މާބަނޑު އަންހެނުންގެ ބަނޑަށް ދަރިފުޅު ނިޔާވުމުގެ މައްސަލައާއި ވިހެއުމުގެ ކުޑައިރުކޮޅެއް ފަހުން ތުއްތު ކުދިން ނިޔާވުމުގެ މައްސަލަތައް އިތުރު ވަމުން ދާތީ ރައްޔިތުން މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ހއ.ބާރަށު އަންހެނެއްގެ ބަނޑަށް ތުއްތު ކުއްޖަކު ނިޔާވުމާއި ގުޅިގެން "ވަގުތު" ގައި ޝާއިއު ކޮށްފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުން ޣައްސާން ވިދާޅުވީ ރާއްޖޭގައި އަހަރު ނުވާ ތުއްތު ކުދިން ނިޔާވާ ނިސްބަތް ކޮންމެ 1000 އަކުން 8.6 ގައި ހުންނަތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށެވެ.
ނަމަވެސް ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ނުވިހަނީސް، ނުވަތަ ވިހޭތާ އިރުކޮޅެއް ފަހުން ފަސް ކުއްޖަކު ނިޔާވެފައިވާ ކަމަށެވެ. ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ކަމަކަށް ވެގެން ނުވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ. "އިހުމާލު ވުމުގެ ހާދިސާތައް ކުރިއަށް އޮތްތަނުގައި ހިނގިއަ ނުދިނުމަށްޓަކައި މިމައްސަލަތައް ތަޙްޤީޤު ކުރަން ޖެހޭނެ." ޣައްސާން ވިދާޅުވިއެވެ.
ޣައްސާންގެ ޓްވީޓްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އދ.ގެ ކުޑަކުދިންނާއި ބެހޭ ޖަމިއްޔާ ޔުނިސެފްގެ ސަމާލުކަމަށް ވެސް ރާއްޖޭގައި ތުއްތު ކުދިން ނިޔާވާ މައްސަލަ ވަނީ ގެންނަވާފައެވެ.
Maldives has maintained low infant mortality rates (8.6/1000 live births) for decades. Five perinatal deaths in two months is of much concern. Administrative red tape must not compromise safety nor risk lives. Should be investigated to prevent further negligence. @UNICEF @WHO https://t.co/OW9Dgg2yh4
— Mohamed Ghassan Maumoon (@mgmaumoon) June 11, 2020
ބާރަށު މީހެއްގެ ބަނޑަށް ތުއްތު ދަރިފުޅު ނިޔާވެފައި ވާއިރު، މީގެ ކުރިން ތޮއްޑޫގައި ވެސް މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެފައި ވެއެވެ. ނަރުދޫ އަންހެނެއްގެ ބަނޑަށް ވެސް ދަރިފުޅު ނިޔާވި ހާދިސާއެއް ވެސް ވަނީ ހިނގާފައެވެ. އަދި ކުޑަހުވަދޫ ހޮސްޕިޓަލްގައި ދުވަސް ނުފުރައި ވިހޭ އެއްމާބަނޑު ދެކުއްޖަކު ނިޔާވި ހާދިސާއެއް ވެސް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހިނގިއެވެ. މިހުރިހާ ހާދިސާއެއްގައި ވެސް މައިގަނޑު އެއްމައްސަލަ އަކީ ފުރަބަންދުގެ ސަބަބުން ރަށުން ފުރައިގެން ނުދެވުމާއި، ބައެއް ހުއްދަތައް ނުލިބި، އެކަށީގެންވާ ޚިދުމަތެއް ލިބޭ ހޮސްޕިޓަލަކަށް ދަތުރު ކުރުމުގައި ދަތިތައް ދިމާވުމެވެ.
ތިން ކުއްޖަކު ނިޔާވި މައްސަލައެއް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ މިދިޔަ މަހުގެ ފަހުކޮޅު މަޖިލީހަށް ހުށަހަޅާފައެވެ. ޝިޔާމް އެދުނީ މަޖިލީހުން އެމައްސަލަތައް ތަޙްޤީޤު ކޮށްދިނުމަށެވެ. ނަމަވެސް މަޖިލީހުން އަދި އެމައްސަލައިގެ ތަޙްޤީޤު ފަށާފައެއް ނުވެއެވެ.
ޖައްވަށް ހަވަޔަށް ފަޒަޔަށް، މެޔަށް، ބުރަކަށްޓަށް. ތަހުޤިގު ކުރަންޖެހޭބާ؟ ކާރު އެކްސިޑެންޓުން ބޯދަމައިގަނެގެން ގެނެއްސަ ތީދީ ދިވެހި ބޭތެލްމާލި ހުސްކޮށްފަ. ތަހްޤީގު ކުރާކަށް ނުޖެހޭބާ؟
ގޭ ކުޑަދޮރުން(އެޕާރޓްމެންޓް) ތިރީގަތިބިމީހުންގެބޯމައްޗަށް ލަކުޑިބުރި ވެއްޓުގޮތްވެސް ތަހުގީގުކުރަންޖެހޭ.
މަ ހަނދާން ނެތުނީ. ވައްޓާލީ. މީހަކު މަރުވީ. އަނގަ އޮވެފަ މަޖިލީހުގެ މެންބަރެއްވެފަ ގޮވާހާ ޕޭޕޭޕޭ އެއް ޖަހާދޭނެ ނޫހެއް އޮތީމަ ކޭކޭކޭކޭ ގޮއްވިޔަކަސް ކަމަކުނުދާނެ. މީނާގެ ބަފަޔަށްވުރެން މިރާއްޖޭގަ މީހުނަށް އަނިޔާކުރި އަނިޔާވެރިޔަކު މަދުވާނެ. ހިއްޗަސް މީ ޙަޤީޤަތަކީ. ވަރަށް ސަލާން ޣައްސާނޫ.
ކާރު އެކްސިޑެންޓުން ބޯދަމައިގަނެގެން ގެނެއްސަ ތީދީ ދިވެހި ބޭތެލްމާލި ހުސްކޮށްފަ. ތަހްޤީގު ކުރާކަށް ނުޖެހޭބާ؟
މާލަސްވެއްޖެ ތިޔަކަން ބެލުން. ސޯލިޙް ގެ ވެރިކަމުގައި އެކިގޮތްގޮތަށް މަރުތައް. މިދުވަސްކޮޅު ކިތައް ތުއްތު ފުރާނަތޯ. ޒިންމާ ނަގާނެ ފަރާތެއް ނެތް. މައިންބަފައިން ނަށް އަސަރުކޮށްލާފައި ރޯލައިފަ ތިބުން އޮތީ. އެހެންނުވާނީ މަޖްލިސް ރައީސްމެންގެ ބޭފުޅެއް ނޫންވިއްޔަ. ކީއްކުރާނީދޯ.
ގޭމަތިން އެއްލި ލަކުޑިބުރި މައްސަލަވެސް ބަލަންޖެހޭ
ފުރަތަމަ އިން 5 ކޮމެންޓް ވެސްފޮނުވާފަ އެއިނީ ފައްކާ ދައްޖާލެއް. ހަމަ އެކަކު ފޮނުވާފަ އިން ފަސް ކޮމެންޓް. އޭނަޔަށް ކޮއްލި އަސަރެއްގެ ބޮޑުކަމުން އަނގަ މައިތިރި ނުވެގެން އެ ތެޅެނީ. ކޮއްކޯ ޕޭޕޭޕޭ އެއް ޖަހައި ދޭނެ ނޫހެއް އޮތީމަ ކޭކޭކޭ ގޮވިޔަސް ކަމަކުނުދާނެ