އައްޑޫ ސިޓީން މިއަދު ކޮވިޑް-19 އަށް ފައްސިވި އަންހެން މީހާ ކޮވިޑް-19 އަށް ފައްސިވީ ކަރަންޓީންގައި ހުރުމުގެ މުއްދަތު ހަމަވުމުން ދޫކޮށްލަން ވެގެން ޓެސްޓް ކުރިއިރު ކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ. އޭނާ ކަރަންޓީން ކޮށްފައި ހުރީ އީކްއޭޓާ ވިލެޖްގައެވެ.

މިހާރު އަމަލު ކުރާ އާއްމު އުސޫލުން ކަރަންޓީނުން ދޫކުރުމުގެ ކުރިން ޓެސްޓެއް ނުކުރެއެވެ. ނަމަވެސް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން އޭނާ ޓެސްޓް ކުރީ އެއީ ފަހުން އާއުސޫލަށް އަމަލު ކުރަން ފެށުމުގެ ކުރިން ކަރަންޓީނަށް ގެންދިޔަ ބޭފުޅަކަށް ވާތީ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އައްޑޫ އިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 65 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެ އަންހެން މީހާއަކީ، އަންހެން ދަރިފުޅާއެކު ކަރަންޓީންގައި ހުރި މީހެއް ކަމަށާއި، ނަމަވެސް އޭނާގެ ދަރިފުޅު ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަންހެން މިހާއަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެއް ނޫނެވެ.

މިއީ އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާއެވެ. މީގެ ކުރިން އައްޑޫ ސިޓީން މީހަކު ކޮވިޑް-19 އަށް ފައްސިވެގެން ކުއްލި ހާލަތައް އެސިޓީ ގެނައި ނަމަވެސް ފަހުން ނެގި އޭނާގެ ސުންކު (ސާމްޕަލް) ވަނީ ނައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮޔާ

    ކަރަންޓީނަށްފަހު ޓެސްޓުނުކުރާނަމަ ވަރަށްބިރުބޮޑުވާނެ! ކޮވިޑުންދިން ފިލާވަޅު ވަރަށްގިނަ

  2. Anonymous

    މިކަމުން އެނގިގެން ދިޔަ އީ ކަރަންޓީނުން ދޫކުރާ އިރު ޓެސްޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެ އްކަން، ދުރުވިސްނުން މި އޮތީ ވަރަށް ރަނގަޅަށް ފެނިފަ.

    7
    1
  3. ތުއްތުނާ

    މިހާރު ގިނަމީހުން ދޫކުރަނީ ކުޑަބުރަށް ލާފަ ކުރުގަޅުވާލާފަ އަވަސް އަރުވާލާފަ، ރަގަޅުވެގެން ޓެސްޓް ނުކޮށް ދޫނުކުރާށޭ ގޮވަގޮވާ އޮ އްވާ އަދިވެސް ދޫކުރާތި، ގިނަމީހުންނަށް ބަލިޖަ އްސާލާތި، އަދި ރަ އްޔިތު މީހާ އަވަދި ކޮ އްލާތި.

  4. ޢޭނަ

    ބޯނެތް ސަރުކާރުގެ އުސޫލަށް ބަލާއިރު އެމީހާއަކީ ބަލިން ރަގަޅުވެފައިވާ މީހެއް!އެހެނީ ބަލިޖެހޭތާ.10 ދުވަހުން ބަލީގެ އަލާމާތް ހުއްޓަސް އެމީހާގެ ގައިން އަނެކާއަށް ބަލިނުޖެހޭނެ ކަމަށް ބަލައި މިހާރުވަނީ އެތައް ބައެއް ރަގަޅުވީކަމަށް ހަދައި ޓެސްޓް ނުކޮށް ދޫކޮށްލާފައި! ވީމާ އޭނަ ކަރަންޓީނުގަ އުޅޭތާ 14ދުވަސް ވެފައިވާއިރު މާލެއިން ބަލިޖެހިގެން އައްޑުއަށް ދިޔަ މީހަކަށް ވުމުން އޭނައަށް ބަލިޖެހުނުތާ 14 ދުވަހަށްވުރެވެސް ގިނަދުވަސް ވަނީވެފައި! އެހެންކަމުން އޭނައަކީ ބަލިމީހެކޭ ބުނުން ގޯސް !ރަގަޅުގޮތަކީ ބަލިން ރަގަޅުވެފައިވާ މީހަކު ޢައްޑޫ އީކިއޭޓަރ ގައިއެބައުޅޭ?

  5. ހަމްދީ

    ކީއްކުރަންތަ ޓެސްޓުކުރީ.. ޓެސްޓު ނުކުރިނަމަ ފައްސިއެއް ނުވީސް.

    • ޙަސަނުގެދަރި

      މިހާ ރު އެހަމަޖައްސަނީ
      ކަ ރަންޓީނު ކޮށްފަ ދޫކު ރާއި ރު ޓެސްޓް ނުކު ރާ ގޮތަށް މީގެ ކު ރިންވެސް އެބަހު ރި ކަ ރަން ޓީނު މުއްދަތު ހަމަވެގެން ދޫކޮށްލަން ޓެސްޓް ކު ރާއި ރު ޕޮޒިޓިވް ވެފަ ވަ ރަށް ތާހި ރުވާނެ މުޅި ރާއްޖެއަށް ބަލި ފެތު ރުނީމަ އެއީ ފޭބި ރައީސް މީހާ ނުވެގެން އުޅޭ ކަމަކީ