މިނިސްޓަރ އޮފް ހައުސިންގް އެންޑް އާރބަން ޑިވެލޮޕްމަންޓުގެ މަގާމުގައި ހުންނެވި އޮނަރަބަލް ޢާޠިފާ ޝަކޫރު ނޮވެމްބަރ 2018 ގައި މިނިސްޓަރުކަމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން މިހިންގާ ދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމާ ގުޅިގެން ގެދޮރު ލިބިފައި ނުވާ އެތައް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވި ކަމަށް އެކަމަނާ ނިސްބަތްވާ މައުމޫނުގެ ރިފޯމް މޫވްމަންޓުން ބުނެފިއެވެ.
އާޠިފާގެ އިސްތިއުފާ އާއި ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކަމަނާގެ ސީދާ ބެއްލެވުމުގެ ދަށުން ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށްބޮޑެތި ކުރިއެރުންތަކެއް ގެންނަވާފައިވާ ކަމަށެވެ. އެގޮތުން ޒަމާންތަކެއް ވަންދެން ނުހެދި ހުރި، ދިރިއުޅުމަށް ދޫކުރާ ގެދޮރުގެ ކުލި ކަނޑައެޅުމުގެ ގާނޫނާއި، އެއްމެދު އިމާރާތްތަކާ ބެހޭ ދެލިކޮޕީތައް އެކުލަވާލައްވައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅުއްވާފައި ވާކަން ފާހަގަ ކޮށްފައި ވެއެވެ.
އަދި ކިޔޫ ހަދައިގެން ތޮއްޖެހިގެން ނުތިބެ ރައްޔިތުންނަށް ފްލެޓް ތަކަށް އެދެވޭނެ އޮންލައިން އިންތިޒާމު ހަމަޖައްސަވައި ދެއްވުމާއި، ރައްރަށުގައި ހުރި ގެދޮރުވެރި ކަމުގެ މައްސަލަތައް ހައްލު ކުރުމަށް ކުރެއްވި މަސައްކަތުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން އެމީހުންގެ ޙިޔާލު ހޯއްދެވިކަންވެސް ފާހަގަކޮށްފައި ވެއެވެ.
2018 ގެ ރިޔާސީ އިންތިޚާބަށް ކޯލިޝަން ޕާޓީތައް ގުޅިގެން އެކުލަވާލި މެނިފެސްޓޯ ހެދުމުގައިވެސް އެކަމަނާ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށާއި ޢާތިފާ އަކީ ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރި ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވަމުން ގެންދެވި ތަޖުރިބާހުރި، ހީވާގި ބޭފުޅެއް ކަމަށް ބަޔާނުގައި ބުންޏެވެ.
"އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރަކަށް އެކަމަނާ ޢައްޔަން ކުރެއްވުމުން، މިނިސްޓަރުކަމުގެ މަގާމުގެ ޒިންމާތައް، ނުފޫޒުން އެއްކިބާވެ ހުންނަވައިގެން، ވަރަށް ތެދުވެރި ކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރެއްވި ބޭފުޅެކެވެ." ބަޔާނުގައި ވެއެވެ.
ޢާޠިފާގެ މިޖާޒުފުޅުގައި ހުންނަ އޯގާތެރިކަމާއި މީހުންނާ ބަހައްޓަވައި ގާތްކަން އެކަމަނާ ވަޒީރުކަމުގައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނެވި އިރު ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދިޔަކަމަށް ބަޔާނުގައި ބުންޏެވެ.
ގެދޮރުގެ ދަތިކަން ތަޙައްމަލު ކުރަމުން ގެންދާ ވަކިވަކި ފަރުދުންނާއި ރައްރަށުގެ ކައުންސިލް ތަކުން އެކަމަނާގެ އަރިހަށް ހުށަހެޅުމުންދިޔަ ކަންބޮޑުވުންތައް ސީދާ އަޑުއައްސަވައި، ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދެވި ކަމަށާއި ފޯނުންގުޅާ ފަރާތްތަކަށް ވަގުތުން ޖަވާބު ނުދެވުނު ނަމަވެސް ފަހުން އެފަރާތްތަކާ ގުޅުއްވުމަކީ އެކަމަނާ އާދަވެގެން ކުރެއްވި ކަމެއް ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
"އަޅުގަނޑުމެންގެ ދުޢާއަކީ، އޮނަރަބަލް އާމިނަތު ޢާޠިފާއަށް އަވަސް ޝިފާ ލިބިވަޑައިގަތުމެވެ. އަދި ފުރިހަމަ ޞިއްޙަތަކަށް އެނބުރި ރުޖޫޢަވެ ވަޑައިގަތުން މާތް ﷲ އެކަމަނާއަށް މިންވަރުކުރެއްވުމެވެ. އަޅުގަނޑުމެންގެ އުންމީދަކީ، އެމް.އާރް.އެމްގެ ކުރިމަގު ބައްޓަން ކުރުމުގައި ޢާޠިފާ ގެ ފުރިހަމަ ޙިއްޞާ ލިބިގެންދިއުމެވެ." ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.
މިހުރިހާ ކަ މަކީ ޔާ މީންގެ ގާބިލް ކަ މުގެ ތެރެއިން ސަރުކާރު ހިންގު މަށް ގެންނެވި ބަދަލު.
އަދި ކިޔޫ ހަދައިގެން ތޮއްޖެހިގެން ނުތިބެ ރައްޔިތުންނަށް ފްލެޓް ތަކަށް އެދެވޭނެ އޮންލައިން އިންތިޒާމު ހަމަޖައްސަވައި ދެއްވުމާއި
އެކަމަނާ އެކަން ހަމަ ޖެއްސެވިޔަސް ޖެއްސުންކުރާ ބަޔަކު ތިބި ތަނެއްގައި އެފަސޭހަ ނުފެންނާނެ.
އާތިފާ އަކީ ސޯލިހު ސަރުކާރުގަ މިނިސްޓަރަކައްވި މީހެއް ސޯލިހު ސަރުކާރު ސޯލިހު ކަމުން އެޅި އެންމެ ފުލެޓެއްވެސް އެންމެ އަސްކަންޏެއް ވެސް އެޅިތަނެއް މޫނުގަ ލޯހުރި މީހަކައް ނުފެންނާނެ ދެން ކޮންތާކުން ބޯހިޔާވަހި ކަން ދިންވާހަކަަ އެއްތޯ ފަލަކީ ހިސާބުން ތިޔަ ދައްކަނީ.
އެތައް ބަޔަކަށް..... ތި ކިޔަނީ ކިތައް މީހުންނަށް. ކޮބައި އަޅެ ލިސްޓް އާންމުކޮށްބަލަ! މިހާރު ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ހަވާލުކޮށްފައި ކިނބޫ ޞާލިޙްވެސް ތިހެން ބުނާނެދޯ! އެކަކަކު އެއީ އެހެން މީހެއްގެ ބުރަ މަސައްކަތް!
ކޮންބަޔަކަށްތޯ ބޯހިޔާވަހިކަން ލިބުނީ ، ވިސްނާ ވިސްނާ ނޭގުނު މިސަރުކާރު އައިފަހުން ދެވުނު ބޯހިޔާވަހިކަމެއް
ކަލޭ ކޮންކަމެއް ރައްޔިތުންނަށް ކޮށްދިނީ... ފޮނިވާހަކަ ހުސް
އިސްތިއުފާ ދޭން ލަސްވެއްޖެ.. ވީކަމެއް ނެތް
މައުމޫން ކަލޭ 30 އަހަރުން މިއޮތީ މާލޭގަ ބޯހިޔަވަހިކަން އިތުރުކޮއް ރާއްޖެ އެއްމެނައް އުޅެވޭނެގޮތް ހަދައިދީފަ ނޫންތަ. މިހާރު ނަސީދުވެސް ބައިމިލިޔަން މީހުނައް ބޯހިޔާވަހިކަން ދީފި ހަމަތިގޮތައް.
މިނިސްޓްރީ އޮފް ނަސްރީނާ މައުމޫނު އެންޑް ފެމިލީ
މަންމަ އޭކިޔާބަލަ
އިންސާނާ އުފައްދަވާ އިންސާނާ އަށް މުވާސަލާތް ކުރާނެ ގޮތް ދަސްކޮށްދެއްވިއޭ ދުނިޔެ އުފެއްދެވިއެ އިރާއި ހަނދު ފަލަކުގައި ލައްވަވާ އޭގެ މިޒާން ތަކަށް ކުޑަވެސް ބަދަލެއް ނާންނާނެ ގޮތަށް އުފެއްދެވިއޭ އިންސާނުން އުޅެން ދުނިޔެ އުފެއްދެވިއޭ އެތަނުގައި ފެން ލައްވަވާ އަދި ވައިލައްވަވާ ހެދުނާއި މެންދުރާއި ހަވީރާއި ރޭގަނޑު ލެއްވެވިއޭ އެތަނުގައި ހުސްނުވާ މިންވަރަށް ނިއުމަތް ލެއްވެވިއޭ އެއް ނަމްބަރުފޮތެއް އުފައްދަވާ އުޅެން ޖެހޭ ގޮތް ފޮތުގައި އެންގެވިއޭ ކޮންކަމަކަށްތޭ އިންސާނާ އިންކާރުކުރަނީ އޭނާ އަށް ދުނިޔޭގައި ބާރެއް ލިބުމުން ކޮން ކަމަކަށްތޭ އިންސާނާ އިންކާރުކުރަނީ ކޮން ކަަމަކަށްތޭ ތަމެން ދަރާއްޖެތެރޭން ހޮވުނު މަޖްލީސް މެމްބަރުން އިންކާރުކުރަނީ ކޮން ކަަމަކަށްތޭ ތަމެން އިންކާރުކުރަނީ ކޮންކަމަކަށްތޭ ތަމެން އިންކާރުކުރަނީ ކޮންކަމަކަށްތޭ ތަމެން އިންކާރުކުރަނީ ކޮންކަމަކަށްތޭ ތަމެން އިންކާރުކުރަނީ ކޮންކަމަކަށްތޭ ތަމެން އިންކާރުކުރަނީ...
ފްލެޓް މަސްރޫއު ދިވެހި ދިދަ ދަށުގައި އެންމެ ފުރަތަމަ ފެއްޓެވި ރައީސަކީ އަލް އުސްތާޒު މަޢުމޫން އަބްދުލް ޤައްޔޫމޭ ބުނުމަކީ ގޯހަކަށް ނުވާނެ. ސިނަމާލެ 1 2 މާލޭ ހިޔާ 1 2 މިތަނުން ބޯހިޔާ ވަހިކަން ލިބުނު މީހުން އެ އުޅެނީ ކުޑަކުޑަ ކުއްޔެއްގަ. އެކަމް ހަގީގީ ފްލެޓް ދޮންބެ ޔަކީ ރ.ޔ
ކިޔާނެއެއްޗެ ބުނާނެ ބަހެއް ނޭގޭ..އާތިފާގެ މިނިސްޓަރުކަމުގަ ރާއްޖޭގަ ހިންގުނު ބޯހިޔާވަހިކަމުގެ އަދަދާ ބިނާކުރެވުނު ރައްތަކާ ލިބުނު މީހުންގެ އަދަދާ ބިންގާއެޅުނު އަދަދާ ފައިސާހަމަޖެހުނު ބޭންކްތަކާ ގައުމުތަކާވެސް ހާމަކޮއްލިނަމަ...އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމުގެ ޕްރޮގްރާމެ އިބުރާހިމުގެ ސަރުކާރުން ހިންގިނަމަ އެއީ ކޮންރަށަކުން ކޮރަށަކަށްކަމާ ކިހާމީހުންނެކަމާވެސް ބުނެލިނަމަ..އާތިފާއެއް ނޫން ޝާކިރާ ހުއްޓަސް ރައްޔިތުން އެއްރަށުން އަނެއްރަށަށް ރައްހިތުން ދަތުރުފަތުރުކުރާނެ...އާތިފާގެ ހިންގުންތެރިކަމެ ނުފެންނާނެދޯ ހިންގަންނޭގޭ ވެރިއެއްގެ ކައިރީގަ މަސައްކަތްކުރީމަ..ނާގާބިލް އިލްމެނެތް ތަޖުރިބާއެއްނެތް ސޮހޮލެކައްރީގަ ކިޔަވާއިގެންތިބި ބަޔަކުތިއްބަސް އެމީހުންގެ ފަރާތުން ރައްޔިތުންނަކަށް ވާނެފައިދާއެއްނޯންނާނެ...މރމއަށް ވަރިހަމަދޯ ދެމޭޒު ދޭތެރޭން ތަންކޮޅެއްގަ މރމއަށް މަސްގޮނޑިއެއްގަވެސް މީހަކު ބޭންދުނީމަ..ބޮޑުވަރުތީ...ނާދިރާ...
ދޮގުހެދިޔަސް ތީދެން ފުކެއްބޮޑުވަރު
އެމްއާރުއެމްއަކީ މަކަރާ ހީލިތްބައެއް
މޯލްޑިވިއަންގެ ފްލައިޓުތަކުގައި ބަންގްލަދޭޝްގެ 2،100 މީހުން ފޮނުވާލައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ
ދައުލަތަށް ލިބުނު އާމްދަނީ އެއްކޮށް ހުސްވެ ދައުލަތް ބަނގުރޫޓް ވެގެންދާއިރު ވެސް މިރާއްޖޭގެ އެންމެ އަގު ބޮޑު ސަރަހައްދު ކަމުގައިވާ މާލެ ސަރަހައްދުގައި ހުރި ފަޅުތައް 100 އަހަަރަށް ކުއްޔަށް ދީގެން އެތަންތަނުން ލިބޭ ފައިސާ އިން މާލެ ސަރަހައްދުގައި އޮތް ފުށި ދިއްގަރު ފަޅު އެއްކޮށް ހިއްކާލާ މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ތިލަފަޅު އެއްކޮށް ހިއްކާލާ ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދާދޭން ވައުދުވެ ރައްޔިތުންގެ އަތުން ވޯޓް ހޯދައިގެން ވެރިކަމަށް އައި ފަރާތުން އެކަން ހަނދާން ނައްތާލާ އެކަން ކުރަން ޖެހުމުން ތިމާވެއްޓޭ ކިޔާ ހުއްޖަތޭ ދައްކަނީ ތަމެން ނިކަމެތި ރައްޔިތުންނަށް ހަދަނީ ރޯ ބުހުތާނު ދޮގު ކަން ތަމެން ހީކުރަނީ ރައްޔިތުންނަށް ނޭގޭނެ ކަމަށްތޭ ތަމެން ރައްޔިތުންނަށް މާލެ ސަރަހައްދުން ދޭން ބުނި ގޯތި ތައް ނުދީ ދެއަހަރު ދުވަސް ވެެގެންދާއިރު ތަމެން މިވައުދަށް އިންކާރުކުރަނީ ކިއެއްވެތޭ އިންކާރުކުރަނީ ކިއެއްވެތޭ އިންކާރުކުރަނީ ކިއެއްވެތޭ އިންކާރުކުރަނީ ކިއެއްވެތޭ
އެއީ އިންސާނުންގެ ލޮލަށް ނުފެނި އުޅޭ ޖިންނި ސައިތޯނުންނަށްތަ
ޔާމީނައް ތާއީދުކުޜާ މީހުންބުނާނެ އޭނައޭރަގަޅީ. ޢަލީ އައްތާއީދުކުރާ މީހުން ބުނާނެ އޭނަޢޭ ރަގަޅީ.. ޔާމީނުވެސް ފޮލެޓް އެޅީ ފަހުބުރުގަ އެހެންވެ ނުނިމުނީ މީ ހަގީގަތް... ދެން ފުރަތަމަ ޖެހޭނީ ފުރަތަމަ ނިމުނު ބައި ހަވާލުކުރައްތާ. ޢޭގެފަހުގަތާ ދެންތިބި މީހުން ފޮލެޓް ހެދޭނީ.. ދެން އަންނަމީހުންތާ ބަހާނީ... ޕުލޭންއަކީ އެއީ ރާއްޖޭގެ އޮންނަނީ އަމިއްލަ އެދުމައް ކަންކަން ނިންމުން... ރައްޔިތުން ގޮސް ސަލާންޖަހަން ޖެހޭ ޕްލޭނެއް އެކަން ބަދަލު ވެގެން ވާނީ... މިހާރު ނެއް 30 އަހަރު ގެ ވެރިކަމުގަ ކޮންދިން އެއްވެސް ކަމެއް ނޫންތޯ.. ޔާމީނު އައް ވެރިކަން މައުމޫން ހޯދީ ހަމަ ސަލަަން ޖަހާގެންހާ މަސައްކަތުން އޭރު ނެއް އޭނަޔައް ތާއީދުކުރާ ގިނަބަޔަކު.. މީހާރު އެބަތިބި.. ބަސް ބުނުމުގާ ވިސްނާ... އެކަކައްވެސް ހުރިހާ ވައުދު ނުފުއްދޭނެ ނޫއްތޯ.....
ކޮންބަޔަކަށްބާ؟ ޙުސް ދޮގު
ހެޔޮނުވާނެ ތިވަރަށް އޮޅުވާލަން! ގިޔާމަށްދުވަހު ތިއެންމެނަށް ނަރަކާއިގެ އަޑިން ބޯހިޔާވަހިކަން ތިތާތިބެގެން ތިހޯދީ. އަހަރެމެނަކަށް ނޫން. ކަލޭމެން ހުރިހާ ދިވެހީންގެ ފުރާނަ ހިފަހައްޓާއިގެންވެސް ތިތިބީ. ހަމަ ދޫކޮށްލާއިރަށް މަރުވާނެ
ސޯލިހުގެ ސަރުކާރަށް ފައްސަތޭކަ ވޯޓުވެސް އެމް އާރު އެމް އަށް ހޯދައިދެވިފަ ނެތް. އެކަމަކު ސަރުކާރު ހިންގަނީ އެމް އާރު އެމް. ސަރުކާރުގަ ގިނައީ މރމ ގެ މީހުން.