ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކީގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާ ބެހޭ އިދާރާ އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ހެނދުނު މެންދުރު 12:00 އިން 3:00 އަށެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި 18 މޭލަށް އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކުރައްވައެވެ.

އަދި ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެފައެވެ.

ގުގުރުމާ އެކީގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.