ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އަނެއްކާ ވެސް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

މުއިއްޒު "ވަގުތަށް" މިއަދު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވާން އޭނާ އަށް އަންގާފައި ވަނީ މާދަމާރޭ 8:15 އަށް ކަމަށެވެ. އަދި ފުލުސް އޮފީހަށް ހާޒިރުވުމަށް އެދި ފުލުހުން މިހާރު ޗިޓު ވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫމަޑި މައްސަލައިގައި މުއިއްޒު މީގެކުރިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ. އޭރުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވާފައި ވަނިކޮށެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފައެވެ.

ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެކުރިން ރައްޔިތުންގެ މަޖިލިހުގައި ވަނީ ވިދާޅުވެފައެވެ.

މުއިއްޒުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި އަދުލް އިންސާފަށް ހުރަސް އެޅުމާއި ދައުލަތުގެ އެކިއެކި މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ހިމެނެއެވެ.

މުއިއްޒު އޭރު ވިދާޅުވި ގޮތުގައި ފުލުހަށް ހާޒިރުވާން އެންގުމުން ސިފަވީ މޭޔަރު ކަމަށް ކުރިމަތިލާތީ ނުފޫޒު ފޯރުވަން ކުރި ކަމެއްގެ ގޮތުގައެވެ. އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ސިޔާސީ މަގްސަދެއް ހާސިލް ކުރަން ކަމަށް މުއިއްޒު އޭރު ވިދާޅުވެފައިވެއެވެ.

އެމްޑީޕީއަކީ އިންތިހާބުތަކާ ދިމާކޮށް ސިޔާސީ މީހުން ފުލުސް އޮފީހަށް ހާޒިރު ކުރުމާއި ދައުވާ ކުރުން ފަދަ ކަންކަމާ ދެކޮޅު ހެދި ޕާޓީއެކެވެ. އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އޭރުގައި ބާއްވަން ތާވަލް ކުރި އިންތިހާބަކާ ދިމާކޮށް މުއިއްޒު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަން ނިންމި މައްސަލައިގައި ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް މުއިއްޒު ވާދަކުރައްވާނެކަން އިއުލާން ކުރުމާ އެކު، އެމްޑީޕީން އެންމެ ބޮޑު ރައްދެއް ދީ، ބަހުގެ ހަމަލާތައް ދޭން ފެށި އެއް ބޭފުޅަކީ ވެސް މުއިއްޒެވެ. މުއިއްޒު، މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ނިންމަވައި ކެމްޕެއިނަށް ތައްޔާރުވެވަޑައިގަތުމާ އެކު، މިހާތަނަށް ފައިލް ނުހުޅުވައި އޮތް މައްސަލައިގެ ފައިލް ހުޅުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވެސް ސަރުކާރަށް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޔާﷲ

    މާތްﷲ ޑރ.މުއިއްޒު އަކީ ހިވަރުގަދަ ކެރޭ އަޒުމްވަރުގަދަ ދުސްމިނުންގެ އަނިޔާވެރިކަން ފެނި ފަހަތަށް ނުޖެހޭނެ ދަރިއްޔެއް ކަމުގައި ލައްވާށި އަދި ނުހައްޤުން ދުސްމަނުން ދޭއަނިޔާތަކު ސަލާމަތް ވާނެމަގު ތަނަވަސް ކޮށްވާއި ޑރ.މުއިއްޒު އަށް މާތްﷲ ގެ މަދަދާއި އެހީތެރިކަން މިންވަރު ކޮށްދެއްވާށި އާމީން

    44
    1
  2. ގޮތް ހުސްވީ

    މުއިއްޒު ފުލެޓޭ ކިޔާފަ އެއްޗެކޭ ބުނީމަ އެއުޅެނީ

    37
    1
  3. Anonymous

    މުއިއްޒު ޓްވީޓްކޮށް ކޮންމެވެސް މަޝްރޫޢެއް ނުފެށި އެކަމަށް ގެނެސްފައިވާ ސާމާނުތައް ހަލާކުވަމުންދާ ކަމަށް ބުނާ ކޮންމެ ފަހަރަކު ސަރުކާރު ހޫނުފެނަށް ވެއްޓޭ. އަދި އެކަން ރައްޔިތުންނަށް ޙަޤީޤަތް ހާމަ ވޭ. އެހެންވީމަ މުޢިއްޒު ދެކެ މިސަރުކާރުން ވަރަށް ބިރުގަނޭ. އަދި ވަރަށް ރުޅިވެސް އާދޭ. އެހެންވީމަ ދެން ހަދާ ގޮތަކީ ސަރުކާރުގެ ސިޔާސަތު ތަކާއި ބެހެނީއޭ ކިޔާފައި ދެއިރު ކާބޭހެއްހެން މުޢިއްޒު ފުލުހުންނަށް ދަމަނީ.

    12
    1
  4. އަލީ ނާޒިމް

    ސަންދާނު އަހަނމައިދީ ފުލުސް އޮފީހަށް ދުވާލު ދެދަޅައަށް ގެންދިޔަހެން ޑރ މުއިއްޒު ފުލުހަށް ދަމަން ފެށީ! މަޖިލީހުގައި ހިންގި މާރާމާރީ އާއި ޖިނާއީ ކުއްތަށް ފޮރުވަން ދުއްވާ ދެބޯގެރިއެއް!

    14
    2
  5. ކިނބޫ

    ދީބާޖާއަށް 2 މިލިއަންގެ ބަދަލު ދޭން ޖެހުނު މައްސަލައިގަ ހުމާމުތަ ގެންދަން ޖެހެނީ؟ އަހާލީ.

    4
    1
  6. Anonymous

    ފްލެޓާއި ބެހޭގޮތުން ހަގީގަތް ހާމަކުރީމަ ނުކުޅެދޭ ސަރުކާރަށް ހަޖަމުނުވީ ދޮތެ؟؟؟

    12
  7. ތުއްމެޓާ

    ކިހާބޮޑު ކަމެއް އެޖެންޑާ-19އަކީ މިހާރު ވަގުންތައް ކޮންކަމެއް ފޮރުވަންތަ ޑރ.މުއިއްޒު ފަހައި ތިދުވަންފެށީ!

    10
  8. ޯހޫނު

    ތި ކަލޭގެ ދުވާލަކު 3 ދަޅަޔަ ފުލުސް އޮފީހަށް ހާޒިރުކުރޭ އަދި އަވަހައް ޖަލައްލާ