ރޭޕްކުރާ މީހުންނަށް ދޭންވީ މަރުގެ އަދަބު ކަަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިބް ވިދާޅުވެއްޖެއެވެ.

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ގެސްޓްހައުސްއެއްގައި ރޭޕް ކުރި މައްސަލަ ފެންމަތިވުމާ ގުޅިގެން ޒައިދު ވިދާޅުވީ ރޭޕް ކުރާ މީހުންނަށް ސަރުކާރުތަުން ދޭންވީ މަރުގެ އަދަބު ކަމަށެވެ.

ގިނަ އިސްލާމީ ގައުމުތަކެއްގައި ޖިންސީ ގޯނާ ކުރާ މީހުންނަށް މަރުގެ އަދަބު ދެއެވެ. އަދި ރޭޕްގެ މައްސަލަ ބޮޑުވެފައިވާ ގައުމުތަކުގެ ކުރީ ސަފުގައި ހިމެނޭ އިންޑިއާއިން ވެސް މިގޮތަށް އަމަލު ކުރަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

ފުލުހުން އިއްޔެ ވިދާޅުވީ، މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅުން ހުރި އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަަމަށެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި އާންމުންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް އައީ މިދިޔަ އަހަރުގެ ފަހުކޮޅު، ގއ. ކަނޑުހުޅުދޫގައި ތިން މީހަކު ވެގެން ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. މަކަސް

  ބަލަ އިސްލާމްދީނައް ފުރައްސާރަ ކުރާމީހުންނައްތާއިދުކުރާ މީހުންގެ ވާހަކަގަބޫލުނުކުރަން ތިހިރީ ބައިއަތުހިފައިގެން ސަހިންދާ ފަޅީގައި؟؟

  14
  3
 2. ސެކުސޫ

  ޑީމޮކުރަސީދީނުގެ ހުކުމަކީ އެއީތަ...؟

  10
 3. އަބްދުﷲ މުފީދު

  ﷲ އަށް އެންމެ ބޮޑަށް ބިރުވެރިވަނީ އިލްމުވެރިން ކަމާއިމެދު ޝައްކެއްނެތް. އެއީ އެބޭފުންނަށް ލިބިގެންވާ އިލްމުގެ ސަބަބުން. އެކަމަކު ތިބާ ތާކިހަލެއް އަޅުއްވައިގެން ނިކުތަސް އިލްމުވެރިންގެ ތެރޭ ހިމެނޭކްމާއިމެދު އަހަރެމެން ޝައްކުކުރަން. އެއީ ވަޟައީ ގާނުނު ހަދައި އިސްލާމީ ޝަރީއަތުގެ ބޭރުން ހައްދު ކަނޑައެޅި މީހުންނަށް އަނިޔާލިބެމުން ދާއިރު އިލްމުވެރިންގެ ވާޖިބުއަދާނުކުރާ މީހުންގެ ތެރެއިން ތިބާވާތީ މުޖްތަމައުގެ ލޮލަށް އެކަން ފެންނާތީއެވެ.

  16
  1
 4. އިސްގާޒީ

  އިސްލާމީ ޝަރީއަތް ގާއިމްނުކުރާ ފަސްގަނޑެއްގައި ނުފެނި ނުދާނޭ އެންމެހާ ފިތުނައެއް އެފަސްގަނޑެއްގައި އޮންނާނެ ކަމަށް އަންގަވާފައިވަނީ. އެއީ އެންމެހާ ޙަލްގުތަކުންގެ ވެރިފަރާތުގެ ބަސްފުޅު.

  14
 5. ރާއްޖެތެރެ

  މިސަރުކަރު ގެންނަން އުޅުނުމީހެ ކަލޭތީ މި ދަރުކާރު މަރުގެ އަދަބުނުދޭނެ ކުރީގެ ސަރުކާރުނަމަ މިކަންކޮއްފާނެ.

  14
  3
 6. ރަށްޔިތުމީހާ

  އަޅެ އެއްފަހަރު ލުތުފީއަށް މަރުގެ އަދަބު ދިނުމަށް ގޮވާލަބަލަ. އޭރަށް މަ ބުނާނަން ކަލޭތީ އިލްމުވެރިއެކޭ..

  13
  3
 7. ނަޖްވާ

  ރޭޕް ކުރާ މީހުންނަށް ހަމަ ހަރުކަށި އަދަބު ދޭންވީ! މި މީހުުންގެ ސިނކުޑީގަ އެއްވެސް މައްސަލަ އެއް ހުރިތޯވެސް ބަލަންވީ! މި އުޅޭ ޝޭޙުންނަކީ މާކަ ރަނގަޅު ބަޔަކަށް ވެގެންނެއް ނޫން، އެކަމު ރޭޕް ކުރާ މީހުންނަށް ހަމަ ވަރަށް ހަރުކަށި އަދަބު ދޭންވީ!

  8
  1
 8. ބަގިރު

  ޒައިދު ކަލޭމެންގެ މުނާފިޤު ކަމާއި ހެދި މި ޤައުމު ހަލާކުވެމިދަނީ. ﷲ ގެ ޝަރީޢަތް ތަންފީޒް ނުކުރާ ބަޔަކަށް ބައިއަތު ހިފައިގެން ހުރެ ކޮން ދީނެކޭ ހައްދެކޭ ކިޔާކަން

  14
  3
 9. ދަރަނި ދަންތުރަ

  ސޭހު އިބޫކައިރީ އަހާލަބަލަ ހޯރަ އިއްބެ ދޫކޮށްލީ ރޭޕުކުރުމަށް ހިއްވަރުދޭންތޯ އޭގެ ފަހުން މިގައުމުގައި އެކަން ވަރަށް ތިޔާގި ދޯ

  11
  2
 10. ހަސަން

  މީ ލަދެއްވެސް ގަންނަ މީހެއްނޫންދޯ. އެންމެ ގިނަ މުސްލިމުން ކަތިލަމުން ގެންދާ މޯދީ އާއި. ލާދީނީ ބަޔަކަށް ނަސްރު ހޯދައި ދިނުމަށް ކޮޑުޖަހައި ބުރަ އުފުލަމުންދާ މުސްލިމުންގެ ތާޖު އަޅައިގެން ހުރި މުސްލިމުންނަށް ހުރި ނުރައްކާތެރި މީހެއް މީނާގެ ވާހަކަ މުސްލިމުން އަޑު އެހުން ރަނގަޅެއްނޫން.

  2
  2
 11. ގުދު

  ކީކޭ ދެން ބުނާނީ މީ ލަދެއްވެސް ގަންނަ މީހެއްނޫންދޯ.

  2
  1
 12. Anonymous

  އެމްޑީ އެން އަށް ތާއީދުކޮށް އެންމެ ބޮޑަށް މި ބައިގަނޑު ވެރިކަމަށް ގެނައުމަށް މަސައްކަތްކޮށް މުޅި ގައުމު ފަސާދައިގެ ކޮޅިގަނޑަކަށް ވައްޓާލާފަ ދެން ފާޑުފާޑުގެ ދީނީ ދަރުސާއި ޙުކުމްތައް ނެރޭނެކަމެއް ނެތް!! ތި ބޭކަލުން ވެސް މި ގައުމުގަ މި ހިނގާ ނޭއްގާނީ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ!!

 13. ބުރުޒު މޫސާ

  މި މީހާ މުސްލިމުންގެ ތާޖު އަޅައިގެން ފައިސާ އާއި ދުނިޔަވީ ނަފާ ހޯދަން ލާދީނީ ބަޔަކަށް ނަސްރު ދެމުން މުޅި ދިވެހި އުންމަތް ހަލާ ކުރަމުންދާ ނުރައްކާތެރި މިކަހަލަ 4 ޝައިޚުން
  މި އުޅެނީ މިފަދަ ނުރައްކާތެރި މުޖުރިމުންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާށި.

 14. ރާއްޖެ ކޯޓް

  ޝައްކެއް ވަސްވާހެއް ނެތް ތި އުޅެނީ ފުރިހަމަ ޑިމެކްރަސީ ގެ ފެށުން .
  ކުދިންނޭ ވިސްނާ. ފުރިހަމަ ޑިމެކްރަސީ އަކީ ސީދާ ކުފުރު. الله تعالي މި ކުފުރު ވެރިންގެ ކިބައިން ސަލާމަތް ކޮށް ދެއްވުން އެދި ދުޢާކުރުން ގިނަ ކުރައްވާ.