ރާއްޖެ އިން އިތުރު 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އިއްޔެ 18:00 އިން މިއަދު 18:00 އާއި ދެމެދު ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވެފައި ވަނީ ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ 08 މީހެއްގެ އިތުރުން ސްރީލަންކާ މީހެކެވެ.

އެހެންކަމުން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1976 އަށް އަރާފައެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް ފައްސިވި ފަހުން، ކޮންމެ ދުވަހަކު ފައްސިވާ މީހުންގެ އަދަދު އިތުވަމުން ދިޔަ ނަމަވެސް މިމަސް ފެށުނު ފަހުން ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވާން ފަށާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަންތިމަރިޔަބު

    އެއް އުރައަކަށް ދެކަނޑި ލާންއުޅުމުން ނުވެނުދާނެ ގޮތް ތިޔަހަރަ ދަނީ ވަމުން
    ހަމަހިނިއަންނަނީ

    12