެއް ނުވާނެ މިސަރުކާރެ އެއީ އޮޅިފައޮތްކަމެނޫން...ބަލަގަ މިސަރުކާރު އައިފަހުންވެސް ރައްރަށުގަޔާ އަތޮޅުހޮސްޕިޓަލުގަ ވިހަމުންނޭދިޔައީ...މާމޮޅު ރައީސަކާ ވަޒީރެއްގެ ނާގާބިލްކަމުން މެނޭޖްކުރަން ނޭގި ޕްލޭނެނެތި އަމުރުމައުރޫފު ހިންގަންނޭގުނީމަ ވާގޮތްމީ..ކޮވިޑްބައްޔާއެކު ހުރިހާ ޑޮކްޓަރުން ފިލާތިބޭގޮތަށް ގަވާއިދުހެދީމަ ވާގޮތްމީ..މިބުނީ ދޮގެއްތޯ ބަލާބަލަ ތުރާކުނުން ފެށިގެން އައްޑޫއާހަމަޔަށް ހުރި ހޮސްޕިޓާތަކުގެ ޑޮކުޓަރުން އަމަލުކުރަނީ ކިހިނެތްތޯ..އެއްމެންތިބީ ޗުއްޓީގަޔޯ...އޭޑީކޭ އައިޖީއެމްއެޗްވެސް ބަލާބަލަ ކޮވިޑްނޫން ބަލިތަކަށް ފަރުވާކުރަން ޑޮކްޓަރުން ހަރަކާތްތެރިވާގޮތް..މިއީ ސަރުކާރުގެ ނާގާބިލް ރައީސަކާ ވަޒީރެއްގެ ދޯހަޅި ނޭގޭ ނާގާބިލް އިލްމެނެތް ތަޖުރިބާއެއްނެތް ސެލްފީ ކުމާރުން ވެރިކަމުގަތިބީމަވާގޮތް...ދެންވެސް ﷲއައްޓަކާ އިސްތިއުފާދީފަ ގެއަށް ރައްކާވެބަލަ...
އަސްލަށް ވެސް ހަމަ ތެދު ތިޔަ ބުނުުއްވީ.. ކިހާ ދެރަ ކަންކަން އެހެން ނުންތޯ މި ހުންނަނީ?
މިސަރުކާރުން ރަ އްޔިތުން ގަނަތަޅުވާ ވަރު ނިކަން ދެކިބަލަ ﷲ ގެ އިރާދަފުޅުން މިވެރިން ގަނަތެޅޭނެދުވަސް ރަ އްޔިތުން އަދި ދެކޭނެ
ކިހާ ފުރިހަމަ ސިއްހީ ނިޒާމެއް. އަދިވެސް ގްރޭޓަރ މާލެ ގްރޭޓް ކުރެވޭތޯ ކޮންމެ ސަރުކާރަކުން ބަލަނި. ރާއްޖެތެރޭ މިއުޅެނި އާނ އިންސާނުނެއް ނުން ވިއްޔަ ދޯ. ދެރަ ކަންކަން މި ހުންނަނި. ޕްރެގްނެންސީ ގަ ދިމާވާ ކޮންމެ ކަމަކީ ވެސް ސީރިއަސް އެޓެންޝަން ބޭނުންވާ ކަންކަން. ޚޮންމެ ރަށެއްގަ ވެސް ޕްރެގްނެންޓް މީހުންނަށް އިމަރޖެންސީގަ ފަރުވާ ދެވޭ ގޮތަށް ހުރުން ކޮންމެހެން ބޭނުން. މިކިޔަނީކި ހުމެއް ރޯގައެއްގެ ވާހަކަ އެއްނުން. ތުއްތު ތުއްތު ފުރާނައެކެ ވަނީ އެމީހުންގެ ހަށިގަނޑު ގަ. ހެޔޮ ނުވާނެ. ސަރުކާރުންވިޔަސް ހޮސްޕިޓަލުން ވިޔަސް ކޮންމެ ބަޔެއް ވިޔަސް، ކޮންމެ އިހުމާލަކި އަނިޔައެއް ކަން ހަނދަން ކުރަންޖެހޭ. ސުވާލުވެވޭނެ ދުވަހެއް އެބަ އަންނަކަން ދަންނަން ޖެހެ
މިފެންނަނީ އެކްޓިވިސްޓުން ހޮސްޕިޓަލް ތަކާއި ޞިއްޙީ
މަރުކަޒުތަކަށް މެނޭޖަރުންގެ ގޮތުގައި ޕާޓީއަށް މީހުންވައްދަން
ލުމުގެ ނަތީޖާ ޞިއްޙީ ދާއިރާއިން ތަޢުލީމް ލިބިގެންތިބި އެތަށް އަހަރެއްގެ ތަޖުރިބާލިބިފައިތިބި މީހުންބޭރުކޮށްފައި އުޑެއްބުޑެއްނުދަންނަ އެކްޓިވިސްޓުންނާއި ހަވާލުކުރުމުގެ ހިތި ނަތީޖާ ނިކަމެތި ރައްޔިތުންގެ ފުރާނަ ގުރުބާންކުރޭތަން
ސިއްހީ ނިޒާމް ފެއިލްވެފަ... އަމީން އިސްތިއުފާ!!
ނާޤާބިލު ސަރުކާރުގެ ނާޤާބިލުކަން. އިތުރަށް ބުނާނެ އެއްޗެއްނެތް.
އާސަންދަ އޮފީހުގައި ވެސް ވެރިއަކަށް އަންހެނެއް ބަާރުވެރި ކުރި ކުރީނުން ހަލާކު ބަދިގެ ސަރުކާރު ހުސް ތިމާގެ މީހުން... ތޮއްޔިބު އަންހެނުން... މަހުލޫފު އަންހެނުން....ޝާހިދު ދަރިފުޅު... ޢަނދުން ހުސައިން ދަރިފުޅު... މާކުން ފަލާހު ދަރިފުޅު...ޝާހިދު އަދި އިމްރާނުގެ ހަގު އަނބިން... ޢަދި ވެސް ލިޔެވިދާނެ... ނަންވާނީ.. މައުމޫން....ހެ ހެ....މަޖިލީހުގެ ރައީސް މިއަންހެންމީހާ ވިއްސާކަށް ނުދޭތޯ....
ކޮބިޑް އާމިކަމާ ކޮން ގުޅުމެއް
އަޅުގަނޑު ދެކޭގޮތުގައި އެޗްޕީއޭގެ އިހުމާލު މިފަދަ ހާދިސާތަށް ދިމާވުމުގައި ވަރަށް ބޮޑު.އަޅުގަނޑުގެ ކޮއްކޮއެއް މިފަދަ ކަމަކަށް ހުށެހެޅިގެން ތިމީާހުންނަް ގުޅުނު ވަރެއްވެސް ނޭގޭ.ﷲގެ އިރާދަފުޅުން އެމާބަނޑު ކުއްޖާޔަށް ކަމެއް ދިމާނުވޭ.ތިމީހުން ހާފައި އޮންނަ އެސް.އޯޕީގެ ބޭރުން އެއްވެސް ކަމެއް ކުރާކަށް އެއްބަހެއްނުވޭ.އޭ ހެޔޮ މީހެއްގެ ފުރާނަ ދިޔަސް.އެކަމުގަވެސް ގުޅުނު ވަރެއވެސް ނޭގޭ.
ދިވެހި ދައުލަތުގެތެރޭގަ ދިހަބާރަ ދައުލަތްއޮވެގެން ވެރިކަންކުރަންޏާ ވާނެހުރިހާއެއްޗެ ވަމުންމިދަނީ..ރައްރަށުގެ ސިއްހީނިޒާމު ފެންވަރުދަށްވެގެން އެކަނި ދިމާވާ ހާދިސާތަކެނޫން މިއީކީ..މިއީ މެނޭޖްކުރަން ނޭގުމާ ޕްލޭނެނެތުމާ ހަރުދަނާ ގަވާއިދެނެތި ސަރުކާރުން އިންތިޒާމުކުރަންޖޭ އެއްވެސްކަމެ ކުރެވިފަނެތީމަވާގޮތް..ރައްރަށުގަތިބި ޑޮކްޓަރުން ޗުއްޓީގަ ގޭގަތިބެނީ ސިއްޙީމަރުކަޒަށް ބަލިމީހާ ދިޔުމުން ބޭސްސިޓީ ލިޔެނީ ކޮއްމެވެސް ނަރުހެއް..ދެންއޮތީ މާލެ އޮންލައިންކޮށް ޑޮކްޓަރަށް ދައްކަންވީ ބަލަ މިއުޅެނީ ފިޒިކަލީ ޑޮކްޓަރުން ބަލައިގެންވެސް ދެޑޮކްޓަރަށް އެކައްޗެނުބުނެވިގެން..އެއް އެކްސްރޭ ދެޑޮކްޓަރަށް ދައްކަފިނަމަ ދެމީހުންނަ އޭގެންފެންނައެއްޗެ އުޑާބިހާތަފާތު..މިއީ ކޮއްމެހެނެ ކޮވިޑަށްވުރެ ކުރިން ހާލަތުއޮތްވަރެނޫން..ކޮވިޑާއެކު ހެލްތުމިނިސްޓްރީގެ ހިންގުންތެރި ހަރުދަނާ ގަވާއިދެ އުސޫލެނެތި އެބަޔަކުހިތަންއެރިގޮތަކަށް ކަންކުރަން ދޫކޮއްލީމަ ވާގޮތް..ދެން މިކަމުގަވެސް މައިމޫނާ ފޫޅުމަޔަކަށްނުވެ ހައްލެނުލިބޭނެ...
އަބަދުވެސް ގޯސް ވާނީ އެހެން މީހުން.
ވިހަން ވެފައި އިން މާބަނޑު މީހަކު ތިހުރިހާ ކަނޑުދަތު ރުތަކެއް ކު ރުމަކީ ވެސް ބަނޑުގައިވާ ދަ ރިފުޅަށާއި މާބަނޑު މީހާ އަށް ލިބޭ ގެއްލުމެއް.
ޢިއްޔެ އެއްނޫން ކިތަނއމެ ދުވަހެއް މިހާރު ދިއްދުއަށް ވެސް މީހުން ޑޮކްޓރަށް ދައްކަން ދާތާ. ދެން ލަސް ކުރީ ކީއްވެ ކަމެއް ނޭނގޭ. ކުޅުދުއްފުށީގާ އެޑްމިޓް ވާން ބުނީމަ ނުވެފަ ދެން ނޭގެ މަށަކަށް.
ތެދެއް ތިޔަ ބުނީ.ދިއްދޫ އަށް ބާރަށުންވެސް އަދި އެކި ރަށްރަށުންވެސް ޑޮކްޓަރަށް ދައްކަން ބައިވަރު މީހުން އާދޭ..ނާދެވިގެން ގިނަ ދުވަސްތަކެއް ވެއްޖޭ ބުނީމަ މަ މިހުރީ ބުނާނެ އެއްޗެއް ނޭނގިފަ..ބާރަށު އެތަކެއް މީހުންނާ ދިމާވެފަވެސް އެބަހުރި.
ސޯލިހު އާއި އަންނި ހައްޔަރު ކުރުމަށް ގޮވާލަން ސަބަބަކީ ރަށްޔަތުންނަށްވީ ވައުދު ނުފުއްދާ ރަށްޔަތުންނަށް ހަރާމްކޯރުވުން.
އާސަންދަ ހަމަޖައްސަނީ ހެލްތް ސެންޓަރ ހިންގަން ހުންނަ މީހާތަ؟ އަޅުގަނޑަށް ލިބިފަވާ މައުލޫމާތުން އާސަންދަ ހަމަޖައްސަނީ ޑޮކްޓަރދޭ ބަލިމީހާގެ ލިއުމަށް ބަލާފަ އާސަންދައިން
ސަރުކަަރު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިބުރާހީމު ފައިބާ ފައިބާ ފައިބާ
މިސަރުކާރު މީ ކީއްކުރަން އައި ބައެއްތޯ؟އިސްތިއުފާދީފަ ގެއަށްދާންވެއްހެން ހީވަނީ
ކޮވިދް ބަލީގަ މަރުވި މީހުންނަށް ވުރެ އް ގިނަ ފުރަބަންދަކާ އި ހެދ މަރުވ މީހުން
ޕާޓީމީހެއްނޫންވީމާ ތިހެން ވެދާނެ އޮޅިގެން. ޢަދިވެސް ކޮންމެ މަރކަޒަކަށް ސިޔާސީ ފެންވަރެއްނެތް މީހަކު ލެވޭތޯބަލާ. ކޮބާ އިއްޒަތްތެރި މެންބަރު، ކަލޭމެން އަމިއްލައަށް ބަލައުގަތްކަމެއްތީ. ޜަށުމީހާ ނޮހޮވީ ލާރި ދިންލެއް މަދުކަމުން
މިކަމުގަ ނެތް މައްސަލަޔެއް. އެއީ ހޮސްޕިޓަލަށް ގޮސްގެން ޑޮކްޓަރަށް ދެއްކެން ފެށިފަހުން މިހާރު ފުދޭވަރަކަށް ދުވަސް ވެއްޖެ. ދެން ނުދިޔައީ ކީއްވެ ކަމެއް ނޭނގެ.
ނާގާބިލު މީހުންނާށް ނުއެކަށޭނަ މަގާމުތައް ލިބުމުން ވާގޮތް ފެންނަނީ ކަމަށް އެކަށީގެންނުވާ މީހުންނާ ގައުމުގެ މަސްއޫލިއްޔަތުތައް ހަވާލުނުކުކުރަށް މާތް ސާހިބާ ރަސޫލުއްﷲގެފާނު ވަނީ އަމުރު ކުރަށްވާފައި
މިޤައުމުގައި މިލިޔަނުން މީހުންނެތުން އެއީ ނަސީބު، ދެތިން ލައްކަ މީހުންގެ ބޭސްފަރުވާ ކުރާނެގޮތް ނޭނގި ވެރިންތައް މޮޔަވަނީ މިތިބެ ، މިހާރު ދިވެހިންނަށް ވުރެ އިންޑިޔާ މީހުންނަށްވެސް މިޤައުމުން ފަރުވާދޭނެ ،
ޜައްޔިތުންވެސް ތންކޮޅެއް ހިތްތިރީ ، ރަށުގެ އިދަރާތަކުގައި ތިބޭ ބޮޑުންގެ ބޭނުންހާކމެއް ކުަރަން ފުރުސަތު ނުދޭންވީ ، މުޒާހަރާކޮށް ބޭރުކުރަންވީ ، ކޮންމެކަމެއް ވަރިހަމަ ނުކުރަންވީ ، ރަހްމަތްތެރިޔާވީމާ ، ތިމާގެ މީހާވީމަ މިކަމުގައި ދޫކޮށްނުލާ
މިލޮކްޑައުންތެރޭ ކަންކަން ހިންގަން ތިބި ފަރާތް ތަކާ ސިއްޙީ ފަރާތްތަކުގެ އިހުމާލުން ގެއްލުނު މައުސޫމު ފުރާނަތައް، ކޮރޯނާގެ ބަލީގާގެއްލުނު ފުރާނަކަށް ވުރެ ގިނަ.
އާސަންދަ ދެނީ އާސްނަދައިން. ސިއްހީ މަރުކަޒުން ނޫނީ ހޮސްޕިޓަލަކުން ނޫން.
ތިކަން ތިހެން ވާނެކަން ގަބޫލް ރަށް ތަށުގެ އެންމެކުށަމިނުން ނުހުރޭ ސްކޭނެ ކޮށްލެވޭނެ ވަރުވެސް 2017 ވަނަ އަހަރު އަހަރެންގެ މަންމަ ސްޓްރޯކެ ޖެހުނީ ޖެހިގެން ހޮސްޕިޓަލަ ގެންދިޔަ ގޮތަށްގޮސް އައިސީޔޫ އަށް މަންމަގެ ހާލު.އޭރު.ކުޑަކޮށް ރަނގަޅު ނަމވެސް ދޭންޖެހޭ ފަރުވާލަސް ވުމުގެސަބބުން ދެވަނަ ފަހަރަ ހޮސްޕިޓަލުގަ އޮތްވާ ސްޓްރޯކް ޖެހުނީ ހަދަން ޖެހޭ ސްކޭނެ ނުހެދުނު އންޖިކްޝަނެއް ނުޖެހުނު އާދެސްކޮށްފަ ބުނީ މާލެ ފޮނުވާދިނުމާށް އާއިލާގެ އެވަރު ތަނަވަސްކަން ނެތުމުމުން އަމިއްލައަށް އާދެވޭނެ ގޮތެއް ނެތް އާސަންދައަށް އެދުނީ ހަމަނުޖެހިގެން 2 ދުވަސް ވީ ބަލިމީހާއަށް ފަރުވާނުދެވި އޮތީ މިދައްކަނީ މާލެ ފިޔަވާ ރާއްޖޭގަ އޮތް ބޮޑުސިޓީގެ ނަން ދެވިފައި އޮތް ސިޓީގެ ވާހަކަ މާލެ އައިސް އައި.ޖީ އެމް އެޗްގަ އެޑްމޮޓްކުރީ 2 ހަފުތާ ވީ އިރުވެސް ބަލިމީހާގެ ހާލު ވަކި ރަނގަޅު.ނުވާތީ.އެދުނީ ބޭރަށް ފޮނުވަ ދިނުމަށް ޑޮކްޓަރ ކާރިން އާސަންދަ ހޯދުމަށް އެދުނީމަ ބުނީ މިބައްޔަކީ ރާއްޖެއިން ފަރުވާކުރެވޭ ބައްޔަކވަތީ ހަމަޖެހެން ނެތްވާހަކަ ނަމަވަވެސް އާއިލާގެ އެހީތެރިކަމާއި ތިމާގެ މީހެއްގެ އެހީތެރިކަމުން ބޭރަށް ފަރުވާއަށް ދިއުމުގެ ފުރުސަތު ލިބި އިރާދަ ކުރެވިޔާ މިހާރު ބަލިމީހާއަށް ޝިފާލިބި ރަނގަޅުވެފަ ހުރީ.މީ ރަށްރަށުގަ ސިއްޙީ ހާލު ކުރިގޮތް އެއްވެސް ސަރުކާރެއްގެ ރާއްޖެތެރޭ މީހުންނަކަށް ނުވިސްނާ
ހީވަނީ ހަމަ މާލެ ގެންނަން ޖަހާ ދަންތުރައެއްހެން. ޖެއްސުމަކަށް.
މާބަނޑު މީހާ އަށް އޭނަގެ ބަނޑުގަ އޮތް ދަރިފުޅު ހަރަކާތް ދަށްވިކަން ނޭނގުން ތިއީ އޭނަގެ މައްސަލައެއް. 4 މަހުގަ ކުއްޖާ ހަރަކާތްކުރާކަން ފާހަގަވާން ފަށާނެ! ކިރިޔާވެސް ހަރަކާތްކުރުން ދަށިއްޔާ ހޮސްޕިޓަލަށް ދާންޖެހޭނެ. ނުގޮސް ޑޮކްޓަރަށް ދައްކަން އޮންނަ ދުވަހަށް މަޑުކުރުމަކީ މައިންބަފައިންގެ އިހުމާލު. މިތާ ކޮމެންޓު ކޮށްފަތިބީ މާބަނޑު ވީމަ ވާގޮތް ނޭނގޭ މީހުންކަން ފާހަގަކޮށްލަން. އިންޓަނެޓުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނަމަ މިކަހަލަ ކަންތައްތައް އެނގެންޖެހޭނެ!
ކޮބާ ބާރަށު ދާއިރާގެ ރައްޔިތުން ހީވޭ ކަމެއްހެން ކޮބައިތޯ ދާއިރާގެ ނަޒާހަތްތެރި މެންބަރު ، މާތް ﷲ ގަންދީ ހުވާކޮށްފައި މިބުނަނީ ތިދާއިރާގެ މެންބަރަކަށް ސުޖާއު ހުރިނަމަ ތިޔަމީހުން ތިޔަކުރި ހުރިހާ ދަތުރެއްގެ ހަރަދު ސުޖާއު ދޭނެ ސައްތަ އިން ސައްތަ ޔަގީން ކަސަވަރު...
ފޯވައްސެއް އައީތޯ މުޅި8ންވެސް ފެންނަނީ ކޮންމެވެސް މީހެއްގެ ބޮލުގަ އަޅުވާލެވޭތޯ ދެން ބޮޑުވަރަކައް ބުނާނޭ ފަރުދީ ޒިންމާއޭ އެނިމުނީ ވައްސަލާމް މިޔޮތީވާ ގައުމެއް
އަންނި ބޭނުންވަނީ އަބަދު ހިނދުކޮޅުއައިސް ހުނަން.
ކޮންމެ އަތޮޅެއްގަ އެއް ރަށް ސިއްހީ ފަރުވާތަށް ރަނގަޅަށް ދެވެން އޮންނަ ނަމަ މިކަހަލަ މައްސަލަތައް މަދުވީސް...
ހުރިހާ ކަމެއް އޮންނަނީ މާލެޔަށް.....?