ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ މާބަނޑު މީހުން ހޮސްޕިޓަލަށް ދާން ޖެހޭ ދަތުރު ހިލޭ ކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ކަން ކޮށްފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހއ. ބާރަށު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވި ހާދިސާއާއި ގުޅިގެން އެއާއިލާ އަށް ތައުޒިޔާ ފޮނުވަމުން ފޭސްބުކް ގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި އުމަރު ވިދާޅުވީ، އަތޮޅުތެރޭގައި ދިރިއުޅޭ މާބަނޑު މީހުން، އެމީހުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށާއި އެކިއެކި ހާލަތްތަކުގައި ޑޮކްޓަރަށް ދެއްކުމަށް އަތޮޅު ހޮސްޕިޓަލަށް ނުވަތަ ރީޖަނަލް ހޮސްޕިޓަލަށް ކޮންމެހެން ކުރަންޖެހޭ ދަތުރަކީ ވަރަށް ދަތި އަދި ގިނަފަހަރު އަތްނުފޯރާ ވަރުގެ އަގެއް ދައްކަންޖެހޭ ދަތުރު ތަކެއް ކަމަށެވެ.
މިއީ އާދައިގެ ނިކަމެތި އާއިލާތަކަށް ވަރަށް ބޮޑު ވޭނެއް އިހުސާސް ކުރަން ޖެހޭ ދަތުރު ތަކެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި، މާބަނޑު މީހުން ކަނޑު ހުރަސްކޮށް، ހޮސްޕިޓަލްތަކަށް ކުރަންޖެހޭ ދަތުރުތައް އިރާދަކުރެއްވިއްޔާ، ހިލޭކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައި ދޭނަމެވެ." އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، 2045 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެ އަކީ ތަރައްޤީވެފައި އޮންނަ ޤައުމަކަށް ހެދުމަށް ކަނޑައަޅައިފައިވާ “މޯލްޑިވްސް ވިޝަން 2045” ހާސިލްކުރެވޭނީ، އުފަންވާ ކުދިންނަކީ، ދެމައިންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވެ، ފުރިހަމަ ސިއްހަތުގައި އުފަންވާ ކުދިންނަށް ހެދިގެންކަމަށެވެ.
އައްދެ.. ހޮސްޕިޓަލަށް ނުގޮސްވާނެ ކަމަށް މަހީކުރީ
ފޫޅުމައި ކޯސް ހަދައިފިންތަ؟ މިހާރު އެކޯސް ހަދައި މަސައްކަތަށް ނިކުމެ ތަޖުރިބާ ހޯދަބަލަ އޭރަށް 23 އަންނަން ވާއިރަށް ރަށްޔިތުން ތިކަމާ ވިސްނަން ޖާގަ އޮންނާނީ. އަދި ނަންވެސް ރީތިވާނެ މިސާލަކަށް ޑޮކްޓަރ ގައިނޮކޮލޮޖިކަލް ސަބްމެރީނޯ އެމް:ބީ:ބީ:އެސް:އަލްއުސްތާޒު ޓެގް އުމަރު. ކިހާރީތި މިނަން ވެސްދޯ؟
އެއްކަލަ މީހާ...ރައްޔިތުންނަ ފުއްޕިހަކުރު ހިލޭބަހަން ވައުދުވާންފަށައިފި...ބަލަ އިހަށް ރައްޔިތުންގެ ހައްގުހޯދަދޭން ސަރުކާރަށް އަޑުއުފުލަބަލަ..އިދިކޮޅު ސިޔާސީލީޑަރު ނުހައްގުން ހައްޔަރުކޮއްފައޮތްއޮތުން ކުއްވެރިކޮށް އެކަމާދެކޮޅަށް އަޑުއުފުލަބަލަ...ފިލާއޮވެ ޓްވީޓަކުން ފބ ޕޯސްޓަކުން ވެރިމެނުކުރެވޭނެ..ތިއީ ހަމަ ހުސް ހޮޅި ޖަމަލުފޮޑި..ތިއީ ފިޑިއެއް..ތިއީ ޒާތީ ހަސަދަވެރިއެއް..ތިއީ ވިޔަފާރީގެ އަޅެއް...އިލްޔާސްއިބުރާހިމާ ގާސިމުގެ އަޅެއް... މިނިވަންކަމެނެތި ހައްގުތައް ހޯދަނުދެވޭނެ..ވެރިކަން ލިބިއްޖެނަމަ އިލްޔާސްއިބުރާހިމަށް ފަޅުރަށަކާ ހައެއްކަސަތޭކަ މިލިޔަންޑޮލަރު ލިބޭނެ މަގެކޮށަންޖެހޭނެ..ދެން ބާކީ ގާސިމަށް...
މިހާރު ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ފޫޅުމާކަމުގެ އެންމެ ތަޖުރިބާ ހުންނާނީ ރައްޔިތުންގެ މަޖިލިސް ރައީސްގެ އެކަނީ
ބޮޑުވަރު
ނޯޓު ކޮށްލައިފިން.
ކަލޭމެން ވެރިކަމުގެ ވާހަކަ ނުދައްކާ އަންނި ނޫންމީހަކު ދެންމިގައުމަކު ވެރިކަމެއް ނުކުރާނެ ، އަންނި މިގައުމުގަ ލާދީނީ ހުރިހާކަމެއް އާމުކުރާނެ.
ހޯމް މިނިސްޓަރުކަން ނުކުރެވުނު މީހަކައް ރާއްޖޭގެވެރިކަން ތީ ނިދާއިރު ސަހާދު ނުކިޔާތީ ފެން ނަ ހުވަފެން
މީކާކުތަ އަހަރެން ކަލެއަކަ ވޯޓް ނުދޭނަން މަކަރުވި ހިޔަޅުން ވެރިކަމަ ނާރުވާނަން އިންޝާﷲ
ن ތިމާ ބުނާ ބަހަކުންވެސް ނޭގި ތިމާ ކުފުރުގެ ވެދެވިދާނެ..
ވެރިކަން ދެއްވަނީ ﷲ.
މިހާރު ތިޔަބުނެވެނީ ﷲ އަށް މިލްކުވެގެންވާ ސިފައެއް ތިމާ އަށް ލިބިގެންވާކަމަށް.
މިއީ ނޭގި ބުނި ބަހެއްނަމަ މިއްލަތުމް ބޭރުނުވާ ކުޑަކުފުރެއް! އަދި މިއީ އެނގިހުރެ ޤަޞްދުގައި ބުނި ބަހެއްނަމަ ދީނުން ބޭރުވާމެ ބޮޑުކުފުރެއް.
ވެރިކަމަކީ އެއްވެސް މީހަކަށް ދެވޭނެ އެއްޗެއް ނޫން. އެހެންނަމަ ވެރިކަމުގަ ހުންނާނި އެމީހަކު.
މިވެނި މީހަކު ވެރިކަމަށް ގެންނަން ތިބާފުޅާއަށް ދެވޭނީ ހަމައެކަނި ވޯޓެއް، އަދި އެވޯޓަކީ ހަމައެކަނި ސަބަބެއް މެދުވެރިއެއް...އެއްގޮަކަށްވެސް ތިބާގެ މޮޅުކަމަކުން ލިބުނު އެއްޗެއްނޫން
ފެނިގެއްލިދާ ޢުމަރޭ ތިއީ..!