އަންނަ ހޯމަ ދުވަހުން ފެށިގެން މަތީ ފަންތީގެ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ފެތުރެމުން ދަނީ ދޮގު ޚަބަރެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވަގުތަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފަދަ ގޮތަކަށް ހޯމަ ދުވަހުން ފެށިގެން އެއްވެސް ފަތުރުވެރިންތަކަކަށް ހުއްދަ ދިނުމަށް ނިންމާފައި ނުވާނެ ކަމަށެވެ. އަިދ ޖުލައި މަހު ފަތުރުވެރިކަން ހުޅުވާލުމަށް މަޝްވަރާކުރަމުން ދިޔަ ކަމުގައިވީ ނަމަވެސް އެކަން ކުރާނީ ހާލަތަށް ބެލުމަށް ފަހުގައި ކަމަށާ، ވަކި ގޮތްތަކެއް މުޅިން ހަމަޖެހިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

" ނޫން އިނގޭތޯ. ނޫޅޭ ގެންނާކަށް. ހުޅުވާލާކަށް ނިންމާފައެއް ނެތް ހޯމަ ދުވަހަކު." އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވަގުތަށް މައުލޫމާތު ދެއްވަމުން މިފަދައިން ވިދާޅުވެފައި ވާއިރު، އެ ވުޒާރާ އާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޯށްފައިވާ ގޮތުން ހޯމަ ދުވަހުން ފެށިގެން މަތީ ފަންތީގެ ޓުއަރިސްޓުންނަށް ރާއްޖެ އައުމަށް ހުއްދަދޭނެއެވެ.

އެގޮތަށް ނިންމާފަިއ ވަނީ މިދިޔަ އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދުގައި ގާއިމްކޮށްފަިއވާ ފުރަބަންދަށް އަންނަ ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވާތީ ކަމަށް ވެސް އެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލުމާއި ގުޅޭގޮތުން މިނިސްޓަރ އަލީ ވަހީދު ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ޓޫރިޒަމް މިނިސްޓްރީން ވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ. އެ ވީޑިއޯގައި މިނިސްޓަރ ވިދާޅުވީ، ދުނިޔެމަތީގައި މިފަދަ ދެވަނައެއް ނުވާ ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައީ 1972 ވަނަ އަހަރުގައި ކަމަށެވެ. އަދި އުންމީދަކީ އަންނަ ޖުލައި މަހު އަނެއްކާވެސް ފަތުރުވެރިކަން ހުޅުވާލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޟިރޫ

  ދެން ކޮން ދުވަހަކު މިސްކިއްތަން ހުލު ވަނީ ފުރަތަމަވެސް ބަލަން ވީ އެކަމާ ނުންތަ

  7
  2
  • Anonymous

   ހުޅުވާނެޔޭ. ހުޅުވުނީމަ ވާނެ އެންމެ ގަޑިއެއްވެސް ކަޓުވާނުލާ ދާން. އިނގޭ! ފަތިސްނަމާދުގަ ތިންސަފު އިނީމަ ކަޑައޭ ބުރޯ.

 2. އެމަންޖެ

  ނޫނޭ ހާލަތައް ބަލާފަ ފުރަބަނދުވެސް އުވާއެލަނީ ، ޕޮޒިޓިވްވާ މީހުން ނުފެންނަނަމަ އެއްޗެކޭ ނުބުނާނަން ، ނަސީދު ބުނީމަ ބުނާގޮތެއް ހަދައިގެން ކަލޭމެން ތިބެންޖެހޭނީ ، އަންނި މިގައުމު ލާދީނީކުރާނެ.

  7
  1
  • ފ

   ކާމިނީގޭ ކުނިމޫނު ހުޅުމާލޭގަ އެޅި ފުލެޓުތަށް މަތިން ބެލީމަ އިންނަނީ ސޮލީބެއްހެން. ޕަކާސް.

   1
   4
   • މަރިޔަމް މޫސާ

    ކަލޭމެންނަށް ސޮލީބާއި ރާނޫން އެއްޗެއް ނުފެންނާނެ މަތިންނެއް ނޫން،އަޑީން ބެލިޔަސް

 3. ޢަގީލަންބާ

  އަނެއްކާވެސް އޮޅުނީ. ޢޮޅޭ ސަރުކާރު

  7
  1