ފުލިދޫގެ ރަށް ގިރަމުން ދާ މައްސަލަ މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒީލް ރަޝީދު މިއަހަރުގެ ފެބްރުއަރީ މަސްތެރޭ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރު، މަޖިލީހުގެ ޖަލްސާއަކަށް ކުއްލި ގޮތަކަށް އެޖެންޑާ ކުރުމަށްފަހު، މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެޤަރާރު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަކީ މަޖިލީހުގެ ރައީސްގެ ފަރާތުން ފެންނަމުންދާ ހުދުމުޚުތާރުކަން އިތުރަށް ހާމަވެ، އެމަނިކުފާނުގެ ހިތުގައި ރައްޔިތުންނާމެދު އެއްވެސް މިންވަރެއްގެ އިޙުތިރާމެއް ނެތް ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕްރޮގްރެސިވް ޕާޓީން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފުލިދޫގެ ރަށް ގިރަމުން ދާ މައްސަލައިގައި މަޖިލީހަށް ހުށަހެޅުނު ޤަރާރު މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް މަޖިލީހުން ބޭރުކޮށްލުމުގައި ރައީސް ނަޝީދު ދައްކަވާފައިވާ ހުއްޖަތަކީ އިދިކޮޅުން ބަލައިގަންނަ ހުއްޖަތެއް ނޫންކަމަށެވެ.

"އެއީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަނިޔާވެރިކަމާއި، ހުދުމުޚުތާރު ކަމުގެ ސަބަބުން، މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް މިނިވަންކަމާއެކު ހަރަކާތްތެރިވެވޭނެ މާޙައުލެއް ނެތުމާއެކު، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވާން މިކޯލިޝަންގެ ޕާލަމަންޓްރީ ގްރޫޕުން ނިންމާ އެކަން އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައި، ޤަރާރު ހުށަހެޅުއްވި މެންބަރު މަޖިލީހުގައި ހާޒިރުވެ ނެތުމުން ކަމަށް ބުނެ ޤަރާރު ތަޅުމުން ބޭރުކޮށްލެވޭނެ އެއްވެސް ހަމައެއް މަޖިލީހުގެ ޤަވާއިދުން ފެންނާން ނެތުމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރެއް މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކުރުމަށްފަހު، އެ ޤަރާރު ހުށަހެޅުމަށް ނުވަތަ ހުށަހަޅާ ވަގުތު އެޤަރާރު ހުށަހެޅުއްވި މެންބަރު މަޖިލީހުގެ ތަޅުމުގައި ހާޒިރުވެ އިނުން މަޖިލީހުގެ ޤަވާއިދު ލާޒިމު ވެސް ނުކުރާ ކަމަށެވެ.

މައިނޯރިޓީގެ އަޑު ކަނޑުވާލުމުގެ ގޮތުން މަޖިލީހުގެ ރައީސް ހުދުމުޚުތާރުކަމާއެކު، ކުރައްވަމުން ގެންދަވާ މަސައްކަތުގައި މަޖިލީހުގެ އަމީންއަންމާއި، ކައުންސެލަރ ޖެނެރަލާއި އަދި ސާރޖަންޓް އެޓް އާރމްސް ބައިވެރިވެ، މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް ކުރެވެމުން ދާ ކަންކަން ހުއްޓުވުމުގެ ބަދަލުގައި އެކަމުގައި ބައިވެރިވެ ހިތްވަރު ދެއްވަމުން ގެންދަވާކަމީ ވެސް އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ރައްޔިތުންގެ ޙައްޤުގައި ޚާއްސަކޮށް ފެލިދޫ ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި އެ ދާއިރާގެ ޢިއްޒަތްތެރި މެންބަރުކުރައްވަމުން ގެންދަވާ އެންމެހާ މަސައްކަތްތަކުގައި ކޯލިޝަންގެ ފަރާތުން ދޭންޖެހޭ އެންމެހާ އެހީތެރިކަމާއި އެއްބާރުލުންއަބަދުވެސް ލިބެމުން ދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެދާއިރާގެ ރައްޔިތުންނަށް އަރުވާކަމަށާއި އަދިހަމައެހެންމެ، ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައިވެސް ކޯލިޝަންގެ ފަރާތުންބައިވެރިވެ، ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަބަދުމެ ލިބެމުންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފުތު

    މަސްޢޫލިއްޔަތުން ފިލައި ވަޒީފާއަށް ނުނިކުމެ ބޮޑު މުސާރަނަގައިގެން ތިޔަ ދައްކާ ވާހަކަތައް އަހަރެމެން ބަލައިނުގަންނަން. ވަޒީފާއަށް ނުނިކުންނަ ނަމަ އަމަލު ކުރަންޖެހޭނެ ގޮތް އޮންނާގެ ޤަވާއިދުގައި. ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރަން މަޖުލީހަށް ހާޒިރުނުވެ ގެއަށް ތިޔަގެންދާ ފައިސާ ހަލާލުވާނެތޯ؟ ހަލާލެއް ހަރާމެއް ބަލަން ނުޖެހޭނެކަން އެއީ ތިޔަ ބައިގަޑިގެ ޝިއާރުކަން އެގޭ އެންމެންނަށްވެސް.

    5
    35
    • ޢަހޫ

      ކިތަށްމެވަރަކަށް ޑިސްލައިކްބަޓަނަށްފިތިއަސް މަސައްކަތަށްނުނިކުމެ ނަގާފައިސާ ހަލާލުވާނެބާ. ޢަޅެ ސަރުދާރު ސަހީމު މިކަމާކީކޭބާބުނަނީ.

      1
      1
    • ނަސްރު

      އަދި ކިރިޔާ ދޯ ތިފެނުނީ ވަޒީފާއަށް ފިލައިގެން އުޅޭ މީހުން ހޭބަލި ވާން ވީނު އެމްޑީޕީ ކާފަރުން ތައް، މުޅި ޤައުމު ދޮވެލައިގެން ތިއުޅެނީ.

  2. އެމްޕީ

    ޤަރާރު ހުށަހަޅާފަ ފިލާ ގޭގަ އޮތީމަ އެއީ ރައްޔިތުންގެ ހައްޤުގަ ހުށަހެޅި އެއްޗެއްނޫން. އެޖެންޑަރ ކޮއްފަ އިންކަން އެގޭނެ މެމްބަރަށް. ކީއްވެ ޖަލްސާއަށް ތިޔަ ޤަރާރު ހުށަހެޅުމަށް ނުދިޔައީ މަޖުލީހަށް. ދިޔަނަމަ އޮންނާނީ ހުށަހެޅފައިނުން. ރައްޔިތުން ގުނބޯ ހައްދަންނޫޅެ މަސްޢޫލިއްޔަތު އަދާކުރޭ މުސާރަ ނަގަންޏާ.

    5
    20
    • ގަސުމް

      ޔާމިނުބުނީ ކާހުހޯބަލަނީ ގެއަށްވަންނަފައިސާ ހަޅާލުތޯ ހަރާމްތޯ. ޢެއީ ގޯނިގޯނީގަ ނުވަތަ ކޮތަޅު ކޮތަޅުގަ ގެނައިކަމުގަވިޔަސް. ޢެހެންވީމަ އެސޮރުމެނަށް އޯކޭވާނެދޯ.

  3. ޖިންނި

    ޑިމޮކްރަސީ މިހިރަ ފެންނަނީ މަޖިލިސް ރައީސް ދައްޖާލުގެ ޑިމޮކްރަސީ

    13
    1
  4. މަނިކު

    ތިމަޖިލީހުންް ނުބަލާނެ ގަވާއިދަކައް ގާނޫނަކައް ދެން ފެނިގެން ދާނީވަރިކާވެނީގެ ބާރުތައްވެސް ތިމަޖިލީހައް ނަގާތަން