ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅަށް ޖަމާކޮށްފައިވާ ވިދާޅުވެ، މަޖިލިހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފު މުހައްމަދު، ނަޝީދަށް ވަރަށް ބޮޑަށް ރޭ ފާޑު ވިދާޅުވެއްޖެއެވެ.

ލަތީފް އެގޮތަށް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ނަމަ މަޖިލިހުން ރުހުން ހޯދަން ޖެހޭ ގޮތަށް ހަމަޖައްސަން، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވަނިކޮށެވެ. އެ އިސްލާހުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާތާ 48 ގަޑިއިރު ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދަން ވާނެ ކަމަށެވެ.

ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ ރައިސް ކަމަށްވިޔަސް، ހުރިހާ ބާރުތަކެއް ނަޝީދުގެ އަތްޕުޅަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި ޖުޑިޝަރީ އާއި މިނިވަން މުއައްސަސާތަކުގެ ތަޅުދަނޑި ނަޝީދު އަތުލާފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

"އަދިވެސް ގާނޫނުއަސާސީގައި ރައީސަށް ހުރި އެހެން ބާރުތައް ވެސް ކޮންޓްރޯލް ކުރަނީއެވެ. ހިތް ފުރޭނީ ކޮންއިރަކުންތޯ؟" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ކުރީކޮޅު ނަޝީދާ އެކުގައި ވެސް މަސައްކަތް ކުރެއްވި ލަތީފް ވިދާޅުވިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން މަޖިލިހުން ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަނީ

އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރުގެ ވަކި ބައެއް އަދި މުޅި ގަރާރު އެކުގައި ފާސްކުރުއި މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު 30 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް މުއްދަތު އިތުރުކުރުމާއި، ގަރާރު ބާތިލުކުރުން އަދި މަޖިލީހަށް ގެންނަން ފެންނަ ބަދަލު ގަރާރަށް ގެނައުމުގެ ބާރު މަޖިލީހަށް ވަނީ ދީފައެވެ.

ސިއްހީ ކުއްލި ނުރައްލާ އިއުލާނު ކޮށްފައިވީ ނަމަވެސް ވަކި ކަންތައްތަކެއް ކުރުމުގެ ބާރު މަޖިލީހަށް ލިބޭނެ ކަމަށް އެ އިސްލާހުގައިވެއެވެ. އެގޮތުން ކުއްލި ނުރައްކާ އުވާލުމުގެ ބާރު އެ އިސްލާހުން މަޖިލީހަށް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ކަލެޔަކީވެސް އެބާރުތައް ބުއްޅަބެޔަށް ލިބޭގޮތަށް ބުއްޅަބޭކޮޅަށް ވޯޓުދޭ މީހެއް! އެންމެ ފަހަރަކުވެސް ކެރުނުތަ ބުއްޅަބެޔާ ދެކޮޅަށް އެއްޗެކޭބުނަން! ތަންތަނުގައި ތިބޭ ބީތާއިން ދައްކާ ވާހަކަ ތިއީ!

    18
    1
  2. ކާފަބޭ2020

    ލަތީފްއެވެ. ތިޔަދުއްޕާންމިގައުމަށްޖެއްސިމީހުންގެތެރެއިން ތިޔައީއެކަކު ހަމަނޭވާލެވުނީމަތިޔަހަރީބޭރުކޮށްފަ ލައްކަބޮނޑިބަތެއްކެވޭނެކަމަށް ލެވިހަޅޭކުންކަރުބުޑުގަ ލޭރަހަލުންފިޔަވާ އިތުރުކަމެއްނުވީމަ މިހާރުތިޔަޖަހާބެރު އަދި ކަމަކުނުދޭނޫންތޯ؟

    15
  3. ބެއްޔާ

    މީ އެއްކަލަ 12އިންގެ ތެރެއިން އެކަކު. 70މ ހުސްވީތަ. ފައިސާއާޖެހުނީމަ ނޭނގޭ ވާވުވާއެއް. ހުސްވީމަ ހޭވެރިކަންމިވަނީ.

    13
    1
  4. Anonymous

    ލަޠީފްބޭ މަތީގަނޑިން ޖަހަންދެން ބާރުތައް މުށުތެރެއަށް ލައިގެން ހުރެވޭނީ. އޭރަށް ލަހެއް ފަހެއް ނޯންނާނެ. ޔާމީނެއް، މައްމޫނެއް ، ނަޝީދެއް ކިޔާނޭ ކަމެއްނެތް. "ކޮންމެ ކަމަކަށް ނިމުން އަންނަނީ "

    13
  5. އެމަންޖެ

    ނަސީދައް އެކަންޏެއް ނުވާނެތިއެއްވެސް ކަމެއް ކަލޭމެން އޭނަ އަނބުރާ މިގައުމައް އެރުވީ.

    10
  6. އއ

    މީވެސް މަޖިލީހުގެ މެންބަރެއް؟ އަސްތާ!! ދިވެހިންގެ ވާހަކަ ނުދެއްކިއްޔާ ދެން ރަނގަޅުވާނީ.