އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލޭޖްގެ ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އައްޑޫއިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދީފައެވެ.

މަބްރޫކް ވިދާޅުވީ، އައްޑޫ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 65 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އެ އަންހެން މީހާ އަކީ، އޭނާއަށް މާމަ ކިޔާ އަންހެން ދަރިފުޅާއެކު ކަރަންޓީންގައި ހުރި މީހެކެވެ. ނަމަވެސް އޭނާއަށް މާމަ ކިޔާ ދަރިފުޅު އެ ބައްޔަށް ނައްސިވެފައި ވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެ އަންހެން މިހާއަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެކެވެ.

މިއީ އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާއެވެ. މީގެ ކުރިން އައްޑޫ ސިޓީން މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އެހެން ނަމަވެސް ފަހުން ނެގި އޭނާގެ ޓެސްޓުތައް ވަނީ ނައްސިވެފައެވެ.

އެ އަންހެން މީހާގެ ދެވަނަ ސުންކު މިހާރު ވަނީ ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އާފަލު

    ސުބްހާނަަﷲ.

    61
  2. ވިޗްވޭ

    އައްޑޫން ކޮވިޑަށް ޕޮޒިޓިވް މީހަކު ފުރަތަމަ ފަހަރަށް ފެނިއްޖެ ނަމަވެސް އެއީ މައްސަލަ އެއް ނޫނޭ ދެން ދުނިޔޭގައި އިންސާނުން އުޅެން ޖެހޭނީ ކޮވިޑް ވައިރަސް ވެސް އެއީ އުޅޭ އެއްޗެއް ކަން ދަނެގެންނޭ އަދި އިންސާނުން ދުނިޔޭގައި އުޅެން ޖެހެނީ ސާފު ތާހިރު ކަންމަތީގައޭ ކުންފުނި ތަކުގެ މުވައްޒަފުން ވެސް ގެންގުޅެން ޖެހޭނީ ސާފުތާހިރު ތަންތަނުގައޭ އަދި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދަ ރާއްޖެތެރޭން އެއްކޮށް ޖެހޭނީ ހުސްކުރަންއޭ މިކަމަށް ތަމެންގެ ސަރުކާރުން އިންކާރުކުރަނީތޭ

    12
    23
    • މީ

      އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅަށް ދާނީ

  3. ައައްޔާ

    ކޮބާ ތިއޮތީ ލޮނުހެދިފަ

    43
    17
  4. ޒީ

    ކަލޭމެންނަށް ނުވެގެން ތިއުޅުނު ކަން ވެއްޖެއެއްނު. ދެން ބާރަށް ހީނ ހީނފަ އަތްޖަހާ...

    53
    2
  5. ޙަސަން

    ރައީސް ނަޝީދު ދުރުވިސްނޭ މޮޅު ޚިޔާލުގެ ފެށުން.

    53
    6
    • މަހުދީ

      ދުލުގެ ނުަބއިކަން

      10
      1
  6. ކުނިމާލެ

    ހަމަހޭގަތަ ތިތިބީ އެއީ އައްޑޫ މީހެއް ނޫން. އިރާދަކުރެއްވިއްޔާ އައްޑޫ ސިޓީ މީހަކު ނުޖެހޭނެ. މިއީ މިމާލޭގަ އުޅޭ އެއްޗިއްސާއި ހެދިވާގޮތް.އެމީހުން ނިކަން ބޭނުން ވާނެ އައްޑޫ ސިޓީއަށް ތި ކޮވިޑު ފޮނުވަން.

    16
    43
  7. އައްޑޫ ލެއި

    ނަޝީދު އާއ ސަރުކާރުން ނުވެގެން އުޅުނު ކަންތައްވީ ދެން 2އަށް ކޮނޑުހުޅުން ނެއްޓެންދެކަށް އަށްޖަހާ

    21
    3
  8. އިންސާނަ

    އައްޑޫގައި ފުރަތަމަ ފަހަރަށް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އެއިން އެގިގެންދާ އެއްޗަކީ އެއީ އައްޑޫގައި ސާފުތާހިރު ކަން ހުންނަން ޖެހޭ މިންގަޑަށް ނެތުމޭ އަދި އައްޑޫ މީހުން ސަރުކާރުން ބުނާ ގޮތަސް ނަހަދާ ކަން އައްޑޫގައި ދަ ރާއްޖެތެރޭ މީހުން ނުއުޅޭ ޒަމާނެއް ނުދެއޭ އެކަމަކު މިގައުމުގައި ހިނގާ ބޮޑެތި ނުރައްކާތެރި ކަންކަމުގެ ލިސްޓަށް އައްޑޫ އެރުން އެއީ މީ އައްޑޫގައި އުޅޭ ހުރިހާ އެންމެން ދަންނަން ޖެހޭނެ ކަމެކޭ ތަމެން މިކަމަށް އިންކާރުނުުކުރާށޭ އިންކާރުނުކުރާށޭ އިންކާރުނުކުރާށޭ...

    1
    7
  9. ސައީރާ

    މިދުނިޔެ އުފެއްދެވީ އިންސާނުންނަށް ޓަކައޭ ދުނިޔެ އުފެދުނު ދުވަހުން ފެށިގެން އިންސާނުން މިދުނިޔޭގައި އުޅެމުންނޭ ދަނީ އިންސާނާ އުފައްދަވާ ވަރުދަގަދަ ސިކުނޑި އަކާއި އަދި ފަސްޖހިއްސު ދެއްވީ އެއް ގަބީލާ އެއް ގޮތަށް އެމެން ކުރާ މުއާމަލާތް ތަކުގައި އާއި ވާ އަހުދުނާމާ ތަކަށް ހުރުމަތް ތެރިކޮށް ހިތައިގެން އެކުވެރިކަމާއި އެކު ދުނިޔޭގައި އުޅެ ދުނިޔެ އާބާދުކޮޮށް އޭގެ ސަބަބުން އާޚިރަތުގެ ނިއުމަތް ވެސް ލިބުމަށޭ ރައީސް އިބޫވެފައިވާ އަހުދުނާމާ އެއްގޮތަށް ކަންނުދޭ ރައީސް ކޯލިޝަން ހިއްސާދާރުންނަށް ވެފައިވާ އަހުދުނާމާ އެއްގޮތަށް ވެރިކަން ކުރަން އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ ތަމެން ބިރުވެތިވާށޭ ވެރިކަން ދެއްވަނީ ތަމެންނަށް ވުރެން ބާރު ހުރި ފަރާތަކުން ކަމަށް ތަމެން މިކަމަށް އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ...

  10. ފުލޫމް

    އެއޮތީ ރާކަނިމަސް ކެވިފަ ދެން އަތްޖަހާ ދެން ނަށާ ???
    ދެން ފެންނާނީ ޑރ. ބޫމްބޫމް ޢަލީ ވަޙީދު ސަން ވިލް ޝަން އެގެއިން ކިޔާފަ މަކަރާ އޮޅުވާލައިގެން ގެނައި ފަތުރުވެރިން ކޮވިޑް އަށް ފައްސިވާ ވާ މަންޒަރު، ފައްސިވެއްޖެނަމަ ފަތުރުވެރިންކޮޅު ރަނގަޅު ބޮނޑިއެއް ދޭނެ އަލިވަޙީދަށް!
    ކިނބޫ މިހާރު އޮތީ ގޭގައި ކަރަންޓީނު ވެގެން ވަރޗުއަލް ކޮށް ސަރުކާރާއެކީ ޖަހާނެ ސަކަރާތެއް ޖަހަންކަންނޭނގެ، އެކަލޭގެގެ ޙަބަރެއް ނުވޭ ވިއްޔާ މަދުންވަމަވެސް

  11. އަސްލަމް

    އެމްޕީންތަށް ކޮބާ؟ ޗާޓްރިޖް ވީހިސާބެއް އަހާލަން ވެގެން.

    7
    2
  12. ކޯވިޑް19

    Please send more people from Male’ to Addu and let them roam freely ?

    1
    4
  13. ޢަބްދުއްލަޠީފު

    ބުއްޅަބޭގެ އަމާޒަށް ވާޞިލުވަނީ. ބުއްޅަބޭ ތިކަންތައް ނުވެގެން ދެލޮލަށް ނިދިނައިސްގެ ތެޅޭތާ ވަރަށްދުވަސް ވެއްޖެ. މިހާރު ތިބޭނެ އުފަލުން ކިބޫ ގޮވައިގެން ޕާޓީކުރަން. ސާބަހޭ ވޯޓުދީގެން މިމީހުންބާރުވެރި ކުރުވި ބައިގަނޑަށް. ކަލޭމެން މިބައިގަނޑު ހިންގާ ޖަރީމާތަކަށް ގިޔާމަތްދުވަހު ﷲ ގެ ޙަޟުރަތުގަ ޒިންމާ އުފުލަން ޖެހޭނެކަން ދަންނާތި. ނޫނީ ހަމަމިހާރުން މިހާރަށް ﷲ ގެ ދީނަށް ފުރައްސާރަކުރާ ލަޝްކަރުގަ ބައިވެރިވެގެންތިޔަތިބޭ ތިބުން ނިމުމަކަށްގެނެސް މިނިވަންވޭ. އަދި ޖެހޭނެ ރައްޔިތުންގެ ކިބައިން މާފަށް އެދެންވެސް.

    13
    1