ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އެމްއާރްއެމް އަށް ހާއްސަކޮށްގެން މިނިސްޓްރީއެއް އުފައްދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރްއެމް އަށް ހާއްސަކޮށްގެން މިނިސްޓްރީއެއް އުފައްދަނީ ޖެންޑާ މިނިސްޓްރީ ދެބައިކޮށްލުމަށް ފަހުއެވެ.

އެމްއާރްއެމް އަށް ހާއްސަކޮށްގެން ހާއްސަ މިނިސްޓްރީއެއް މިއުފައްދަނީ އެޕާޓީއަށް ހާއްސަކޮށްފައި އޮތް ހައުސިން މިނިސްޓްރީ މިއަދު އުވާލުމަށް ފަހުއެވެ.

އެމްއާރްއެމްގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެމްއާރްއެމް އަށް ހާއްސަކޮށްގެން މިނިސްޓްރީއެއް އުފައްދަން ރައީސް ޞާލިހް ނިންމެވިގެން ރަސްމީކޮށް އަދި އެޕާޓީއަށް އަންގާފައެއް ނުވެއެވެ. ނަމަވެސް މިނިސްޓްރީއެއް ދެބައި ކޮށްލަން ނިންމާފައިވާ ކަމުގެ މައުލޫމާތު ނުރަސްމީކޮށް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރައީސް ޞާލިހް މިއަދު ހައުސިން މިނިސްޓްރީ އުވާލެއްވީ، ހައުސިން މިނިސްޓަރ އާތިފާ އިއްޔެ އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އާތިފާ އިސްތިއުފާ ދެއްވުމުން އެމަގާމަށް އެމްއާރްއެމްގެ ފަރާތުން އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަންފުޅު ފޮނުއްވައި ދެއްވުމަށް، ރައީސް ޞާލިހް އެދިވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެގޮތައް އެދިވަޑައިގެންނެވުމަށް ފަހު ކުއްލިއަކަށް މިނިސްޓްރީ އުވާލި ސަބަބެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ދޮންބެގެ ޚިޔާލު

    މިއުޅެނީ ރައްޔިތުންނަށް ހެޔޮއެދިގެނެއްނޫނެވެ. މިބަލަނީ ރައްޔިތުންގެ ފައިސާ ކެވޭނެ ގޮތެކެވެ. އެ މިނިސްޓްރީއަށްވެސް އެތައް ސުޓޭޓްމިނިސްޓަރުންނާއި ނާއިބުންނާއި ކޯޑިނޭޓަރުން ލާނެއެވެ. މުސާރަ ދިނުމަށް ރައްޔިތުންގެ އަތުން އިތުރުޓެކްސް ނަގާނެއެވެ.

    15
  2. Anonymous

    ދިވެހި ދައުލަތަކީ ކަލޭމެންގެ ތަރިކަ މުދާގަޑެއްތަ.ބައްނުން

    15
  3. ހަމީދު

    މީ ވަރަށް ވިޔާނުދާ ވިސްނުމެއް. އަނެއްކާވެސް ދައުލަތަށް ބޮޑު ބުރަޔަކަށް ވާ ކަމަކަށް މިކަން ވާނީ. މިނިސްޓްރީ ތަކާއި ކުންފުނިތައް ހެދެންވާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ވިސްނައިގެން އެކަމެއް ކުރަން ޖެހުމުން. ސިޔާސީ ވެރިން، ނޫނީ ސިޔާސީ ޕާޓީތަކަށް ފައިވާވާ އުޞޫލަކުންނެއް ނޫން. އިޚްލާސްތެރިކަން އިސްކުރާނެ ދުވަހެއް ދެކެން ބޭނުން.

    12
  4. މުޙައްމަދު

    މަށަށް ޙާއްޞަކޮށް މިނިސްޓްރީއެއް އުފައްދަ ދީބަލަ

    14
  5. މުނިޔާ

    ހުރިހާވެސް ބޭނުމަކީ ފުލެޓް ތަކަށް އަތްބޭނުން. އެކަން ނުކުރެވިގެން ހައުސިން މިނިސްޓްރީ އުވާލީ. ޙައްގުވެރިން މިތިބީ ފިސާރި ރަގަޅަށް މަންޒަރު ބަލަން،

    15
    2
  6. ދުވާފަރު

    ތިޔައީތެދެއްނަަ އަދި މިވެރިކަމުގައި ކޯލިސަނުގެ ކޮންމެ މީހަކަށް މިނިސްޓްރީއެއް ހަދައި ބޮޑުމުސާރަދީ ސަރުކަރު ހުސްކޮށްލާނެ.

    14
  7. ޒަންޖީރު

    އެމިނިސްޓްރީގެ ނަމަކީ މިނިސްޓްރީއޮފް އެމްއާރުއެމް ކޯލީސަން އިންފުރާސްޗަކްޗާ އެވެ ދަމަހައްޓާއެވެ އެއީ ކޯލީސަނާބެހޭ މިނިސް ޓްރީއެވެ

    11
  8. ބޯގޯސް

    ސޯލިބޭ ހާވާނެ ހަޑިއެއް ނޭންގެންޏާ އިސްތިއުފާ ދީފާ ފަޒުނާގޮވައިގެން ބަޗާބަލަ ބުނާތީ އިވޭ ހައުސިން މިނިސްޓްރީ އުވާލީ ހަރަދުކުޑަކުރަންނޭ މަގޭ ހަޔާތުގަވެސް ސޯލިބޭ އައްނޫނީ ހަރަދުކުޑަކުރަން އެނގޭ މީހަކު މަ ނުދެކެން ހެލިހެލި އިންދަތެއް ފަލަކީ އިލްމްވެރިޔާ ހަމަ ކޮއްޓާލާ އިރައް ވެއްޓޭނެ

    13
  9. ނަސީދު

    ހަދާނެކަމެއް ނެތް މައުމޫން އަކީ އަމިއްލައެދުން ބޮޑު މީހެއް

    11
    1
  10. ކަލްފައްޚާރު

    މަޖްލީހުގެ ރައީސް ކަން އަދި އާއިލާގެ މީހަކާއި ކައިވެނި ކޮށްގެން އުޅޭ އާއިލާ މީހަކަށް ރާއްޖޭގެ ރައީސް ކަން ލިބުމުން ދެން އެމެން ހިންގާ ޕާރޓީ ނޫން ޕާރޓީ އެއް ރާއްޖޭގެ ވެރިކަމުގެ ކޮއިލް ތެރޭގައި އުޅެން ނުޖެހޭނެ ކަން މަޖްލީހުގެ ރައީސަށް ހީވެ އަދި އެގޮތް ވިސްނިގެން ވެރިކަމަށް އައުމުގެ ކުރިން އެކުވެރިންގެ ގޮތުގައި ދެކިގެން އައި ސިޔާސީ ޕާރޓީ ތަކުގެ މެމްބަރުންނާއި އެޕާރޓީ ތަކުގެ ބޮޑުން ލައްވާ ބުރަ މަސައްކަތް ކުރުވާ އެމެންގެ ވޯޓް ވެސް ހޯދާ ބާރު އަތަށްް ލިބުމުން ވެރިކަމަށް ގެންނަން މަސައްކަތް ކުރި ހުރިހާ އެކުވެރިން ތައް ފަހަރަކު މީހަކު ނަގާ އެއްލާލަމުން ގޮސް ހަމައެކަނި މަޖްލީހުގެ ރައީސް އާއި އަދި ރައީސް މީހާ އެކަނި ނިސްބަތްވާ ޕާރޓީން އެކަނި ރާއްޖޭގައިވެރިކަން ކުރަން ދިމާކުރުމުން އެއީ ވެރިކަމަށް އަަންނަމުން އެއްބަސްވިގޮތާއި ޚިލާފަށް ކުރާ ކަމެކޭ އަދި ކުރި ހުވަޔާއިވެސް ޚިލާފު ކަމެކޭ ކޮން މީޒާނަކަށްތޭ ތަމެން ވެރިކަން ކުރަން އުޅެނީ ކޮން މީޒާނަކަށްތޭ ތަމެން ވެރިކަން ކުރަން އުޅެނީ ކޮން މިޒާނަކަށްތޭ

    3
    1
  11. هههههه

    މިނިސްޓްރީ އޮފް ކުނިކަހާ އެންޑް ދަބަރުތަޅާ ރަނގަޅުވާނެ

  12. ރަނާ

    އަމިއްލައަށް އިސްތިއުފާ ދިނީމަ އެ ސްލޮޓް އެދިޔައީ، ދެން ނުޖެހޭނެ މައުމޫނަށް މިނިސްޓރީއެއް ހަދާކަށް ، މިހާރުވެސް ތި މީހަކަށް މިޤައުމުން ކުރާ ޚަރަދު މާބޮޑު، މަހަކަށް 3 ލައްކަ ރުފިޔާ އެބަނަގާ ، މީނަގެ ކިބައިން މި ޤައުމު ސަލާމަތް ކުރަންވެއްޖެ،
    އިތުރު މިނިސްޓްރީއެއް ހަދައިފިނަމަ ، ވަރަށްގިނަ ފައިސާ އެ ބޭކާރުވަނީ، މިފަދަ ދަނޑިވަޅެއްގަ، ނުޖެހޭ ޖެނޑަރ މިނިސްޓްރީ ދެބައިކުރާކަށް، މިހާރު އެއުޅެނީ ނާދިރާއަށް ހެޔޮވަރު ކޯޓެއް ފަހަން ވެގެން.

  13. ކޮސް

    ސަރުކާރު ފެލާލައިގެންވެސް ލާރިލިބޭތީ މައުމޫނު ބޭނުންވަނީ! ޖެންޑާމިނިސްޓްރީ ދެގޮފި ހަދާފަ އެއްގޮފި ފާރިޝް މައުމޫނަށްދޭން ފެނޭ! ހަޔަގީނުންވެސް ދުންޔާ ނުދާނެ!

  14. ޑަރޭ

    އެމިނިސްޓްރީން ހިންގާނީ އެމްއާމެއް ދޯ...

  15. ތާކިހާ

    އެޅިހާ އަދުނަކަށް ހެޔޮވަރު ބޭފުޅެއްދެއްތޯ، މިހާރު ވ ދެރަ. ޒަޢީމޫ

  16. ލާމު

    ފްލެޓް ތައް ޖީބައް ދަމާ ގަތީ އެވެ.

  17. ޖަޒީރާމަނިކު

    މައްސަލަ ވަރަށް ސާފު. ހައުސިން މިނިސްޓްރީ އެމްޑީޕީގެ ބާރުގެ ދަށަށް ގެނައުން. އެމްޑީޕީ ބޭނުންވާގޮތަށް ލިސްޓްތައް ބަދަލު ކުރަން އާތިފާ އެއްބަސް ނުވީމާ ބޭރުކޮށްލަންނިންމީ. ދެން އަލަށް އުފައްދާ މިނިސްޓްރީއަށް ކިޔަންވާނީ މިނިސްޓްރީއޮފް މައުމޫނު އެންޑް ސަންސް.

    3
    1
  18. މޫސަ

    މިން. އޮފް މައުމޫން އެންޑް ނަސްރީނާ

  19. ހަސަދު

    ވަކިމީހަކަށް ޚާއްޞަ ކޮށްގެން އުފައްދާ މަގާމާ، ވުޒާރާގެ ކަންކަން ބަދަލު ކުރަން ވެގެން 30 އަހަރުގެ ވެރިކަން ބަދަލުކުރީ. ބަދަލުކުރުމުގެ އެންމެ ގިނަ މަސައްކަތް ކުރީ އެމް.ޑީ.ޕީ. މިހާރު ހަމަ އެމް.ޑީ.÷ީ ގެ ސަރުކާރެއްގައި މިގަންނަނީ ހަމަ އެގަނޑު. ފަހަރުގައި ވެދާނެ ރައީސް މަގާމު ހިފަހައްޓަން ކުރައްވާ ކަމަކަށް ވެސް. ނަމަވެސް ގައުމޫ އަލުން އެއްކަލަ 30 އަހަރަށް ނުގޮސް ވޭދޯ ބެއްލެވުން ރަނގަޅު.

  20. ފުނަފޫުނަފޫ

    ވަރައްނުލަފާ މީހެއް ތިމައުމޫނަކީ ދެފުއްދެގޮތް މުނާފިގުންގެސިފަ ލިބިފަހުރި ވަރައްނުލަފާ ހިޔަޅެއް އޭގެދެވަނަ މީހާ ގާސިމް

  21. މަބްރޫކް އަށް ސަލާމް

    ސަރުކާރު ހިންގަނީ އިބްރާހިމް މުޙައްމަދު ސޯލިހު ގެ މައިންބަފައިން ގެ ފަރާތުން ލިބުނު ތަރިކަ މުދަލެއްގެ ގޮތުގައި ތަ؟ މީ ތަންފުކެއް ބޮޑު ވަރު. ވެރިކަމަށް ގެނެސްދޭން އެހީތެރިވި މީހުންނަށް ބައި އަޅާ، މާލިއްޔަތު ހުސްކޮށްލާ. ލާރި ނުކައި ހުސްވިޔަސް ހަމަ ވާނީ 'ހުސް'. އިބްރާހިމް މުޙައްމަދު ސޯލިހު ވެރިކަމަށް ގެންނަން ވޯޓުލީ އެންމެންނަށް ވ ސަލާމް.

  22. Anonymous

    ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އެމްއާރްއެމް އަށް ހާއްސަކޮށްގެން މިނިސްޓްރީއެއް އުފައްދަން އުޅޭއިރު ބަލާ ދިވެހި ސަރުކާރުގެ ދައުލަތަކީ ކަލޭމެންގެ ތަރިކަ މުދަލެއް ތަ؟ އެއީ 4 ލައްކަ ދިވެހީންގެ ހައްޤޭ.

  23. އަލީ

    ސޯލިހުއަށް ދަންނަވަން، މިނިސްޓްރީތައް އުފައްދަންޖެހޭނީ ނެޝަނަލް ޕްލޭންއެއް އޮވެގެން އޭގެ ދަށުން. ހަމަ ވަކި މީހަކު ހިތްހަމަޖައްސާކަށް މިނިސްޓްރީއެއް ނޫފެއްދޭނެ. މިއީ ރައްޔިތުންގެ ލާރި ހަރަދު ކޮށްގެން ކުރާކަމެއް. ތަންކޮޅެއް ހަރަދަނާ ވެ ބައްލަވާ!

  24. ޑައެލޯގް

    އެވަރުންވެސް ޖެހޭތަ ބޭކާރަށް މިނިސްޓްރީއެއްދޭން ދެންޏާދީބަލަ ފުރިހަމަ ބާރާއެކު ދޭތެރެދޭތެރެއިން މަޖިލިސްމެންބަރުންނާއި ޕާޓީކުދިންގެ ކިބައި ސަލާމަތުން އޮންނަ މިނިސްޓްރީއެއް އޭރައްތާ އެހުންނަ މިނިސްޓަރެއްގެ ފެންވަރުވެސްއެގޭނީ މޮހޮނަށް އޮޑިދޭގޮތަށްނުދީ

  25. ޙުއްބުލްވަތަން.

    މިނިސްޓްރީ އޮފް ރިފޯމް މޫވްމެންޓް
    މިނިސްޓަރގެ މުސްތަޝާރު މަައުމޫން
    މިނިސްޓަރ ފާރިޝް
    ޑެޕިއުޓީ މިނިސްޓަރ ދުންޔާ
    ޑެޕިއުޓީ މިނިސްޓަރ ނަސްރީނާ
    މިނިސްޓްރީގެ ޒިންމާ. ސިޔާސީގޮތުން ފެއިލްވެފާތިބޭ މީހުން ރިފޯޜމް ކުރުމާ.ބަންގާޅީން އެތެރެކުރުމާ އެމީހުންގެ ވިޔަފާރި ކުރިއެރުވުމާ،އެމީހުން ދިވެިރާއްޖޭގައި ވަޒަންވެރި ކުރުމަށް ބޭނުންވާ އެންމެާހާ ގާނޫން ހެދުމާއި ތަންފީޒުކުރުން.އަދި ބަންގާޅީންނައް އިންނާނެ ދިވެހިން ހޯދަާ ދިނުމާ އެމީހުން ގައިންތާހިރުވަން ދަސްކޮއްދިނުމާ ދިވެހި ސަގާފަތައް އަހުލުވެރި ކުރުވުން.
    ޙިޑުން އެޖެންޑާ.ޜާއްޖޭ ގައި ބަަންގާލީންގެ އާބާދީ ބޮޑުވެ. މައުމޫނުގެ ބަންޣާޅީ ދަރިކޮލުން ދުރުމުސްތަގުބަލެއްގައިރާއްޖޭގައި ވެރިކަން ކުރުން.

  26. ހުސޭނުބޭ

    މިނިސްޓްރީ އޮފް އެމްއެމް އާރު އުފައްދާ! ނޫނީ ޖެންޑާ މިނިސްޓްރީގެ އަންހެން ވައްތަރު އުފައްދާ! ލޮލް!

  27. ސަންތިމަރިޔަބު

    އާތިފާ އިސްތިއުފާ ދެއްވުމުން އެމަގާމަށް އެމްއާރްއެމްގެ ފަރާތުން އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަންފުޅު ފޮނުއްވައި ދެއްވުމަށް، ރައީސް ޞާލިހް އެދިވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެގޮތައް އެދިވަޑައިގެންނެވުމަށް ފަހު ކުއްލިއަކަށް މިނިސްޓްރީ އުވާލި ސަބަބެއް ސާފެއް ނުވެއެވެ.
    ލޮކްޑައުން އުވާލަން އުޅެނިކޮށް “ އޮޅިގެން “ ހައުސިން މިނިސްޓްރީ އުވާލެވުނީ ދެން ލަދުން އޮޅިގެންނޭބުނަންނުކެރިގެން ޖެންޑަރ މިނިސްޓްރީ ބައިކޮށްލަނީ
    ހަމަހިނިއަންނަނީ

  28. ޒަބާދުކުޑޭ

    ވަކިމީހަކަށް، ވަކިޕާޓީއަކަށް ޚާއްޞޮކޮށްގެން މިނިސްޓްރީ އުފެއްދުމަށް ގާނޫނުގައި އޮވޭތޯ؟