މާލެ ސަރަހައްދު ފުރަބަންދު ކޮށްފައި އޮތް މުއްދަތު ތިން ދުވަހަށް އިތުރު ކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނެރުއްވި އަމުރެއްގައި ވަނީ މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މާލެ ފުރަބަންދު ކޮށްފައިވާ ކަމަށެވެ.

މާލޭގެ ފުރަބަންދު ތިން ދުވަހަށް އިތުރު ކޮށްފައި މިވަނީ އެންމެ ފަހުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އިއުލާން ކުރި ފުރަބަންދުގެ މުއްދަތު ހަމަވިއިރު ވެސް ފުރަބަންދުގެ މުއްދަތު އިތުރު ނުކުރުމުން ފުރަބަންދު އުވިފައިވާ ކަމަށް ބައެއް މީހުން ބުނަމުން ދަނިކޮށެވެ.

ފުރަބަންދު ތިން ދުވަހަށް އިތުރުކޮށް މައިމޫނާ ނެރުއްވި އަމުރުގައި ވަނީ މޭ 28 ވަނަ ދުވަހުން ފެށިގެން ދެވިފައިވާ ލުއިތަކުގެ ސަބަބުން ބަލި ފެތުރުމުގެ ޙާލަތަށް އައިސްފައިވާ ބަދަލުތަކަށް ބަލައި ޖޫން 15 ވަނަ ފެށިގެން ލުއިތައް ދިނުމަށް ރާވާފައިވާ ކަމަށެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް ފައްސިވި ފަހުން، ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އިތުވަމުން ދިޔަ ނަމަވެސް މިމަސް ފެށުނު ފަހުން ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވާން ފަށާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    މީހުންގެ ޙައްޤުތައް ނިގުޅައި ގަންނަނީ

    42
    4
  2. އެކްޓަރ

    މިއީ އަޅެފަހެ ކުޅޭ ކުޅިވަރެއްތޯ، ރައްޔިތުން ފިތި އަތްމަތި ހުސްވެ ސަލާމް ޖަހަނީ...ސަރުކާރު ހިންގާ މީހުންނަށް މުސާރަ ލިބުނަސް ދުވާލުގެ މުސާރަކޮޅަށް އެކިތަންތަނުގައި މަސައްކަތްކުރާ މީހުންނަށް އެއްވެސް އެއްޗެއްނުލިބި ފަނާވެއްޖެ..މާބަނޑު އަންހެނުންނާއި ލޭމަތި އަދި އެކި ކަސްރަތަށް ބޭނުންވާ ބޭފުޅުން ހައްޔަރުވެ ބަންދުވީމަ އިތުރު ބަލިތައް އިތުރުވެ ބޭފުޅުން މަރުވަނީ.. ހެޔޮނުވާނެ..މަޖްލިސް ތެރޭ ނާޗަރަންގީ ކުޅޭގޮތަށް ރައްޔިތުންނަށް ރައްކާތެރިކަމާއެކު މަގުމަތީ މަސައްކަތްކުރަން އުޅެވެންޖެހޭނެ.
    ޤާނުނު އަސާސީ އިން ލިބޭ ހައްގު ހަނިކޮށް ސިއްގީ އިނަރޖެންސީ އެއްގެ ސަބަބުން ހައްގު ބޭނުންގޮތަކަށް ހަނި ނުކުރެވޭނެ.. # އަހަރަމެން މިނިވަންކުރޭ.. މިއީ އަނިޔާ..އަނިޔާ..އަނިޔާ...

    7
    2
  3. ސައީދު

    މައިމޫނާ މިހާރު ިންނެވީ ހަމައިގަތޯ ބަލަންވީ ވާނުވާއެއް މިހާރު ރައްޔިތުންނަކަށް ނޭގޭ. ލޮކް ބަންދުގައި ތިބެގެން ރައްޔިތުން ބައްޑަ މަރުވާ ހިސާބުގަ މިތިބީ، ކަމާއިބެހޭ އެއްވެސް މުއައްސަސާއަކުން ރައްޔިތަކަށް އަޅާނުލާ ހަމަ ސެންޓަރު ތައް ހެދުމުގެ ނަމުގައި ދައުލަތް ހުސްކުރަނީ ބިލިއަނުން.

    61
    4
    • ގައުމީ

      ސަޢީދު މައިމޫނާ ހުރީ ޕްރެޝަރު ގައި..އޭނަބޭނުމެއްނޫން ލުއިދޭން މި ޙާލަތުގައި އެކަމަކު އަންނި އާއި އޭނާގެ މީހުން މައިމޫނާ ވަށާލައިގެންތިބީ...

      18
      1
  4. މަރުގެ ތުންފަތް

    އާދޭސްކޮށްފަމިބުނީ ލުއި ނުދީ..ދެވަނަ ރާޅެއްއަރާފާނެ...މާލޭގައި ކޮވިޑް19 ޖެހިފައި ތިބި ބައިވަރުމީހުންއެބަވޭ..ގޮތްނޭގޭ...އިބްރަތްނަގާ އިޓަލީ ނޫނީ އެމަރިކާ އީރާނައް ވަމުންދާހާލު

    22
    3
    • ....

      މިހެން ބަންދުގަ ތިބެން ޖެހުނީމަ ތިބާ ނުޖެހުނަސް ނިކަމެތިން އެ ޖެހޭ ހާލުގަ މީހުންކައިރި އާދޭސްކޮށްް ސަލާން ޖެހަން ޖެހުނީމާ ފެތުރިގެން އެދިޔައީ މާ ގެއްލުން ބޮޑު ބަލިމަޑުކަމަކަށް ވެދާނެ...އެހެން ނޫނަަސް ކޮވިޑް އަކީ ތިހާ ބިރުގަންނަން ޖެހޭ ވަރުގެ ނުރައްކާތެރި ބައްޔެއް ކަމަކަށް ދިރާސާތަކުން ދޭހައެއްނުވޭ...ކޮން ގައުމެއްގަތަ ކޮވިޑް ގެ ފަހުން ދުވާލަކު މަރުވާ އަދަދު އިތުރުވެފަ ވަނީ ކޮވިޑްގެ ކުރިޔަށްވުރެ

  5. ފަބިއައްޔި

    ހޯމަ ދުވަހުގެ ފަހުން ލުއިދިނުމަށްޓަކައި މިހާރުގެ ހާލަތު ދަންމައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މާލެ ސަރަހައްދުގެ މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތް ހަދާ މިސްކިތް ތައް ބަންދު ކުރުން އެއީ ދެން ހިތާމަ ހުރި ކަމެކޭ މުސްލިމް ތާރީޚް ވެސް ހެކިދޭ ގޮތުން ތާއޫނު ބަލި ޖެހުމުން ވެސް އެއިރު މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ބަންދު ނުކުރެއޭ މިސްކިތް ތައް ހުޅުވަން ތަމެން އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ...

    7
    1
  6. ދާއޫދް އިބްރާހިމް

    ޝުކުރިއްޔާ ... މީ ވާ އޯގާތެރި ސަރުކާރެއް.. މައިމޫނާ އަށް އަދި ކިރިޔާ ވިޔަ މި ހޭވެރިކަމެއް ވީ ވެސް..

    7
    2
  7. ތުކައްޒިބާން

    ހޯމަ ދުވަހުގެ ފަހުން ލުއިދިނުމަށްޓަކައި މިހާރުގެ ހާލަތު ދަންމައިފި ނަމަ އެއިން އިބްރަތެއް އެބަޖެހޭ ދިވެހި ސަރުކާރުން ވަކިން ޚާއްސަ ކޮށް ރައީސް އޮފީހުން ލިބިގަންނަން ދުނިޔެ އަށް ކުއްލިއަކަށް ކޮވިޑް ޗައިނާ އިން ފެތުރިގަތް އިރު ޗައިނާ ގައި ފުރަބަންދުގައި މުސްލިމުންގެ އެތައް ލައްކަ ބަޔަކު ތިބޭތާ 10 އަހަރަށް ވުރެން ގިނަދުވަސް ވެފައިވާ އިރު ފުރަބަންދު މުޅި ދުނިޔެ ހިތިކޮށް ތަޖްރިބާ ކުރުން އެއީ އިބްރަތެއް ކަމަށް ތަމެން އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ...

  8. ބަލި ފެތުރޭ މިންވަރު އެހުރީ ހިސާބުތަކުން ރީއްޗައް ފެންނަން

    މީ ނުކުރެވިގެން އުޅޭކަމަކީ.. ރައަޔެތުން ޖޫރިމަނާ ކުރުން ނުވަތަ ރައްޔުން އަތުން ޖިޒީނެގުން
    .
    ސުވާލަކީ ކިހާދުވަހެއް ވާނދެންތޯ ރައްޔެތުން އަތުން ޖިޒީނަގާނި... އަދި ކިހާ ފާސާއެއްތޯ ޖިޒީގޮތުގަ ހަމަ ކުރުވަންވެގެން ތި އުޅުވަނި..
    ..
    ކޮން ހަައްގެ އޮތީ ރައްޔެތުން ބިކަވެފާވަނިކޮން ޖޫރިމަނާކުރަން...
    ކޮން ހުދޫދަކުން ކޮން ގާނޫނަކުމް ބާރުލިބުނީ...
    .. އަދި ވެސް މި ކޮވިޓެއްގާ އަޅާގަތެގެން ތި ޖައްސަވަމުން ގެންދާ ސަކަރާތަކީ ރައްޔަތުން ޖޫރިމަނާކުރުން ރީތިގޮތަކައް ބިނަންޏާ ރައްޔަތު މީހާ ފެލާލުން ނުހައްގުން... މި ކޮވޮޓޮގެ ޖިޒީ ލާރިއާއި ބޭރުދުނިޔޭން ލިބޭ ލާރީގެ ދަހިވެތި ކަމުގާ ކޮވިތުވެސް ދޫކުރަން ނުކެރިގެން އުޅެނީ..
    .. ބިރުބޮޑީ ކޮވިޓެެއްނޫން... ބިރުބޮޑީ ސަރުކާރުގެ އިސްބަ އެއްގެ ޖީބުތައް ފުރަން ކޮވިޓް ޖޫރިމަނާލާރި ނުލިބިދާނެތީއާއި އަދި ބަނޑު އަޅަން ބޭރުން ކޮވިޓައްދޭ އެހީގެ ލާރިތައް ނުލިބިދާނެތީ...
    ...
    ކޮބާ ތިބުނާ 20 ވަނަ ގަރުނުގެ އިންސާނީ ހައްގުތައް... ރައްޔަތުން އަތުން ޖިޒީނަގާގެން ސަރުކާރު ހިންގަންވެޖެއްޔާ..
    ... ރައްޔެތުން ސަރުކާރައް ޖިޒީ ދެކުމާ.. ރައްޔެތުން ސަރުކާރައް ޖޫރިމަނާ ލާރި ދެކުމާ ހަމަ އެތާކު ތިޖެހެނީ.. ހަމަ އެކަނި ބަދަލުވީ ކިޔާބަސް
    20 ވަނަ ގަރުނުގަ ބަހަކައްވީ ޖޫރިމަނާ
    19 ވަނަ ގަރުނުގެ ކުރިން ބަހަކައްވީ ޖިޒީ..

  9. ފަބިއައްޔި

    އިންސާނާ މަށިން އުފެއްދެވިއޭ އެންމެ މަތިވެރި މަޚްލޫޤުގެ ގޮތުގައި ދުނިޔެ އަށް ފޮނުއްވިއޭ ދުނިޔެއަށް ދިރުން ދިނުމަށް ޓަކައި އިރާއި ހަނދުު ލައްވަވާ އެމީޒާނުން ކައްސާނުލާނެ އުސޫލުން ލެއްވެވިއޭ ދުނިޔޭގައި ފެނާއި ޖަވާހިރާއި ރަނާއި ފަރުބަދަ އާއި ގަސްގަހާގެއްސާއި ދަގަނޑާއި ހުސްނުކުރެވޭ އަދަދަށް ބިމުގައި ވެސް ކަނޑުގައި ވެސް ނިއުމަތް ލެއްވެވިއޭ އިރުއަރާ އަދި އިރުއޮއްސޭ ގޮތަށް އުފެއްދެވިއޭ ދުނިޔޭގައި ކުޑަބާރެއް ލިބުމުން ބާރުއަތުން ދިޔަނުދޭން އަނިޔާވެރިކަން ކުރިއަށް ނެރެގެން ނިކަމެތި ރައްޔިތުންނަށް ކުށެއް ނުކުރަނީސް އެމެން ކުށް ކުރި ކަމަށް އަނިޔާ ދެނީ ތަމެން ނަށްު ވުރެން ބާރުހުރި ފަރާތެއް ވާކަން ތަމެން އިންކާރު ކުރަނީތޭ އިންކާރު ކުރަނީތޭ އިންކާރު ކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ ތަމެންނަށް ބާރުދެއްވީ އެއީ ތަމެންގެ އިމްތިޚާނަށް ޓަކައި ކަން ތަމެން ހަނދާން ނައްތާލާ ތަމެން އެކަމަށް އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ

  10. ައަހުމަދު

    ބަލިން ސަލާމަތްވާން މަސައްކަތްކުރަންވެސް ޖެހޭނެ އެކަމަކު ކޮވިޑު10އަކަށްވުރެ ވަކިކުޑައެއްނޫން ބައެއްރައްޔިތުން މިހާރުމިއުޅޭ ހާލެއް މަސައްކަތްނުކޮށް ކޮންތަނަކުން ލާރިހޯދަނީ؟ ލާރިނުހޯދާ ކާންބޯން އެއްޗެހި ހޯދަނީ ކިހިނެއް ކޮންތާކުން؟ އިންސާނާ ދިރިހުރެވޭނީ ކައިގެން ބޮއިގެން އެއަށް ފަހުއެހެން ކަމެއް ކުރެވޭނީ ، ސަރުކާރުގެ މުވައްރަފުންނަށް މުސާރަލިބުނަސް އަމިއްލަޔަށް މަސައްކަތްކޮށްގެން އުޅޭމީހާ މަސައްކަތް ނުކޮށް 2މަސްވެފައިވާއިރު ، ލާރިހޯދަނީ ކިހިނެއް؟ ނުވާތަނަށް ޤަވާއިދާއި ޚިލާފަށް އެއުޅޭ ބިދޭސީންނަށް އިމާރާތްތައް އަޅައިދީފައި މިލިޔަނުން ޚަރަދު އެބަކުރޭ ، މިހާޤަމާރުބައެއް ސަރުކާރުގައި ތިބެގެން ކިހިނެއް ރައްޔިންނަށް ޚިދުމަތޮކުރަނީ އަނެއްކާ ކޮވިޑު ކޮރަޕޝަން އެހާބޮޑު މީދުނިޔޭގައި އޮތް ހަމައެކަނި ޤައުމު ޕްލެނެއް ނެތި ހިންގާ ، ރައްޔިތުންދެކެ ލޯބިވާް ޤައުމުތަކުން މިހާރު ކާމިޔާބު ހޯދައި ބޮދެތި ލުއިތައްދެމުން އެދަނީ . ވ.ސަލާމް