މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް މިސްކިތްތައް ހުޅުވާނީ އަންނަ ޖުލައި މަހު ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މާލޭގެ ފުރަބަންދަށް ދޭނެ ލުއިތައް ހާމަކުރުމަށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ އައިމިނަތު ޝައިނާ ވިދާޅުވީ ގައިޑްލައިންތަކާއި އެއްގޮތައް މިސްކިތްތައް ހުޅުވަން ހަމަޖެހިފައި ވަނީ ޖުލައި މަހު ކަމަށެވެ.
އަންނަ ހޯމަ ދުވަހުން ފެށިގެން، މާލެ ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައިި ޖަމާއަތުގައި ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
މިސްކިތްތައް ހުޅުވައިލަން މިހާރު ހުއްދަ ނުދީ އޮތީ ކޮވިޑް-19 ފެތުރޭތީ އެޗްޕީއޭ އިން މޮނިޓަރިން އަށް ލާފައިވާ މާލެ އާއި ކުރިން މޮނިޓަރިންއަށް ލުމަށް ފަހު އެކަން އުވައިލިތާ 14 ދުވަސް ހަމަނުވާ ނުވާ ދެ ރަށެއްގަ އެވެ. އެ ދެ ރަށަކީ ށ. ނަރުދޫ އާއި ނ. މަނަދޫ އެވެ.
ކޮވިޑް-19 ފެތުރޭތީ އަތޮޅުތަކުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން މަނާ ކުރީ އޭޕްރީލް 16 ވަނަ ދުވަހު އެވެ. މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން މަނާ ކުރީ މާޗް 18 ވަނަ ދުވަހު އެވެ.
ބައެއް މީހުން އެންމެ ބިރު ގަންނަނީ ނޫ ނީ ރުޅި އަންނަނީ މިސްކިތް ދެކެ އެވެ. ސިނަމާ ބާޒާރު އޯކޭ އެވެ.
ސިނަމާ ބާޒާރު ހުޅުވަނީ ވަކި ގަޑިތަކަކަށް. މިސްކިތްތައް ހަމައެކަނި 2-3 ގަޑިއިރަކަށެއް ނުހުޅުވޭނެދޯ؟ ބައެއް މީހުން ދީން މާބޮޑަށް އެނގިގެން އުޅެނީ. ޖުލައި އަންނަންދެން ގޭގަ ނަމާދު ކޮށްލިޔަސް ޘަވާބު އުންޏެއް ނުވާނެ. ރާއްޖޭގެ އެކަންޏެއް ނޫން މިސްކިތްތައް ބަންދުކޮށްގެން އުޅެނީކީ.
އެހެން ހުރިހާ ތަނެއް ހުޅުވާލާފަ، މިސްކިތް ނުހުޅުވުމަކީ ވަރަށް ބޮޑު ނުބައި އަމަލެއް.... ހޯމަ ދުވަހު ހުޅުވާލަން ޔާ މިސްކިތް ވެސް ހުޅުވަން ޖެހޭނެ.. މުސްކުޅިން އަދި ރިސްކީ މީހުން ދޭ ހުރިހާ ތާކަށް... މިސްކިތް ނުހުޅުވުމަކީ ވަރަށް ބޮޑު ގޯހެއް... މަޖުލީހުގަ ހުރިހާ 50 އަހަރާ 50 އަހަރުން މަތީގެ މީހުން ވެސް އެތިބީ އުޅެނީ...
ވަރަށް ބޮޑު ތެދެއް. ބައެއްގެ ވަރަށް ބޮޑު ޕްލޭނެއް އެއީ. ދެރަ ކަންކަން
މިއީވާ ހާދަހާ ލާދީނީ ސަރުކާރެކެދޯ މިސްކިތަކުގައި ޖަމާއަތްހެދުމާއި ނަމާދުކުރުމަކީ މިވެރިން ހާދަހާވާ ބިރުގަންނަކަމެކެދޯ؟
އެމްޑީޕީ ގެ ސިއްރު އެޖެންޑާ 19
މާލޭގެ ޕާކްތަކާއި މައިޒާންތައްވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަންް ސަރުކާރުން ހާމަކޮށްފިއެވެ.
މާލޭގެ ޕާކްތަކާއި މައިޒާންތައްވެސް އަންނަ ހޯމަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަންް ސަރުކާރުން ހާމަކޮށްފިއެވެ.
މަސްމާރުކޭޓް އޯކޭ ލޯކަލްމާރުކޭޓް އޯކޭ މަގުތައްމަތި އޯކޭ ހަމައަހާހިތްވަނީ މިސްކިތްތަކަކީ ކޮރޯނާ ވައިރަސް އުފައްދާ މަރުކަޒުތަކަކީތޯއެ؟
ބޭރައް ނިކުމެ އުޅެވެންޏާ މިސްކިތްތައް ހުޅުވަން ޖެހޭ،.އަޅުގަނޑުމެން ދީން މިހާ ފަހަތަށް ޖައްސައިގެން މިއުޅެނީ ކީއްވެބާ..
ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރަށް ނިކުމެވޭނެ ، އެކަމަކު ނަމާދުކޮށް ގެން ނުވާނެ... ލާދީނީ ސަރުކާރު
މުޅި އުމުރުގަވެސް އެއްމެ ބަރާބަރަށް ނަމާދު ކުރެވުނީ ލޮކުޑައުން ވީފަހުން... ލާދީނީ މެން ހީކުރި މިސްކިތް ބަންދު ކުރީމަ ނަމާދުނުކުރާނެ ކަމަށް ދޯ....
އަދި ނަމާދު ކުރަން ހަންދާން ނެތޭނެ ކަމަށްތަ...؟؟؟ ލާދީނީ ސަރުކާރު
މިސްކިތްތައް ފިޔަވައި މާލޭގެ ހުރިހާތަނެއް ހުޅުވާލަނީ. ސްކޫލްތަކާއި އޮފީސްތައް، ޕާކުތަކާއި، ކުޅޭތަންތަން، ފިހާރަތަކާއި ރެސްޓޯރެންޓް ހޮޓާތައް.
ކޮވިޑް ޖެހެނީ ހަމައެކަނި ޖަމާއަތު ނަމާދު ކުރުމުންތޯ. މިސްކިތަކީ ރަނގަޅަށް އަތްފައި މޫނާއި ބޮލާއިއެކު ދޮވެގެން އަރާތަނެއް. ގައިދުރުކޮށް ތިބެވެސް ޖަމާއަތު ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވުން ލަސްކުރީތީ ހިތާމަ ކުރަން. އެހެން ހުރިހާތަނެއް ކަމެއް ގައިދުރުކޮށް ހުޅުވާލައި އަމަލުކުރަން ފެށުނުއިރު މުޅިންވެސް ދުނިޔަވީ އުފަލާއި މަޖަލަށް ފުރުޞަތު ދޭއިރު ދީނާއި ދުރަށް ގަސްދުގައި ގެންދާތީ ހިތާމަކުރަން. މުސްލިމު ގައުމު ތަކުގަ އެންމެ ފުރަތަމަ ހުޅުވާލީ މިސްކިތްތައް. ސަތޭކަ ޕަސެންޓް މުސްލިމް ރާއްޖެއަށް މިވަނީ ކިހިނެތްތޯ. ހިތާމައިގެ ކޮޅެއްވެސް ނެތް.
އެޖެންޑާ 19. ދީނާ ދުރުކުރުމުގެ ސިޔާސަތު. މިސްކިތްތައް ބަންދުކޮށް ކުޅިވަރުކުޅޭ ތަންތަން ހުޅުވާލުން.
ހުވައިގަ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ކުރިއަށް ދުނިޔަވީ ކަންތައް ހުޅަނގުގެ އިންސާނީ ހައްގޭ ކިޔައި ގެނައުން. ދީނީ އިލްމުވެރިން މަރުތަޅުއަޅުވައި، ލާދީނީ އެމްޑީއެންފަދަ ލާދީނިއްޔަތު ފަތުރައި ބާރުވެރި ކުރުވުން....
މީ އަންނިގެ ވައުދެއް ގައުމު ފަސާދަކޮއް މީސްތަކުން އިސްލާމްދީނާ ދުރުކުރުން.
ބޭފުޅުންނޭ މިސްކިތްތައް ހުޅުވާލީމާ ފިސާރި އުފަލާއެކު މިސްކިތްތައް ފުރާލަންވާނެ! އިންޝާ ﷲ! ބައެއްރަށްރަށުގައި މިސްކިތްހުޅުވިޔަސް މާބޮޑުތަފާތެއްނުފެނުނީތީ ހިތާމަކުރަން! ކޮމެންޓަކުން ނަމާދެއްނުކުރެވޭނެ! އެކަމަކު ފިތުނައަށް ނުވާގޮތަށް ހެއުބަސް ބުނުމަކީ ހަމައޮތްކަމެއް! ހުރިހާބޭފުޅުންވެސް ނަމާދަށް ވަޑައިގަންނަވަން ނަސޭޙަތްތެރިވަން! އަޅުގަނޑުވެސް ހިމެނޭގޮތުން!
ސަރުކާރުގެ އޮފީސްތައް ހުޅުވޭ. ފިހާރަތައް ވެސް ހުޅުވޭ. މީހުން ހުއްދައަކާ ނުލާ ބޭރަށްވެސް ނިކުމެވޭ. އެކަމަކު މިސްކިތްތައް ބަންދު. މިދެން އަރަތެއް
މި ސަރުކާރަކީ ލާދީނީ ސަރުކާރޭ ބުނެވެނީ މިސްކިތްދެކެ ގަންނަބިރެއްގެ ސަބަބުން މިވެރިންނަށް ހީވެފައޮންނަނީ ކޮރޯނާ ފެތުރެނީ މިސްކިތްތަކުގެ ކާޕެޓުދަށުން ކަމަށް......
ލާދީނީކިޔަނީ ހަމަކިޔަންވެގެން އަމަށަކުބިރެއްނޫން ތިގަންނަނީކީ މިސްކިއް ހުހުވަންޖެހޭތީ ނޫނޭވާ ހަމަސާބަސް މަރުވެދާނެތީ ބިރެއްނުގަނޭދޯ؟
އަހަރަމެންގެ އަގީދާއަކާއި ނުކުޅެވޭނެ..މިސްކިތްތަކަށް އެރޭނެ..ނަމާދު ކުރެވޭނެ...ޤާދުރުވުމާއި ގެއިން ވުޝޫކޮށްގެން ގޮސް ނަމާދުކުރުމަށް މިސްކިތްތައް ހުޅުވާލަންޖެހޭ..މިއީ އެއްވެސް ސިއްހީ ނުރައްކަލެއްވާކަމެއްނޫން.. މިސްކިތަށް އަރަން އަންގަވާފަ އޮތީ ސާފުތާހިރުކޮށް... އެކަން އިސްލާމުން ކުރަނީ އެގޮތަށް... ޒުވާނުންނޭ ނުތިބޭ...މިނުލަފާ ޖައްބާރު ވެރިންނަށް ބިރު ނުގަނޭ...
ޢާހިރަތުގެ އަލާމާތް ތަކުގެ ތެރޭގައި މީސްތަކުން މިސްކިތްތަކަށް ވަނުން މަނާ ކުރެވޭނެ''މޫސުމީ ބަދަލުތަކުގެ ސަބަބުން ކާރިސާތައް އިތުރުވެ ބާރުގަދަވެގެންދާނެ..ބަލިމަޑުކަމާއި ރޯނގާ ،ކުއްލި މަރު،އަސްކަރިއްޔާ ތަކުން އެގައުމެއްގެ ރައްޔިތުންނަށް އަނިޔާ ކުރާނެ،ވާރޭ ވެހުން މަދުވެ ގިނަވެ ދަނޑުގޮވާން ތައް ސޫފީގެ ޝިކާރައަކަށްވެ މުޅި ދުނިޔެ ކާބޯތަކެތި ލިބުން ދަތިވާނެ.ފަގީރުން އަދި މުއްސަނދިންގެ ފަރަގު ހާމަވާނެ.ނަސްލީ ތަފާތު ކުރުން އިތުރުވާނެ.ފާޅުގައި އިސްލާމްދީނުގެ ހުކުމް ތަކަށް ގޮންޖަހާ މީހުން އިތުރުވާނެ..އަރަބިންގެ ތެރޭގައި ވެރިކަމުގެ ދަހިވެތިކަން ބޮޑުވެ ލޭއޮހޮރުވުމަކަށް ދާނެ..ޔަހޫދީން މަސްޖިދުލް އަގްސާ ނެތިކޮށްލުމަށް ފާޅުގައި ނިކުންނާނެ.ދައްޖާލް ދުނިޔެއަށް އައިސް އޭނާގެ ބާރުން މީސްތަކުން މިކަންތަކުން ސަލާމަތް ކުރުމުގެ ނަމުގައި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު މަގުފުރައްދާނެ އަރަބި ތަވާގީތުންގެ ވެރިކަން ނިމި ޖިހާދު އައިނިއްޔަ ފަރުޝަކަށް ވެގެން ދާނެ.ﷲ ގެ ދީން ފުރިހަމަ ވެގެންދާނެ..އަދ ﷲ އެކަލާނގެ ދީނަށް ނަސްރު ދެއްވާނެ.ބަޔަކު އޮޅިފަ ތިއްބަސް މީ ފަހު ޒަމާން ކަމާ މެދު ގިނަ އިލްމުވެރިން އެއްބަސްވެލައްވާ.ކޮބާ ހައްލަކީ؟ﷲ ގެ ހަޒަރަތަށް ރުޖޫއަވެ ތައުބާވެ ކުރިއަށް އޮތް ދުވަސްތަކަށް ހެޔޮ އަމަލާއި ޖާނާއި މާލުން ތައްޔާރުވުން....މަރު ވަނީ ދާދި ގާތުގަ ނޫންތޯ؟
މަޖިލިސް މެމްބަރުން ގުޅަމަތި ހިފުން އޯކޭ ގައި ދުރު ކުރުމެއް ނޯވޭ މިސްކިތުގައި އެކަނިތަ ކުރޯނާ އުޅުއްވަނީ ކެނެރީ ކުރޯނާ ގެ ވިސްނުން ހުންނަ ގޮތެއްދޯ ބޯހަލާކު
ހުރި ނުބައި ކަން ބަލާބަލަ.... ތި ގައިޑްލައިންގަ ކުރިން މައިޒާން ހުޅުވެނީ ކީއްވެ....