23:00

އާއާއްމު ހާލަތުގައި ސްކޫލުތަކުގައި ކިޔަވައި ދޭނީ ހަފްތާއަކު ހަތަރު ދުވަހު އަދި ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް އަންގައިފި.

22:37

ޑރ. ނަޒްލާ ރަފީގް: ޕާކްތަކާއި މައިޒާންތައް ހުޅުވާލީ އެ ތަންތަނަށް އެއްވާކަށް ނޫން. އުމުރުން ދުވަސްވީ މީހުން އުޅޭ އިރު، އެމީހުން ވެސް ގޮސް ހިނގާލަން. ގޭގެއަށް ޒިޔާރަތް ކުރަން ފެށީމަ، އެއް ގެއިން އަނެއް ގެއަށް ބަލި ދިއުމުގެ ފުރުސަތު އެބައޮތް.

22:33

ޑރ. ނަޒްރާ ރަފީގް: ސްޓޭބަލްއޭ ބުނަނީ ކޭސްތައް ފެންނަ ވަރު އެއް ވަރެއްގައި ހިފެހެއްޓޭ ކަމަށް ބެލެވޭތީ.

22:24

ޑރ. ނަޒްލާ ރަފީގް: މާލެ އާއި ރަށްރަށާ ދޭތެރޭގައި ދަތުރު ނުކުރެވުނަސް، ކޮވިޑް-19 ނެތް ރަށްރަށުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ. އެކަމަކު ޒަރޫރީ ބޭނުންތައް ފިޔަވައި އިތުރު ކަމެއް ކަމެއްގައި ދަތުރު ނުކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް.

22:21

ޝައިނާ: ވީހާވެސް މަދު ވަގުތު ފިހާރައިގައި ހޭދަ ކުރަން ވާނީ. ހުއްދަ ނެތި ބޭރުގައި އުޅެވޭ ގޮތަށް ހަމަޖެހުނަސް، ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުންނަން ހަނދާން ބަހައްޓަން ވާނެ. ބައްދަލުވުންތައް މަދު ކުރަން ވާނެ.

22:19

ޝައިނާ: ތިން މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުމަކީ ހުއްދަ ކަމެއް ނޫން. ކަސްރަތު ކުރަން ވަޑައިގަންނަވާ އިރު، އެކަނި ގޮސްފައި ކަސްރަތުކޮށްފައި ގެއަށް ވަޑައިގަތުން އެދުމަކީ. ބަންދު ތަންތަނަށް ވަންނަ އިރު މާސްކް އެޅުން ލާޒިމް ވާނެ. ވިޔަފާރި ކުރާ ތަންތަން ހުޅުވޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް.

22:17

ޝައިނާ: އެންމެ ބޮޑު ބަދަލެއް އަންނަނީ ޕާމިޓް ނުލައި ބޭރަށް ނުކުތުމުގެ ހުއްދަ ދިނުން. ބޭރުގައި އުޅެވޭނީ ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް. އިރުޝާދު ދެނީ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި އަތް ދޮވުމަށް. ބޭރުގައި އުޅޭ އިރު އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ އިން އެކުގައި އުޅެގެން ނުވާނެ. ގޭގެއަށް ޒިޔާރަތްކޮށްގެން ނުވާނެ.

22:15

ޑރ. ނަޒްލާ ރަފީގް: ނުކުންނަ އިރު، ގައިޑްލައިންތަކަށް، އަދި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދޭން ވާނެ. މިކަން ކުރަންވީ ފުލުހުން ފިޔަވަޅު އަޅާފާނެތީއެއް ނޫން. މިއީ އަމިއްލަ ރައްކާތެރިކަމަށް އަދި ގައުމުގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް. މިއީ ހެލްތު މިނިސްޓްރީ، އެޗްޕީއޭ ނުވަތަ އެންއީއޯސީން އެކަނި ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން. އެންމެން ގުޅިގެން މި ކޮންޓްރޯލް ކުރެވޭނީ.

22:13

ޑރ. ނަޒްލާ ރަފީގް: ފުރަބަންދު 15 ޖޫން އިން ފެށިގެން އުވާލީކީ ނޫން. އިތުރު ލުއިތަކެއް ދެނީ. އެހެންވީމަ އިރުޝާދުތަކަށް އަމަލު ކުރަމުން ގެންދާނެ ކަމަށް އުންމީދު ކުރަނީ. ފިހާރައަށް ވަންނަ އިރު، މާސްކް އެޅުމަކީ މަޖުބޫރު ކަމެއް. މަގުމައްޗަށް ނުކުންނަ އިރު، މާސްކް އަޅައިގެން ތިބުމަކީ ބަލި އިތުރަށް ނުފެތުރޭނެ ކަމެއް. އަދި އަތް ދޮންނަން ވާނެ. އަލާމާތެއް ފެނިއްޖެ ނަމަ، އަންގަން ވާނެ.

22:11

ޑރ. ނަޒްލާ ރަފީގް: މިވަގުތު 786 މީހަކަށް ދަނީ ފަރުވާދެމުން. 400 އަށް ވުރެ ގިނަ ސުންކުތަކުގެ ނަތީޖާ ނުލިބޭ. އައިސޮލޭޝަންގައި 670 މީހުން، ކަރަންޓީންގައި 347 މީހުން އެބަތިބި.

22:09

ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.

22:08

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށޭނެ.

22:08

ކޮވިޑް-19 އާ ގުޅިގެން ބޭރު ގައުމުތަކަށް ފޮނުވާލި ބިދޭސީންގެ އަދަދު 1،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެ.

21:51

21:39

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ހަތަރު މިލިއަނަށް އަރައިފި.

21:30

ތައިލެންޑްގައި 100 އަށް ވުރެ ގިނަ ވާ ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށައިފި.

21:26

އިއްޔެ އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހާގެ ދެވަނަ ސުންކު (ސާމްޕަލް) ވެސް ފައްސި ވެއްޖެ.

18:48

ސްރީލަންކާއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1882 އަށް އަރާފައި. އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 11 މީހުން

18:47

ނޭޕާލުން ކޮވިޑް-19 ޖެހިގެން އިތުރު ދެ މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 18 އަށް އަރާފައި. އެ ގައުމުން އިތުރު 273 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 5335 އަށް އަރާފައި.

18:46

ފިލިޕީންސް އިން ކޮވިޑް-19 ޖެހިގެން އިތުރު 22 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1074 އަށް އަރާފައި. އެ ގައުމުން އިތުރު 605 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 25392 އަށް އަރާފައި.

18:45

އާޖެންޓީނާ އިން ކޮވިޑް-19 ޖެހިގެން އިތުރު 17 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 802 އަށް އަރާފައި. އެ ގައުމުން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 28764 އަށް އަރާފައި.

18:44

ޕޮލެންޑުން ކޮވިޑް-19 ޖެހިގެން އިތުރު 15 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1237 އަށް އަރާފައި. އެ ގައުމުން އިތުރު 440 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 29017 އަށް އަރާފައި.

18:44

ޔޫކްރޭނުން ކޮވިޑް-19 ޖެހިގެން އިތުރު 10 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 880 އަށް އަރާފައި. އެ ގައުމުން އިތުރު 753 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 30506 އަށް އަރާފައި.

18:43

ސްވިޒަލޭންޑުން އިތުރު 31 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 31094 އަށް އަރާފައި. އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 1938 މީހުން

18:42

ކުވޭތުން ކޮވިޑް-19 ޖެހިގެން އިތުރު ހަތަރު މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 289 އަށް އަރާފައި. އެ ގައުމުން އިތުރު 514 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 35466 އަށް އަރާފައި.

18:41

އިންޑޮނޭޝިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 43 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2091 އަށް އަރާފައި. އެ ގައުމުން އިތުރު 1014 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 37420 އަށް އަރާފައި.

18:40

ސިންގަޕޫރުން އިތުރު 347 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 40197 އަށް އަރާފައި. އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 25 މީހުން

18:14

ނެދަލޭންޑުން ކޮވިޑް-19 ޖެހިގެން އިތުރު ހަތަރު މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 6057 އަށް އަރާފައި. އެ ގައުމުން އިތުރު 179 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 48640 އަށް އަރާފައި.

18:13

ބެލަރުސް އިން ކޮވިޑް-19 ޖެހިގެން އިތުރު ފަސް މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 303 އަށް އަރާފައި. އެ ގައުމުން އިތުރު 721 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 53241 އަށް އަރާފައި.

18:06

ބެލްޖިއަމުން ކޮވިޑް-19 ޖެހިގެން އިތުރު ހަތަރު މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 9650 އަށް އަރާފައި. އެ ގައުމުން އިތުރު 99 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 59918 އަށް އަރާފައި.

18:05

ގަތަރުން އިތުރު 1828 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 78416 އަށް އަރާފައި. އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 70 މީހުން

18:05

ޗައިނާއިން އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 83075 އަށް އަރާފައި. އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 4634 މީހުން

18:04

ބަންގްލަދޭޝް އިން ކޮވިޑް-19 ޖެހިގެން އިތުރު 44 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1139 އަށް އަރާފައި. އެ ގައުމުން އިތުރު 2856 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 84379 އަށް އަރާފައި.

18:03

ޕާކިސްތާނުން ކޮވިޑް-19 ޖެހިގެން އިތުރު 88 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2551 އަށް އަރާފައި. އެ ގައުމުން އިތުރު 6472 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 132405 އަށް އަރާފައި.

18:02

އިރާނުން ކޮވިޑް-19 ޖެހިގެން އިތުރު 71 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 8730 އަށް އަރާފައި. އެ ގައުމުން އިތުރު 2410 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 184955 އަށް އަރާފައި.

18:02

މެކްސިކޯއިން ކޮވިޑް-19 ޖެހިގެން އިތުރު 504 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 16448 އަށް އަރާފައި. އެ ގައުމުން އިތުރު 5222 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 139196 އަށް އަރާފައި.

18:00

އިންޑިއާއިން ކޮވިޑް-19 ޖެހިގެން އިތުރު ފަސް މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 8895 އަށް އަރާފައި. އެ ގައުމުން އިތުރު 764 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 310367 އަށް އަރާފައި.

17:59

ރަޝިއާއިން ކޮވިޑް-19 ޖެހިގެން އިތުރު 114 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ބަނީ 6829 އަށް އަރާފައައި. އެ ގައުމުން އިތުރު 8706 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 520129 އަށް އަރާފައި.

17:58

ބްރެޒިލް އިން ކޮވިޑް-19 ޖެހިގެން އިތުރު 51 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ބަނީ 41952 އަށް އަރާފައައި. އެ ގައުމުން އިތުރު 1162 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 831064 އަށް އަރާފައި.

17:57

އެމެރިކާއިން ކޮވިޑް-19 ޖެހިގެން އިތުރު 15 މީހަކު މަރުވެއްޖެ. މިއާއެކު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ބަނީ 116840 އަށް އަރާފައައި. އެ ގައުމުން އިތުރު 411 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު،ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 2117333 އަށް އަރާފައި.

17:55

17:54

17:44

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ފުރަބަންދުގެ މުއްދަތު ހަމަވި ފަހުން ފުރަބަންދު އަލުން އިތުރުކޮށްފައިވާތީ ފުރަބަންދު އިތުރު ނުކޮށް އޮތް މުއްދަތުގައި ގަވާއިދާއި ޚިލާފް ވެގެން ޖޫރިމަނާ ކުރި މީހުންގެ، ޖޫރިމަނާތައް ބާތިލްކޮށްފައިވާ ކަމަށް ސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ.

 

16:21

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޔޫސުފް ރަޒާ ގީލާނީ ކޮވިޑް-19 އަަށް ފައްސިވެއްޖެ.

16:06

ޕާކިސްތާނުގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޝާހިދު އަފްރިދީ ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:35

14:32

ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އައްޑޫ ސިޓީ އިން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެެއްސުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަބްދުﷲ ސޯދިގު ރޭ ވިދާޅުވެއްޖެ.

13:17

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ފުރަބަންދުގެ މުއްދަތު ހަމަވި ފަހުން ފުރަބަންދު އަލުން އިތުރުކޮށްފައިވާތީ ފުރަބަންދު އިތުރު ނުކޮށް އޮތް މުއްދަތުގައި ގަވާއިދާއި ޚިލާފް ވެގެން ޖޫރިމަނާ ކުރި މީހުންގެ، ޖޫރިމަނާ ސައްހަ ވާނެތޯ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ސުވާލު އުފައްދަވައިފި.

12:16

ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ހުށަނޭޅިއަސް ފަތުރުވެރިންނަށް ރާއްޖެ އެތެރެވެވޭ ގޮތަށާއި އަދި ރާއްޖެ އައުމުން ވެސް ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓް ނުކުރާ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އުސޫލެއްގެ ޑްރާފްޓެއް އެކުލަވާލައިފި.

11:22

ޗައިނާގެ ވެރިރަށް ބެއިޖިންގައި ކޮވިޑް-19 އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވުމުން، އެސިޓީގެ އެންމެ ބޮޑު އެއް ހޯލްސޭލް މާކެޓް ވަގުތީ ގޮތުން ބަންދުކޮށްފި.

10:18

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓި، ޑޮލަރު ލިބުން ދަތިވެފައި ވާތީ ބްލެކް މާކެޓްގައި އެމެރިކާ ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވުރެ މައްޗަށް އަރައިގެން ހިނގައިދާނެ ކަމުގެ އިންޒާރު މަޝްހޫރު ލޮޓަސް ފިހާރައިގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) ދީފި.

09:40

އިންޑިއާގެ ސަރުކާރު ހޮސްޕިޓަލެއްގައި މަރުވި މީހެއްގެ ހަށިގަނޑު ގެއްލިގެން އާއިލާ އިން އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަޙްޤީޤު ކުރިއިރު، މަރުވި މީހާގެ ހަށިގަނޑު އޭނާ އާއި އެއްވެސް އާއިލީ ގުޅުމެއް ނެތް ބަޔަކާއި ހަވާލުކޮށް، އެއީ އެއާއިލާ މެންބަރެއް ކަމަށް ބުނެ ވަޅުލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

09:28

ކޮވިޑް-19 ޖެހޭ މީހުންނާއި މެދު އިންޑިއާ އިން އަމަލު ކުރަނީ ޖަނަވާރުންނާއި މެދު ވެސް ބަޔަކު އަމަލު ކުރާނެ ގޮތައްވުރެ އިހާނެތިކޮށް ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފި.

08:25

އެމެރިކާގައި ކޮވިޑް-19 ފެތުރުން އިތުރުވެއްޖެ ކަމަށާއި މިހާރު މިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެހެން ތަޖުރިބާކާރުން ވެސް އިންޒާރު ދެމުން ގެންދިޔަ "ދެވަނަ ރާޅު" އެމެރިކާ އަށް އަރާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

06:03

05:57

05:08

04:59

04:35

އެމެރިކާ އިން އިތުރު 4900 މީހަކު ކޮވިޑް-19 އަށް ފައްސިވެ މި ބަލީގައި އިތުރު 97 މީހަކު މަރުވެއްޖެ. މިއާއެކު މިދިޔަ 24 ގަޑިއިރު ތެރޭ އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 26433 އަށް އަރާފައި. އަދި މިދިޔަ 24 ގަޑިއިރު ތެރޭ މި ބަލީގައި އެޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 779 އަށް އަރާފައި.

މިހާތަނަށް ބްރެޒިލް އިން ޖުމްލަ 2116134 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 116813 މީހަކު މަރުވެފައިވޭ.

04:34

ބްރެޒިލް އިން އިތުރު 20507 މީހަކު ކޮވިޑް-19 އަށް ފައްސިވެ މި ބަލީގައި އިތުރު 739 މީހަކު މަރުވެއްޖެ. މިއާއެކު މިދިޔަ 24 ގަޑިއިރު ތެރޭ އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 24253 އަށް އަރާފައި. އަދި މިދިޔަ 24 ގަޑިއިރު ތެރޭ މި ބަލީގައި އެޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 843 އަށް އަރާފައި.

މިހާތަނަށް ބްރެޒިލް އިން ޖުމްލަ 829902 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 41901 މީހަކު މަރުވެފައިވޭ.

04:31

ޕެރޫ އިން އިތުރު 5961 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 199 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 220749 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6308 މީހަކު ވަނީ މަރުވެފައި.

04:31

އާޖެންޓީނާ އިން އިތުރު 1391 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 20 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 28762 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 785 މީހަކު ވަނީ މަރުވެފައި.

04:30

ކޮލަމްބިއާ އިން އިތުރު 1646 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 57 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 46858 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1545 މީހަކު ވަނީ މަރުވެފައި.

04:07

03:17

03:00

01:48

މިސްރުން އިތުރު 1577 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 45 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 41303 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1422 މީހަކު ވަނީ މަރުވެފައި.

01:47

އެކުއެޑޯ އިން އިތުރު 1338 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 108 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 45778 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3828 މީހަކު ވަނީ މަރުވެފައި.

01:47

ސްވިޑެން އިން އިތުރު 205 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 40 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 49684 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4854 މީހަކު ވަނީ މަރުވެފައި.

01:47

ދެކުނު އެފްރިކާ އިން އިތުރު 3359 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 70 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 61927 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1354 މީހަކު ވަނީ މަރުވެފައި.

01:46

ކެނެޑާއިން އިތުރު 368 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 54 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 97898 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8048 މީހަކު ވަނީ މަރުވެފައި.

01:46

ފްރާންސުން އިތުރު 726 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 28 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 156287 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 29374 މީހަކު ވަނީ މަރުވެފައި.

01:46

ޗިލީން އިތުރު 6754 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 222 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 160846 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2870 މީހަކު ވަނީ މަރުވެފައި.

01:46

ތުރުކީން އިތުރު 1195 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 15 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 175218 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4778 މީހަކު ވަނީ މަރުވެފައި.

01:45

ޖަރުމަންވިލާތުން އިތުރު 455 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 11 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 187250 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8862 މީހަކު ވަނީ މަރުވެފައި.

01:45

އިޓަލީން އިތުރު 162 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 56 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 236305 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 34223 މީހަކު ވަނީ މަރުވެފައި.

01:45

އިނގިރޭސިވިލާތުން އިތުރު 1541 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 202 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 23605 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 34223 މީހަކު ވަނީ މަރުވެފައި.

01:44

ބްރެޒިލް އިން އިތުރު 3749 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 104 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 809398 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 41162 މީހަކު ވަނީ މަރުވެފައި.

01:44

އެމެރިކާއިން އިތުރު 21543 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 682 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2111244 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 116716 މީހަކު ވަނީ މަރުވެފައި.

01:41

01:29

00:23

މާލެ އިން އަތޮޅުތަކަށް ދަތުރު ކުރާ މީހުން ކަރަންޓީން ކުރާ ދުވަހުން ފެށިގެން ކަރަންޓީން މުއްދަތު ހަމަވަންދެން ކަރަންޓީން ކުރާ މީހާއަށް ވެސް އަދި އެގޭގެ އެހެން މީހުންނަށް ވެސް ގެއިން ބޭރަށް ނުނިކުމެވޭނެ ކަމަށް އޮތް އުސޫލު ބަދަލުކޮށް ބޮޑެތި ލުއިތަކެއް ދީފި.


ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަަކަށް ލުއިތައްދީ އަންނަ ހޯމަ ދުވަހުން ފެށިގެން މާލޭގައި ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ އާއްމުކޮށް ހުޅުވާލާއިރު ކުރިމަތީގައި އޮތީ މުހިއްމު ސުވާލެވެ. އެއީ ރައްކާތެރިކަމުގެ އުސޫލުތަކަށް ދިވެހިން އިހްތިރާމް ކުރާނެ ހެއްޔެވެ؟

ދުނިޔޭގެ އެހެން ގައުމުތަކުން ފެނިފައިވާ މަންޒަރަށް ބަލާއިރު، ފުރަބަންދަށް ލުއިތައް ދިނުމުން ޕާޓީތައް ބާއްވާ، އެކުވެރިންނާއި ބައްދަލުކޮށް، ކޮވިޑް-19 މަތިން ހަނދާން ނައްތާލި މީހުންނަށް ކުރިމަތިވެފައި ވަނީ ވަރަށް ދެރަގޮތްތަކެވެ. ޕާޓީތަކުން އެތައް ބައެއްގެ ގަޔަށް ބަލައި އަރާފައި ވެއެވެ.

އެހެންކަމުން މާލޭގައި ލުއިތައް ދޭއިރު ކޮންމެ މީހެއްގެ ކޮނޑުގައި ވެސް ވަނީ ވަރަށް މުހިއްމު ފަރުދީ ޒިންމާއެއް އެޅިފައެވެ. ކޮންމެ މީހަކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބަން ޖެހޭނެއެވެ. ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް އެއްވެސް މީހަކު ގެއިން ނިކުތުމަކީ ނުރައްކަލަށް އެތައް ބަޔަކު ހުށަހެޅިގެން ހިނގައިދާނެ ކަމެކެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.