މާލޭގެ ގެސްޓް ހައުސްއެއްގައި އުމުރުން 11 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައިގެ ތަހުގީގު އަވަސްކޮށް ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކުއްޖާ ރޭޕްކޮށްފައި ވަނީ މިދިޔަ ހަފްތާ ބުދަ ދުވަހުއެވެ.އެ ކުއްޖާ ރޭޕް ކޮށްފައި ވަނީ 18 އަހަރު ފުރިފައިވާ ފިރިހެނެކެވެ.
ފުލުހުން މިއަދު ވިދާޅުވީ، މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
އެކަން ކުށްވެރިކޮށް މިއަދު އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިކަމުގައި އިސްކޮށް އުޅުނު މީހާ އާއި އަދި މިކަމުގައި އިތުރު އެއްވެސް ބަޔަކު އެހީތެރިވެފައިވާނަމަ، އެބަޔަކު ހޯދާ، ތަޙުޤީޤު އަވަސްކޮށް ޤާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.
"އަދި އަނިޔާ ލިބިފައިވާ ކުޑަކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ". އެ ބަޔާނުގައި ވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް އަނިޔާ ކުރުމާއި ޖިންސީ ގޯނާ ކުރުން އިތުރުވަމުން ދިއުމަކީ މިކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
އަދި މި ފަދަ ޢަމަލުތައް ހުއްޓުވޭނީ، ނުފޫޒުތަކުން އެއްކިބާވެ ތިބެ ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ފުރިހަމަ އަދާކޮށްގެން ކަމަށް ދެކޭ ކަމަށް އެ ކޯލިޝަނުން ބުނެފައި ވެއެވެ.
"މިފަދަ މައްސަލަތަކުގެ ތަޙުޤީޤު ލަސްނުކުރުމަށާއި، އަދި އެފަރާތްތަކަށް ހައްޤުވާ އަދަބު ތަންފީޒުކުރުމުގައި ލުއި ނުދިނުމަށްވެސް ގޮވާލަމެވެ". އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ މިފަދަ ހާދިސާތައް ދިމާވާ ކުދިންނަށް ނަފްސާނީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފަރުވާތެރިކަމާއެކު ލަސްނުކޮށް ފުރިހަމައަށް ފޯރުކޮށްދީ އެކުދިންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމުތައްވެސް ދައުލަތުގެ ފަރާތުން ހަމަޖެއްސުމަށް ގޮވާލާފައެވެ.
ރާއްޖޭގައި ޖިންސީ މައްސަލަތައް އިތުރު ވަމުން އަންނަ ކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ.
މިގައުމުގައި އިންސަފް އޭ މިކިޔާއެއްޗެއް މީގެ އަހަރުތަކެއް ކުރިން ގާދޫކޮލުން ބޭރުވިވާހަކަ ސަގަރުޕާކް ގައޮއްމިހަކު ކިޔައިދިން ފަހަކުން މިގައުމުގަ މީހަކު ކުއްވެރި ވާތަނެއް ނުފެނޭ ކުރީގެ ރައީސަކައް ކޮންމެވެސް ކަމެއް ކޮއްގެން ޖަލައްލި ވާހަކަ އިވޭ ބާކީ ތިބިމީހުން އެކި މަގާމްތަކުގައި ރައްޔިތުންގެ ޓެކްސް ޕޭ ރުފިޔާއިން މުސަރަ ނަގާލަ ނަގާލަ އަރާމުގައި
ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކަށް ކަލޭމެން ހޭވަރިކަންވީ އަދިކިރިޔާތަ ؟ ނުނީ ޔާމީނު ސަލާމަތް ކުރަން ދައްކާނެ ވާހަކަ ހުސްވީތަ ؟