ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދެން އެންމެ އަވަހަށް ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދޭ ފޯމުތައް މިއަދު ހައުސިންގ މިނިސްޓްރީން ދޫކުރަން ފެށުމާއި އެކު، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔައިފިއެވެ.

މިއަދު އިދިކޮޅުފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ސަރުކާރުން އުޅުއްވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭކަށް ނޫން ކަމަށާއި، ސަރުކާރުން ކުރާ ކަމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ.

"ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ބޭނުންނުވާ ކަމަށާއި ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ހުރިހާ ކަމެއް ވެސް އޮޅުވާލުން،" އިންތި ވިދާޅުވިއެވެ.

ސަރުުކާރުން، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލާ އޮޅުވައިލުމެއްގެ ގޮތުގައި އިންތި ސިފަކޮށްފައިވާއިރު، އޭނާ މިއަދު ވިދާޅުވީ ފްލެޓް ދޫކުރުމަށް ފޯމް ބަހަން ފަށާފައިވާއިރު، ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތަކުގެ ބިންގާވެސް އަދި ނޭޅޭކަމަށެވެ. އަދި މި ސަރުކާރު ބިނާކުރި ފްލެޓެއް ނުހުންނާނެ ކަމަށެވެ.

"ޕްރޮޖެކްޓްތަކެއްގަ ފުލެޓް މީހުންނަށް ބަހާ އެ ފޯމު ފުރާ، ފޯމު ހުށައަޅުމުގެ ފުރުސަތު އެހުޅުވާލީ، އަދި ބިންގަލެއްވެސް އެޅުނީކީ ނޫން" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އަރަބިއްޔާ ސްކޫލް ކުރީގައި ހުރި ބިމުގައި އެމްޑީޕީ ސަރުކާރުން އެޅި ފްލެޓްތައް އަޅާފައިވަނީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

އިންތި މި މޭރުމުން ވާހަކަދައްކާފައި ވާއިރު، ސަރުކާރުން ދެން އެންމެ އަވަހަށް ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާ ކެޓެގަރީތަކުގެ ތެރޭގައި، ރައީސް ނަޝީދުގެ ވެރިކަމުގައި ކ. ގުޅީފަޅުން ފުލެޓް ގަތުމަށް ފައިސާ ދައްކައި ފުލެޓް ނުލިބުނު މީހުންނާއި، އަރަބިއްޔާގައި ހުރި ޓާޓާ ފުލެޓްތައް ލިބި، ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މާލީ ތަނަވަސްކަން ނެތް މީހުންނަށް ޚާއްސަ ކެޓެގަރީއެއްވެސް ހިމެނެއެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ފްލެޓްތަކަށް ފޯމް ދޫކުރަން މިއަދު ފަށާފައިވާއިރު،ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްލަ 7،000 ފުލެޓް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 1000 ފުލެޓް ސިވިލް ސާވިސް މުވައްޒަފުންނަށް ދޭން ވަނީ ކުރިން ނިންމައިފައެވެ.

ފްލެޓްތަކަށް ފޯމް ދޫކުރަން މިއަދު ދަރުބާރުގޭގައި ފަށާފައިވާއިރު ފޯމް ދޫކުރުން ޖުލައި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި ފޯމް ބަލައިގަތުން ފަށާނީ ޖޫން މަހުގެ 03 ވަނަ ދުވަހު ފެށިގެންނެވެ. އަދި ފޯމް ބަލައިގަތުން ޖުލައި 31 އާއި ހަމައަށް ކުރިއަށްދާނެއެވެ.

ފްލެޓަށް އެދޭ ފޯމު ސަރުކާރުން ދޫކުރަން ފެށުމާއި އެކު ގިނަ ޢަދަދެއްގެ ރައްޔިތުން ފޯމު ނެގުމަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ކިއޫ ހަދާފައިވާއިރު، އިދިކޮޅު ފަރާތްތަކާއި އިދިކޮޅު އެކޓިވިސްޓުން ދަނީ ރައްޔިތުންނަށް ފްލެޓްތައް ނުލިބޭނެ ކަމަށް ވިސްނައިދީ އޮޅުވާލުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނޯސެންސް

    ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން އެމީހުންގެ އުފަން ދުވަހުގެ ސެރޓިފިކެޓްސް ހުށައަޅަން ޖެހޭނެ ކަމަށް އަދި އައިޑީކާރޑް ކޮޕީ ހުށައަޅަން ޖެހޭނެ ކަމަށް އޮތުމުން އެވަރަށް ދެކޮޅު ނުޖެހެއެވެ. މިއުޅެނީ މާލެ ސަރަަހައްދުން ބޯހިޔާ ވައްސެއް ދޭން މިއުޅެނީ މާލެ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން ގަން ހިންގަން ނޫނެވެ. އައިޑީ ކާރޑް އަކީ އެއީ އޭގެ ޒާތަށް ބަލާއިރު އުފަންދުވަހުގެ ސެރޓިފކެޓް އޭ އައިޑީ ކާރޑް އޮތުމުން ފްލައިޓުން ޓިކެޓް ލިބި އަދި ބޭންކް އިން ފައިސާ ނެގޭ ނަމަ އެއީ އުފަން ދުވަހުގެ ސެރޓިފިކެޓް ގޮތަށް ގަބޫލުކޮށް ގެން ހޯދާ މައުލޫމާތެވެ. އައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަކު ވެސް ހޮވަނީ އައިޑީ ކާރޑް ދައްކައިގެން ނެވެ. އެެއްގޮތަަކަށް ވެސް އުފަން ދުވަހުގެ ސެޓިފިކެޓެއް ދައްކައިގެން ނޫނެވެ. ކަން މިހެން ހުރުމުން ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން އުފަން ދުވަހުގެ ސެރިޓިފިކެޓް ކޮޕީ އާއި އައިޑީކާރޑް ކޮޕީ ހުށަޅަން ލިޔެފައިވާ ލިޔުން ސެންސް މޭކް ނުކުރޭ ނުކުރޭ ނުކުރޭ.

    • ކަޅުސޮރު

      ކޮންމެސްެ އެއްޗެކޭ ލިޔެވެނިކޮން ހެޔޮ ބަލަ މައިންބަފައިންނާ މިކހަލަ ވަރައް މުހިންމު މައުލޫމާތު ހުންނާނެ ސެޓްފިކެޓްގަ

  2. ކީއްވެތޭ

    ރައްޔިތުންގެ ގިނަ ބަޔެއްގެ ވިންދާއި އިހްސާސް އާއި ގުޅިފައިވާ ކަމެއްގައި ރާއްޖޭގެ އޮންލައިން މީޑިއާ ތަކުން ހައުސިންގް މިނިސްޓްރީން ދޫކުރާ ފްލެޓްސް ފޯރމްސް ތައް ދޫކުރުމާއި އަދި އެ ފޯރމް ތަކާއި ބެހޭ މައުލޫމާތާއި އަދި އޭގައި ޕޮއިންޓް ދޭން ހަމަ ޖެހިފައިވާ ގޮތާއި މިކަން ކަން ބަލާ ދިރާސާ ކޮށް ހަދާ ދިރާސީ ނަޒަރަކުން މިކަންކަމާއި ގުޅޭ ގޮތުން އާންމުން ހޭލުން ތެރިކުރަން ނޫޅެއެވެ. މިކަން ކަމާއި ގުޅޭ ގޮތުން ނޫންތޭ މިހާރު ނޫހުގެ ނޫސްވެރިން ވެސް އާރޓިކަލްސް ސީރީސް ތަކެއްގެ ގޮތުގައި އޯޕަން މައިންޑެޑް ނޫސް ވެރިން އެކަމަށް ކަނޑައަޅައިގެން ކުރިއަށް ގެންދަންވީ. އެކަން މިހާރު ނޫހުގެ ފަރާތުން ވެސް ނުފެނޭ. މިހާރު ނޫހުގެ ނޫސްވެރިން ސަރުކާރަށް ފާޑުކިޔޭއިރު އެކަން މަމެން ނަށް ބަލައިގަނެވޭއިރު މިހާރު ނޫހަށް ވެސް ތަމެންނަށް ކިޔާ ފާޑު ޖެހޭނީ ބަލައިގެން ތަމެން ވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރަން. މިހާރު ނޫހުން ހަގީގަތުގައި މިކަމުގައި އާންމުންނަށް އެހީވާން އަދި އެއް ކަމެއް ކުރާ ތަން ނުފެނޭ އެއީ ކީއްވެތޭ.

  3. ވިންޕަވަރ

    އެއް ގަޑިއިރުގެ ތެރޭ 15،000 ފޯމު ހުސްވެއްޖެ ނަމަ ސަރުކާރުގެ ތޫނު ފިލި ވިސްނުމެއް ހުރެއްޖެނަމަ ކުރިމަތި ވަމުން އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓް އިން ގޭމް ޗޭންޖް ކުރާނެ ޕްލޭސް ތައް މިހާރު ސަރުކާރަށް ފެންނާން ވާނެއެވެ. އެއް ގަޑިއިރު ތެރޭގައި 15 ހާސް ފޯރމް ހުސްވިއިރު އަދިވެސް ކިއު އޮތީ ދަރުބާރުގޭގެ ދޮރާށިން ބޭރުގައި ދަމާލާފައެވެ. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ މިހާރު ހައުސިންގް މިނިސްޓްރީ އަށް ފޯރމް ލާފައިވާ އެންމެން ފޯރމް ލާން ނުޖެހޭނެ ކަމަށާއި އެއެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން ސަރުކާރުން އިއުލާން ކޮށް ހައްދަވާ މިގޮތަށް ދަރުބާރުގޭގައި ބޮޑު ރަސްމިއްޔާތެއް ބާއްވައިގެން ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރަންވީ އެ ހުރިހާ ފަރާތް ތަކާއި އެކު ހައުސިންގް މިނިސްޓްރީން. އެއިރުން މަމެންނަށް ޔަގީނޭ މި 15 ހާސް މީހުން ހުސްވުމުން އަނެއް 1 ލައްކަ މީހުންނަށް މިހާރު ދޫކުރާ ފޯރމް ފުރާ އެމެން ފޯރމް ލާ ދުވަހު އެމެންނަށް ފްލެޓްސް ލިބޭނެ ކަމުގެ ލިޔުން ސަރުކާރުން ހަވާލު ކޮށްފިނަމަ ވިންވީ

  4. ޖައްސާތި

    އެންމެ ގިނަ އަދަދަަކަށް ހައުސިންގް މިނިސްޓްރީ އަށް ފޯރމް ހުށައަޅާނެ ކަމަށް ލަފާ ކުރެވޭ ކެޓެގެރީ އަކީ އެއީ މުނިސިޕަލްޓީ ޚާއްސަ ދަފްތަރު އެވެ. ލަފާ ކުރެވޭ 10 ހާހާއި ގާތް ކުރާ އަދަކަށް އެއަދަދު އަރާނެ ކަމަށް. އެފޯރމްގައި އެބަވޭ ފޯރމް ހުށައަޅާ ފަރާތުގެ ޖުމްލަ އާމްދަނީ 7 ހާސް ރުފިޔާ ނުލިބޭނަމަ އާއިލާގެ އެހެން މީހުންނަށް ލިބޭ އާމްދަނީ އާއި އެކު އެއްކޮށްލުމުން ލިބޭ މަހު އާމްދަނީ އަކީ މަހަކު 7 ހާސް ރުފިޔާ އަށް ވުރެން ބޮޑު ކަމުގައި ދައްކަން ޖެހޭނެ ކަަމަށް. މީގެއިން އެގިގެން ދަނީ 2 ކޮޓަރީގެ ފްލެޓެއް ސަރުކާރުން ކުއްޔަށް ދޭން އުޅެނީ 7 ހާސް ރުފިޔާ އަށް ކަމަށް. އެއީ ބޮޑު ކުއްޔެއް. 2 ކޮޓަރީގެ ފްލެޓެއްގެ ކުލި މަހަކު 2 ހާސް ރުފިޔާ އަށް ވުރެން ބޮޑު ވެގެން ނުވާނެ 100 އަހަރު ދުވަހުން ކުލި ހަމަވާން ޖެހޭނީ. ސަރުކާރުން 25 އަހަރު ދުވަހުން ދައްކަން ޖެހޭ ލޯނަށް ފައިސާ ދައްކަން މާލެ ސަރަހައްދުން ފަޅު ހިއްކާ އެތަނުން ބިން ތައް ކުއްޔަށް ދޭންވީ އިންޑަސްޓްރިއަލް މަސައްކަތް ކުރަން އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް 1 ޓްރިލިއަން އަކަފޫޓް ކުއްޔަށް ދެވެން ދެން. އެއިރުން މިދެންނެވުނު އިންޑަަސްޓްރިއަލް ބިން ތައް ކުއްޔަށް ދީގެން މަހަކު 1 ޓްރިލިއަން ރުފިޔާ ސަރުކާރަށް ލިބޭނެ އާމްދަނީ އެއްގެ ގޮތުގައި. އެހެން ވެއްޖެނަމަ އެއީ ދެން މި ފްލެޓްސް ތަކުގެ ލޯން އެފައިސާ އިން ދެއްކީމާ ނިމުނީއޭ. މާލެ ސަރަހައްދުގެ ބިން ތައް ހިއްކާ އިންޑަސްޓރިއަލް މަސައްކަތް ތަކަށް މުޅި ރާއްޖޭގެ އަަމިއްލަ ކުންފުނި ތަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ބިން ތައް ކުއްޔަށް 100 އަހަރު ދުވަހުން ކުލި ހަމަވާނެ އުސޫލުން ކުއްޔަށް ދީފިނަމަ އެއީ ޔަގީނުން ވެސް ހަމަ އެކަނި ރިސޯރޓްސް ތަކުން ވެސް ނަގާނެ ސަރުކާރުން ބޭނުންވަރަށް ބިން ތައް. ގުޅި ފަޅު ހިއްކާ ތިލަފުށި ހިއްކާ އަދި މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކަނޑުއޮޅި ވެސް ހިއްކާ މާލެ އާއި ފުނަދޫ އާއި ދެމެދު އޮތް ކަނޑުއޮޅިވެސް މާލޭ ފަޅިން ހިއްކަންވީ ފުނަދޫ އާއި 30 މީޓަރު ގާތަށް ދެެވެން ދެން. އެއިރުން އެނިމުނީއޭ.

  5. އަބްދުއްލާ

    އިންތިމެން ހުޅުމާލެ އަށް އެރިހެނެއް ހީއެއްނުވޭ . އެހެންނަމަ އަލަށް އިމާރާތް ކުރަން ފަށާފައިހުރި 14 ބުރީގެ ފްލެޓްތައް އަލަށް ހިއްކި ސަރަހައްދުން ފެނުނީސް އެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރިއަށް . ސަރުކާރުން ކަނޑައަޅާފަ ވަނީ 15000 ފްލެޓް އޭގެތެރެއިން 7000 2018 ގަ ނިންމާ ހަވާލުކުރާނެ އަނެއް 8000 2019 ގަ ނިންމާ ހަވާލު ކުރާނެ.