ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މިނިސްޓްރީ އުވާލައްވައި، ޕްލޭނިން މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބަދަލުކުރައްވައިފިއެވެ.
މިނިސްޓަރު ކަމުން އާތިފާ އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވީ މިއަދެވެ. އެ ސިޓީއާ ގުޅިގެން ރައީސް ވަނީ ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން އާތިފާ ކުރެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އާތިފާ ވަޒީރު ކަމުން އިސްތިއުފާ ދެއްވީ އެކަމަނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށް އުޒުރުވެވަޑައިގަންނަވާތީއެވެ. އެކަމަނާގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުންނުދާތީ އެކަމުގެ މައުލޫމާތު ވެސް އެކަމަނާ ގެންދެވީ ރައީސަށް ހިއްސާ ކުރައްވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އާތިފާ އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ހައުސިން މިނިސްޓްރީ އުވާލައްވައި، އެ މިނިސްޓްރީން ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި އެ މަސައްކަތްތައް ކުރުމަށް ހައުސިން މިނިސްޓްރީގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
އާތިފާއަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް ބޭފުޅުންގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ. އާތިފާ އިސްތިއުފާ ދެއްވީ ވުޒާރާއާ ހަވާލު ކުރާ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލްކަން ނެތް ކަމަށް ވިދާޅުވެ، އޭނާ މަގާމުން ވަކިކޮށް ދިނުމަށް މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ރިޔާޒްގެ ސިޓީއެއް، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާފައިވަނިކޮށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމެވެ. ނަމަވެސް ވެރި ކަމަށް ދޮޅު އަހަރު ވެގެން ދިޔަ އިރުވެސް ބޯހިޔާވަހިކަމުގެ ވައުދު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމަކީ ގިނަ ބަޔަކު މި ސަރުކާރާ މެދުގައި ސުވާލު އުފައްދާ އެއް ކަމެކެވެ.
ހައުސިން މިނިސްޓްރީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ވަރުގަދަ އަށް ހިންގި އެއް ވުޒާރާއެވެ. ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގައި ކުރިއަށް ގޮސްފައި ހުރީ ރައްޔިތުންނާ ގުޅުން ހުރި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން، ހައުސިން މިނިސްޓްރީގެ ގިނަ މަސައްކަތްތަކެއް ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ.
އެހެންވެ، ހައުސިން މިނިސްޓްރީގެ މައިގަނޑު މަގްސަދަކަށްވެފައި އޮތީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަސައްކަތެވެ.
ރައީސް ވިދާޅުވީ ހައުސިންދޭނީ ހަމަ މައުމޫނަށޭ، މައުމޫނު މީހަކު ރެޑީ ކޮށްފަ ނަން ފޮނުވި އިރު އެހެންކިޔާ މިނިސްޓްރީއެއްވެސް ނެތް. ނެތް މިނިސްޓްރީ އެއް ރައީސަކަށްވެސް ނުވެއް ދެވޭނެތާ ދެން. ގައްސާނު ބުނި ދުވަސް އަންނަތަން އަހަރުމެންނަށްވެސް ފެނޭ އެބަ.
ބުއްދިވެރިކަން ތާ! ރައިސް މައުމޫނުގެ އެއް މިނިސްޓްރީ އުވާލީ މި ވަގުތު ކޮވިޑް އާއި ހެދި ޚަރަދު ކުޑަކުރަން! ދެން ނޯންނާނެތާ ކިޔާކަށް ވާހަކައެއް!
ހައް ހައް،، މައުމޫނަށް އެއްޗެއް ވިސްނިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު!! ރީނދޫ ބައިގަނޑުގެ އަސްލު އެނގޭ ބަޔަކު އެބައިގަނޑަކަށް ތާއީދެއް ދުވަހަކުވެސް ނުކުރާނެ
ކޮބާ މިފެންނަނީ މިމީހުންގެ އަސްލުކުލަ މިމީހުންގެ މީހަކައްނޫނީ މަގާމެއްވެސް ނުދޭނެ ކިތަންމެވަރަކައް ބެއްދިޔަސް ވަޤުތުޖެހުނީ މުށުންދޫވީ
ޢިވޭ ހިޔާ މަސްރޫއުގެ ހައްގުވެރިންގެ ލިސްޓުން ބަޔަކު ބާކީކޮާށް ނަސީދު ބޭނުންވާބައެއްގެ ނަން އެލިސްޓްގަ ނުހިމެނުމުން އިސްތިއުފާ ދޭން އެންގީ ކަމަށް
މީ ރައްޔިތުން ސަޕްރައިސް ވާންޖެހޭ ކަމެއްނޫން. މާދަމާ އެހެން ނަމެއްގަ އަނެއްކާ މިނިސްޓްރީއެއް އުފައްދާ ޝިފާއަށް މިނިސްޓަރުކަން ދޭނެކަމަށް ބެލެވޭ. އެމްޑީޕީއަކީ އަބަދުވެސް މީޑިޔާގެ ސަމާލުކަން ހޯދަން މިކަހަލަ ކަންކަން ފެށުނީއްސުރެ ކުރަމުން އަންނަ ބައެއް. މިހާރު މިކަންކަން ދަސްވާހާ ދުވަސްވެއްޖެ.
ފުރަތަމަ
ޢަދާލަތަށް
ދެން
މައުމޫނަށް
ޙަ ހަ.
ޕަކާސް
ރައީސް މައުމޫން އައްވެސް ކަޑައެޅިފައޮތް ހިއްސާ ސަރުކާރުން ލިބެންޖެހޭނެ އެވަކި ހައުސިން މިނިސްޓްރީއެއްނޫން އެކަމަކު ހިތާމައަކީ މިސަރުކާރަކީ މިތިންސިފަ އެކުލެވިގެންވާ މީހުންތިބިސަރުކާރެއްކަން އެއީ1 ވަޢުދައްކަމޭނުހިތުން 2 އަމާނާތައް ޚިޔާނާތްތެރިވުން 3 ދޮގުހެދުން
މައުމޫނޫ. ހީ ހީ ހާދަ މޮޅޭ ދޯ. ސްލޮޓް
ދެންކީއްވެގެންބާ ޝިދާތާ އިސްތިއުފާދިނީމާ ޖެންޑަރ މިނިސްޓްރީ އުވާލާފަ ޑިފެންސުގެދަށަށް އެމިނިސްޓްރީ ނުގެންދިޔައީ ؟؟ މިކަހަލަބައިވަރުސިވާލުހުރި ... އެކަމަކު މިވަރުންފުއްދާލާލާނަން !
ލަފާކުރެވެނީ 7000 ފްލެޓާއި ގުޅިގެން ވަކިބަޔަކައް ދޭން ތައްޔާރު ކުރިކުރުމާ މިނިސްޓަރ ދެކޮޅުވުމުން އިސްތިއުފާދޭން ޖެހުން.. ނުވިތާ މިނިސްޓްޜީވެސް ކުއްވެރިވީބާ އުވާލީ..
މަޖިލިސް ވެސް އުވާލަން ވަރަށް ބޮޑަށް ފެނޭ..އެއީވެސް ހަމަ ދައުލަތުން ބޭކާރު ވެގެންދާ ފައިސާ ތަކެއް..
އިސްލާމިކް މިނިސްޓަރު ނަމަނަމަ އިސްތިއުފާ ނިދޭތި...
?
ވަރަށް ސޭކު ނިންމުމެއް. މިނިސްޓްރީގެ ނަން ބަދަލު ކުރުމުން ކުރިން ހައުސިންގ މިނިސްޓްރީގެ ނަމުގަ ފްލެޓު ދޭނެކަމަށް ނިންމައި ހަވާލު ކުރި ހުރިހާ ސިޓީއެއް ބާތިލުވާނެ .
އާތިފާ އިސްތޮއުފާދިނީ ވަކިގޮތަކައް ވަކިބަޔަކައް ފްލެޓް ތައް ދިނުމައް ސާލިހް އަދި ނަޝީދު މަސައްކަތް ކުރުމުން އާޒިމާ އާއި މިހާރުގެ ޕީޖީ އާތިފާ ގާތު ބުނަނީ ގާނޫނީ ބޮޑު ގޮޅިޔަކައް ފެތޭނެ ކަމަޝާއި ކުރިން ދޫކޮއްފައިވާ ފޯމް ތަކަކީ ސައްޚަ ބާރު ގާނޫނުން ލިވިފައިވާ އެއްޗެއް ކަމުގައި މިއީ އިސްތިއުފާ ދިންކަމަކީ ބަލިވެގެނެއްނޫން
ސަތޭކަ ދުވަހުގެ ވައުދު ދެ އަހަރަށް
އިބުރޭގެ ހަޖަމުގެ މައްސަލަ އެބައުޅޭ ތަގީނުންވެސް ދެން އޯކޭ ބަލަންތިބެމާ މިކަލޭގެމެން ހަދާ އެއްޗެއް..
މިނިސްޓްރީ އުވާލުން މައްސަލައެއްނެތް އެކަމު ތިމިނިސްޓްރީ ހަވާލުކުރި މިނިސްޓްރީގަ ހުރި މިނިސްޓަރަށް ރައްޔަތުން އިތުބާރެއް ނުކުރޭ. ރައްޔަތުން ތުހުމަތު ކުރާގޮތުގަ އެއްމެ ކޮރަޕްޓް އެއް މިނިސްޓްރީ ތީ.
ވަކި މީހަކު އިސްތިއުފާ ދިނުމުން މިނިސްޓްރީ އުވާލުމުން މީގެން އެގެނީ ހިންގުމުގެ ޕްލޭންއެއް ނެތްކަން. އަމާޒެއްނެތި ދުވާ އޮޑިއެއް މިއޮތީ.
ފްލެޓް ކޮމެޓީން =ދެމެންބަރުން
ޢިސްތިއުފާ
ދިންކަން ،
ޢެނގޭތޯ
ދިން
މީގެން އެގެނީ މިނިސްޓުރީ ތަކަކީ ރައްޔިތުންނަށް ހޙިދުމަތް ކުރަން ހަދާފަ ހުރި ތަންތަން ނޫންކަން. ކޮލިޝަން ޕާރޓްނަރުންނަށް ބައި އަޅަން ހެދި ތަންތަން ކަން.
އަދި ތިހަވާލުވީ އަސްލުމީހާއާއި ވަރަށް ހިކުމަތްތެރި މޮޅުމީހެއް ރަތްޔަތުންނަށް ދޮންކަޅުވެސް އަންގާނުލާ ޕާޓީކުދިންނަށް ކޮތަރު ހޮހޮޅަބަހާލާނެ ކުރީފަހަރުވެސް ބަޖެޓުގެ ބޮޑުބައި އިންސާފުވެރިކޮށް ބަހާލި ރާމާމަކުނު ބޯކިބާފަޅަން ދަސްކުރީވެސް ތިސޮރުކާރިން ކުޅިބަލަންދިވެނިކަމެތި ރަތްޔަތުންތިބޭނެ ދިވެހިންނަކީ ވަރަށް އަވަހަށްކަންކަންހަދާން ނެތޭބައެކޭ ނަޝީދު ވިދާޅުވި ހަދާއާކޮށްލަމާ
ތީ ބޮޑު ރޭވުމެއްގެ ދަޝުން ކުރަންއުޅޭކަމެއް?
މަ އުމޫނަށް އަވަސް ޝިފާ އަކަށް އެދެން
މިނިސްޓަރަކު އިސްތިޢުފާ ދީފިނަމަ އެމިނިސްޓްރީއެއް އުވާލުން. މިނިވަން މުޥައްސަސާގެ ވެރިއަކު އިސްތިޢުފާދީފިނަމަ އެ ތަނެއް އުވާލުން. މަޖުލިސް ރައީސް އިސްތިޢުފާ ދީފިނަމަ މަޖުލިސް އުވާލުން. ރައީސް އިސްތިޢުފާ ދީފިނަމަ ސަރުކާރު އުވާލުން. ޚަރަދު ކުޑަކުރުމުގެ އާސިޔާސަތު.
މި ސިޔާސަތުތަ ލަންކާ އާއި ސީޝެލްސް އިން ވަގަށް ނަގައިގެން އުޅޭ ކަމަށް ސަރުކާރުން މިބުނަނީ.
މިހާރު ދެ މިނިސއޓްރީ އުވުނީ. ޕްލޭނިންގ ގެ ނަން ބަދަލު ކުރުމުން އެ މިނިސްޓްރީވެސް އުވުނީ. ކުރިން ވަޒީރުކަން ދެއްވާފައިވަނީ އެހެން ނަމެއްގަ.vީމާ މިހާރު އަލަށް އުފެއްދެވި މިނިސްޓްރީގައި މިނިސްޓަރަކު ނިހިންނަވާނެ.