ސިއްހީ ހާލަތު ގޯސްވެ، ހައުސިންގ މިނިސްޓަރު ކަމުގެ މަގާމުން އާތިފާ ޝުކޫރު އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކުރިގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ކަމުން އާތިފާ އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވީ މިއަދެވެ. އާތިފާ މިނިސްޓަރު ކަމަށް ވަޑައިގަތީ، ރައީސް މައުމޫން އިސްވެ އުފައްދަފަވާފައިވާ އެމްއާރްއެމްގެ ސްލޮޓެއްގައެވެ.
ރައީސް މައުމޫން މިއަދު ވިދާޅުވީ، އާތިފާއަކީ ހިތްވަރު ގަދަކަމުގެ ނަމޫނާއެއް ކަމަށާއި، އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވާފައި ވަނީ އިހުލާސްތެރިކަމާއެކު ކަމަށެވެ. އަދި އާތިފާ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ރައީސް މައުމޫން ވަނީ ސިފަ ކުރައްވާފައެވެ.
އައީސް މައުމޫން ވަނީ އެކަމަނާއަށް އަވަސް ޝިފާއަކަށްވެސް އެދިވަޑައިގެންފައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އާތިފާ ވަޒީރު ކަމުން އިސްތިއުފާ ދެއްވީ އެކަމަނާގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެ މަގާމުގެ ވާޖިބު އަދާކުރެއްވުމަށް އުޒުރުވެވަޑައިގަންނަވާތީއެވެ. އެކަމަނާގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުންނުދާތީ އެކަމުގެ މައުލޫމާތު ވެސް އެކަމަނާ ގެންދެވީ ރައީސަށް ހިއްސާ ކުރައްވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
އާތިފާ އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ހައުސިން މިނިސްޓްރީ އުވާލައްވައި، އެ މިނިސްޓްރީން ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.
އާތިފާ އިސްތިއުފާ ދެއްވާފައި ވަނީ، އެކަމަނާއަށް މަގާމުގެ ޒިންމާތައް އަދާ ނުކުރެވޭ ކަަމަށް ވިދާޅުވެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
ގައުމަށް ގެއްލުންވިޔަސް ކޯޅޭޝަން ތެރޭ އަދިވެސް ތިބެވޭތޯ ބަލާ.
އުސްތާޒް ޤައުމޭވިދާޅުވެ ވާހަކަފުޅުނުދެއްކެވިއްޔާ ވަރަށްރަނގަޅު! ހުރިހާގޮތަކުންވެސް ޤައުމުފުނޑާލިބޭފުޅަކީތީ 30 އަހަރުންދިވެހިޒުވާނުންބަދަލުވިގޮތާ އޭގެފަހުން މިހާރު މިޤައުމު މިޙާލަތަށްދިއުމުގެ މޭސްތިރިއަކީ ހަމައުސްތާޒެވެ. ބުނަންބޭނުންނޫނަސް އަޅުގަނޑަށްފެނުނުޙަޤީޤަތަކީމިއީ!
މިސަރުކާރުއައިފަހުންއައިފަހުން
ގައުމަށާއިރައްޔަތުންނައްލިބެނީ
ގެއްލުން އަޅުނގަޑަކީވަކިޕާޓީއަކަށް
ވަކިމީހަކައަށްތާއީދުކުާމީހެއްނޫން
ސިއް ހީ ހާލުކޮޅު ބޮޑުކަމުންތަ މިނިސްޓްރީވެސް އުވާލީ މިބޭގަނޑު ދައްކާވާ ހަކަ ކުރެވުނު ވައްކަންތަކާ ހެދިފަ ހުރި މަކަރުތަކުން ސަލާމަތް ނުވާނެ ހެން ހީވެގެން ބެޗީނު އެކަމަނާވެސް
ތައުހީދުގެ 3 ބައި އެނގޭ ކޮންމެ ދިވެހި މުސްލިމް އަޅަކަށް މިއީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭނެ.
އޭނަ ހުރެގެން ގައުމަށް ވި ފައިދާއެއް ދައްކަބަލަ ކާފާ! ގޭގަ އޮވެބަލަ އަސްތަޢުފާރުކިޔަން. ކަލޭމެން ގެނައި ވެރިކަމެއްގެ ސަބަބުން މުޅި ގައުމު ހަލާކުވެއްޖެ. އޭނަގެ ބަދަލުގަ ކުކުޅެއް އެތާނގަ ބޭންދިނަމަ ގައިމުވެސް ކޮންމެވެސް ވަރެއްވާނެ!
ޤައުމުގައި ފީލްޑް މީހުން ކިޔަވައިގެން ތިބުމުގެ ބޭނުމެއް ކޮބާތަ.... ހަތަރެސް ފަރާތުން ޕެންޝަން ނަގާ ފަރާތްތަކާހެދި އިތުރު މީހަކަށް ވަޒީފާއެއްވެސް ލިބޭކަށް ނޯވޭ....
ހަޤީޤަތުގައި ޕެންޝަންގެ އެއްވެސް ފައިސާ ލިބޭނަމަ އެފަރާތަކަށް ސަރުކާރުގެ ވަޒީފާ ޙައްޤު ވެގެން ނުވާނެ.
މައުމޫނު ސިޔާސީދާއިރާގަ މިއަދުވެސް އުޅޭއުޅުމަކީ ގައުމަށް ލިބުނު އަދިލިބެމުންދާ ވަރަށްބޮޑު ނިކަމެތިކަމެ...ކޮންފަދަ ހާއުހާވެރި ނަޔާ ޗާންދު ބާޢުބަހާރު ރަބީއީ ނަސީމީ ނަޝީދީ ބަހާރުމޫސުމުގެ ވެރިކަމެ މިތާންގައޮއްވާ އެވެރިކަން ބަދަލުކުރަން ކަޅުފޮއްޓެދީފަ ދަރި ކޮޅުކޮޅަށް ދުއްވީ...ބޮޑު ބާޢީއެއް ލާދީނީ ބަޔަކަށް ވެރިކަން ހޯދަދީފަ އެއްބަފާ ކޮއްކޮ ހަވަރަށްދީފަ ދިވެހި އެތައްހާސް ރައްޔިތުންނެގެ ހިތުގެ ރަގެސްފާނު އުއްމީދުގެނުވި ދިރުންލިބުނު ވެރިއެއް ގުރުބާންކޮއްފަ ހިނިއާއްސަ ތިއިންނަނީ....
ޤައުމު ހަލާކު ކޮއްލި މުސްކުޅިޔާ
ބޭބޭ ތީ ގައުމުގެ ބޮޑު ޖޯކަރަކަށް ވުމުގެ ކުރިން ސިޔާސީ ވާހަކަ ދެއްކުން ހުއްޓާލާ ތ މިންސްޓްރީ ހުރެގެން ވީ ކަމެއް ހޯދުނު ނަތީޖާ އެއްނެތް އޭނާ ދުއްވާނެ ކާރާއި ސެކިއުރިޓީ އަދި މުސާރަ އިތުރަށް ދޭން ނުޖެހޭނެތީ ގައުމަށް ކުރީ ފައިދާ
މުހައްމަދު ޖަމީލުމެންފަދަ ބޭފުޅުން އަވަހާރަވީމަ ދައްކާކަހަލުގެ ވާހަކަ، އާތިފާއަށްމަޖުބޫރުވީ އިސްތިއުފާދޭން! ދަޓްސް ދަ ޓުރޫތް! އެއީ ގައުމަށް ލިބުނު ގެއްލުމެއްނޫން! އެއީ ވެދާނެ ގައުމަށްލިބުނު ރަނގަޅުކަމަކަށްވެސް!
އިސްތިއުފާ ދިނުންތަ؟ ނޫނީ އިސްތިއުފާދޭން މަޖުބޫރުވުންތަ؟ ދެން މިނިސްޓްރީ އުވާލުމަކީ ކިހާވަރެއްގެ ކަމެކޯ؟
މައުމޫނޫ ކަލޭ ހީކުރަނީ ކަލެއަކީ މިގައުމުގަ މިހާރު ވަރަށް ތާއީދުއޮތް މީހެއް ކަމަށްތަ؟ ބީތަޔާ ކަލޭފަހަތުން އެނބުރެނީ ރަސޫލު ޒަމާނުގެ ހިލަ.
މިއީ ޤައުމުގެ 30 އަހަރު ވެރިކަން ކުރެއްވި ރ.މައުމޫން ފަދަ ބޭފުޅުން ދައްކަވަން ހެޔޮ ވާހަކަތޯ..އާތިފާ އަކީ ޤައުމަށް ކޮން ޚިދުމަތެއްކޮށްދެއްވި ބޭފުޅެއްތޯ... މުޅިން ރައްޔިތުން އޮޅުވާލާ ހައްލާ ވާހަކަ މި ދައްކަވަނީ..މިހާރު ބުއްދީގެ ކޮށިކަންވެސްހުރެދާނެތާ... އާތިފާއަކީ އަޚުލާގު ރަގަޅު ބޭފުޅެއް..އަދި ކުރިމަތިވާ އެމޯޝަންގެ ސަބަބުން މިހާ ހަލަބޮލި ސިޔާސީ މާހައުލެއްގައި އެކަމާ ހުންނަން ބޭނުން ނުވީ... އަހަރެން ހީކުރީ ހައުސިންގް މިނިސްޓަރ ކަމަށް ރ.މައުމޫނު ހެން އައްޔަނުކުރާނީ... އެމްޑިޕީ ގުރާސް ރޫޓް ބޭނުމެއްނޫން...މި ކޯލިޝަނެއް..އެއީ 7 އަހަރު އެމީހުންގެ މަސައްކަތުގެ ފޮނި މިބޮނީ 40/60 ކިޔާފަ އެމީހުން ދެކޭގޮތުން ބާޢީން....
ހައްހައްހާ އެހެންތޯ މިޤައުމަށް ގެއްލުން ލިބުނީ ހަމަ އެހެންވެތޯ ؟
މަޢުމޫނަށް އެނގިނުލައްވަނީ ކޯލިސަނުގެ ބޮޑުމަންޒަރު! ވަޢުދުފުއްދަން ދިންމަޤާމެއްއެއީ! ދެން އިސްތިއުފާދިނުމަށް މަޖުބޫރުކޮށް އިސްތިއުފާ ދިނުމުން އެމްޑިޕީގެ މީހަކަށް އެމަޤާމުދޭނީ! އެގޮތުން މިސަރުކާރުން ބައެއްމިނިސްޓްރީތައް އުފައްދައި ބޭނުންފުދުމުން އުވާލަނީ. މީ ކުޅުނުހައެއްޗަކީ!
މަޢުމޫނު އަދިވެސް ގައުމުގެ ކަންކަމާއި ބެހި އުޅުމަކީ ވެސް ގައުމަށް ލިބޭ ބޮޑު ގެއްލުމެއް.
ދެންކޮންވާހަކައެއް އާތިފާ އިސްތިއުފާ ދިނީ އެކަމަނާއަށް މަގާމުގެ ޒިންމާތައް އަދާ ނުކުރެވޭ ކަަމަށް ވިދާޅުވެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ފާޑުކިޔުންތައް އަމާޒުވެފައި ވުމުން މަޖުބޫރުން ތިކަންވެސް ތިޔަ އޮޅުވާލީ
ތިއޮތީ ބޯންގަތް ބޮނޑި ބޮވިފަ. ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލުނީ. ދެން ފެންނާނީ އަބުރުވެސް ކަތިލާލި ތަން. ކުރެވުނު ކުށުގެ ކައްފާރާ އަށް ދެންވެސް ކޯލިޝަނުން ނިކުމެ ގައުމު ދިފާޢު ކުރެވޭތޯ ބައްލަވާ.
ކޯލިޝަން ރޫޅާލާކަށް ލާހިކެއްނޫން!! ސާފުވެއްޖެތަ!!
ކޯލިޝަން ރޫޅާލާކަށް ލާހިކެއްނޫން!! ސާފުވެއްޖެތަ!! އެއްގޮތަކަށްވެސް ތިޔާ ކޯލިޝަން އުވާލައިގެން ނުވާނެ! ގައުމަށް ލިބޭނެ ފޫނުބެދޭވަރުގެ ގެއްލުމަކަށްވާނެ!
ހެޔޮނުވާނެ ދެފައިގަ ހިފާ އާދޭސްކުރަން ގައުމޭ ނުކިޔާ ގެއަށްވަދެ މަޑުން އޮވެބަލަ.
ދޮގެއްވާނޫ ގޭގައޮވެބަލަ މާލެ އަޑިޔަށް ދުއްވާލާ ފަނޫނީ ތިބައިގަނޑު މައިތިރިއެއް ނުވާނެ!
ހެހެ. ކޮންގެއްލުމެއްވީ؟ ތިބުނާ މީހަކު ހުރެގެން
ވަކިން ކޮށްދިން ކަމެއް ބުނެދީބަލަ. ކާކުގެ
ބޯހިޔާވަހިކަމެއްތަ ލިބުނީ؟ ދެން މައުމޫން މޮޅުވާހަކަ އެއް ބުނެލީދޯ؟ ކާކު ތިވާހަކަ ގަބޫލު ކުރީ؟ ބޮޑުފެއިލްޑް ސަރުކާރެއް.
މިއަދުން ފެށިގެން 3 މަސް ގުނާ އޭރުން އިނގޭނެ ވާގޮތް ކޯލިޝަން ވެސް ރެނދުލައި ނުހިފެހެއްޓި އޮކްޓޫބަރ ނިމޭއިރު ކޮޅު މަގަށް އަރާނެ....
ރެނދު ލަމުން ދަނީ ފަލަކީ ހިސާބު ދައްކާގޮތުން އިރު ކޭތައެއް އެބަހިފަން ތައްޔާރު ވޭ އިދުވަހުގެ ފަހުން އަދި މާވަރުގަދަ ކޭތައެއް ހިފާނީ ބަލަން ތިބޭތި.. ފުރަތަމަ ހިފީ ފުސް ހަނދު ކޭތައެއް އެއީ ފެށުން ދެން ހިފާ ކޭތަ މާވަރުގަދަ ވާނެ ފިލްމް ގެ ކްލައިމެކްސް ވަރަށް ރީތި ވާނެ ފުރަތަމަ އަދާލަތުގެ ސްލޮޓެއް ގެއްލުނީ އެއީ ސިދާތާ... ދެން އެގެއްލުނީ މައުމޫނު ގެ އުންމެ އުންމީދީ ވަޒީރު ކަން ފާރިޝްއަށް ދެކޮޅުން ކެހި މެންބަރުކަން ނުލިބުނުތާ ވަޒީރުކަން ވެސް ނުލިބުނީ ... ބަލަން ތިބޭތި ޓެކެޓް ހުސްވުމުގެ ކުރިން އަވަހަށް ބުކް ކުރޭ ....
ގައްސާނުގެ ބަހުގެ ތެދުކަން އެބަފެނޭ ޔުމްނާ ބަސްބުނިތާ ހަފްތާއެއް ނުވޭ ރެނދު ލާން ފަށައިފި މިރެނދު ފަަޅައިގެން ދާއިރު ވަރަށް އަޑު ކިޔާނެ ...