ތައުލީމީ ބިލާއި މަތީ ތައުލީމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީސް އިދާރާއިން ހުޅުވާލައިފިއެެވެ.

މި ދެ ބިލާއި ގުޅޭގޮތުން މިހާރު ދަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެެއްގައި ބުނެފައި ވަނީ މި ދެ ބިލާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތް ނަމަ، މި މަހުގެ 18 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް، mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މަޖިލީހަށް މަތީ ތައުލީމުގެ ބިލް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު އަހުމަދު ޝަފީގް މޫސާއެވެ. ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު މުހައްމަދު މުހްތާޒެވެ.

މަތީ ތައުލީމާއި ގުޅޭ ބިލުގައިވާގޮތުން މަތީ ތައުލީމު ދޭ މަރުކަޒުތައް މޮނީޓާކޮށް އެ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަށް ކުރިއަށްދާނެ ގޮތްތައް ބަޔާންކޮށްފައި ވެއެވެ.

ތައުލީމާ ބެހޭ ބިލުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގެ މައްޗަށް ބިނާވެގެންވާ އަސާސުތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ހަމަތަކާއި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު