މާލެ އިން އަތޮޅުތަކަށް ދަތުރު ކުރާ މީހުންނާއި ރާއްޖެ އިން ބޭރުން އައިސް ގޭގައި ކަރަންޓީން ކުރާ މީހުން ކަރަންޓީން ކުރާ ދުވަހުން ފެށިގެން ކަރަންޓީން މުއްދަތު ހަމަވަންދެން ކަރަންޓީން ކުރާ މީހާއަށް ވެސް އަދި އެގޭގެ އެހެން މީހުންނަށް ވެސް ގެއިން ބޭރަށް ނުނިކުމެވޭނެ ކަމަށް އޮތް އުސޫލު ބަދަލުކޮށް ބޮޑެތި ލުއިތަކެއް ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އާއްމު ކުރި އާއުސޫލު ބުނާ ގޮތުން ގޭގައި ކަރަންޓީނު ކުރާ މީހާ، ކަރަންޓީނު ކުރާ މުއްދަތުގައި ގެއިން ބޭރަށް ނިކުތުން އެދެވިގެން ނުވެއެވެ. ކުރިން އޮތީ ގެއިން ބޭރަށް ނިކުތުން އެއްކޮށް މަނާކޮށްފައެވެ.
ގޭގައި ދިރިއުޅޭ އެހެން މީހުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އެހެން ގޭގެއަށް ޒިޔާރަތް ނުކުރުމާއި އެހެންމީހުންނާ އެއްވެ ނޫޅުން މުހިއްމު ކަމަށް އާއުސޫލުގައި ބުނެފައި ވެއެވެ. ކުރިން އާއްމު ކޮށްފައި އޮތް އުސޫލު ބުނާ ގޮތުގައި މީހަކު ގޭގައި ކަރަންޓީން ކޮށްފިނަމަ އެގޭގެ އެއްވެސް މީހަކަށް ގެއިން ބޭރަކަށް ނުނިކުމެވޭނެއެވެ.
މާލެގައި ތިބި މީހުން ރަށަށް ގޮސް ގޭގައި ކަރަންޓީން ވުމުގެ އުސޫލުމަށް މިރޭ ގެނެސްފައިވާ މައިގަނޑު ބަދަލަކީ ގެއިން ބޭރަށް ނިކުތުން ކުރިން މަނާކޮށްފައި އޮތް އޮތުން އެއީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖެއްސުމެވެ. އުސޫލުގައި ހިމެނޭ އިތުރު ކަންކަމަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ކޮވިޑް-19 ފެތުރެން ފެށުމުން އޭޕްރީލް 15 ވަނަ ދުވަހު މާލެ ފުރަބަންދު ކުރިއިރު އަތޮޅުތަކުގެ ގިނަ ބަޔަކު މާލޭގައި ތާށިވެފައި ތިއްބެވެ. އެމީހުން އަތޮޅުތަކަށް ފޮނުވަން ސަރުކާރުން ފުރަތަމަ ނިންމީ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީއެއްގައި 14 ދުވަހު ކަރަންޓީން ކުރުމަށް ފަހުއެވެ.
ނަމަވެސް އެއުސޫލުގެ ދަށުން މީހުން ފޮނުވުން ލަސްވެ، ގިނަ ބައެއްގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ ވަކި ޝަރުތުތަކެއް ހަމަވާނަމަ އެމީހުންނަށް އަމިއްލަ ގޭގައި ކަރަންޓީން ވުމުގެ ހުއްދަ ދޭން ފަށާފައެވެ. މިހުއްދައިގެ ދަށުން މީހުން އަތޮޅުތަކަށް ފޮނުވަނީ ކޮވިޑް-19 ގެ އަލާމާތެއް ހުރިތޯ ބަލަން ޓެސްޓެއް ކުރުމަށް ފަހުއެވެ. މިޓެސްޓްގައި ކޮވިޑް-19 އަށް އެންޓިބޮޑީ ހުރިތޯ ނުވަތަ ބަލީގެ އަލާމާތެއް ހުރިތޯ ބަލާނެއެވެ. އަލާމާތެއް ހުންނަ ފަރާތްތައް ރަށަށް ފޮނުވަނީ ޕީސީއާރް ޓެސްޓެއް ހެދުމަށް ފަހުއެވެ.
އަންނިބޭގެ ހުވަފެން ހަގީގަތަކަށް ވުމުގެ ކޮޅުމަތިބާ މި ފެންނަނީ....
ރާއްޖޭގެ ހުރިހާ އެންމެންނަށްވެސް...... އެހެންނުން އަންނިބޭ
ޜަށްރަށަށް ކޮވިޑް ފަތުރާނެ ގޮތެއް ނޭގިގެން އެއުޅެނީ ކިހާބޮޑު ނޮހޮރުޕާނެއް މި އެޗްޕީއޭ ކިޔާތަނަކީ
އެޗްޕީއޭ އިން އަރި ހުއްދަ ދޭނެ ކޮވިޑް ޖެހިފަ ތިބޭ މީހުން ބޭރުގައި އުޅެންވެސް މިއީ ކޮށްފަ ނުކުރާނެ ކަމެއް ނެތިގެން އުޅޭބައެއް...
ހެޔޮނުވާނެ ތިހެން ނުހަދާ. ތިހެން ނުހަދާާ
ތިޔައްކިުަނީ އަސްލު އަމާބުނީތީ ފަރައްދާ އުސޫލުން ކަންކަންކުރުން
ހަމަގަސްތުގައި ކޮރޯނާ ފެތުރުމަށް ބަޔަކުހިންގާ ޖަރީމާ އެއް ރައްޔިތުން ތިބީ ހަމަރަގަޅަށްމަސްތުކޮއްފާ
ކިހާދެރަވެއްޖެ ކަމެއްމީ! މާލެއިން ރަށްރަށަށް ތިކޮވިޑު ނުގެނެވިގެން ފަތުރާނުލެވިގެން އެޗްޕީއޭއިން އުޅެނީ. އެޗްޕީއޭ އުވާލާފަ ތިމަސައްކަތް ހުއްޓާލާފައި ގައުމުގައި ފެތުރޭނެވަރަކަށް ބަލިފެތުރެން ދޫކޮށްލުން ތިއަައްވުރެ ރަނގަޅުވާނެ. ކަރަންޓީނު މިހާރު އެމަިހަކު ބޭނުމިއްޔާވާންވީ! ވަރަށް ތާހިރު!!
ކީއްވާނީ އެމީހެއްގެރަށް އެމީހަކުދާންހުއްދަ ދިނީމަގައިމު ސަރުކާރައްވެސްލުއިވާނެ އެމީހުންދާނީ އަމިއްލަހަރަދުވިއްޔާ ބޭރުމީހެއްވިއްޔާ ދާނީސަރުކާރުގެ ހަރަދުގަ
ކީއްވާނީ އެމީހެއްގެރަށައް އެމީހަކުދާންހުއްދަ ދިނީމަގައިމު ސަރުކާރައްވެސްލުއިވާނެ އެމީހުންދާނީ އަމިއްލަހަރަދުވިއްޔާ ބޭރުމީހެއްވިއްޔާ ދާނީސަރުކާރުގެ ހަރަދުގަ
ކީއްވާނީ އެމީހެއްގެރަށައް އެމީހަކުދާންހުއްދަ ދިނީމަގައިމު ސަރުކާރައްވެސްލުއިވާނެ އެމީހުންދާނީ އަމިއްލަހަރަދުގަވިއްޔާ ބޭރުމީހެއްވިއްޔާ ދާނީސަރުކާރުގެ ހަރަދުގަ
މިއީ ރައްރރރ ރަށުގައި ބަލި ފަތުރރ ރަން ކު ރިކަމެއް ވވވ ދެ ރަ ކަމެއް
ކުދިންނޭ އެޗް.ޕީ.އޭ ކުރާނެ އެއް ކަމެއްވެސް ތިކަމުގަ ނޯންނާނެ. ހުރިހާ ކަމެއް މިހާރު ހިންގަން ޖެހެނީ " ހިތުން ބޮޑުވަޒީރު " އަންގާގޮތަށް. އެކަލޭގެ ބޭނުންވަނީ ރާއްޖޭގެ އެންމެނަށް ބަލި ޖައްސަން. އެޗް.ޕީ.އޭ އަކީ މޫނުބަލާ ލޯގަނޑެއް.
މައިމޫ ހޭބަލިވެގެންތަ މިހުރިހާ ދުވަހު ދެން ތެޅިބޭލީ، ޑރ.ސީނާ ރައްޔިތުންނަށް ބިރުދެއްކީ، މަބްރޫކް ހަޅޭއް ފަޅޭއްޖެހީ، ސޯލިހު ކީރިތި ކުރެއްވީ،
ކުރިހުރިހާކަމެއް ފަނުފުލަށް ތިޔަލީ
ޙަދަން އުޅޭ ގޮތް މިހަދަނީ ރާޖެތެރެ ބަލި ފަތުރަން މަޖިސް ރައިސްގެ ވައުދު. ފުއް ދަނ
ދެންކީއްކުރަން ކުރާ ކަރަންޓީން އެއް ، ރަށައްގޮސް ގޭގައި ތިބޭށޭ ބުބެފައި ފޮނުވާލީމާ ނިމުނީތާ
މީ ރަނގަޅު ކަމެއް. އެޗްޕީއޭ އިން ބުންޔަސް އެއްމަސް ދުވަހު ގެއިން ބޭރަށް ނުގޮސް ތިބޭނީ ރައްރަށުގަ. އަހަރެމެން ރަށަށް މިދަނީ 1 މަސް ގޭގަ ތިބެފަ.