ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ހުށަނޭޅިއަސް ފަތުރުވެރިންނަށް ރާއްޖެ އެތެރެވެވޭ ގޮތަށާއި އަދި ރާއްޖެ އައުމުން ވެސް ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓް ނުކުރާ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އުސޫލެއްގެ ޑްރާފްޓެއް އެކުލަވާލައިފި އެވެ.

ނަމަވެސް އުސޫލަށް އަމަލު ކުރަން އަދި ރަސްމީކޮށް ނިންމާފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އުސޫލު ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ.

ކުރިން މަޝްވަރާކޮށްފައި އޮތީ ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ވެސް ކޮވިޑް-19 އަށް ޓެސްޓްކުރާ ގޮތަށެވެ. ނަމަވެސް އަލަށް އެކުލަވާލި އުސޫލު ބުނާ ގޮތުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ކިބައިން ކޮވިޑް-19 ގެ އަލާމާތެއް ނުފެންނަނަމަ އެމީހުނ ޓެސްޓެއް ނުކުރާނެއެވެ.

ޖުލައި މަހު ރާއްޖެ ފަތުރުވެރިންނަށް ހުޅުވާލުމަށް ތައްޔާރުކުރާ އުސޫލު ބުނާ ގޮތުގައި ފަތުރުވެރިން ރާއްޖެ އައިސް ދަތުރު ކުރެވޭނީ ހަމައެކަނި އެމީހުން ޗުއްޓީ ހޭދަކުރާ ރިސޯޓަކަށެވެ. އިތުރު ރަށަކަށް ދަތުރު ކުރުން މަނާ ވާނެއެވެ.

ހުރިހާ ފަތުރުވެރިން ވެސް ރާއްޖެ އަންނަ އިރު މާސްކު އަޅައި ގައިދުރު ކުރުމުގެ އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށާއި ހުރިހާ ޕެސެންޖަރުން ވެސް ތާމަލް ސްކްރީން ކުރެވޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ. ސްކްރީން ކުރާއިރު ހުން އައުމާއި ނޭވާލުމުގެ މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެ ނަމަ އެއާޕޯޓުގެ ކްލިނިކަށް ދައްކަން ޖެހެ އެވެ.

މިފަދަ އަލާމާތްތައް ހުންނަ ހުރިހާ ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓް ކުރާނެ އެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެކަހެރިވެސް ކުރާނެ އެވެ. ފައްސިވެއްޖެ ނަމަ ރިސޯޓަކަށް ނުވަތަ ކަނޑައަޅާ ވަކި އައިސޮލޭޝަން ފެސިލީއަކަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

މަޝްވަރާ ކުރެވެމުންދާ އުސޫލު ބުނާ ގޮތުން ކޮންމެ ރިސޯޓެއްގައި ވެސް ކޮވިޑް-19 އަށް ހާއްސަ ޓާސްކްފޯހެއް އޮންނަން ޖެހެ އެވެ. ރިސޯޓުގެ އެކި ޑިޕާޓްމެންޓްތައް ހިމެނޭ ގޮތަށް އެކުލަވައިލާ މި ޓާސްކްފޯހުގައި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވެސް ތިބެން ޖެހެ އެވެ. ޓާސްކްފޯސް އިން ކުރަމުން ގެންދާ މަސައްކަތުގެ މައުލޫމާތުތައް އެޗްޕީއޭ އަށް ހިއްސާކުރަން ޖެހެ އެވެ.

އަދި މީހަކު އައިސޮލޭޓް ކުރަން ޖެހޭ ހާލަތެއްގައި އެކަން ކުރުމަށްޓަކައި ހާއްސަ ރޫމުތައް ރިސޯޓުގައި ހުންނަން ޖެހެ އެވެ. ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ރިސޯޓުތަކުގައި ހުންނަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ރާއްޖެ އެތެރެވާން ކޮވިޑް-19އަށް ޓެސްޓްކުރާކަށް ނުޖެހޭ ގޮތައް އުސޫލު އެކުލަވާލާފައި ވާއިރު އަވައްޓެރި ސްރީލަންކާ އަށް ދަތުރުކުރާ ފަތުރުވެރިންނަށް އެގައުމަށް އެތެރެ ވެވެނީ ތިން ދުވަސް ކުރިން ހަދާފައިވާ ކޮވިޑް-19 ޓެސްޓެއްގެ ނަތީޖާ ދެއްކުމުންނެވެ. އަދި އެއާޕޯޓުން ހުރިހާ ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓް ކުރާނެއެވެ. މީގެ އިތުރުން 10 ދުވަހަށް ވުރެ އިތުރަށް ލަންކާގައި މަޑުކުރާނަމަ އަދި އިތުރަށް ކޮވިޑް-19 އަށް ޓެސްޓް ކުރެއެވެ.

ރާއްޖޭގެ އެސްއޯޕީ ލަންކާ އިން ކޮޕީ ކޮށްފައިވާ ކަމަށް މީގެ ކުރިން ޓްއަރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް އަލީ ހާޝިމް (ސްމިތު) ބުނެފައި ވެއެވެ. ނަމަވެސް ލަންކާ އިން އަޅާފައިވާ ފިޔަވަޅުތަކާއި ގާތްކުރާ ފިޔަވަޅުތަކެއް އަޅަން ވެސް ރާއްޖެ އިން ނިންމާފައެއް ނުވެއެވެ.

ރާއްޖޭގެ ފަތުރުވެރިން ޖުލައި މަހު ހުޅުވާލަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ބޯގޯސް

  ވެރިން މިތިބީ ހޭބަލިވެފައެއްނުދޯ އެ ހެންވީމަ

  37
  • ހައިކަލް

   އެހެން ގައުމްތަކުގަ ވެސް ކުރޭ... ކިހާ ބޮޑު އުދަގުލެއް.. މީހުސް މަޖުލީސް ކަޑު ކޮހުގެ ކަންތަށް.... ސަރުކާރަށް ކަމެއް ނުކުރެވެޔޭ ރަގަޅަކަށް

 2. އުސައިދު

  އެހެން ހުރިހާ ގައުމަކަށް ވެސް އެތެރެ ވެވެނީ ޓެސްޓް ހަދާ ނެގެޓިވްކަން ޔަގީން ކޮށްފަ. ރާއްޖެ މިކަމުގައިވެސް ނުބައިން ނުބަޔަށް..މަނީ މަނީ މަނީ...

  37
 3. ބުއްޅަބޭ

  ނަސީދު ބުނާ ހާ ގޮތަކައް މި ހިރަފެންނަ މައިމޫނާ ބަޔާން ގޮތްގޮތައް ލިޔެލިޔެފަ ނެރެނީ ސޯލިބޭ އިނީ މަތިޖެ ހި ތައްޓަކައްލާފަ

  33
 4. އެމަންޖެ

  ކޮޕީ ކުރުމެއްނޫން ރައްކާތެރިކަން މުހިންމީ ، ލާރިޔައް ހޭބަލިވިޔަސްތީދެން ބޮޑުވަރު.

  36
 5. ރައްޔަތު އަހުމަދު

  މަދު ވިޔަފާރިވެރިންގެ މަންފާ އަށް ގައުމުގެ ދަރީން ގުރުބާން ކުރަނީ؟
  ޗަންޕާ / ޔުނިވަރސަލް / ވިލާ / ސަން / އެހެން ވެސް ބޮޑެތި ކުންފުނިތަކަށް ލިބޭ މަންފާ ކުޑަވާތީވެ ބޯޑަރު ހުޅުވީ..؟

  ދައުލަތަށް ލިބުނު އެހީންނާއި، ދިވެހީންގެ ޓެކްސް ފައިސާއިން އެމީހުންނަށް ލޯނު ނަގާދެނީ..

  އަންނިޔާއި އަލީވަހީދަށް ބައި އެޅޭތީވެ އަޑީގައި ތިބެ ހުރިހާކަމެއް ކޮންޓްރޯލް ނަގަނީ މަޖިލީހަށް..

  މީދެން ބޮޑުވަރު.. ގައުމު ހަލާކުގެ ތެރެޔަށް ކޮށްޕާލަނީ މަދުބަޔެއްގެ މާލީ މަންފާއަށް..

  ދިވެހީން ހޭލާ.. ރިސޯޓު ތައް އަތުލަން އުޅޭ މި ޖަޔަންޓު މަހުޖަނުން އަތުން.. މިނޫނީ މިގައުމު ގެ ދުވަސް ދުއްވާލާނެ..

  34
 6. މަހުދީ

  އިންޑިއާއިން މީހުން އެތެރެކުރަން އުޅޭކަން ވަރަށް މުއުތަބަރު ފަރާތްތަކުން މައުލޫމާތުދޭ އެބަ.

 7. މޫސަ

  ރައްޔިތުންގެ ފުރާނަ ގުރުބާންކޮށްގެންވެސް ސަރުކާރުގެ ވެރިން ބޭނު މީ ޑޮލަރު. އެ މީހުނަށް ރަ އްޔިތުންގެ ފުރާނައަކީ އަގެއް ހުރި އެއްޗެއްނޫން

 8. އަލްޒާރު

  އޭ ޓޫރިސްޓުންނެއް ނާންނާނެ އެހެން ޓޫރިސްޓުން ޓެސްޓުނުކޮއް އައިސް އެއް ރިސޯޓެއްގައި ތިބޭކައް. ސިކުނޑިން ދިޔަ ހިކިފަތަ ތިޔަތިބެނީ.

 9. ބުރޯ

  ފަތުރުވެރިން ކޮވިޑ 19އަށް ޓެސްޓް ނުކުރާނަމަ އެއްވެސް ދިވެއްސަކު ފަތުރުވެރިން ނަށް ސާރވް ނުކުރީމަ ނިމުނީ ނުވަތަ 12ފޫޓް ދުރުގައި ހުރެގެން މާސްކު އަޅާ އަތަށް އންގިލާގެން ހުރެ ކާންދާންވީ ތަނާއި ނިދާ ކޮޓަރި ދައްކަންވީ އޭރުން ރިސޯޓް އޯނަރުން ނަށް ހުންނާނެ ރާކަނިމަސް ކެވިފަ.