ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އައްޑޫ ސިޓީއަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ބޭނުންވާ ސާމާނު ގެންދެވޭނެ ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމަށެވެ. އެ މަސައްކަތް ފެށިފައި ވަނީ އައްޑޫ ސިޓީގެ ގަމުގައި ހުންނަ އިކުއިޓޯރިއަލް ވިލެޖުގައި ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެންނެވެ.

އޭނާ ވިދާޅުވީ އައްޑޫ އިން ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އައްޑޫ އާއި މާ ދުރުނޫން ހިސާބެއްގައި އޮތް ފުވައްމުލަކު ސިޓީއަށް ވެސް ލިބިގެންދާ އުފާވެރި ހަބަރެއް ކަމަށެވެ.

އައްޑޫ އިން މީހަކު ކޮވިޑަށް ފައްސިވީ އިއްޔެއެވެ. އެމީހާ އަކީ ކަރަންޓީނުގައި ހުރި މީހެއް ކަމުން ބަލި އައްޑޫގައި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މިހާތަނަށް އައްޑޫ އިން އާއްމުންގެ ތެރެއިން އެ ބަލި އަދި ފެނިފައެއް ނުވެއެވެ.

އައްޑޫ އިން ފައްސިވި މީހާއަކީ އުމުރުން 65 އަހަރުގެ އަންހެނެކެވެ. އެމީހާއާއި އެކުގައި އެއް ކޮޓަރިއެއްގައި އެމީހާގެ މާމަ ދަރިވެސް ހުއްޓެވެ. ނަމަވެސް އެމީހާގެ މާމަ ދަރި ބައްޔަށް ވަނީ ނެގެޓިވްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ެަލަމާ

    މި ކަހަލަ މީހުން ބޮޑެތި ގޮނޑިތަކަށް ލީމާ ވާނެ ގޮތް މިވަނީ،،،

    35
    1
  2. މުހައްމަދު

    ކަލޭތަ ތިކަންކުރަނީ..

    30
    1
  3. މިބީތާ

    ތިހިރީ ގޮޑި ލިބިފާ، ރައްޔިތުންނަށް އެއްވެސް އިހުތިރާމް ނުކުރާ މީހެއް، ނިހާދު ކޮންމެ ރައްޔިތަކީވެސް އަގުހުރި ގަދަރުވެރި އިންސާނެއް..ކަލެޔަށް ހީވަނީ ރ.ޔާމިނަށް ވަގަށް ގޮވާ މަޖްލިސްގަ ކަލޭ ވައްވައް ޖެހީމަ ރައްޔިތުން އުފާވާނެހެން ޚޮދު އެމްޑީޕީގެ މެންބަރުންނަކީވެސް ތިޔަ ޖަހާ ވައްވައް ޤަބޫލްކުރާބަޔެއްނޫން .. މިޖީލްގެ ޒުވާނުންނަކީ ވާނުވާ އިނގޭ ތައުލީމީބަޔެއް... 17 ވަނަ ރައްޔިތުންގެ މަޖްލިސްގަ ފުއްޕާފަ ވައްވައް ޖެހި އެއިރު މެންބަރުން މިއަދު ތިބީ ގޭގަ ރައްޔިތުން ޤަބޫލް ނުކުރި. ވައްވައް ނުޖަހާ... ތިޔައީ ޤާނޫނު ހަދާ މަޖްލިސްގެ މެންބަރުން..

    23
  4. އައްލާބެއްޔާ

    ތެއޮތީވަރައްބޮނޑަކަމައްވެފެއި،ދެން
    ހަނަގަން

    18
  5. ރައްޔަތު އަހުމަދު

    ފަޔަރ ފައިޓިން ނޫންގޮތެއް ނެތީ ތޯ..

    ކޮބާ މިހާދުވަސް ވެގެން ދިޔައިރު ކުރި ޕްލޭންތައް ރަށްރަށަށް ފޮނުވި ތަކެތި..

    މާލޭގައި ބަށްކޮށްގެން މުސާރަ ނަގައިގެން ތިބީމަވޭ ދޯ ހުރިހާކަމެއް..

    މަޖިލީހުގެ ތެރެއަށް (3 ބާރު އެއްކޮށް) މީހުންނަށް ނޮހޮރޮއްޕާން ކުރުން ފިޔަވައި މި ބައިގަނޑަށް އެގޭ ކަމއް ހައްދަވައިގެން ނުވޭ..

    ނާގާބިލު ވިޔަސް މީބޮޑުވަރެއް.. ތަންދޮރު ނޭގޭ ގަމާރުން ތަކެއް މަގާމުތަކުގައި ބާތިއްބާއިގެން މިއޮތް ހާދުވަސް ވީއިރުވެސް ތިކަން ނުވެތިދިޔައީ

    ދެން ކޮން ދެދުވަހޭ 3 ދުވަހޭ ކިޔާކަށް ވަޒީފާ ދޫކޮށްފައި ގެޔަށް ދާންވީނު

    19
  6. ސިއްކަ

    އެތެރޭގެ އުދުހުން ފެށީމަ މާލެ ގެނެސް ޓެސްޓް ކޮށްލާނީދޯ. ފެންވަރުގެ ހޮސްޕިޓަލެއް ދައުރު ފެށިއިރު ހުއްޓަސް ވަސީލަތްތައް ހަމަކޮށް ނުލެވުން. މިސަރުކާރުގެ އެންމެ ގިނަ ސަޕޯޓަރުން ތިބި ސިޓީވިއްޔަ. ޗީޗީ. ހަމަ ހޮޑުލަވާ

    20
  7. ހަސަންރަހާ ގެ ތުއްތު

    އައްޑޫ މީހުން އެމްޑީޕީއަށް ވޯޓު ދީ މަރުދީގެން ވީ ގުރުބާނީ ގެ އަގުވަޒަން ކުރާ ގޮތުގެ ރަހަ ވަރަށް ބޮޑަށް އެބަ ލިބޭ..

    އަދި މީގެ ފަހުން އައްޑޫއިން އެމްޑީޕީ އަށް އެއްވެސް މަންފާއެއް ނުކުރާނެ..

    އެލެކްޝަން ދުވަސްވަރު އަހަރުމެންވެސް ބުނާނީ ދެދުވަސް ފަހުން އަންނަށޭ!

    އިންޑިޔާއަށް އައްޑޫގެ ބައެއް މިލްޓްރީ ބޭސް ހަދަން ދިނުމާއި، އައްޑޫ މީހުން އެއީ ދައުލަތުގެ ތަންތަނާއި ކަންކަމަށް ގާތްކުރުން ރަގަޅު ނޫންކަމަށް ބުނި ބުނުމަކީ.. ބަލައިގަނެވޭ ނެ ކަންކަމެއް ނޫން..

    މީގެ އިތުރުން މިއަތޮޅަށް މި ސަރުކާރުން ކޮށް ދިން ކަމެއް ނެތުމުގެ ވާހަކަ އެއްކިބާގަ ބާއްވާފައި.. މިއޮށްފަދަ ނުރައްކާ ވަބާއަށް ވެސް އެއްވެސް ވަޟީލަތެއް ނުދީ މިއަދާ ހަމަޔަށް އޮތް އޮތުމަކީ މި އަތޮޅަށް އެމްޑީޕީ ދިން ވަރުގަދަ ހަދިޔާއެއް ކަމަށް ރައްޔަތުން ބަލައިގެންވފ..

    މީ އެންމެ މީހެއްގެ ކޮމެންޓެއްކަމަށް ހީނުކުރާތި.. މީ މިހާރު ރައްޔަތުން އެމްޑީޕީ އަށް ދޭން ބޭނުންވާ ވަރުގަދަ މެސެޖެއް..

    21
    1
  8. ހާށަވިޔަނި

    ދެން ކީއްކުރަން ކުރާ ޓެސްޓެއް. ހުންނާނެ ކަމެއްކޮށްދެވިފަ.

    15
  9. ކޮރޮވަލީގޭ ދީދީ

    ކަލޭމެންގެ ނާގާބިލުކަން ދޯ.. ތީގެން ހާމަވަނީ.. ލަދެއްނުގަނޭ ތަ 2 ދުވަހޭ ކިޔަން..؟

    ކޮވިޑްރާއްޖެ އަށް އައިތާ ކިހާދުވަހެއްވެއްޖެ.. ކޮބާ ވީތައްޔާރީ ތައް.. ހަމަ އެކަނި މާލޭ މީހުންތޯ ސަލާމަތުން ބާތިއްބަން ރާވަނީ..؟

    އައްޑޫގެ ހުރިހާ މެމްބަރުން އިސްތިއުފާ އަށް ގޮވާލަން.. ! ތިޔަބޭފުޅުން ނަކަށް ތިޒިންމާ އަދައެއް ނުކުރެވުންު..

    އެކަން ކުރެވޭ ބަޔަކު އޭރުން ހޮވާފައި ތި ގޮނޑީގަިއ ބޭތިއްބޭނި އަވަހަށް ގެޔަށްވަޑައިގަންނަވަ!

    އިއްޒަތް ތެރިންގެ ލަގަބަށް ކުފޫ ހަމަނުވޭ މިހާރު.. ތިތިބީ އެލެކްސްގެ ޕަޕަޓްުންނަށް ވެފައި.. ދެން އިނގޭނީ ގުރުއާން މާއްދާއިން އެގްޒޭމް ނަހަދަން ބުނަން އެކަނި..

    ވަރަށް ސަލާމް.. ވޯޓު : އެމްޑީޕީ..ހަހހަހަ... ވެއްޖެ، ފުދިއްޖެ، ދެވިއްޖެ، ދެން ހެޔޮ.. އިންފް އިޒް އިނަފް..!

    18
  10. އަހްމަދު

    ރޮޒެއިނާބުނީ މާލޭ ހުރި މެޝީން އައްޑޫއަށް ގެނެސްގެން އައްޑޫގައި ޓެސްޓްހަދާނެ ވާހަކަ. ނަމަވެސް އައްޑޫގައި ހުރި މެޝިން ގެންދިޔައީ މާލެޔަށް! ކަލޭމެން 7:0 ގެ ފަރާތުން އައްޑޫއަށް ވާނެ އެއްވެސް ފާއިދާއެއްނެތް! ނުވިތަނަކަށް ތިރީސް ހާސް ސުމެއްވިޔަސް އައްޑޫއަކަށް ސަރުކާރުން މާބޮޑު އަޅާލިމެއް ނުބާއްވާނެ! އައްޑޫ މީހުންނަކީ ވަރަށް ބޯގޯސްބަޔެއް! ހައްދުފަހަނާޅާ ޒާތީ ބައެއް! ސަރުކާރުގެ ފެނުކައްކާ ބޮލި!!!!!!

    17
  11. ހަސަނު

    މމީހަކު ޕޮޒިޓިވްވީމަތަ ޓެސްޓްކުރެވޭ ސާމާނުވެސް ގެންނަން ތިތިބެނީ. ކުރިޔާލާ ތައްޔާރުވާކަށްނޭގެދޯ މިސަރުކާރަކަށް.

    16
  12. ކޭބެދޮންތު

    މި މެންބަރުންގެ އަތުން ފުކެއްވެސްނުގޮސް ރައްޔިތުންގެ ފައިސާއިން ތިޔަމެޝިނުތައް ހަމައެކަނި އައްޑޫއަށް ގެންދިއުމުން ދޭހަވަނި މިސަރުކާރުން ކޮވިޑުގެ ސަލާމަތީކަންކަން ކޮށްދެނީ މާލެއާ އައްޑުއަށް އެކަނިކަން، އުތުރުގަ ކޮވިޑް ފެތުރުނުއިރުވެސް އަޅާނުލީކީއްވެ. އެއީރައްޔިތުން

    15
  13. ރަބަރޭ

    އޮޅިގެންތޯ ތިހެން ތިބުނުއްވީ

    18
  14. ސަދސަ

    ހުރިހާ ޝުކުރެއް ނައިފަރު މެމްބަރަށް

    13
  15. ޑރ. ރާމީ ހަސަން މ. ވައިނުޖެހޭގެއާގެ

    އައްޑޫ ގައި ކޮރޯނާ ކޭސް އެއް ޕޮސިޓިވް ވީއިރުވެސް އައްޑޫ ގައި ޓެސްޓް ކުރެވެން ނެތް ކަން ތާރީހް ގައި ލިޔެވިގެންދާނޭ ކަމީ ހިތާމަ ހުރި ކަމެކެވެ. ވޫހާން ގައި 11 މިލިއަން މީހުން ގެ ޓެސްޓް 10 ދުވަހުން ކުރެވޭނީ ގައިމު މެޝިން ވެސް ހުރެގެން ތާއެވެ. ޗައިނާ ސަފީރު ހުންނެވީ ދިވެހި ސަރުކާރުން އެދެފި ނަމަ ރާއްޖޭ އަށް އެހީވާން ތައްޔާރަށް ކަމަށް ވިދާޅުވަމުން ގެންދަވާއިރު އެންމެ ކުޑަ މިނުން އައްޑޫ ގައި ޓެސްޓް ކުރެވެން ނެތް ކަމީ އިބޫ ގެ ސިޔާސަތު ބޮޑުތަނުން ފެއިލް ވެއްޖެ ކަމުގެ އަލިގަދަ ވެގެންވާ ނިޝާން އެކެވެ !!!