ވ. ރަކީދޫ ކައިރިން ދަތުރުކުރި ދޯންޏެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގައިގެން އުޅޭ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓް ގާޑާއި އެމްއާރުސީސީ އަށް ލިބިފައިވަނީ މިރޭ 12:10 ހާއިރު ކަމަށެވެ.

މިރޭ ފަރަށް އަރާފައިވަނީ "ޢެޗްއެމް4" ނަމަކަށްކިޔާ ދޯންޏެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހާދިސާ ހިނގި ވަގުތު ދޯނީގައި ތިން މީހަކު ތިއްބެވެ. އޭގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށް އެ އިދާރާ އިން ވިދާޅުވިއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މި ހާދިސާގެ އިތުރު މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޮމައިން

    ކުޑަކުއްޖަކާ ބަދުއަޚުލާޤު ޢަމަލެއްހިންގައިފައިވަނީ މިސަރުކާރުގެ މީހެއްނަމަ ޖަލުގައޮތަސް އެމީހަކު ސޯލިހުނެރި ސަލާމަތްކުރާނެ!