އައްޑޫ ސިޓީ ހިތަދޫ ގައި ދިރިއުޅޭ ބަނގްލަދޭޝް ގެ ރައްޔިތެއްކަމުގައިވާ އެމް.ޑީ ކަމާލް ހޮސައިން އެރަށު މަގެއްމަތިން ހޮވި އެއްލައްކަ ރުފިޔާ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލު ކުރުމުން އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފާހަގަކޮށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓަކާއި ހަދީޔާ ދީފިއެވެ.

އިއްޔެ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓާއި ހަދިޔާ ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޒަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމެވެ.

މި ބައްދަލުވުމުގައި ފައިސާގެ ވެރިފަރާތްކަމަށްވާ ދަފްތަރު ނަމްބަރ 1912، ޢަލީ އަބްދުއް ސައްތާރުގެ ފަރާތުންވެސް އެމް.ޑީ ކަމާލް ހޮސައިން އަށް ފައިސާގެ އިނާމާއެކު އޭނާ ހިންގާ ހޮޓަލުން އެއްމަސްދުވަހުގެ ހިލޭ ކެއުން ހަމަޖައްސައިދީފައިވާ ކަމަށާއި އަދި އެއްވެސް ދުވަހަކު ވަޒީފާއެއް ނެތިގެން ގޮސްފިނަމަ ވަޒީފާ ހަމަޖައްސައިދޭނެކަމަށް ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ނަމަވެސް އޭނާ އަށް ދިން ފައިސާގެ އިނާމުގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

މި ބައްދަލުވުމުގައި، ފައިސާ ހޮވިފަރާތް ކަމަށްވާ އެމް.ޑީ ކަމާލް ހޮސައިންއާއި ފައިސާގެ ވެރިފަރާތް ކަމަށްވާ ޢަލީ ޢަބްދުއްސައްތާރާއި ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމްގެ އިތުރުން އައްޑޫ ސިޓީ ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް އިމްރާނާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ބައިވެރިވެފައިވެއެވެ.

ކަމާލް ހޮސައިން އަށް މަގުމަތިން، ސިޓީ އުރައެއްގެ ތެރޭގައި އެއްލަކަ ރުފިޔާ އޮއްވާ ފެނިފައިވަނީ މި ޖޫންމަހުގެ 5 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް އެފައިސާ ފެނުމުން ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަވާލުކުރުމުން ފުލުހުން ވަނީ ފައިސާތަކުގެ ވެރިފަރާތް ހޯދައި މި ޖޫންމަހުގެ 6 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި އެފައިސާ ވެރިފަރާތަށް ރައްދުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މިޒޫ

  1 ލައްކަ ރފ ފައިސާގެ އިނާމެއް ބާ؟

  7
  16
 2. އަޒް

  ދިން ވަރެއް ކީއްތަވާނީ ހާމަކުރިއްުޔާ!
  ތިޔަ ބަންގްލަޑޭޝް މީހާގެ ވިޒާ އޮތްތޯ ބަލާބަ

  3
  42
  • އދ

   ވިސާ ނެތަސް ބަހައްޓާ ކަހަލަ

   36
 3. ދަވާލި19

  ހާދަހާ މޮޔަ ބަގޫއެކޭ އެހެންތާ ވާނީ ރާއްޖެ ފުރިދުވަހު އަމާ ރަނގަޅައް ބޮލުގެ ބޭނުން ކޮށްގެން އުޅެއްޗޭ ބުނުމުން ބޮލުގެ ބޭނުންކުރަނީ ބަސްތާ އުފުލަންވިއްޔާ

  6
  85
  • އަބޫ

   ކަލޭކަހަލަ ވަގަކަށް ނުވާތީ ދޯ މޮޔައަކަށްވީ

   29
 4. އަހްމަދު

  ހުރިހާ ފަރާތަކަށް ޝުކުރިއްޔާ

  39
 5. އެކްޓަރ

  ކަމާލްގެ ތެދުވެރިކަން، ޕޮލިހުން ފާހަގަކުރުމީ ވަރަށް ފާހަގަ ކުރެވޭކަމެއް... ނަމަވެސް ފައިސާގެ ވެރިފަރާތުން 1 މަސްދުވަހުގެ ފްރީ ކާން ދިނުމާއި، ވަޒީފާއެއްނެތް ދުވަހަކު ވަޒީފާ ދޭނެކަމަށް ބުނިނަމަވެސް ކަމާލްގެ ތެދުވެރިކަމަށް އެލިބެނީ ކާލަން 1 މަސްދުވަހުގެ އޮފަރއެއް... މިއީ އެންމެ ރަގަޅު ރިވޯޑްތޯ.... ކަމާލް ބޭނުންވާނެ ވ ގިނަ މީހުން މިހާރު ތިބޭނެ، އެއީ މިފަދަ ތެދުވެރި އިންސާނުންނަކީ މިޒަމާނުގައި މަދުބަޔެއް...

  69
  1
  • އަޒްމަން

   ފުރިހަމަ އަޖުރު ﷲ ތަޢާލާ ދެއްވާނެ. ދުނިޔެއަށްޓަކައި ކުރި ޢަމަލަކަށް ވުރެ ޢާހިރަތަށްޓަކައި ކުރި ޢަމަލަކަށް ވުމަށް އެދެނީ.

   76
 6. ނޮންނ

  ހޯޕް ފޯރ ހިޔުމެނިޓީ

  21
 7. ޢަބްދުއްލަޠީފު

  ނަސީބެއްނު ދިވެއްސަކު އަތުގަ ތި ފައިސާކޮޅު ނުޖެހުނުކަން. އެހެން ވީނަމަ ތިޔަފައިސާކޮޅުން ބިޑި އަނބުރާލައިގެން ނުބޮއެލޮލަށް ނިދިވެސް ނާންނާނެކަން ޔަގީން. ތިމާގެ ޙައްގުތައް މަދު ފައިސާކޮޅަކަށް ވިއްކާލާބަޔަކު ދެން ކޮން ރަގަޅެއްވާނީ؟ މިހާރުވެސް ތިގޮތަށް ދޮގު ތެދަށް ހަދާ ވޯޓު ވިއްކިބައިގަނޑުގެ ސަބަބުން ބަލާވެރިކަން ޖެހެމުން މިދަނީ. ވައްކަން ނުކުރަނީ ކަންނެތްކަމުން. އެއިދިވެހިންނަކީ.

  24
  3
  • ކާފަރު

   އައި އެގްރީ ވިތް ޔޫ..

   10
 8. އަލީ

  ކަލާމު ތީ މުސްލިމެއްތޯ؟

 9. ރަޝީދު

  ވަރަށް މަދުވާނެ ތިކަހަލަ އިޚްލާސްތެރި ތެދުވެރީން ތިމީހާގެ މުސްތަޤުބަލް އުޖާލާކުރައްވާށި އާމީން