ރާއްޖެ އިން 120 އަހަރުގެ މީހަކަށް ކޮވިޑް-19 ޖެހިއްޖެ ކަމަށް ސަރުކާރުން އާއްމު ކޮށްފައިވާ މައުލޫމާތުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، އެމީހުންގެ އިތުރު މައުލޫމާތުތައް ހިމެނޭ ހެލްތު މިނިސްޓްރީގެ ވެބްސައިޓް ބުނާ ގޮތުން މިއަދު ރާއްޖެ މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފައްސިވި މީހުންގެ ތެރޭގައި 120 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހިމެނެއެވެ.

އޭނާ އަކީ "އޭއާރްއޭ" ނަމަކަށް ކިޔާ ކްލަސްޓާއަކަށް ނިސްބަތްވާ މީހެކެވެ. އެ ކްލަސްޓާގައި ޖުމްލަ ހަތް މީހަކު ހިމެނެއެވެ. މި ކްލަސްޓާ ފެނުނީ ވެސް މިއަދު އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ރާއްޖެ އިން 2003 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭގެ ތެރޭގައި ބަންގްލަދޭޝްގެ 1058 މީހަކު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އޮޅޭ ސަރުކާރު! ތިވާނީ އޮޅުމަކަށް! ތިއީ ތެދެއްކަމަށްވަނީވިއްޔާ ތިއީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާ! އަވަހަށް ވޯލްޑް ރެކޯޑް ފޮތަށް އަރުވާ! ފޮތަށް އަރުވާނީ އެންމެ ބޮޑަށް އޮޅޭ ސަރުކާރުގެ ނަމުގައި!

    24
    2
  2. ކަތްދަ

    ގިނަ އެއްޗެއްތާ ގިނަވާނީ