ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކުރި ފުރަބަންދަށް އަންނަ ހޯމަ ދުވަހުން ފެށިގެން ދޭން ނިންމި ލުއިތަކާއެކު މާލޭގެ މާރުކޭޓްތައް ހުޅުވަން ނިންމައިފިއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ފުރަބަންދަށް ދޭން ނިންމާފައިވާ ލުއިތަކާއި ގުޅޭގޮތުން މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، މަސް މާރުކޭޓާއި ލޯކަލް މާރުކޭޓް ހުޅުވާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ ގައިޑްލައިންތަކަށް ފެތޭގޮތަށް އެތަން ބަދަލު ކުރުމުން ކަމަށެވެ.

އަދި އެކަމުގައި ސިޓީ ކައުންސިލާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ޝައިނާ ވިދާޅުވިއެވެ.

"އޭގައި ބޮޑަށް ބަލާފައި ވާނީ މަސް މާރުކޭޓް އަދި ލޯކަލް މާރުކޭޓްތަކުގައި ހުންނަ ސާފްތާހިރުކަމުގެ މިންގަނޑުތަކާއި، ގައިދުރުކަން ގާއިމް ކުރެވޭނެ މިންގަނޑުތައް އެކުލަވާލުމުގެ ކަންތައްތަކާއި ނުވަތަ ބަލަން ޖެހޭނެ ކަންތައްތަކަށް". ޝައިނާ ވިދާޅުވިއެެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި ކަމާއި ގުޅުން ހުރި މުވައްސަސާތަކުން އެ މައުލުމާތު ދޭނެ ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޥަރުދީ

    ގައުމަށް ކޮވިޑު ފަތުރާލަނީ. ޢަންނި ބުނިވަރަށް 200000 މީހުންނަށް ކޮންމެހެން ވެސް ބަލިޖައްސަންވާނެ!! އިބޫ އިސްތިއުފާދީފައި ގޭގައިމަޑުކުރަންޖެހޭ.

    1
    1
  2. މުގުރާން

    މިވީގޮތުން ޔަގީންވާކަމަކީ މިބަލީގަ އެންމެނުރައްކާތެރީ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ކަން؟؟؟؟؟؟؟؟؟
    މިސްކިތްތައް ދެކެ ހާދަ ބިރެކޭ މިގަންނަނީ ދޯ !!!!!!

    1
    1
    • އީތޭން

      މިސްކިތްތައް ހުޅުވަން ޖެހޭ... މުސްކުޅިން، ރިސްކީ ގުރޫޕް ތައް ދޭ އަދި ދެވޭ ހުރިހާ ތާކަށް.... މިސްކިތް ނުހުޅުވަން ވީ އުޒުރެއް ނެތް

  3. އީތޭން

    މި ސަރުކާރަކީ އެއްވެސް އިންސާފެއް ނެތް އަނިޔާވެރި ސަރުކާރެއް.... ސަރުކާރުން ބަލަނީ ބޮޑުންގެ ޖީބަށް ބަރުކުރެވޭ ތޯ... އާދައިގެ ނިކަމެތި ރައްޔިތު މީހާ ކިއްތަންމެ ވަރަށް ވޯޓް ދިނަސް އެއްވެސް މޮޅެއް ނުލިބޭ... ވޯޓް ހޯދަން ވީމަ ތަރިތައް ބާލައިދިނަސް ވެރިކަން ލިބުނީމަ ވަނީ އަނިޔާވެރި