އިންކަމް ޓެކުހުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ހާމަކޮށްފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އައިއިރު އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރަށްވުރެ މަދު ކަމަށެވެ. ސަބަބެއް ކަމަށް ބެލެވެނީ ކޮވިޑް-19 ގެ ސަބަބުން ކަމަށް މީރާއިން ހާމަކުރެއެވެ. އެގޮތުން މިދިޔަ އަހަރަށްވުރެ 93 މިލިއަން މިއަހަރު މަދު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފަރުދުންގެ އާމްދަނީން މިދިޔަ މެއި މަހު ވަނީ 19.9 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ފެށިފަހުން ލިބުނު ފުރަތަމަ އަދަދެވެ. އިންކަމް ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ވިޔަފާރި ފައިދާއިިންވެ. ވިޔަފާރި ފައިދާއިން 927 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މެއި މަހު މީރާއަށް ލިބުނު ފައިސާގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެއެވެ. އެކި ގޮތްގޮތުން މިދިޔަ މަހު މީރާއަށް ލިބިފައި ވަނީ އެންމެ 206.28 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 206.28 މިލިއަން ރުފިޔާގެ ތެރެއިން ދައުލަތަށް ޑޮލަރުން ލިބިފައި ވަނީ 7.03 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތަކާއި އަޅާބަލާއިރު، 81.0 އިންސައްތައިގެ ދަށްވުމެކެވެ.

މީރާ އިން ބުނީ، މި ދަށްވުމަކީ ކޮވިޑް-19 އާ ހެދި މާލެ ސިޓީ ފުރަބަންދުކޮށްފައި އޮތުމާއި އިގްތިސާދީ ހިނަ މަސައްކަތްތައް ހުއްޓި، އަދި އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު ފަތުރުވެރިން އައުން ހުއްޓި، މީރާ ހުޅުވެން ދެން ޓެކްސް ދެއްކުން ފަސްކުރުމާއި ގުޅިގެން ދަށްވި ދަށްވުމެއް ކަމަށެވެ.

މީރާ އަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. އެއީ 55.0 އިންސައްތަ އެވެ. އެއީ ފައިސާގެ ގޮތުން ބަލާނަމަ 113.5 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި މީރާއަށް 19.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ އިންސައްތައިގެ ގޮތުން ބަލާނަމ ަ9.7 އިންސައްތައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓްފީގެ ގޮތުގައި 16.8 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. އިންސައްތައިގެ ގޮތުން ބަލާނަމަ އެއީ 8.2 އިންސައްތައެވެ.

އަދި މިދިޔަ މަހު ޓޫރިޒަމް ލޭންޑް ޓެކްސްގެ ގޮތުގައި 11.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ހަތް މިލިއަން ރުފިޔާއެވެ. ޖޫރިމަނާގެ ފައިސާގެ ގޮތުގައި ލިބިފައި ވަނީ 1.9 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 އާ ހެދި ފަތުރުވެރިކަން ހުއްޓިފައި އޮތުމުން ދައުލަތަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުމަރު

    ނޭވާހޮޅީގައި މީޓަރު ހަރުކޮށް އެއިންވެސް ޓެކްސް ނަގާ އޭރަށް ރަނގަޅުވާނެ.

  2. ހުސޭނުބޭ

    ތިއީ ވަކި ބައެއްގެ އަތުން ނަގާ ޓެކްސްއެއް! ޤާސިމްއަރުން ޓެކްސް ނެގުނުތަ؟ ޗަންޕާއަތުން ޓެކްސް ނެގުނުތަ؟ ޖާބިރު އަތުން ޓެކްސް ންގުނުތަ؟ އެލިއާ ޢަބްދުﷲ ޢާއިލާ އެކެއްގެ އަތުންވިޔަސް ޓެކްސް ނެގުނުނުތަ؟ ބުނާތީ އިވޭ އިންކަމް ޓެކްސް ނަގަންފެށުމުން މި މީސްމީހުން މިހާރު ރެޖިސްޓްރީކޮށްފައި އޮންނަނީ ފަގީރުންގެ ލިސްޓުގަޔޯ! މިފަހަރު ފިތުރު ޒަކާތްވެސް ލިބުނޯ! އެއީ ތެދެއްތަ؟