އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދަށް، ލ.އަތޮޅު ގަމުން ގޯއްޗެއް ދޭން ނިންމައިފިއެވެ.

ރަށުން ބޭރު މީހުންނަށް ވެސް ގަމުން ގޯތި ދޫކުރެއެވެ. ޖީހާން ނިސްބަތްވަނީ ހިންވަރަށެވެ. ގަމުން ގޯތި ލިބުނު މީހުންގެ ލިސްޓް ގަމު ކައުންސިލުން މިހާރު އިއުލާން ކޮށްފައި ވާއިރު މެންބަރު ޖީހާނަށް ގޯތި ދީފައި ވަނީ ގޯތި ލިބޭނެ ފަރާތްތަކަށް ޕޮއިންޓް ދޭނެ ކަމަށް ބަޔާން ކުރާ އުސޫލުގައި ބުނެފައިވާ ކަންކަމަށް ޤަވައިދާއި ހިލާފަށް ޕޮއިންޓް ދީގެންނެވެ.

އާއްމު ކޮށްފައިވާ ޕޮއިންޓް ދިން ގޮތް ބަޔާން ކުރާ ޝީޓުން ދައްކާ ގޮތުގައި ގަމުގައި ދިރިއުޅޭ ކަމަށް ބުނެ ޖީހާނަށް ވަނީ 10 ޕޮއިންޓް ދީފައެވެ. ޖީހާންގެ ފިރިކަލުންނަކީ ގަމަށް ނިސްބަތްވާ ބޭފުޅެކެވެ. ނަމަވެސް ޖީހާން ދުވަހަކު ވެެސް ގަމުގައި ދިރިއުޅެފައެއް ނުވެއެވެ.

400 ގޯތި ގަމުން ދޫކޮށްފައި ވާއިރު، ޖީހާނަށް 71 ޕޮއިންޓާއި އެކު ލިބިފައި ވަނީ ލިސްޓްގެ 389 ވަނަ އެވެ. ލިސްޓްގައި ގޯތި ލިބުނު 400 މީހުންގެ އިތުރުން ތައްޔާރު ކޮށްފައި އޮތް ރިޒާވް ލިސްޓްގެ އެންމެ ކުރީގައި އޮތް މީހާ އަށް 66 ޕޮއިންޓް ލިބިފައި ވެއެވެ.

ރިޒާވް ލިސްޓެއްގައި 50 މީހުން ހިމަނާފައި ވާއިރު އެލިސްޓްގެ އެންމެ ފުލުގައި މިހާރު އޮތް މީހާ އަށް ވެސް 64 ޕޮއިންޓް ލިބިފައި އެބައޮތެވެ.

ގަމު ކައުންސިލްގައި ފަސް ބޭފުޅުން ތިއްބަވާއިރު، އޭގެ ތެރެއިން ހަތަރު ބޭފުޅުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ. ގަމު ކައުންސިލުން މީގެ ކުރިން ވެސް އެތައް ބަޔަކަށް ޤަވައިދާއި ހިލާފަށް އެތައް ގޯއްޗެއް ދޫކޮށްފައި ވެއެވެ. އެގޯތިތައް ދޫކޮށްފައި ވަނީ ކައުންސިލަރުންނާއި، ކައުންސިލްގެ އިސް މުވައްޒަފުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން، ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. މާމީ

    ކުރީސަަރުކާރުން އަޅާފަތިބި ފުލެޓުތައް ވެސް ދޭނެ އުސޫލަކީ ތީ ކަމައް ވެދާނެ.

    88
    3
    • ޒައިދު

      މިހިރީ އެންމެނަށް އެނގިގެން ކުރާ ބޮޑެތި ކަންތަ އްތަ އް އަދި ނޭނގި ހިންގާފަ ހުންނާނީ ކޮންފަދަ ކަންތަ އް ތަކެ އްބާ އޭ ހީވޭ ނަންވާނީ ކުރީގެ ސަރުކާރު

      12
    • މުހައްމަދު ޝާހް، ރ.ވާދޫ

      ވެދާނެއެއްނޫން. އެކަން ކުރާނެގޮތް އެއީ.

      7
      1
  2. ނިއުމާ

    ތި ގޮތަށް ފުކެޓް ޕޮއިންޓް ވެސް ދެނީ 90 ޕޮއިންޓް ލިބޭ މީހާ ބާކީ ކޮށްފަ 40 ޕޮއިންޓް ލިބޭ.މީހާއަށް ދެނީ މިހާރު ގައުމުގެ ހާލަތު

    60
    3
  3. ޜިމްޡީ

    ކިހާ ބޮޑުކަމެއް ހުސް މަކަރާއި ހީލަތް ފުލެޓް ތައްވައް ވެސް ނުދީ މަޑުޖައްސަނީ ހަމަ ތިކުޅިގަނޑު ކުޅެން ބަލަން ހުންނާތި ތި ފުލެޓްތައް ވެސް ސަހަލު ހޮތަކަށް ދޭތޯ

    72
    1
  4. ޖޯން

    ތީއީ ހުސް ވެސް ރަތްލާޖެހިބޮޑެތިވަގުން. އެމްޑީޕީގައި ހުންނާނެތަ ސަހަލަމީހަކު. ރަތްޔިތުންނަށް ހެޔޮއެދޭވާހަކަދައްކަމުން ކުރާނީ ހުސްވައްކަން.

    79
    1
    • އޮރެންޖު

      ހަމަ ރަނގަޅަށް ތިބުނީ. މާ މާތް ބަޔަކަށް ވެގެން އެހެން މީހުން ނުކުރާ ކަންތައް އެމީހުން ބޮލުގަ އަޅުވައިގެން މިމީހުން ބޮޑެތި ބިޔަ ވައްކަންތައް ކުރަނީ.

      16
  5. މުހައްމަދު ޝާހް، ރ.ވާދޫ

    އެމްޑީޕީ އަކީ މަކަރާހީލަތުން ކޮންމެ ކަމެއް ކުރާ ނުބައި ނުލަފާ ފިކުރެއް! ނަންވާނީ ރައީސް ޔާމީނު.

    19
  6. ފަންފުޒޫ

    ނަރުދަމާ ރަނގަޅުުނުވާތީ ފުވައްމުލަކު މެމްބަރުންގެ ނުރުހުން މިނިސްޓަރަށް އަމާޒު ކުރުމުން ފުވައްމުލަކު ނަރުދަމާގެ ނިޒާމަކީ އެއީ ތިމާވެށި މިނިސްޓްރީން ހިންގި މަޝްރޫއަކަށްވާއިރު މޭންޑޭޓްގައި ނެތޭ ބުނެ މިނިސްޓަރަށް ބޮލުން ނައްޓާނުލެވޭނެއޭ އެއީ ދެން ވަރަށް ފެންވަރެއް ނެތް ގާބިލް ކަމެއް ނެތް މިނިސްޓަރުން ކުރާނެ ކަމެކެ ތަމެން މިނިސްޓްރީން ނަރުދަމާ ނިޒާމް ހިންގިގޮތުންނޭ އެމަސައްކަތް ނުކުރަނީ ތަމެން މިކަމަށް އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ...

  7. އަހްމަދު

    އެއީ އޮޅިގެންދެވުނު 10 ޕޮއިންޓް ގަމުގައިދިރިއުޅޭކަމަށް ބުނެވުނީއޮޅުމަކުން

    11
  8. ދައިތަ

    ޖިހާނުމެންތިބެ މިސަރުކާރުގައި އިންސާނީ ޙައްގުގެ ކުނޑިފުކެއްވެސްނެތް އެހެންވީމައޭ ރައްޔިތުން ކިޔަނީ މި މީހުންކުރިން ދެއްކިވާހަކަޔާ ކަންކުރަގޮތާދިމައެއްނުވެއޭ ބަލަންތިބޭތި ތިގޯތިއޭނާއަށްދެނެ

  9. ތަބްދީލާ

    ފުވައްމުލަކު ނަރުދަމާ ނިޒާމް ރަނގަޅު ނުވެގެން އުޅެނީ އެއީ ރައީސް އޮފީހުގެ އިހްމާލް ވެސް އޭގައި ވަރަށް ބޮޑަށް އޮތުމުންނެ ފެނަކައަކީ އެއީ ފަންނީ ގާބިލް ކަން ތިބި ބަޔެއް ނޫނޭ އައްޑޫ ފުވައްމުލައް އަދި ތިނަދޫ ނަރުދަމާ ނިޒާމާއި ކަރަންޓްގެ ނިޒާމް ބެލެހެއްޓުން ކުރިއަށް އޮތް 1000 އަހަރަށް ދޭންވީ އެމްޑަބްލިޔު އެސްސީ އަށޭ ފެނަކައިގެ ދައުރު އެބަޖެހޭ ބޮޑެތި ރަށްރަށުން ކުޑަ ކޮށް އެކަން ކުރެވޭވަރު ބަޔަކާއި ހަވާލު ކުރަން ތަމެން މިކަމަށް އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ

  10. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އުސޫލާއި ހިލާފަށް ޖެންޑަރ މިނިސްޓަރު ކަން ޢާއިޝަތު މުހައްމަދު ދީދީ އަށް އިބޫ ދެއްވީ ވެސް. އަޅުގަނޑު މެން މަޖީދިއްޔާ ގައި އުޅުނު އިރު ދެކެމު އިބޫ އުޅުއްވި ކުލާހަކަށް އާއިޝާ ކިޔަވާ ދެއްވަން ވަޑައިންނަވާތަން. ކްލާސްޓީޗަރަށް މިނިސްޓަރު ކަން ދެއްވާ، މުޅި ގައުމުގެ މަސްލަހަތު ނަގާލުމަކީ ޤައުމުގެ ވެރި މީހާ އެއްގޮތަކަށް ވެސް ކޮއްގެން ވާނޭ ކަމެއް ނޫން!އަދި އަމުދުން، ޢާއިޝާ އަކީ ކުރީ ސަރުކާރު ތަކުގައި މިނިސްޓަރު ކަން ކޮށް ފެއިލް ވެފައިވާ މީހެއް !!!!!!

  11. ސުޢޫދު

    ރާއްޖޭގަ ހުރިފަޅު ރައްތަކާ ފަޅުތަކާ ގޯތި ތައް މިގޮތައްނަގާ ހުސްކުރުނީ އެއްބައެއް އުތުރާ ދެކުނުން ވެސް ރައްޔިތުން ކޮތަރު ކޮށިތަކައްލާފަ ބިންކޮޅެއް ނުލިބި 60 އަހަރުވީ އާއިލާތައްވެސް އެބައުޅޭ ހާލުގަ ނިކަމެތިންގެ އާއިލާތައް ދިރިއުޅެން މިޖެހެނީ ދޫނިހެން ބިމުންމަތީގަ 9 ފޫޓް 9 ފޫޓް ގޮޅިއެއްގަ ބިންކޮޅެއް މިލިބެނީ ސަހަރާއިން ދަރިންގެ ދަރިންވެސް އުޅެންޖެހެނީ މިހާލުގަ މިދާގޮތުން ބިންވިކާނީ ސަރުކާރުން ރައްޔިތުން ޖެހެނީ ގައްނަން ނޫނީކުއްޔައް އުމުރު ދުވަހު މީދިވެހިރައްޔިތުންގެ ބިން ނަމަވެސް ބަޔަކުމިއިން ވިއަފާރި އުސޫލުން ބޭނުންކުރަނީ.

  12. ކާޅު

    އަމިއްލަ ބާލިހައް ބަންޑާރަކަފަ ކޮއްޕުން ތިމީހުންގެވާހަކައަކީ ލިބޭތާ ލިބިގަންނާށޭ ނުލިބޭތާންގަ ޖަހައިގަންނާށޭ އެންމެބާރައް ކާޅައްގޮވިމީހުންގެހާލު ކާޅުގެހަމަ

  13. އަރުވާލި އާދަނު

    މައުމޫނުއާ ގާސިމުއާ އިމްރާނުމެން ބާރައް އަތްޖަހާ ގައުމު ހަމަމަގައް އަޅުވަނީ.

    10
  14. Anonymous

    0 ޓޮލަރެންސް ގައި ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ އާއި އޮޅުވާލުން ނޫން ކަމެއް މި ލާދީނީ ސަރުކާރުން ނުކުރޭ.

  15. ކަފޫރާ

    ހައުސިންގް މިނިސްޓަރު ކަމުން އާތިފާ އިސްތިއުފާ ދެއްވުމުން ހަމަ އެމިނިސްޓްރީގެ އެމަގާމް އެމްއާރުއެމް އަށް ދޭނެ ކަމަށް ރައީސް އިބޫ ވިދާޅުވި ފަހުން 24 ގަޑިއިރު ނުވަނީސް އެމިނިސްޓްރީ އުވާލީއޭ އެއިރު ރައީސް މައުމޫނު ވަނީ އެމިނިސްޓްރީ އަށް ލާނެ މިނިސްޓަރެއް ހޮވުމުގެ މަސައްކަތް ކުރަމުންނޭ އެކަމަކު ރައީސް އިބޫ ވެރިކަމަށް އައީ ރައީސް މައުމޫނުގެ ސަޕޯރޓަރުންގެ ވޯޓް ވެސް ހޯދައިގެންނޭ ވެރިކަން ލިބުމުން ވެރިކަމަށް ގެންނަން މަސައްކަތް ކުރިމީހުން ބޭކާރުވީއޭ ވެރިކަން ލިބުމުން އެއީ ތިމާގެ އަމިއްލަ އެއްޗެއް ކަމަށް ގަބޫލުކޮށް ދެން ތިބީ އެއީ ބަޔެއް ނޫން ކަމަށް ހަދާ އެމެން ނިކަމެތިކޮށް އެމެން ވެއްޔާއި މޮޑެލާއިރު ތަމެންނަށް ނޭގެނީތޭ މި ހަގީގަތް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ދެނެވޮޑިގަންނަވާނެ ކަމަށް އަދި ތަމެންނަށް އެކަމުގެ ފުރިހަމަ ސަޒާ ދެއްވާނޭ ކަމަށް ތަމެން މިކަމަށް އިންކާރު ކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ އިންކާރުކުރަނީތޭ...

  16. މަރީ

    ހިންނަވަރު މީހުންނަށް މިސަރުކާރުގައި ހުރިހާ އެއްޗެއްވެސް ލިބޭނެ.

  17. ދުންތަރި

    އިންސާނީ ޙައްޤުތަކޭ ހަމަހަމަކަމޭ އިންސާފޭކިޔައިގެން މިކަހަލަ މީހުން އަނގަމި ތަޅަނީ ތިމާކާންވީމާ ހަލާލު އެހެންމީހުނަށް ޙަރާމް މީ އެމްޑީޕީ ލާދީނީ މުޖުރިމުންގެ އިންސާފަކީ ދެން އިވޭނީ ްަމުގެ ސިނާއީ ސަރަހައްދުން ބޮޑޫ ބިމެއް ކޮންމެވެސް އެހެން ނަމެއްގައި ދިންހަބަރު މިކަހަލަ މީހުން އަނގަތަޅާކަށްލަދެއްނުގަންނާނެ

  18. ހާލާ

    ޖީހާނުގެ ފިރިމީހާ އަކީ ދަނބިދޫ މީހެއް ގެ ދަރި އެއް. ޖީހާނުގެ މައިދާތެ އަކީ ގަމު މީހެއް. މި ޖީހާނުގެ ދެމަފިރިން ދުވަހަކުވެސ ގަމުގަ ދިރިއުޅެފަ އެއް ނެތް.

  19. ހަސަދު

    30 އަހުރުގެ ކަންކަން އަލުން ފެށުނީ. 30 އަހަރު ތެރޭގައި މާލެ ހިއްކީ މާލޭ މީހުންނަށް ގޯތި ދޭން ުރާ ކަމެކޭ ކިޔާފަ. ވެލި ނެގީ ރައްޔިތުން ނިކުމެ ފަޅު ފަޅުން. އެއް އަވަށަށް ވުރެ ގިނައިން އަނެއް އަވަށުން ވެލި ގެނެވޭތޯ ބެލި. ގޯތި ލިބުނީ ގާތް އަރުހު ބޭކަލުންނަށް. މާލޭ މީހަކަށް ލިބުނު އެކަޗެއްވެސް ނެތް. ދެން މިހާރު އަނެއްކާ ހުރިހާ މަގާމެއް ތިމާގެ ކުދިން، އަދި މަގުގައި ހަޅޭއް ލެވި ވަކަރުގޭ ކުދން ނަށް. ކިޔަވައިގެން ތިބި އެންމެން ވަޒީފާ ނެތި މަގުމަތި ވެފައި. ސީލިހު ބޭފުޅަކު ސޯލިހު ކަންމަތީ ގައުމު ބަޔަކުވެގެން ކައި ނަގަނީ.

  20. Go police go

    ޢޮޅިގެން

  21. ކުޅުދުއްފުށި

    ޖީހާނުގެ ފިރިމީހަ މާވެޔޮމަގުގައި ހިންގާ ކެފޭއިން ސަރުކާރުގެ އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ވެސް ނުދައްކާ މި ބުނީ ފެނާ ކަރަންޓާ ފޯނު

  22. ޒަންޖަބީލު

    އެއީ އިބޫކޮއްކޮ ބަދެލަފާނެ އެއްޗެހިނުކިޔާ

  23. ޝިޔާމު

    ދެން މީނާ މިހުންނަނީ މުއައްސަސާތައް ޖަވާބުދާރީ ކުރުވާން ކޮމިޓީއައްލާފަ.. އަވަހައް ތަހުގީގުކޮއް ޝަރީއަތައް ފޮނުވާ.

  24. މާލިމީ

    ގަމު ކައުންސިލުން ފައިސާ ނުހޯދައި ތިބުން ރަގަޅެއް ނޫނެވެ. އަވަހަށް ގޯތި ދޫކުރަންވީއެވެ. ފައިސާ ހޯދުމުގެ ސީޒަނުގެ މުއްދަތު ހަމަވަނީއެވެ.

  25. އިނބަ

    ތިޔަ ކަންތައް ބަލާނު ބަޔަކު އުޅޭަ....

  26. ތުކައްޒިބާން

    ރައީސް އިބޫ ވެރިކަމަށް އައީ ކޯލިޝަން ހިއްސާދާރުންނަށް އެމެންނަށް ކަނޑައެޅިފައިވާ ހިއްސާ އޭގެ ހައްގުގޮތުގައި ދޭނެ ކަމަށް އެއްބަސް ވެގެންނެ އަދާލަތުގެ އެއް ހިއްސާ އެވަނީ ނަގާ އެމްޑީޕީގެ ހިއްސާ އަކަށް ބަދަލު ކޮށްފައޭ އެއިން ނިކުތް ރަނގަޅު ނަތީޖާ އެއް ނެތޭ ކުރިއަށް ވުރެން ނުބައި ކަމަށޭ ފެންނަނީ ޖެންޑަރ މިނިސްޓްރީ ތަމެންނަށް ބާރު ލިބުމުން ބާރުގެ މައްޗަށް ގަދަވެ ބޮޑާވެ ނުގަންނާށޭ ތަމެންނަށް ބާރުދެއްވި ފަރާތުން ބާރުގެންދަވަން ވެސް ޖެހިލުން ނުވާނެއޭ ތަމެން އަތުގައި އޮތް ބާރުގެ މައްޗަށް ތަމެން ބޮޑާވެ ނުގަންނާށޭ ނުގަންނާށޭ...

  27. ކަލްފައްޚާރު

    ދައުލަތަށް ލިބޭ އާމްދަނީ ދަށަށް ގޮސް އެންމެ 206 މިލިއަން ރުފިޔާ އާމްދަނީ އެއްގެ ގޮތުން ލިބުމުން ވެސް މިގައުމުގެ ފިނޭންސް މިނިސްޓަރު ހުންނަނީ ހަމަ ހިމޭނުންނޭ ގައުމުގެ ޚަޒާނާ އަށް ޑޮލަރު އިތުރު ކުރާނެ ގޮތެއް އޮތްތޯ ރައީސް އިބޫގެ ސަރުކާރުން އެއްކަމެއް ވެސް ނުކުރެއޭ މިރާއްޖޭގެ ބަޖެޓަށް މަހަކު 500 މިލިއަން ޑޮލަރު ނުވައްދައިފިނަމަ ރާއްޖޭގެ އިގްތިސާދު ނޮޅައިގެންދާނެއޭ މާލެ ސަރަހައްދުގެ ފަޅުތައް ކުއްޔަށްދޭންވީއޭ ބިޑް ކުރުމެއްނެތި ދޭންވީއޭ ދޭންވީއޭ

    1
    1
  28. ދިރާސާ

    ވަގު މޑޕގެ މަކަރުވެރި ހީލަތްތެރި އުކުޅުތަކަކީ ވައްކަމާއި
    ރިޝްވަތާއި މަގުފޭރުން އޭގައި ހިމެނިގެންވާ ބޮޑެތި ޖަރީމާ
    ތަކެވެ މިކަންކަން ރާއްޖޭގެ ހުރިހާ ކަންކޮޅެއް ގުންޑާއިން
    ވަނީ ރުކުރުވާ ލާފައެވެ.

  29. ސޯކާބެ

    ލ އަތޮޅު ގަން އެއީ މިރާއްޖޭގެ ރަށެއްތޯ މީވަރއް ބޮޑުސުވާލެއް އެއްވެސްބޭފުޅަކު މިފިކުރެއް ނުކުރައްވާ ހައްތާވެސް ޕާޓީގެ ފިކުރުގަޖެހި ދުނިޔެއެއް އާޙިރަތެއް ހަދާންނައްތާލާ ތާންގައި ޙުދުތިމާމީހާޔައް ގާނޫނު އަސާސީއިން ދީފައިވާ ހައްގެއް ނުގުޅައިގަނެ އެމެރިކާގެ ކަޅު ނަސްލު މީހުންނައް ހިންގާ ކަހަލަ ނަސްލީ އިމްތިޔާޒެއް ހުރިހާ ސޒރުކާތަކަކުންވެސް ހިންގަމުން މިދަނީ މިމާލޭގެ ރައްޔިތަކައް ބިންކޮޅެއް ހަރާން މާލޭންވެސް ހުޅުމާލ؛ޭންވެސް މިޖެހެނީ ގަންނަން ލ އަތޮޅުން ބިން ރައްޔިތުންނައް ހިލޭ ދެވެންޏާ މިމަލޭގެ ރައްޔިތުންނައްވެސް ހުޅުމާލޭން ދެވެންޖެހޭނެ ވޯޓްލާވީމަ އެކަންޏެއްނޫން މަލޭރައްޔިތުންގެ ބޭނުން ހިފަން ޖެހޭނީކީ ގާނޫނޫއަސާސީގައި ވާ ހަމަހަމކަން ކޮބާތޯ ކުލަޔަކައް ނަސްލަކައް ނުބަލާ ވަކި މީހަކައް ވަކި ގޮތެއް ނުހެދޭނޭ ބުނެފައިވާއިރު މިހަދަނީ ހަމަ ފާޅުގައި އެކިމީހުންނައް އެކިގޮއް މީތޯ ތިޔަ ވިދަޅުވާ މޮޅު ޑިމޮކްރަސީގެ ހަމަހަމަކަން މިޙިޔާލް ޖަހާދިނަސް ނުދިނަސް ހަގީގައްވާނީ ހަގީގަތައް